ކޮވިޑް-19 އަށް ރާއްޖެ އިން އިތުރު 341 މީހުން ފައްސިވެއްޖެއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 160 މީހުން ފައްސިވީ މާލެ އިންނެވެ. 153 މީހުން އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ފައްސިވިއެވެ. އިތުރު 28 މީހަކު ހަދަމުންދާ ރިސޯޓްތަކުން މިއަދު ފައްސިވިއެވެ.

މިއަދަކީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހަށް ފަހު އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. އަދި މިއަދަކީ ފާއިތުވި ދޮޅު މަސް ދުވަހުގެ ތެރޭގައި ވެސް އެންމެ މަދުއަދަދެއްގެ މީހުން މާލެ އިން ކޮވިޑަށް ފައްސިވި ދުވަހެވެ.

އިއްޔެ ކޮވިޑަށް ފައްސިވީ 370 މީހުންނެވެ.

މިއަދު 5190 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. އޭގެތެރެއިން ކޮވިޑަށް ފައްސިވީ %7 މީހުންނެވެ. އެހެންކަމުން މިއަދަކީ އޭޕްރީލް މަހުގެ 25 ވަނަ ދުވަހަށް ފަހު ކޮވިޑަށް ފައްސިވި މީހުންގެ ނިސްބަތް އެންމެ މަދުވި ދުވަހެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 15621 މީހުންނަށެވެ. މިއި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު މެއި މަހުގެ 14 ވަނަ ދުވަހަށް ފަހު އެންމެ މަދުވި ދުވަހެވެ. މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަނީ 146 މީހުންނަށެވެ. މިއަދަކީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހަށް ފަހު އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު އެންމެ ދަށަށް ދިޔަ ދުވަހެވެ.

ކޮވިޑް ޖެހިގެން މިއަދު ރާއްޖެ އިން ދެމީހަކު ނިޔާވިއެވެ. ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 191 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު