22:02
މިއަދު ކޮވިޑަށް ފައްސިވީ 323 މީހުން
BREAKING NEWS: Miadhu Covid Ah Fassivee 323 Meehun https://t.co/faH3k6anZy
— Vaguthu Online (@VaguthuOnline) June 10, 2021
21:36
ގދ. ތިނަދޫގައި ގެއްލިގެން ހޯދަމުންދިޔަ ކޮވިޑް-19 އަށް ފައްސިވި ބިދޭސީ މީހާ ފެނިއްޖެ
Thinadhoo In Gellunu Covid Ge Bali Meehaa Fenijjehttps://t.co/YeBYyv48lD
— Vaguthu Online (@VaguthuOnline) June 10, 2021
20:55
ކޮވިޑް-19 ޖެހިގެން އަންހެނަކު ނިޔާވެއްޖެ.
BREAKING: Covid Jehigen Anhenaku Niyaa Vehjje https://t.co/fIak9kNIc8
— Vaguthu Online (@VaguthuOnline) June 10, 2021
20:18
ކޮވިޑް-19 އަށް ފައްސިވާ ބަލި މީހުން އެނދުމަތިކޮށްގެން ފަރުވާދެމުންގެންދާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ހުރި މައްސަލަތަކަށް ހެޔޮ ބަދަލުތަކެއް ގެންނަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ން ވިދާޅުވެއްޖެ
Hulhumale Medical Facility Gai Huri Massalathah Heyo Badhaluthakeh Eba Aadhey - HRCMhttps://t.co/3HbObh1Fre
— Vaguthu Online (@VaguthuOnline) June 10, 2021
19:48
ގދ. ތިނަދޫން ކޮވިޑް-19 އަށް ފައްސިވި ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފި.
BREAKING: Thinadhoo In Covid Ah Fassivi Bidheyseeaku Gelligen Hoadhaneehttps://t.co/Wv9eojcDNV
— Vaguthu Online (@VaguthuOnline) June 10, 2021
17:08
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ އުސޫލުތަކާއި ހިލާފުވެގެން މާލެ ސަރަހައްދުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 1،118 އަށްވުރެ ޖޫރިމަނާ ކޮށްފި
1,118 Meehaku Joorimanaa Kohgen Dhaulathah Million Rufiya!https://t.co/lxJFc1TTgZ
— Vaguthu Online (@VaguthuOnline) June 10, 2021
17:01
ކުއްލި ހާލަތުގައި އެމްބިއުލާންސް ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ދިނުމަށް އިމަޖެންސީ މެޑިކަލް ސަރވިސް ތައާރަފް ކޮށް ހާއްސަ ނަންބަރެއް ހަމަޖައްސައިފި
Kulli Haalathugai Ambulance Hoadhumah 100 Ah Gulheyne!https://t.co/IH3fXDn3W4
— Vaguthu Online (@VaguthuOnline) June 10, 2021
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައި އޮތް ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އުވާލުމުން ހާލަތު ގޯސްވެ، އޭޕްރީލް މަހުގެ ދެވަނަ ހަފްތާއިން ފެށިގެން ރާއްޖޭގެ ހާލަތު ދިޔައީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ. މެއި މަސް ފެށުނީ ވެސް ބިރުވެރި މަންޒަރަކާއި އެކުގައެވެ. މެއި މަހުގެ 12 ވަނަ ދުވަހު ކޮންމެވެސް ވަރެއްގެ ފިޔަވަޅުތަކެއް އެޅި ނަމަވެސް އޭރުވެސް އެންމެ ހަރުކަށި ފިޔަވަޅުތަކެއް ނާޅައެވެ. މެއި 26 ވަނަ ދުވަހު ވަރުގަދަ ފިޔަވަޅުތަކެއް އެޅިއިރު ހާލަތު އޮތީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
ހަރުކަށި ފިޔަވަޅުތަކަށް ދެހަފްތާ ވެގެން ދިޔައިރު މިއަދު މާލޭގެ ހާލަތު ވަނީ ރަނގަޅު ވެފައެވެ. މިއަދު ރާއްޖެ އިން 341 މީހަކު ފައްސިވިއިރު މާލެ އިން ފައްސިވީ 160 މީހުންނެވެ. މިއަދަކީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހަށް ފަހު އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. މިއަދަކީ ފާއިތުވި ދޮޅު މަސް ދުވަހުގެ ތެރޭގައި ވެސް އެންމެ މަދުއަދަދެއްގެ މީހުން މާލެ އިން ކޮވިޑަށް ފައްސިވި ދުވަހެވެ.
މިއަދު 5190 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. އޭގެތެރެއިން ކޮވިޑަށް ފައްސިވީ %7 މީހުންނެވެ. އެހެންކަމުން މިއަދަކީ އޭޕްރީލް މަހުގެ 25 ވަނަ ދުވަހަށް ފަހު ކޮވިޑަށް ފައްސިވި މީހުންގެ ނިސްބަތް އެންމެ މަދުވި ދުވަހެވެ.
މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 15621 މީހުންނަށެވެ. މިއި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު މެއި މަހުގެ 14 ވަނަ ދުވަހަށް ފަހު އެންމެ މަދުވި ދުވަހެވެ. މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަނީ 146 މީހުންނަށެވެ. މިއަދަކީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހަށް ފަހު އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު އެންމެ ދަށަށް ދިޔަ ދުވަހެވެ.
ކޮވިޑް ޖެހިގެން މިއަދު ރާއްޖެ އިން ދެމީހަކު ނިޔާވިއެވެ. ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 191 އަށް އަރާފައެވެ.
BREAKING NEWS: Miadhu Covid Ah Fassivee 341 Meehun https://t.co/sw6Peo2BAv
— Vaguthu Online (@VaguthuOnline) June 9, 2021
Covid Jehigen Meehun Niyaavun Madhukurevidhaane Kamuge Uhmeedhu Aa Vejje https://t.co/lgyrRMfLsO
— Vaguthu Online (@VaguthuOnline) June 9, 2021
BREAKING: Faresmaathoda In Ithuru 10 Meehaku Covid Ah Fassi Vehjjjehttps://t.co/j6B8Qiqtog
— Vaguthu Online (@VaguthuOnline) June 9, 2021
Vaccine Nujehumun America Hospital Eh Ge 178 Muvvazafun Suspend Koffi https://t.co/x6dgN4K1IN
— Vaguthu Online (@VaguthuOnline) June 9, 2021
ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.
ހޮޅި ވާހަކަ. މާލޭ ރައްޔިތުންނަށް ކާންދޭން ރާއްޖެތެރޭ މީހާ ފެލަން ރަށު ބަންދުކޮށްގެން ގުންޑާއިން ވައްކަން ކުރަނީ! 2023 އޮޔާލާނަން ތި ހައިވާނުތައް ﷲ އިރާދަކުރެއްވިއްޔާ. 5 އަހަރު އަހަރެމެން ރަށުބަންދެއްގައި! ރީޢްޗެއްނު ކަންތައް ދާގޮތް! ހަމަނޭވާ ލާގެން ހެވިފައި ތިބެބަލަ ޞޯލިހު ކަލޭ ނިކަން،
މާލޭގެ މަ އްސަލައަކީ ތަނުގައި ނުކަތާވަރަށް މީހުން ގިނަވެ ތޮއްޖެހުން ބޮޑުވުން ، ދުއްވާ ވެހިކަލް ގިނަވެ ހިގާބިގާ އުޅެން ދަތިވެފައިވާ ތަނެއް މާލެއަކީ ! މާލޭގައި ދިރިއުޅޭ އާބާދީ މަދުވާން ޖެހޭ !
މާލޭ ރައްޔިތުންގެ ތެރެއިން ގިނަމީހުން އުޅެނީ ރާއްޖެތެރޭން މާލެ އައިސް ތިބޭ ރައްޔިތުން އަތުން ބޮޑު ކުއްޔައް ގެދޮރު ކުއްޔައް ދީގެން އަތުން ފައިން ކުޑަ މަސްކަތެއް ވެސް ނުކޮއް މިހާލަތުގަވެސް ކުއްޔައް ދީފަހުންނަ ތަނުގެ ކުލިން އެއްމެ ރުފިޔާ އެއްވެސް މަދު ނުކުރޭ ، ހޯދާތަނަކުން ހޯދާފަދޭން ޖެހޭނީ..