ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫ ސިޓީ ހިތަދޫ އީކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ސަރަހައްދުން ސަރުކާރުން ނެގި ގޯތިތައް އޭގެ ވެރި ފަރާތްތަކާ އަންނަ ހަފުތާ އިން ފެށިގެން ހަވާލުކުރާނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އައްޑޫ ކޮންވެންޝަން ސެންޓަރު ސަރަހައްދުން އެމްޑީޕީ ސަރުކާރުގައި އައްޑޫ ރައްޔިތުން އަތުން ވަކިކުރި ގޯތިތައް އަނބުރާ ހަވާލުކުރަން ރައީސް ޔާމީން ނިންމަވާ، އެގޯތިތައް އަންނަ ހަފްތާ އިން ފެށިގެން ހަވާލު ކުރަން ފަށާނަން." ކަމަށެވެ.

އައްޑޫގެ އިތުރުން އައްޑޫ ނޫން ސަރަހައްދުތަކުގެ ބައެއް މީހުންނަށް ވެސް ހިތަދޫ މާމެންދޫ ސަރަހައްދުން ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލު ދޭނެ ކަމަށް ބުނެ ރައީސް ނަޝީދުގެ ސަރުކާރުން ނެގީ 2011 ވަނަ އަހަރު އެވެ. ނަމަވެސް ސަރުކާރުން އެގޯތިތަކަށް ބަދަލު ދީފައެއް ނުވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން މިހާރު 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލު ކުރަމުން އަންނަ އީސީސީ އަކީ ރައްޔިތުންގެ އަތުން ނެގި ބިންތައް ހިމެނޭ ގޮތަށް އިމާރާތް ކޮށްފައިވާ ތަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހަންމައިދީ

    ރަށްޔިތުން ޗަންދާނަގައިގެން އަމިއްލަޔަށް އަޅައިގެން ހިންގި ޖަނަރޭޓަރުގެ ތައް ކޮކަޑިކުމާރު އޭނާގެ ވަރިކަމުގައި ފެލާލީ އެއްވެސް އެއްޗެއްނުދީ. ސަރުކާރު މުވައްޒަފުން މުސާރަ ކުޑަކޮށް ޑޮލަރު އަގުބޮޑުކޮށް އެންމެފަހުން މުސާރަނުދެވިގެން އުޅުނު ހަނދާން ނެތޭހާ ދުވަހެއް ނުވޭނު.

  2. ނާޑުވާ

    ދެން އަންނަ ސަރުކާރަކުން ރަސްފަންނު ނަގާ އެތާހުރި ތަންތަން އަލުން އަޅާ ބުރިޖު ނަގާ މަސްވެރިންނަށާ ރާޅާ އަޅާކުދިންނަށް އެތަންތަން ދިނީމަ އެހެރީ ތަރައްޤީ ވެފަ. ހިތައްއަރާ ހަމަ ސަހަރޯއޭ.

  3. ހަސަނު

    ބޯހިޔާވަހި ކަމައް އޮތް ހަމަ އެކަނި ހައްލަކީ މާލޭ ސަރަހައްދުންވެސް ބިންހިއްކުމައްފަހު ހިލޭ ގޯތި ދޫކުރުން.....

  4. ނުރަބޯ

    ގުދުރަތީ ކުޅިއެއް ހިއްކައިގެންނާ ރައްޔިތުންގެ ގޯތިގެދޮރު ދަމައިގަނެގެން ކެރަފާނަޝީދު އައްޑޫ ގައި އެއެޅި އީސީސީ އޭކިޔާ ޢިމާރާތަކީ ޚުދު އޭނާ މަޝްހޫރު ވާން ވެގެން ކުރި ބޮޑު އިސްރާފެކެވެ. އޭގެ ދަލީލަކީ ރައްޔިތުންނަށް އެއްވެސް ފައިދާއެއް މިހާތަނަށް އެޢިމާރާތުން ލިބިފައި ނެތުމެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން އެދަނީ އެ ޢިމާރާތުގައި ރަނގަޅު ފެންވަރުގެ ހަސްފަތާލެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ނަޝީދު އަތުލާފައިވާ ބައެއް ރައްޔިތުންގެ ބިންތައްވެސް އަނބުރާ ޙަވާލުކުރުމުގެ މަސައްކަތްވެސް އެދަނީ ކުރަމުންނެވެ. އެހެންވީމާ މިކަންކަމާމެދު ރައްޔިތުން ވިސްނާ ނަޝީދަކީ ރިސައިކަލް ކުރަންވެސް ކަމުނުދާ ވޭސްޓެއްކަން ދަނެ އޭގެ ކިބައިން ބަރީއަވެ މިސަރުކާރަށް ތާއީދު ދިނުމަކީ އިތުރު ތަރައްގީ އަށް މަގުފަހިވެގެންދާނެ ކަމެކެވެ.