ދިވެހިރާއްޖޭގައި، ވިހާތާ ހަފްތާއެއްގެ ތެރޭގައި ރަޖިސްޓްރީވާން ހުށަނާޅައިފިނަމަ ޖޫރިމަނާވާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒުއެވެ. އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ގާނޫނުގެ ނަމުގައި ހުށަހަޅާފައިވާ ބިލްގެ ބަހުސް އަދި މަޖިލީހުގައި ނުފަށައެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ބިލްގައި ބުނެފައި ވަނީ ކުއްޖަކު އުފަންވުމާއިއެކު މިގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ކުއްޖަކު ރަޖިސްޓްރީ ކުރުމަކީ ކުއްޖާގެ މައިންބަފައިންގެ މައްޗަށް އަދި މައިންބަފައިން ނެތްނަމަ ބަލަދުވެރިޔާގެ މައްޗަށް ލާޒިމް ކަމެކެވެ.
ބިލްގައި ބުނެފައިވާ ގޮތުގައި ކުއްޖާ އުފަންވުމާއިއެކު ރަޖިސްޓްރީ ވާން ދީފައި އޮތް އެއްހަފްތާ ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ހުށަނާޅައިފިނަމަ ކުއްޖާގެ މައިންބަފައިން ނުވަތަ ކުއްޖާގެ ބަލަދުވެރިޔާ -/10000 (ދިހަހާސް) ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެއެވެ.
އުފަންވާ ކުދިން ހަފްތާއެއް ތެރޭގައި ރަޖިސްޓްރީ ކުރަން ހުށަހަޅަން ޖެހުނު ނަމަވެސް އެކުއްޖެއްގެ އުފަން ދުވަހުގެ ސެޓްފިކެޓް ހައްދަން ހުށަހަޅަން ޖެހެނީ އަދި ވަކިންނެވެ. އުފަންދުވަހުގެ ސެޓްފިކެޓް ހައްދަން ހަމަސް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް ބިލްގައި ބުނެފައި ވެއެވެ.
ކުއްޖާގެ ނަން އުފަންދުވަހުގެ ސެޓްފިކެޓްގައި ހިމެނޭނީ އެނަމަކީ މުސްލިމަކަށް ކިޔުން އެކަށީގެންވާ އަދި ކަމާބެހޭ ސަރުކާރުގެ އިދާރާއަކުން ފާސްކޮށްފައިވާ ނަމަކަށް ވާކަމުގައި ކަމަށް ވެސް ބިލްގައި ބުނެފައި ވެއެވެ.
މިބިލްގައި ބުނެފައިވާ ގޮތުގައި މީހަކު މަރުވީ ސިއްހީ ހިދުމަތްދޭ ތަނެއްގައި ނޫންކަމުގައި ވާނަމަ މަރުވާތާ ދެގަޑިއިރުގެ ތެރޭގައި މަރުވިކަން ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް އަންގަން ޖެހޭނެއެވެ. މަރު ސާބިތުކުރުމާއި މަރުވިކަން ރަޖިސްޓްރީ ކުރަން ޖެހޭ އުސޫލު ވެސް މިބިލްގައި ވަނީ ހިމަނާފައެވެ.
ކަލޯގަޔާ!! އެއްލައްކަ ރުފިޔާ އަށް ހަދާލާ. އާންމު ރައްޔިތުން ފެލުން މެކުހަށް.
ރަޖިސްޓްރީ ނުކޮށް ލަސްކުރަންޏާ ޖޫރިމަނާ ކުރުން ރަނގަޅު. އެކަމު ތިޔަ ކަނޑަ އަޅަނީ މަޖިލިސް މެމްބަރުންނަށް ލިބޭ މުސާރައިގެ ރޭޓުން.
ހެޔޮނުވާނެ ތިވަރު އަރުވާލަން!
އުފަންވާ ކުދިންނަށް ދޭންބުނި ހަދިޔާފޮށި ކޮބައިހޭ؟
މީ އާކަމެއްތަ، ޖޫރިމަނާ ނަގާއަބަދުވެސް ހައްހައްހާ .... ތިޔައުޅެނީ އިތުރަށް އެތިކޮޅެއް ކާލެވޭތޯ މިހާލަތުގަވެސް.
މަރުކޮސް.. އުފަންވާތާ 7 ދުވަސް ވީމަ ނަން ކިޔަނީވެސް.. ނަން ނުކިޔަ ރަޖިސްޓްރީ ކުރާނީ ކިހިނެ އްބާ؟
ހުރިހާ ކަމެއްގަ ޖޫރިމަނާ.. ފުރަތަމަ ހަދާ ކޮންމެ ދޮގަކަށް ޖޫރިމަނާ ކުރަންފަށާބަލަ.. މާދަން، މާދަން.. ދުވަހަކު ވައުދު ނުފުއްދޭ ވަގު ސަރުކާރު
ވިހާ ކޮންމެ ކުއްޖެއްގެ އަތުން 5000 ނަގަން ޖެހޭ
ރައްޔިތުން ފެލުން ނޫންކަމެއް މިސަރުކާރުން ކުރޭތައެބަ.... މިނުރައްކާ ހާލަތުގަވެސް ބަލަނީ ނިކަމެތިމީހާ ފެލައިލެވޭތޯ 😡😡😡😡 ބަލާބޮޑު ސަރުކާރެއްމީ.....
ފެލާ ލެވޭނެ މަޅި މިޖަހަނީ..
މިހާރުވެސް އޮންނަ ޤާނޫނެއް ތިޔައީ !
ދުވަހަކު ދެ ފަހަރަށްވުރެން ގިނައިން ކައިފިނަމަވެސް ޖުރިމާނަ ކުރާނެ
ދިވެހިރާއްޖޭގައި، ވިހާތާ ހަފްތާއެއްގެ ތެރޭގައި ރަޖިސްޓްރީވާން ހުށަނާޅައިފިނަމަ ޖޫރިމަނާވާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ބިލްގައި ބުނެފައިވާ ގޮތުގައި ކުއްޖާ އުފަންވުމާއިއެކު ރަޖިސްޓްރީ ވާން ދީފައި އޮތް އެއްހަފްތާ ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ހުށަނާޅައިފިނަމަ ކުއްޖާގެ މައިންބަފައިން ނުވަތަ ކުއްޖާގެ ބަލަދުވެރިޔާ -/10000 (ދިހަހާސް) ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެއެވެ.
އަޅުގަޑަށް ފެންނަ ގޮތުގައި މި ބިލް ބޮޑަށް ފުރިހަމަ ވެގެންދާނީ ރައްޔިތުމީހާ ނިކަމެތި ކޮށްލެވޭ ގޮތަށް ބިލްގައި މިކަންތައްތައް ހިމެނިގެން ކަމަށް އަޅުގަޑު ދެކޭތީވެ މިކަންތައް ހިމަނާ ދެއްވުމަކީ ރައްޔިތުން ހޮވި މިހާރުގެ ގޮތުން ބުނާ އިއްޒަތްތެރި ކަމުގެ ލަގަބް ދެއްވާފައިވާ އިއްޒަތްތެރިމެމްބަރު ކައިރީގައި އެދެމެވެ.
1. ދެމީހުން ކައިވެނި ކުރާތާ 3 ދުވަހުގެ ތެރޭގައި -/25000 (ފަންސަވީސްހާސް) ރުފިޔާ.
2. ފުރަތަމަ ކުއްޖާއަށް ބަލިވެ އިންނަކަން އެގުމުން -/30000 (ތިރީސްހާސް) ރުފިޔާ.
3. ކުއްޖާ ވިހަންދެން ކޮންމެ މަހަކު -/10000 (ދިހަހާސް) ރުފިޔާ.
4. ވިހޭމަ ކަޑާލާ ފޫޅަށް -/5000 (ފަސްހާސް) ރުފިޔާ.
މިގޮތަށް ބިލްގައި ހިމަނާލުމުން ކޮންމެ ކައިވެނި ކުރާ 2 މީހެއްގެ އަތުން އިއްޒަތްތެރި މެމްބަރުން ނާޖާއިޒް ގޮތުގައި ނެގުމަށާއި ސަރުކާރު ހިންގުމަށް މިހާރުވެސް ނަގަމުންގެންދާ ޓެކްސްގެ އިތުރުން -/150000 (އެއްލައްކަ ފަންސާސްހާސް ) ރުފިޔާ ލިބޭނެކަމަށް ދެކެމެވެ. އޭރުން އަޅުގަޑުމެން ހޮވި ތިޔަ އައްޒަތްތެރި މެމްބަރުން 5 އަހަރު ދުވަހުން ދުނިޔޭގެ އެންމެ މުއްސަދި މީހުންގެ ލިސްޓްގައި ހިމެނިގެން ހިގާދާނެކަމަށް ފެނެއެވެ.
ޖޫރިމަނާކުރަން ބުނާ އަދަދު އަދި މުއްދަތު ހަމައެއް ނުޖެހޭ. ރަޖިސްޓްރީ ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް. 7 ދުވަހުން ނުކުރެވިދާނެ. 28 ދުވަހުން ނުކޮށްފިއްޔާ އެއީ ބެލެނިވެރިންގެ ފަރުވާ ކުޑަކަން. ދެން 10000 ރުފިޔާއަކީ މަޖިލިސް މެންބަރުންނަށް އެއްވެސް އެއްޗަކަށް ނުވިޔަސް، ގިނަމީހުންގެ އެއްމަހުގެ މުސާރާ. އޭންކުލިދައްކާ ބިލްތައްދައްކައި ކައިބޯއި ހަދަން ޖެހެނީ. މެމްބަރުން ވިސްނަނީ ސިކުނޑިންބާ ވައޭ ހިތައް އަރާ...
އުފަންވާކުދިންނަށް ދޭން ރައީސް ސޯލިހު ވައުދުވި ހަދިޔާފޮށި އުފަންވާ ދުވަހު ނުދީގެން ޖުރިމާނާ ކުރާ ބިލެއް ހުށަހަޅާބަލަ. ވައުދެއްވެފާ އެވައުދު ނުފުއްދުމަކީ މުނާފިގުންގެ އަލާމާތެއް.
ހރިހާކަމެއްގެ ބުރަ ރައްޔިތު މީހާއަށް . ކުއްޖާވިހާތަނުން ފޯމްތައްޔާރުކޮށް ހުށައަޅަން ޖެހޭގޮތަށް ހަދަންވީ ސިއްހީ ހިދްމެތް ދޭމަރުކަޒަކުން. ޖޫރިމައިނާވެސް ކުރަންވީ އެތަނެއް. ގޭގައި ހިގިކަމެއްނަމަ އެއްކަލަމީހާ. އެގޮތަކިހިނެއްތަ.
ދައުލަތަށް ފައިސާ ހޯދަން މިނޫން ގޮތެއް ނެތީބާ. ކޮންމެ ކަމެއް ރައްޔިތުން ޖޫރިމަނާ ކުރުމަށް.
ދަރިންނަށް ލިބިދެވޭ އަސާސީ ޙައްޤުތައް ލިބެނީ ކުއްޖާ ރަޖިސްޓްރީކޮށްގެން ކަމަށްވާތީ މައިންބަފައިންވެސް ބަލާނެ އެކަން ަ. އަވަހަށްކުރުމަށް.
މިހާރުވެސް ކުއްޖާ އުފަންވާތާ 90 ދުވަސްތެރޭ އުފަންދުވަހުގެ ސެޓްފިކެޓް ނުހައްދާފިނަމަ ޖޫރިމަނާކުރޭ. އިތުރުވާ ކޮންމެ ދުވަހަކަށްވެސް ޖޫރިމަނާ ކުރޭ.
ރައްޔިތުމީހާދެކެ ލޯބިވާ އަދި ރައްޔިތުންގެ އިޙްސާސްތައް ދަންނަ ވެރިޔެއް މިހާރުމިގައުމުގަ މިހުރީ އެހްވީތީތާ މިދަ ދަތި ދުވަސްވަރެއްގަ އަދި ގިނަރައްތަކެއް ލޮކްޑައުން ދުވަސްވަރެއްގައި ކޮންމެކަމެއްވެސް އިތުރު ދަތިތަކެއް ކުރިމަތިކޮށްފަ އަދި ޖުރިމަނާކުރުމަށް ހަމަޖައްސަނީ މިއޮތީވާ ސަރުކާރެއް އަޅެފަހެ މިއީ ވެރިކަމެއްތަ ނުވަތަ ބަލާވެރިކަމެއްތަ؟ ބޮޑަށް ވައްތަރުވަނީ ބަލާވެރިކަމަކާ!!! ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ
މާލޭ ބޭފުޅުން ކުއްޔަށް ދީފަ ބިދޭސީ އަކާ ކައިވެނި ކޮށްގެން ރާއްޖެ އިން ބޭރުގަ އެވެ. މަރުވާމީހެއް ދުނިޔޭގެ ހުރި މީހެއް ސަރުކާރަކަށް ނޭނގެ އެވެ. ދެޕާސްޕޯޓް އޮވެއެވެ. ތިޔަބިލައް މިކަން ވެސް އިތުރު ކޮށްލަ ބަލާށެވެ.
ދެން ސޯލިހު ކަނޑައަޅާނީ 2 އަންބައް މީހުނާ އިންނަ ކޮންމެ މީހެއްގެ އަތުން ފީ އެއްގެ ގޮތުގަ 50000ރ ނަގަން އެއީ ބައެއް މީހުނައް އެކަން ނުކުރެވުނީމަ ދެރަވެގެން..
މަޖިލީހަށާއި ވެރިކަމަށް ކުރިމަތިލާ މީހުންނަށް ވައުދު ނުފުށްދުނީމަވެސް އެބަޖެހޭ ޖޫރިމަނާ ކުރަން
ރައްޔަތުން ފޮނުވާ ސިޓީ ތަކާ ތަކުގެ ޖަވާބު 7 ދުވަސް ތެރޭ ސަރުކާރު އޮފީސް ތަކުން ނުފޮނު ވަނަ މަ ސަރުކާރު އޮފީސް ތައްވެސް ޖޫރި މަނާ ކޮއް އެފައިސާ . ސިޓީ ފޮނުވި މީހާގެ ގެއްލު މިގެ ބަދަލައް ދޭން ފެނޭ. މިސަރުކާރުން ރައްޔަތުން އެކި ނަންނަ މުގަ ފެލަނީ
މިހާރުވެސް އަހަރެން ކުރާ ކޮން މެ ވިޔަ ފާރިއެކުން . 6% ސަރުކާރައް ދައްކަން. މާނަޔަކީ މަގޭ މުސާރައިގެ 6% ޖީ އެސް ޓީ ގެ ނަ މު ދެނީ ސަރުކާރަށް. މިވަރުން ނުފުދިގެން އަނެއް ކާ ފެލަން ވިއްކާލި ދޯ . އިބޫ އިސްތިއުފާ ދީފަ ފައިބާ އަވަހައް
މަޖިލިސް ބޭފުޅުން އޯކޭ އަހަރު އެއްކޮއް ސަލާމުގަ ދުއްވާލިޔަސް މަހަކު 100000 ރުފިޔާ މުސާރަ ލިބޭނެ.