އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް ކަމަށް ހޮވިވަޑައިގަތް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޗީފް އޮފް ސްޓާފްއަކަށް އިންޑިއާ އިން އދ.އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބުގެ ނައިބު އައްޔަން ކޮށްފިއެވެ.

ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އދ.ގެ އާއްމު މަޖިލީހުގެ ރައީސް ކަމުގެ މަގާމު އޭނާ އަދާކުރައްވާއިރު ޗީފް އޮފް ސްޓާފްގެ މަގާމު އަދާކުރައްވާނީ އިންޑިއާ އިން އދ.އަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ ނައިބު ނަގަރާޖް ނައިޑޫ ކުމާރު ކަމަށެވެ. އާންމު މަޖިލީހުގެ ރައީސްގެ ހާއްސަ މަންދޫބަކަށް ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ތިލްމީޒާ ހަސަން އައްޔަން ކުރައްވާފައިވާ ކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ.

އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަން ޝާހިދަށް ލިބުމުގައި އިންޑިއާގެ އެހީތެރިކަން ވަރަށް ބޮޑެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިބްރާހިމް މުހައްމަދު ޞާލިހް ވަޑައިގެންނެވި ހިސާބުން އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަނީ "ވަރަށް ބޮޑަށް ބަދަހިވެފައެވެ." ފާއިތުވި ދެއަހަރާއި ބައިގެ ތެރޭގައި ރާއްޖޭގެ އެންމެ ގާތް ގައުމަކަށް ވެފައި ވަނީ އިންޑިއާއެވެ.

ޝާހިދު އދ. އާއްމު މަޖިލީހުގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވުމާއިއެކު އިންޑިއާގެ މީޑިއާތަކުން ވަނީ ޝާހިދުގެ ޗީފް އޮފް ސްޓާފަކަށް އައްޔަން ކުރައްވާނީ އިންޑިއާގެ ޑިޕްލޮމެޓެއް ކަމަށް ރިޕޯޓް ކޮށްފައެވެ.

ޝާހިދުގެ ޗީފް އޮފް ސްޓާފަކަށް އައްޔަން ކުރެއްވި ނަގަރާޖް ނައިޑޫ ކުމާރު ހާރިޖީ ދާއިރާގެ އިސް މަގާމުތަކުގައި މަސައްކަތްތައް ފެއްޓެވީ 1999 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ގިނަ ދުވަސްތަކަކު މަސައްކަތް ކުރައްވާފައި ވަނީ ޗައިނާގެ ބެއިޖިން އާއި ހޮންކޮންގް އާއި އަދި ޗައިނާގެ އެހެން ސިޓީތަކުގައި ހުންނަ އިންޑިއާގެ ކޮންސިއުލޭޓްތަކުގައެވެ.

އިންޑިއާ އިން އދ.އަށް ކަނޑައެޅި މަންދޫބުގެ ނައިބުގެ މަގާމަށް ނަގަރާޖް ނައިޑޫ ކުމާރު އައްޔަން ކުރީ 2019 ވަނަ އަހަރު އެވެ.

ޝާހިދު އދ.އާއްމު މަޖިލީހުގެ ރައީސްގެ ޒިންމާތައް އަދާކުރައްވަން ފައްޓަވާނީ އަންނަ ސެޕްޓެމްބަރ މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. ނައިޑޫ

  ޤައުމީރޫހު ޤައުމީލޯބި ހިތާހިތުގެ ގުޅުން

  31
  4
  • އަސްޤަރު ސިއްދީޤް

   އޭނާ ގިނަ ދުވަސްތަކަކު މަސައްކަތް ކުރައްވާފައި ވަނީ ޗައިނާގެ ބެއިޖިން އާއި ހޮންކޮންގް އާއި އަދި ޗައިނާގެ އެހެން ސިޓީތަކުގައި ހުންނަ އިންޑިއާގެ ކޮންސިއުލޭޓްތަކުގައެވެ.އެހެންވީމަ ވަގުތުނޫސް ކުދިން ބަލާދީބަލަ ކޮންސިއުލޭޓް އަޅަން ޗައިނާގެ ބިން އިންޑިޔާއަށް ވިއްކާފައިވޭތޯ! އަދި އިންޑިޔާއިން ޗައިނާގެ އެކިއެކި ސިޓީތަކުގައި ކޮންސިއުލޭޓް އެޅުމުގެ ސަބަބުން ޗައިނާގެ މިނިވަންކަމާޢި އިސްތިގުލާލު ގެއްލިފައިވޭތޯ!

   1
   3
 2. Anonymous

  ތިލްމީޒާ ޙުސައިން

  16
  2
  • ޑޮން

   .މިފިލްމަ އް ދެން ވާނި ކިހިނެ އްބާ..

 3. މާމީ

  އިންޑިއާ ބުނާގޮތައް ކަންތައް ކުރަން ޖެހޭނީ..

  50
  2
 4. ހސހސ78

  އިމްޑިޔާގެ ޗީފް އޮފް. ސްޓާފަކު ހަމަޖެއްސީ މާ ދެން ވަނެ ގޮތެއް ބަލަމާ

 5. ޙަބޭ

  ޕަޕެޓެއް.

 6. ޞިލް

  .ދެން ތިލްމީޒާ އަ އް 12ހާސްޑޮލަރ ސާހިދު އަ އް 15ހާސް. ޑޮލަރ ސާހިދުގެ ނަ އިބަ އް 16ހާސް ޑޮލަރ....... ޙިސާން އަ އް 68 ހަސްރުފިޔާ ހުސް ނަސީބުވެރިން

 7. ފުޅަށްމަތިން ފުންމާލި ބަކަރި

  އޭނާ ގިނަ ދުވަސްތަކަކު މަސައްކަތް ކުރައްވާފައި ވަނީ ޗައިނާގެ ބެއިޖިން އާއި ހޮންކޮންގް އާއި އަދި ޗައިނާގެ އެހެން ސިޓީތަކުގައި ހުންނަ އިންޑިއާގެ ކޮންސިއުލޭޓްތަކުގައެވެ.އެހެންވީމަ ވަގުތުނޫސް ކުދިން ބަލާދީބަލަ ކޮންސިއުލޭޓް އަޅަން ޗައިނާގެ ބިން އިންޑިޔާއަށް ވިއްކާފައިވޭތޯ! އަދި އިންޑިޔާއިން ޗައިނާގެ އެކިއެކި ސިޓީތަކުގައި ކޮންސިއުލޭޓް އެޅުމުގެ ސަބަބުން ޗައިނާގެ މިނިވަންކަމާޢި އިސްތިގުލާލު ގެއްލިފައިވޭތޯ!

  1
  3
 8. އަހުމަދު

  ތި އޮތީ ތިގޮނޑީގެ މިނިވަންކަންވެސް ގެ އްލިފާ... ތި ގޮނޑީ ގަ އި ވެސް އިތުބާރެ އްނެތް...

 9. ޜަށުމީހާ

  ތި އޮތީ ތިގޮނޑީގެ މިނިވަންކަންވެސް ގެ އްލިފާ... ތި ގޮނޑީ ގަ އި ވެސް އިތުބާރެ އްނެތް...

 10. މަބޭ

  މިހޯދީ އިންޑިޔާއިންހިންގާ ހުރިހާޖަރީމާއެއްގެ ހިމާތަތް

 11. ކަނބުލޮ

  އިންޑިއާގެ ޕަޕެޓު

 12. ނީޢުމާ / ލަންކާ

  މިހާރު އިންޑިޔާގަ އި އޮތް ހިންދޫ ސަރުކާރުން އެދުމެ އް ނެތި މުސްލިމު ޤަ އުމަކަށް ކަމެ އް ނުކޮށްދޭނެ ކަން މިވަރުން ވެސް މުސްލިމުންނަށް ނުވިސްނޭނެބާ؟ ރާ އްޖޭގެ ރާ އްޖޭގެ ރަ އްޔިތުން ކުރެ ހޭލުން ތެރި އަދި ޤަ އުމަށް ތެދުވެރި ކޮންމެ މީހެ އްގެ ހިތަށް ތަދުވާނެ ކިތަމެކަމެ އް އެމް.ޑީ.ޕީ. ގެ ސިޔާސަތުން ފެންނާނެ އެވެ.

 13. ބަރުގޮނު

  މިއީ ބައިނަލް އަޤްވާމީ ދުނިޔޭގައި "މޮހޮނަށް ދޯނި" ލިބުނީމާ ކޮއްލި މޮޅުކަމެއް. ރާއްޖޭގައި ޝާހިދު ގެ ދަށުން މަސައްކަތް ކޮށްލެވޭވަރު މީހުން ހަމަ ނެތީބާ ...

 14. ޑަރޯގާ

  އަމިއްލައަށް ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް ހެދޭއިރު ވެސް ލަދު ނުގަންނަންވެގެން ޓްވީޓްކުރުމުގަ. އަހަރެމެންނަކަށް އޮޅިފައެއް ނެތް ތިޔައީ އިންޑިޔާގެ ޕަޕެޓެއް ކަމެއް. ދެން ހުރެ މޮހޮނަށް ދޯދޭގޮތަށް ތިޔަގޮނޑި އިންޑިޔާއިން ހޯދާދިނިމާ މުސްލިމުން ނިކަމެތި ކުރާއިރުވެސް އެއްޗެއްނުބުނަން. ދިވެހިރާއްޖެއަށް ގައްދާރުވިލިސްޓަށް އިތުރުވިނަމަކަށް ތިޔަޕަޕެޓް ވެއްޖެ.

 15. ފަރެސް

  ލަނޑަޔާ ވާނީ ލަނޑަޔާއޭ ބުނެއުޅޭ މިއީ ވަރަށްބޮޑުހަގީގަތެއް ވިސްނެވުންއެދެން

 16. ޗާހިދާ ކުމާރު ޕަންޗޯލީ

  ޝާހިދަކީ އިންޑިޔާގެ ޕަޕެޓެއް ، ނަމެއްގަ ދިވެއްސަކަސް ތިއީ އިންޑިޔާގެ އަޅެއް...

 17. ކިނޮޅަހު ބޭރި

  އިންޑިއާ އަށް އަޅުވެތިވެފައިވާ މިންވަރުގެ އަލިގަދަ ހެއްކެއް. މުސްލިމަކު ޚިޔާރުކޮށްލަންވެސް ނުކެރޭހާ ފިނޑި.

 18. ަިަައިބޫ

  ޖަސްޓު އަ ޕަޕެޓް އޮފް އިންޑިޔާ

 19. ނީޢުމާ / ލަންކާ

  މިވެރިން ނުބަލާނެ ދިވެހި ރައްޔިތުން ރުހޭނެތޯ ނުރުހޭނެތޯ؟ ލަފާ ހޯދާނީ ކަންކުރާނީ ދީނަށް ނަފްރަތުކުރާ ނާޗަރަންގީ އަށް ލޯބިކުރާ ފަރާްތްތަކުން.

 20. ނީޢުމާ / ލަންކާ

  މިވެރިން ނުބަލާނެ ދިވެހި ރައްޔިތުން ރުހޭނެތޯ ނުރުހޭނެތޯ؟ ވާވާ މީ ސަރުކާރެ އް.

 21. އަލީ

  ގެރިމޯދީ އާ އިޖެހުނު ދެވަނަ ގެރިމޯދީ

 22. ސސ

  މީ ޝާހިދުގެ ޤައުމެއްތޯ ޤައުމު އަޅުވެތި ކުރަން ބޭރުމީހުން ލައިގެން އަޅުވެތިވެގެން ބޭރުގައި އުޅޭ ފޮރިން މިނިސްޓަރުކަން ދޫކޮށްލާފަގޮސް،ރައްޖޭގެ ފޮރިން މިނިސްޓަރުގެ ނަމްބޯޑް އަޅުވައިގެން ޤައުމު އަޅުވެތިނުކޮށް !

 23. ކޮވިޑް

  އަސްޤަރު ބަލާބަލަ ޗައިނާގަ އިންޑިއާ މީހުން އޮތް ވަރަށް އައްޑޫގަ އިންޑިއާ މީހުން އެބަ އުޅޭތޯ؟ކީއްކުރަން ވަގުތު ކުދިން ބަލަން ވީ؟ އެންޑް އިންޑިއާ އަށް ޗައިނާ ގެ ޒައްރެއްގެ މިންވަރު ގަނެނުލެވޭނެ، މިސަރުކާރުގަ ތިބިކަހަލަ ޗީޕް މީހުނެއްނޫނޭ ޗައިނަގަ އުޅެނީ. ސިއްދީޤް ވެފަ ތިހުރީ މަނުން އެކައްޏެއްނު.