އައްޑޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން ފަދަ ބޮޑެތި މަޝްރޫއުތަކަށް 70-75 މިލިއަން ޑޮލަރު (1.1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ) ހަރަދުވާނެ ކަމަށް ލަފާކުރެވޭ އިރު، މި މަޝްރޫއުގެ ދަށުން 228 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް "ވަގުތަށް" ލިބިފައިވާ ލިޔެކިޔުންތަކުން ހާމަވެއްޖެއެވެ.

މާލެ ފިޔަވައި، ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސިޓީ ކަމަށްވާ އައްޑޫ ތަރައްގީ ކުރުމުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމްގެ ދަށުން ހިންގުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ އުމްރާނީ ތަރައްގީގެ ބޮޑު އެއް މަޝްރޫއެވެ. މި މަޝްރޫއު ނިންމަން އަމާޒު ހިފާފައި ވަނީ ދެ އަހަރުގެ ތެރޭގައެވެ.

އައްޑޫ ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅޭ ކަރުދާހުގައިވާ ގޮތުން އައްޑޫގެ ގުދުރަތީ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގޮތުން، 228 ހެކްޓަރުގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ "ވަން-އޮފް" މަޝްރޫއުއެއް ވަނީ ހުށަހަޅައިފައެވެ. އަދި އިންޑަސްޓްރިއަލް ބޭނުންތަކަށް އައްޑޫ ސިޓީގެ ހިތަދޫ، ހުޅުދޫ/މީދޫ (38 ހެކްޓަރު، 5 ހެކްޓަރުގެ 2 ރިސޯޓް ރަށާއި ލައިގެން) އަދި މަރަދޫ/މަރަދޫފޭދޫގެ 75 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ކަރުދާހުގައިވާ ގޮތުން މަޝްރޫއުގެ ޒޯނިން ޕްލޭންތަކުގެ ދަށުން މިހާރު ހުރި ހާބަރު ފްރަންޓް ފެސިލިޓީތައް އަޕްގްރޭޑް ކުރެވި، ވިޔަފާރި އަދި މުޖުތަމައުގެ ބޭނުންތަކަށާއި އައްޑޫގެ ރަށްތަކުގެ ރައްޔިތުންގެ ރެޒިޑެންޝަލް ބޭނުންތަކަށް ވެސް ބިން ހަމަޖެހިގެން ދާނެއެވެ. އަދި ޕްރައިވެޓް ސެކްޓާގެ އިންވެސްޓަރުން ރިސޯޓު ތަރައްގީ ކުރުމަށް ރަށްތައް އުފެއްދުމަށްޓަކައި މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ހަތަރު ސްޓާ "ލެގޫން ރިސޯޓު" ތަރައްގީ ކުރުމަށް އިންވެސްޓަރުން ޝައުގުވެރިކުރުވުމުގެ ގޮތުން ގާތްގަނޑަކަށް 25 ހެކްޓަރުގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހުށަހަޅާފައިވާ ކަން ލިބިފައިވާ ލިޔެކިޔުންތަކުން އެނގެއެވެ.

އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން މުހިންމު އުމްރާނީ ތަރައްގީގެ މި ބޮޑު މަޝްރޫއު އައްޑޫގެ އެކި ރަށްތަކުގައި ކުރިއަށް ގެންދާ އިރު، އައްޑޫގެ މަގުތައް ތަރައްގީކޮށް ބިން ހިއްކުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

އައްޑޫ ސިޓީ މަގެއް-ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މިދިޔަ ފެބްރުއަރީ މަހު އައްޑޫގައި ފެން ހިންދުމުގެ ނިޒާމް ގާއިމްކޮށް މަގު ހެދުމުގެ މަސައްކަތް 1.1 ބިލިއަން ރުފިޔާ އަށް އިންޑިއާގެ ބޮޑު ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. އެ މަޝްރޫއު 730 ދުވަހުން ނިންމާ ގޮތަށް އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާއާއެވެ. ފެން ހިންދާ ނިޒާމް ގާއިމްކުރަން ހަމަޖައްސާފައިވަނީ އައްޑޫ ފޭދޫ ފިޔަވައި ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ހުޅުދޫ އަދި މީދޫގައެވެ.

މީގެއިތުރުން އައްޑޫ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭގޮތަށް 40 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެއެވެ. ތާރުއަޅަން ކަނޑައަޅާފައިވާ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް ލޭޔާ އެޅުމަށް ވަނީ ހަމަޖައްސައިފައެވެ.

އައްޑޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އަދި ބަޔަކާ ހަވާލެއް ނުކުރެއެވެ.

ކަރުދާހުގައިވާ ގޮތުން އެ މަޝްރޫއު އޮތީ ޓެންޑަ މަރުހަލާގައެވެ. ޓެންޑަރަށް ބިޑް ހުށައެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ އަންނަ އަންގާރަ ދުވަހެވެ. އޭގައިވާ ގޮތުން ހަތަރު ބައިނަލްއަގުވާމީ ޑްރެޖިން ކުންފުނިތަކުން އެ ކުންފުނިތަކުގެ އިންޑިއާގެ ސަބްސިޑިއަރީތައް މެދުވެރިކޮށް ބިޑް ހުށައަޅާނެއެވެ. ދިވެހި ސަރުކާރުގެ ފިނޭންސް މިނިސްޓްރީން ޓެންޑަރަށް ހުޅުވާލާފައިވާ އިރު، މަޝްރޫއުއަށް ކުންފުނި ހޮވުމުގެ ކުރިން ކުރަން ޖެހޭ ބިޑް ތަކުގެ ޓެކްނިކަލް އަދި ފައިނޭންޝަލް އިވޭލުއޭޝަން ކުރިއަށް ގެންދާނީ ދިވެހި ސަރުކާރުގެ ފަރާތުންނެވެ.

އަދި ބިޑް ހުށައެޅުމުގެ ފަހު ތާރީހަށް ފަހު 4-5 ހަފްތާގެ ތެރޭގައި ކޮންޓްރެކްޓް ހަވާލުކުރެވޭނެ ކަމަށް ކަރުދާހުގައިވެއެވެ.

އާންމު ގޮތެއްގައި އިންޑިއާގެ ލައިން-އޮފް-ކްރެޑިޓް މަޝްރޫއުތަކުގެ ކޮމްޕޮނެންޓް ތަކުގެ ތެރެއިން %75- %65 ސޯސްކުރެވޭނީ އިންޑިއާއިންނެވެ. ނަމަވެސް، މި މަޝްރޫއުގެ ހާއްސަ ރިކުއަމެންޓްތަކުގެ ސަބަބުންނާއި، ރައީސް ސޯލިހް ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާ އިން ވަނީ މި މަޝްރޫއުއަށް އިންޑިއާއިން ސޯސްކުރެވޭ ކޮމްޕޮނެންޓްތަކުގެ އިންސައްތަ %55 އަށް ކުޑަކޮށްދީފައެވެ. އަދި ބައިނަލްއަގްވާމީ ޑްރެޖިން ކުންފުނިތަކަށް މި މަޝްރޫއުގެ ބިޑިން މަރުހަލާގައި ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

އައްޑޫ ސިޓީގެ އިގްތިސާދު ކުރިއަރުވާ، ފަތުރުވެރިކަމާއި، މަސްވެރިކަމާއި ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރީގެ ދާއިރާއިން ޕްރައިވެޓް އިންވެސްޓްމެންޓްތައް އައްޑޫއަށް ގެނައުމަށްޓަކައި ދިވެހި ސަރުކާރުން ވަނީ އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އޭޑީޕީ) ގެ ނަމުގައި ބޮޑު މަޝްރޫއުއެއް ފަށައިފައެވެ.

އައްޑޫ ސިޓީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ކަރުދާހުގައިވާ ގޮތުން އޭޑީޕީގެ ދަށުން ފަރުމާކުރެވިފައިވާ މި މަޝްރޫއުގެ މަގްސަދަކީ އައްޑޫ ސިޓީ އަކީ އިގްތިސާދީގޮތުން ވަރުގަދަ ހަބަކަށާއި މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމެވެ. އެގޮތުން މި މަޝްރޫއުގެ މުހިންމު މަގްސަދުތަކުގެ ތެރޭގައި އިގްތިސާދު ވަރުގަދަ ކުރުމާއި ވަޒީފާގެ ދަތިކަން ހައްލު ކުރުމާއި ރާއްޖޭގައި އޮތް ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުން ހިމެނެއެވެ.

އައްޑޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ކޮންސަލްޓެންޓްގެ މަސައްކަތް ކުރީ އެމް/އެސް އެލްޓީ އިންފްރާ އިންޖިނިއަރިން ލިމިޓެޑް އާއި އެލްއީއޭ އެސޯސިއޭޓްސް ސައުތު އޭޝިއާ ގުޅިގެން ޖޮއިންޓް ވެންޗާ އެއްގެ ދަށުންނެވެ. މި ކުންފުނި ކަނޑައަޅާފައި ވަނީ ދިވެހި ސަރުކާރުގެ ފަރާތުން ކުރިއަށް ގެންދިޔަ ޓެންޑަރިން މަރުހަލާގެ ތެރެއިންނެވެ.

އިންޑިއާ އިން ރާއްޖެ އަށް ދޭ ލައިން އޮފް ކްރެޑިޓަކީ ފަަސް އަހަރު ދުވަހުގެ މޮރަޓޯރިއަމްއަކަށް ފަހު 20 އަހަރު ދުވަހަށް ބަހާލައިގެން، 1.25 ޕަސެންޓު އިންޓްރެސްޓު ރޭޓުގަައި އަނބުރާ ދައްކާ ގޮތަށް ސްޓްރަކްޗާ ވެފައި އޮތް ފެސިލިޓީއެކެވެ.

މި މަޝްރޫއުގެ ޓެންޑަރު ކަރުދާސްތައް ފައިނަލައިޒް ކުރެވެމުންދަނީ ދިވެހި ސަރުކާރާއި އިންޑިއާގެ އެގްޒިމް ބޭންކްގެ މެދުގައި ބޭއްވޭ ކޮންސަލްޓޭޝަންތަކުގެ ތެރެއިންނެވެ. އަދި ކޮންސަލްޓެންޓް ތައްޔާރުކޮށްފައިވާ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓް (ޑީޕީއާރް) ވަނީ ރާއްޖޭގެ ސަރުކާރުގެ ޓެކްނިކަލް އޮތޯރިޓީތަކުން ފާސްކޮށް ބަލައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޙސ

    ތިބިން ހިއްކީނީ އައްޑޫ މީހުނައްތޯ ނުވަތަ ޑެލްޓާ އިސްތިއުމާރީންނަށް ތޯ.

    28
    2
    • ބޭބެ

      އައްޑޫ ސިޓީގެ ތަރައްގީއަށް މަސައްކަތްކުރުން ރަގަނޅު!! އެކަމަކު އިންޑިޔާއިން މިދޭ ލޯނުގެ ދަށުން އައްޑޫ ތަރައްގީކުރަމުން އެއަތޮޅުގައި އިންޑިޔާގެ ކޮންސިއުލޭޓް ހުޅުވުމާ ދެކޮޅު! ދެން އައްޑޫ ސިޓީގެ ރަށްތައް ހިއްކާ ބިންބޮޑުކުރުމާ މަގުތައްހަދާ ތާރަ އަޅަން އިންޑިޔާއިން މިދޭ 200 މިލިއަނެއްހާ ޑޮލަރަކީ ހަމަ ފަހުން ދިވެހި ދައުލަތުން އިންޓްރެސްޓާއެކު އަނބުރާ އިންޑިޔާއަށް ދައްކަންޖެހޭ ފައިސާކަން ހުރިހާ އެންމެން ހަނދާން ބަހައްޓަންވާނެ!! ދެން އައްޑޫ ހިއްކައިގެން ބިންތޯ ބޮޑުކުރަންވީ ނުވަތަ ވަޒީފާތައް އިތުރުތޯ ކުރަންވީ ނުވަތަ ޢުމްރާނީ ތަރައްގީއާއި އިންސާނީ ސިނކުނޑިތޯ ތަރައްގީ ކުރަންވީ މިއީ އުފައްދަންޖެހޭ ސުވާލެއް! އެއްގޮތަކަށްވެސް އިންޑިޔާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވިޔަދީގެންނުވާނެ ތަރައްގީކޮށްދޭނަމުގައި.

  2. އައްްޑޫ

    އަޑު ގެ ދުގުރަތީ މު އްސަނދި ކަން ހަލާކު ކޮ އެކަނީދޯ. ؟؟؟ މުރަކަ ތަކާ މުޅި ފަޅުގެ ދުވަސް ދު އް ބަލަނީ ތާ؟؟؟؟؟ އަޑު ގަ ބިން ނެތީތޯ؟؟؟؟ އިންޑިޔާ އައ އް ދޭން ވީމަ އޯކޭ؟؟؟ ރަ އްޔަތުން ނަ އް ވީމަ ނެތް

    19
    2
  3. މިތުރާ

    ވަޒީފާ ގިނަވާވަރަކަށް ބިދޭސިން ގިނަވަނީ،. ދިވެހިން ގެ ޖީބަކަށް 50ލ ވެސްނޭޅޭ !

    25
    2
  4. ލަމްހާ.

    މިއީ ބިންހިއްކަންވީ ވަގުތެއް ނޫނޭ ބޮލުރޮދިންނޭ.. ތިޔަ ފައިސާ ޚަރަދުކުރަންވީ ސިއްހީ ނިޒާމު ރަނގަޅު ކުރަން މުޅި ރާއްޖޭގެ.

    24
    5
  5. ސެންޗޯ

    އެހެން ވީމާ މީހުން އެބުނަނީ ތަރައްގީ ކުރިއަށް ދަނީ ހަމަހަމަ އުސޫލުން ނޭ ސާބަސް އަދުގެ ސަރުކާރަށް

    8
    21
  6. ހަލީލް

    އައްޑޫގަ ފަޅަށް ހުރި ގެތައްނަގާބަލަ. ބިންމަދީތަ އައްޑުގަ. ތިހާބާވަރު ރުފިޔާ ބަޔަކު ނޫޅޭ ތަނަކަށް ކީއްކުރަން. ރާއްޖޭގަ ބިންފުރިފަ ހުރި އެތައް ރަށެއް އެބަހުރި. ތީ ބޭކާރު ކަމެއް. އައްޑޫގަ ބިން އެބައޮއި.

    23
    4
  7. ނަޝީދު

    އަދިވެސް ބިން ކުޑައީތަ...

    20
    5
  8. ސަރާމް

    ކަމެއް އޮތިއްޔާ އައްޑޫއާ މާލެ، ދެން މިތިބީ އެމީހުންގެ އަޅުން..

    18
    6
  9. ކޮރަލް

    800 މިލިއަން ޑޮލަރުން

    17
    3
  10. ހަސަދު

    މީހުން ނޫޅޭ ތަނެއްގެ ބިންހިއްކުމުގެ ބޭނުމެއް އެބަ އޮތްތޯ. އައްޑޫ އެންމެން މާލޭގައި ރަށްފަޅަށް. ބޮޑެތި ގޯތި ފަޅަށް. އަދިވެސް އެތަށް ފައިސާ އެއް ޚަރަދު ކޮށްގެން ބިންހިއްކަންވީ.

  11. ލލ

    ބިން ހިއްކައިގެން މިހާތަނަށް ރައްޔިތުންނަށްވީ ފައިދާ އަކީ ކޮބައިތޯ ؟

  12. Anonymous

    ތިޔަގޮތަށްކިޔާގެންވސްތަރައްގި ވެއްޖެނަމައޯކޭ

    3
    3
  13. އަސްވާނު

    އެއީ އައްޑުއަށް ތަރައްޤީ ގެންނާކަށްނޫން، ރައްޔިތުން ލޮލުގައި އަނދުން އަޅުވަނީ، އެވާހަކަ ބޮލުތެރެއަށް އިއްވާފަ ކޮންސިއުލޭޓް ހުޅުވަންވެގެން، ހުރިހާ ކަމެއްކުރަނީ އިންޑިއާގެ ފައިދާއަށް އައްޑޫގެ އެއްވެސް ރައްޔިތަކަށް އެއްވެސް ކަމެއްނެތް، ތި ޕޮލިސް އެކަޑަމީ ހަދަމުންގޮސް ކިތަންމެ ވަރުގަދަ ބޮމެއް އެޅިޔަސް ނުގޮވާ ވަރަށް އެހަދަނީ އައްޑޫގެ ކިތައްރައްޔިތުންނަށް އެތަނުގައި މަސައްކަތެއް ކުރަން ފުރުޞަތު ލިބި އާމްދަނީ ލިބުނީ،

  14. ނާޅި

    ބިން ހިއްކަނީ ބަޔަކު މީހުން ދައުލަތުން ވައްކަން ކުރަން ބިންހިއްކައިގެން އައްޑޫ މީހުނަށް މިހާތަނަށް ވީ އެއްވެސް ފައިދާއެއް ނެތް ! ހިއްކާ ބިންކޮޅުވެސް ބޭކާރު ކޮށްފައި ބާއްވަނީ !

  15. މުހުމްމަދު

    ޕޮލިސް ޓްރެ އިން ސްކޫލް ތެރޭ އޮތް ލިންރޯޑް މަގު ގެ ބަދަލުގަ ހަދާ މަގު ސީދާ ކުރުމަށް ހި އްކާ ބިން. އަ އްޑޫގެ
    ރަ އްޔިތުން ނަށް އުފަލެ އް ނެތް.

  16. ސސ

    އައްޑޫގައި އެބަހުރި މީގެ 50 އަހަރު ކުރިން އޭރޔގެ އެޓޯލް މިނިސްޓުރީން ދައުލަތުގެ ބޭނުމަށޭކިޔާފަ ކަޑަޖަހާ ނަގާފަހުރި ބޮޑެތި ބިންތަށް އެއްވެސް ކަމެއް ނުކުރާ، އެއީވެސް ރައްޔިތުންނަށް ބޯހިޔާވަހިކަން ނުދޭންވެގެން އޭރުކުރިކަމެއް، މިއަދު ކުރަންވީ ކަމަކީ މިބުނި ބިންތަކުގައި ހައުސިން ފުލެޓް އަޅާ ވިޔަފާރި ކުރިއަރުވަންވީ ރިޔަލް ސްޓޭޓް އޭރުން ފައިދާވާނެ !

  17. އަލީ

    އެއްޖީބުން ނަގާ އަނެއްޖީބަށް.

  18. ހައިލީ

    ކޮންމެ ސަރުކާރަކުންވެސް އައްޑޫ ތަރައްގީ އަށް ބޮޑު އިސްކަމެއްދޭ ، އަދި އެތެއްކަމެއްކުރާކަމަށް ނޫސްތަކުން ފެނޭ ، އެކަމަކުވެސް ހަމަޔަގީނުންވެސް އެގޭކަމަކީ އައްޑޫ އިން ތިބުނާ ތަރައްގީ އެއްނުފެންނަކަން ، ފަޅުކަމާއި ވީރާނާކަން ފެންނަނީ ، ކީއްވެގެންކަމެއްނޭގެ ، ހުޅުމާލެ ފްލެޓް ލިސްޓަށް ބެލިއަސް އެންމ،ެ ގިނަވާނީ އައްޑޫ މީހުން ،

    5
    1
  19. ައަބްދޫ

    1 ބިލިއަންޑޮލަރު މިއީ ކުރިންވެސް އިންޑިޔާ ސަރުކާރުގެ ހުށަހެޅުމެއް.އިންޑިޔާގެ އަަސްކަރިމަރުކަޒެއް ރާއްޖެގަ ގައިމްކޮށް ދިނުމުން 1 ބިލިއްނޑޮލަރު ދޭނެކަމަށް އިންޑިޔައިން 2018 ނޮވެމްބަރުގަ ބުނެފަވޭ. އެބައި މިއައީ އައްޑޫން ވަނީ އިންޑިޔާސަރުކާރަށް ބިންވިއްކާފަ. ދާއިމިގޮތެއްގަ އަސްކަރީ މަރުކަޒެއް ގާއިމްވެ ތިބުމަށް ވަނީ ރޭވިފަ.