މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވަޒީރު ކަމުގައި ބަހައްޓާފައިވަނީ މަޖުބޫރުވެގެންތޯ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ސުވާލު އުފައްދަވައިފިއެވެ.

މަހުލޫފުގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވާކަން ހާމަ ކޮށްފައިވަނީ މިއަދެވެ. މިއާއި އެކީ ޕީޖީން ވަކި ގޮތެއް ނިންމަވަންދެން މަހްލޫފްމަސައްކަތުން އެކަހެރިވުމަށް ރައީސް ސޯލިހް ވަނީ އަންގަވާފައެވެ.

މިކަމާއި ގުޅިގެން ޖަމީލު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ޤާނޫނު އަސާސީ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ވަޒީރުން އައްޔަން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އެހެންކަމުން ވަޒީރެއްގެ މައްޗަށް މިވަރުގެ ދައުވާއެއް ކުރެވޭއިރު، މަގާމުގައި ބަހައްޓާތީ އޭނާ ހައިރާންވާ ކަމަށެވެ.

"ކޮންފަދަ މަޖްބޫރު ކަމެއް ބާ އޮތީ؟" ޖަމީލު ސުވާލު ކުރައްވާފައިވެއެވެ.

މީގެ އިތުރުން ޖަމީލް ވަނީ މަހުލޫފު މަގާމުގައި ބަހައްޓާފައިވާތީ ރައްޔިތުންގެ މަޖިލީހާއި ރައީސްގެ ވެސް ހަމައެއް ނެތް ކަމަށް ވިދާޅުވެފައެވެ.

މަހުލޫފްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ ޚިޔާނާތުގެ މައްސަލަތައް ތަހްޤީޤުކުރުމަށް މި ސަރުކާރުން އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަނާއި، ފުލުހުން އަދި އޭސީސީ ގުޅިގެން ހިންގި ތަޙްޤީޤަކަށް ފަހުގައެވެ.

އޭސީސީން ޕީޖީއަށް ފޮނުވީ މަހްލޫފްެގެ މައްޗަށް ދެ ދައުވާއެއް އުފުލުމަށެވެ. އެއީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާއަކާއި ގާނޫނުލް އުގޫބާތުގެ ދަށުން އުފުލާ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކުށުގެ ދައުވާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މިތުރާ

    ފެ އިލްވެފަ ހުރިމީހަކު ކޮންހާ އަނގަ އެއ އް ތިތަޅުވަނީ؟ ވަޒީރުކަންދިނީމަ އެކަމެ އްވެސް ވީކީނޫން، ގޭގަ މަޑުން އޮވެބަލަ ދެންވެސްފަނި ނިހަދާ.

    4
    9
  2. ސޮއި

    އެއީ ޖަވާބު ލިޔެފައި އޮތް ސިޓީއެއް. ވީމާ ޖަވާބުގައި އޮތީ އެއްމެކުރިން ފުރާ ބޯޓަކުން އަންނަވާހަކަ.
    ސޯ ؟

  3. ެރަ އީސު

    ބޮނޑި ބަތް ބުނާ ގޮތަށް ހެދޭތޯ މަ ބަލާނަން

    2
    12
  4. ......

    މަށަށް ފެންނަނީ ވެރިން ގެ ހިތަށް ފެނިލެއްވީމަ އެ ދެން ކުއްވެރިވީ ކަމަށް ނިންމަން ގާނޫނެއް ފާސްކުރަން...އެހެން ނުލިޔަންވީ ސަބަބެއް ނެތް މިތާ....މިތާ ކަން ހިނގާ އުސޫލަކީ އެއީ ކަން ލޮލަށް ނުފެންނަ މީހަކަށްވެސް ޔަގީން ވާ ވަރުގެ ހެކި އެބަހުރި....ވަރަށް ދެރަ ކަން ކަން މިހިރަ ފެންނަމުން ދަނީ...

    14
    2
  5. ރިޔާޒުބެ

    މަހުލޫފު ވަޒީފާގަ ބަހަ އްޓަ އިގެން މި އުޅެނީ ޖަމީލު އަންގަގޮ އްވާތޯ މިހާރު އެކަން ވެ އްޖެ ދެންލަސްތަކެ އް ނުވެ މަހުލޫފު ވަޒީފާ އިން ވަނިކޮށްލާނެ.

    3
    3
  6. ރަބަރޭ

    ޖަމީލު ތީކާކުބާ މިކަމުގެ ތެރެ އަށް ވަންނަން
    ޕީޕީ އެމުންވެސް ބޭރުކުރީ ކަމު ނުގޮސްގެން

    2
    2
  7. ސަންތިމަރިޔަމް

    އަޑުއިވޭގޮތުގައި މަހުލޫފުގެ ވައިފް އަކީ ނައިބު ރައީސް ފައިސަލް ގެ ކޮއްކޮ. އަދި އެއީ ރައީސް ސޯލިހު ގެ ޕާސަނަލް ސެކްރެޓަރީ. އެހެންވީމަ ސޯލިހަށް މަހުލޫފު ވަރަށް މުހިންމުވާނެ.

    5
    1
  8. ލލ

    މަހޭ ދެން އަވަހަށް ޖަމީލް ޓީމަށް ކުޅެން ވަދޭ އޭރުން ހުރިހާ ކަމެއް އޯކޭވީ !

    3
    3
  9. ނާޅި

    ދައުރު ދެބައިވެ އެމްޑީޕީ ވެސް ދެބައިވެ ގިނަވަޒީރުން ވަކިވެފައި މިވަނީ، ދެން ރަގަޅުވާނީ ޖަމީލު މެން ޓީމާއި ގުޅުން އޭރުން މޮޅަށް ކުޅެވޭނެ !

    4
    1
  10. މުރާދު

    މަހުލޫފު ވަޒީރުކަމުގައިބަހަށްޓަން މަޖުބޫރުވާކަހަލަގޮތްތަކެއްފެނޭ އެއީ އެމްއެމްޕީއާރުސީގެފައިސާގެ
    ފައިސާގެ ޚިޔާނާތުގެ މައްސަލާގައި ދައުވާކުރަންފޮނުވާނީ ޚިޔާނާތްވެފައިވާތީކަންބެލެވޭ ނަމަވެސް
    ޚިޔާނާތުގެ މައްސަލާގައި ވަޒީރުކަމުގެމަގާމުންވަކިނުކޮށް ރައީސް އެންގެވީ މަހުލޫފު މަގާމުން އެކަހެރިވާން އަދި މަހުލޫފުވިދާޅުވޭ ދައުވާގެބާވަތުން ....

  11. ސީނު

    މަހޭ ވަކިނުކޮށްގެ މަމިހުންނަނީ

    2
    2
  12. އަލިބެ

    ބޭނުމަކީ ނަޝީދާއި އިބޫއާއި ހާންދާނުގެ ރޭވުމުގެ ތެރެއިން ފައިސަލް ނަސީން ގުޑުވާލުން. ގޯހެއް ހައްދުވާގެން ނައިބް ރައީސް ކަން ގެއްލުވާލަން ރަނގަޅަށް ކިންގްޑަމް މިދިވެހިރާއްޖޭގައި އަލުން އަނބުރާ އިޔާދަކުރުން. މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިޔާ ސިފައިން އެކި ނަންނަމުގައި ވަކި ހިއްޕުވާފައި ހާންދާންގެ ވެރިކަން ދިފާއުކޮށް 500 އަހަރު ހިތުން ވެލިކަން ކުޅުން