އަބުރު ކަތިލަން ކިތަންމެ މަސައްކަތެއް ކުރިޔަސް ހައްގު ބަސް ބުނަން ފަސް ނުޖެހޭނެ ކަމަށް ވިދާޅުވެ، އޭނާއާ ގުޅޭ ގޮތުން ފަތުރަމުން އަންނަ ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) މިއަދު ރައްދު ދެއްވައިފިއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241) އަށް ވަކި ވަކިން ސިފައިން ހާޒިރުކޮށް ދޭން ޑިފެންސް މިނިސްޓްރީގައި އެދުމުން އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވެ މިނިސްޓްރީގެ ނައިބް ހަސަން ޒަމީލް ވަނީ ކޮމިޓީއަށް ސިޓީއެއް ފޮނުއްވައިފައެވެ. އެހެންވެ މަޖިލީހުގެ އިމްތިޔާޒަށް ޒަމީލް އަރައިގަތް ކަމުގެ ތުހުމަތުކޮށް އޭނާގެ މައްސަލަ ބަލައި ދައުވާކޮށް ދިނުމަށް ނަޝީދު އިމްތިޔާޒާއި ސުލޫކީ މައްސަލަ ބަލާ ކޮމިޓީއަށާއި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވަނީ ފޮނުވައިފައެވެ.
އިމްތިޔާޒް ކޮމިޓީން އެ މައްސަލަ ބަލަން ފެނޭތޯ ވޯޓަށް އެހުމުން މައްސަލަ ބޭރުކޮށްލީ އެމްޑީޕީގެ ހަތަރު މެމްބަރެއްގެ ވޯޓާއެކުގައެވެ. އެ މައްސަލަ ބޭރުކޮށްލާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެންގެވުމަށް ބިގޭ އެކަމަށް ލޮބީ ކުރައްވައިގެން ކަމަށް ތުހުމަތުކޮށް އޭނާ އަށް ބޮޑެތި ފާޑު ކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ބިގޭ އަށް ފާޑު ވިދާޅުވާ ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ މަޖިލިސް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.
މައްސަލަ ބޭރުކޮށްލުމުން އެކަމާ ނުރުހުން ފާޅުކުރައްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ފޮނުއްވި މެސެޖެއް ގައި ވިދާޅުވީ ބިގޭ ކޮމިޓީގެ އެހެން މެމްބަރުންނަށް ގުޅައިގެން މިކަން "ފަނިކުރަން ނުޖެހޭ" ކަމަށެވެ.
މަޖިލިހުގެ މެމްބަރު ކަމަށް ބިގޭ ހޮވިވަޑައިގެންނެވީ ނަޝީދުގެ ފޮޓޯ ބޭނުންކުރައްވައިގެން ކަމަށް ބުނެ ނަޝީދުގެ އާއިލާގެ ބައެއް މެންބަރުންގެ އިތުރުން އެމްޑިޕީގެ އާއްމު މެމްބަރުން ވެސް މީސް މީޑިއާގައި ބިގޭއާ ދިމާކޮށްލިއެވެ. އެއްކޮޅަށް ވޯޓު ދެއްވި އެމްޑީޕީ މެމްބަރުންގެ ހިތުގައި ނަޝީދާ މެދު ހަމްދަރުދީ އެއް ނެތް ކަމަށް ބުނެ އެ މެމްބަރުންގެ އިހުލާސްތެރިކަމާއި މެދު ވެސް މީސް މީޑީއާގައި ދަނީ ސުވާލު އުފައްދަމުންނެވެ. ވޯޓުލީގޮތް ލީކްވި މައްސަލަ ވެސް ކޮމިޓީން ބަލަމުން އެބަދެއެވެ.
މި ވާހަކަތައް ދެކެވެމުން ދަނިކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕް އަށް ބިގޭ ފޮނުއްވެވި މެސެޖެއްގެ ސްކްރީން ޝޮޓެއް ވަނީ "ވަގުތު" އަށް ލިބިފައެވެ.
ބިގޭ ލިޔުއްވާފައިވާ މެސެޖްގައި ވިދާޅުވީ، އަބުރު ކަތިލަން މީސް މިޑިއާގައި އޭނާއާ ގުޅޭ ގޮތުން ހަގީގަތާ ހިލާފަށް ދައްކާ ވާހަކަތައް ބަލައި ނުގަނެވޭނެ ކަމަށެވެ. ބިގޭ ވިދާޅުވި ގޮތުގައި އޭނާ ހުންނަވަނީ އަބަދުވެސް ހައްގު ބަސް ބުނުމުގައެވެ.
"އަޅުގަނޑު ތުތިމަހަށް ކޮށާ ކާޅަށް ކާން ދިނަސް ހައްގު ބަސް ބުނުމުގައި ފަހަތަކަށް ނުޖެހޭނަން" ބިގޭ ވިދާޅުވިއެވެ.
ފަހަތަށް ނުޖެހޭނެ މީހެއްކަން މާޒީގައި ދެއްކި ފަދައިން އުމުރުގެ ބާކީ އޮތް ތަންވެސް ހޭދަކުރާނީ ސާބިތުކަމާއި އެކު ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑަކީވެސް އިސްލާހީ މަސައްކަތުގައި ފާއިތުވި 30 އަހަރު އެތައް އަނިޔާއެއް ލިބި މުޅި ހަޔާތް ގައުމަށްޓަކައި ޖާނާ މާލުން ގުރުބާންވި އިންސާނެއް" ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ބިގޭ ލިޔުއްވެވިއެވެ.
އަބުރުކަތިލަން ބަޔަކު ހިތު ހުރިހާ ގޮތެއް ހަދައި ތަން ބަލަން ބީރު ކަންފަތެއް ދެއްވައިގެން ނުހުންނާނެ ކަމަށް ވެސް ބިގޭ ވިދާޅުވިއެވެ.
"ބައްޕަ ކިޔާ ދަރިފުޅާ އާއިލާއާ އަދި ހެޔޮ އެދޭ އެކުވެރިންނަށް ހިތްދަތިކަން ލިބެން ފެށީމަ، އަޅުގަނޑުގެ ދިފައުގައިތާ އަބަދުވެސް ހުންނާނީ" ބިގޭ ލިޔުއްވާފައިވާ ދިގު މެސެޖެއްގައި ވިދާޅުވިއެވެ.
އެމްޑީޕީ ތެރެއިން ތުހުމަތު ކުރާ ގޮތުގައި، ޒަމީލްގެ މައްސަލަ ބޭރުކޮށްލީ ބިގޭ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިގެންނެވެ. މަޖިލީހުގެ މަސައްކަތްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުރަސް އަޅުއްވާ ކަމުގެ ތުހުމަތުތަކެއް ނަޝީދުވެސް ވަނީ ކުރައްވާފައެވެ.
އެފަދަ ކަމެއް އެމަނިކުފާނު ނުކުރައްވާނެކަން ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ރައީސް ސޯލިހު ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުގީގު ލަސްވާ ކަމަށް ބުނެވެސް އެމްޑީޕީގެ ތެރޭގައި ކަންބޮޑުވުންތައް އެބައޮތެވެ.
ބިގޭ ސާބަހޭ މަޖިލީސް ޝަރުއީނިޒާމާ، ސަރުކާރާ ބެހެނީ ހަމައެއްލަމައެއްނުބަލައި މީވެގެންވާނެގޮތެއްނޫން. އެންމެމީހަކުގެ ކަންކަންބެލުން މުހިންމީ ބިގޭއަށް ސާބަސް
ކޮންމެ މީހަކުވެސް ބުނަނީ ހައްގުބަސް. ފުރަނީ ޖީބު. ހަމަ ގައުމަށް ތެދުވެރި މީހުން.
ތިބުނާ ނަޝީދަކީ މިރާއްޖޭގެ ގާނޫނަށްވުރެ މަތީގަހުރި މީހަކީތަ؟ މަޖިލީހުގެ ގޮނޑިއެއގަ. އިށީނުމަކީ. ސައިޒް އޮޅެންޖެހޭ ސަބަބެއް ނޫން. ބިގޭ އަށް ސާބަސް.
ނޫނޭ ތީ ހުދުފޮތިކޮޅެއް ، ނޭގެ ކިތައްދައުރުކަން ނިމިގެން މިދަނީ އަލިފުއްޓެކޭ ކާރި އޮށްނަ ފަޅުރަށެކޭ އެއްވަރު. ޢަލިފުށި ކުދިން ގުނބޯ ހައްދަންވެސް ފަސޭހައީދޯ ހަހަހަ
.އެހެންދޯ.. ޥަރަ އްސަލާމް
ތިއިން ދޭހަވީ ކަމަކީ ރާއްޖޭގައި ބަރުލަމާނީ ނިޒާމް ގާއިމްކޮށް ބޮޑުވަޒީރަކަށް އަންނި ގެންނަން އެމްޑީޕީން. ކުރާ މަސައްކަތަކީ ވަރަށް ކައިރީގައި އޮތްކަމެއް ކަން. އަދި ރައީސް އިބޫއަށް އެމްޑީޕީން އިތުބާރު ނުކުރާކަން.
ވެންޓިލޭޓަރ މައްސަލަ ނުބެލިގެން މިއުޅެނީ ކީއްވެގެންބާ؟
ކެރަފާ އަންނި އަކަށް ޕާޓީ ސަޕޯޓެއްނެތް..............ކަލޭ ތީ ފަހަތުކޮޅު އެއްގަމަށް އެހެލަންވެފަ ހުރި މީހެއް............ދެން އަނގޮޅިތީމަށް ގޮސް މަސްދޯންޏެއް ދުއްވާ.............
ތިޔައީ ފިސާރި ފިރިހެނެއް ތިގޮތަށް ފިރިހެން ޖެހި ފިރިހެނުން ތިބެނީ ވޯޓުން ވައްކަން ކޮއްގެން އައި ސަރުކާރެއް ފިސާރި ބިރުގަންނާނެ ހާސްނުވޭ ބިގޭއަށް ސާބަން .
ބިގޭ ކޮށައިގެން ކާކަށް މީހަކުނޫޅޭ.
ކާކު ތަ ޙައްޤު ނޫން ބަހެއް ބުނީ ؟ މަޙްލޫފް ވެސް ބުނީ ޙައްޤު ބަސް. އެއޮށް ވަގެއް ކަމަށް ސާބިތު ކުރަން އުޅެނީ. ކަލޭ ގެ ޙާލު ވެސް އިނގޭނީ މަޙްލޫފު ގޮތަށް، "ބިތު ފަންގި ނެގީމާ". އިބޫ ގެ އަންހެނުން ފަޒުނާ ގެ ކޮއްކޮ، ހުދާ އާއި އިނދެގެން ކަލޭ ތިހިރީ. ކިހިނެތް ބިތުފަންގި ނަގާނީ ؟؟؟؟!!!!!
ސިޔާސީ މީހުންނަކީ ސިޔާސީ ވަފާތެރި ކެހިވެރިން !
ކަލޭ ތީ ލަކުޑި ގަނޑެ އްތަ ކޮށާ މަށަން
ބިގޭވެސް ތީ ބޮޑު ކަރަޕްޓު މީހެެއް.. ނަަޝީދު ވިއްކައިގެން މިހިސާބަށް އާދެވުނީ.. މިހާރު ނަޝީދު ކަރުގަ ތިހިފީ😡
މަޖިލީހުގައި ކޮންމެމެންބަރަކަށްވެސް ޙައްޤުބަސް ބުނެވެންޖެހޭނެ އީވާ ނުވަތަ އަންނިއާމީކާއީލް ބުނިއެއްޗެއް ބުނިގޮތަކަށް ހުށަހަޅައި ފާސްކުރާކަށްނުޖެހެއި ސިފައިން، ޕޮލިހުންގެ މުއައްސަސާ ތަކުގެ އަގުހިފަހައްޓަންޖެހޭނެ ތީ ކުޑަކުދިންނެއްނޫން