އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވަން ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ދެކޮޅު ހަދައި އިންޑިއާގެ ކިބައިން އައްޑޫ ސަލާމަތް ކުރުމަށް މީސް މީޑިއާގައި ހިންގަމުން ގެންދާ "ސޭވް އައްޑޫ" ކެމްޕޭންގެ މައުލޫމާތު އިންޑިއާގެ އެންމެ ބޮޑު އެއް ނޫސް ކަމަށްވާ "ދަ ހިންދޫ" ގައި ގެނެސްދީފިއެވެ.

"ދަ ހިންދޫ" ގައި ވަނީ އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވަން އިންޑިއާގެ ކެބިނެޓުން ފާސްކުރި ޚަބަރު މީޑިއާ އިން ރިޕޯޓް ކުރުމާއިއެކު ދިވެހިން އެކަމާއި ދެކޮޅު ހަދަމުން ގެންދާކަން ރިޕޯޓް ކޮށްފައެވެ. އަދި އައްޑުއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުކުރަން ތާއިދުކޮށް ވާހަކަދައްކާކަން ވެސް "ދަ ހިންދޫ" އިން ފާހަގަ ކޮށްފައި ވެއެވެ.

"ދަ ހިންދޫ" ގައި ވެސް ބުނެފައި ވަނީ އައްޑުއަކީ ވަރަށް މުހިއްމު ސަރަހައްދެއްގައި އޮތް އަތޮޅެއް ކަމަށެވެ.

"އައްޑުއަކީ އިންޑިއާ ކަނޑުގެ ވަރަށް މުހިއްމު ސްޓްރެޓެޖިކް ލޮކޭޝަނެއްގައި އޮތް ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީއެވެ. 30000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އެސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމާއިއެކު އެސަރަހައްދުގައި ދިރިއުޅޭ އިންޑިއާ މީހުންނަށް އިންޑިއާއަށް ދަތުރުކުރުމަށް ވިސާ ނެގުން ވަރަށް ބޮޑަށް އަވަސް ވެގެންދާނެ ކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ." ދަ ހިންދޫގައި ލިޔެފައި ވެއެވެ.

އެނޫހުގައި ބުނެފައި ވަނީ އިންޑިއާ ކޮންސިއުލޭޓަކީ އިންޑިއާގެ ޖާސޫސުން އައްޑޫގައި ހަރަކާތްތެރިވުމަށް ގާއިމުކުރާ "ސޭފް ހައުސްއެއް" ކަމަށް ބައެއް ދިވެހިން ގަބޫލުކުރަކަމަށެވެ.

އިންޑިއާގެ ކޮންސިއުލޭޓް ގާއިމުކުރުމާއި ގުޅޭ ގޮތުން ޕްރޮފެސަރ ހަސަން އުގައިލް ދާދިފަހުން ދެއްކި ވާހަކަތައް ވެސް އެނޫހުގައި ގެނެސްދީފައިވެއެވެ.

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރަން ހުއްދަ ދިނުމަށް ދިވެހި ސަރުކާރުން އަދި ނިންމާފައި ނުވާކަމަށް ދަ ހިންދޫއަށް މައުލޫމާތު ދެމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވި ކަމަށް ވެސް އެނޫހުގައި ވަނީ ރިޕޯޓް ކޮށްފައެވެ.

އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރުމަށް ގިނަ ބަޔަކު ދެކޮޅު ހެދުމުގެ އިތުރުން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލާ ވެސް ގިނަ ދިވެހިން އަންނަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހުވަދޫ މީހާ

    އޭނާ ގިނަ ދުވަސްތަކަކު މަސައްކަތް ކުރައްވާފައި ވަނީ ޗައިނާގެ ބެއިޖިން އާއި ހޮންކޮންގް އާއި އަދި ޗައިނާގެ އެހެން ސިޓީތަކުގައި ހުންނަ އިންޑިއާގެ ކޮންސިއުލޭޓްތަކުގައެވެ.އެހެންވީމަ ވަގުތުނޫސް ކުދިން ބަލާދީބަލަ ކޮންސިއުލޭޓް އަޅަން ޗައިނާގެ ބިން އިންޑިޔާއަށް ވިއްކާފައިވޭތޯ! އަދި އިންޑިޔާއިން ޗައިނާގެ އެކިއެކި ސިޓީތަކުގައި ކޮންސިއުލޭޓް އެޅުމުގެ ސަބަބުން ޗައިނާގެ މިނިވަންކަމާޢި އިސްތިގުލާލު ގެއްލިފައިވޭތޯ!

    3
    23
    • ސާފުތޯ

      ކަލޯ ޗައިނާއަކީ އެތަނުގެ އިސްތިގްލާލާ ކުޅެލެވޭ ވަރުތަނެއް ނޫންކަން މުޅި ދުނިޔެހެކިވާނެ. ޗައިނާގަ ހުންނަ ތިކިޔާ އޮފީހަކުން ކުރާނީ ބޭސިކަލީ ކޮންސިއުލޭޓަކުން ކުރަންވާ މަސައްކަތެއް. ދީފައިވާ އިމަށް ތުރެ އެތެރެއަށްވެސް ބޭރަކަށްވެސް ލާހިކުނޫން ފައިއަޅާކަށް. ފުދިއިތުރުވެފައިވާ ހައިޓެކް ގައުމެއް އެއީ. އެއްތާ ފާލަމެއް އަޅަން އެއްފަޅުވިއްކަމުން އަނެއްތާ ތާރުއަޅަން އަމާ އުނުއޮތް ފައްޓަރު ވިއްކާނެ ބައެއް ނޫން ޗައިނާއަކީ.

      25
      1
  2. ބުރޯ

    އިންޑިއާ އައުޓް!!! ރަެްކާވޭ!

    28
  3. މަބޭ

    އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރަން ހުއްދަ ދިނުމަށް ދިވެހި ސަރުކާރުން އަދި ނިންމާފައި ނުވާކަމަށް ދަ ހިންދޫއަށް މައުލޫމާތު ދެމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވި ކަމަށް ވެސް އެނޫހުގައި ވަނީ ރިޕޯޓް ކޮށްފައެވެ. ނަމަވެސް ވިއެނާކޮންވެންސަން ބުނާގޮތުން ރާއްޖެއިން މިކަމައްއެއްބަސްނުވާހިންދެއްގަ އިންދިޔާއކުން މިކަމައް އިސްވެ ނިންމުންތަކެއްނުނިންމޭނެ އެހެންކަމުން މިކަމުގަ ދިވެހި ސަރުކާރުން މިހާރު މިހަދަނީ ދޮގު

    25
    1
  4. ދުރުމި

    ރާއްޖޭގައިތިބި އިންޑިއާސިފައިން އެއްވެސް ޝަރުތަކާނުލައި ބޭލެންޖެހޭނެ .

    28
  5. އަފީ

    ދިވެހިރާއޖޭގެ ކަންކަންނިއްމާނީ ދިވެހިން
    އިންޑިއަކައްނުނިއްމޭނެ އަދި ދިވެހިރާއްޖގެ
    ރައީސްއަކައްވެސްނުނިއްމޭނެ އަދިމަޖިލީހަ
    ކަވެސް ޖުޑިސަރީއަކައްވެސްނުނިއްމޭނެ
    ނިއްމާނީ ދިވެހިން ދިވެހިރައްޔެތުން ފައި
    ސާގެދަހިވެތިކަމުގަ ދިވެހިފަސްގަނޑުވެލިފު
    ކެއްވެސް ދިވެހިރައްޔެތުންގެ އިޒުނަނެތި
    ނުވެސްވިއްކޭނެ ނުވެސްދެވޭނެ މީރައްޔެތުން
    އެދޭނެކަމެއްނޫ ދިވެހިފަސްގަނޑަކީ މިނިވަން
    މުސްތަގީލު މުސްލިމުގައުމެއް އަބަދަކު މިބައިގަނޑަކައް
    ވެރިކަމުގަނުތިބެވޭނެ އިސްތިއުފަ ތިންބާރުލިބުނު މޮޅާ
    ގެންރާއްޖެދޫކއްދާވީ؟

    އިންޑިއާ އައުޓު މީދިވެހިދަރިއެއްގެ ހިތުގެއުދާސް

    25
  6. ކާފަބޭ2020

    ރާއްޖެއަށް ގޮނޑިހޯދައިދޭންބުރަކޮށްމަސައްކަތްކުރީ އިންޑިއާ ވީމަ އެކަމުގެއަގުދޭންޖެހޭދޯ؟ ރާއްޖެވިއްކާފަ ޕައްލަންބެ ގޮނޑިހޯދީނުވިތާކަށް ލިބުނުކަމަށްބުނިހުރިޙާއެހީތަކާ ބޯކޮށްލިބުނުޑޮލަރުތައް ޚަރަދުކޮށްގެން ޣައްދާރުންގެލިސްޓުގެ އެންމެކުރިންޖާގަހޯދައިފި! ދުނިޔޭންބޭރުންކިޔެވީމަތޯ 1 ބިލިއަންޑޮލަރަށްވުރެ ދެލައްކަފަންސާސްހާސްޑޮލަރުގިނަވަނީ؟

    18
  7. މިތުރާ.

    އއއަށްޑޫ މީހުން ޕިކުނިކަށް ދާސަރަހަށްދު އިންޑިޔާ އިން ދާނީ މިލިޓަރީބޭސް ހަދާފަ،ރަށްތަކާ ގުޅިފަ އޮތް މަގު ބަންދުކޮށް އިންޑިޔާ އިން ގަސްތުކުރަނީ މީހުންދަތުރު ކުރަން ބުރިޖެ އް އަޅަން، އޭގެ ބޭނުމަކީ ލޯކަލްމީހުން ބޭސް އާ ދުރުން ދަތުރު ކުރުން، މިވެރިކަން ނިމުމުގެ ކުރިން އިންޑިޔާ އަ އްޑޫ އަށް އަތްދިގުކޮށް އެހިސާބު މިލްކުކުރަން ކުރެވޭނެ ހުރިހާ ކަމެ އްކުރާނެ،

    20
  8. އަބްދޫ

    އިންޑިޔާގެ އަސްކަރީންޖެހޭނީ މިގައުމުންފައިބަން. ދެވަނަގޮތެއްނޯންނާނެ. އިންޑިޔާގެ ހައިކޮމިސަނުން ވިސާޖަހައިގެން އިންޑީޔައަށް އައްޑުން ދުވާލަކު ދަތުރުކުރާނީ ކިތައްމީހުން ؟އެވަރަކަށް އައްޑޫރައްޔިތުންނަކަށް އާމްދަނީ ނުލިބޭ.އިންޑިޔާގެ ކޮންސިއުލޭޓެއްހުއްޓަސް އައްޑޫގެ ތަރައްގިއަށް އަންނާނެ އެއްވެސް ބަދަލެއްނެތް. މީގެ ކުރިން އެމްޑިޕީ ސަރުކާރުން ސިޓީ ކިޔާފަ ނަން ދިން އައްޑޫބައެއްމީހުން ހީވީ ތަރައްގީވެ ނިމުނީކަމަށް އެފަހުން 10 އަހަރު ވެއްޖެ .އައްޑޫ ސިޓީއެކޭ ރާއްޖެތެރތޭގެ އާދައުިގެ ރަށެކޭ އެއްވަރު. ތަރައްގީއަށް ކުރެވުނު ކަމެއްނެތް. އައްޑޫ ރައްޔިތުން ހޭއަރާނީ ކޮންދުވަހަކު ބާއޭ ހިތައް އެބައަރާ؛.އެމްޑިޕީން އައްޑޫގެ އިލެކްސަނުގަ ބުނޭ ކައުންސިލް ނޫނީ މަޖިލިސް ނުލިބި ތަރައްގިއަށް ހުރަސްއެޅޭނެކަމަށް އެކަންގަބޫލުކޮށްގެން އައްޑޫރައްޔިތުންއެމްޑިޕީ ހޮވައިދޭތާ މިވީ 15 ވަރަކަށް އަހރު އެއްވެސްކަމެއް ތަރައްގިއަކަށް ނުކޮށްދޭ މިވަރުންވެސް އައްޑޫގެރައްޔިތުން ހޭއަރާން ނުޖެހޭބާ. އެމްޑީޕީ ގެ ވަކިބަޔަކަ އެކުވެރިވެ އައްޑޫގަ ނަގާކިޔާ މީހުންވެސް އައްޑޫގެ ރައްޔިތުންނަށް ހެޔޮ އެދޭކަމާއިމެދު ސުވާލު އުފެދޭ.އެމީހުންބޭނުންވަނީ އެމީހުންގެ އަމިއްލަ ފައިދާ. އައްޑޫރައްޔިތުން ހޭއަރާ ވިސްނަވާ.

    11
  9. އަސީ

    މިހާތަނައް ކޮންސިއުލޭޓް ހަދާފަހުރީ އެގައުމެއްގެ މީހުންދިރިއުޅޭތީ ނުވަތަ އެސަރަހައްދަކައް ދަތުރުކުރާތީ ނަމަވެސް އައްޑޫ ގަ އިންޑިޔާ ކައުންސުލޭޓް ހަދަނީ އިންޑިޔާމީހުން އެތަނައް ގެންނަން.

  10. ގައުމީ ލޯބި

    މަލިކުމީހުން.. ކަޝްމީރު މީހުން.. ފަލަސްތީނު މީހުން ނަށް ޖެހުނު ހާލު އައްޑޫ މީހުންނަށް ޖެހެން ބޭނުން ނުވާނަމަ، އިންޑިޔާއަށް އަފިރިން ނޫނެކޭ ބެޏާއް ތެބެޖެހެއި..

    މަލިކުގައި ރާއްވިއްކަން މަޖުބޫރުކޮށް މިސްކިތައް ތަޅަމުން އެދަނީ..! ކަޝްމީރުގައި މީހުން މަރަމުން ކަތިލަމުން ދަނީ.. އިންޑިޔާގެ މަގުމަތީ ފުލުހުން ކުރިމަތީގައި މުސްލިމުން ތަޅާ މަރާ ދިރިތިއްބާ ރޯކުރަމުން އެގެންދަނީ..

    ދިރިތިބީން އިބްރަތް ހާސިލުކުރަނީ ކަން ހިގާގޮތަށް ބަލައި.. މިހާތަނަށް އެމީހުންގެ ގައުމުގެ މީހުންނަށް ނެތް ލޯތްބެއް ދިވެހީން (އައްޑޫ) މިހުންނަށް އޮވެދާނެ ކަމަށް ބެލުމަކީ ހީކުރުމަކީ ވަރަށް ބޮޑު ގޯހަކަށް މަގުފަހިކުރުވާ ވިސްނުމެއް..

    ވަކީ މީހަކަ ރަސްކަން ނުލިބިގެން އައްޑޫ ވިއްކާފައި ރައީސުކަން ހޯދަން ކުރާ މަސަތްކަތަށް ނޯ ބުނަން އަފިރިން ތެބެ ޖެހެއި.. ވިސްނާފައި ހިގާ މިކަމަށް ނޯބުޏަން.. މުސްތަގުބަލަށްޓަކައި.. ދަރީންނަށް ޓަކައި.. ވަޒަނަށް ޓަކައި..

    10
  11. ހައިޖަންޕު

    އިންޑިޔާ އާއި ޕާކިސްތާން އާއި ޗައިނާގެ މެދު ހަނގުރާމަ ފެށިއްޖެއްޔާ ރާއްޖޭގައި އިންޑިޔާ ސިފައިންތިބޭތަންތަނަށާއި ރާޑަރުތަކައް ހަމަލާދޭނެ ދިވެހިން ނަށްހުރިހާގެއްލުމެއްވާނީ.

  12. ދަތުރު

    އިންޑިއާއިން އޮތީ ދުރުރާސްތާ ޕްލޭނެއް ހަދާފަ. ގުޅިފަޅުގެ ފޭސް 2 ނިމޭއިރު މުޅިއައްޑޫ މީހުން އިންޑިއާގެ ހަރަދުގަ އެތަނަށް ބަދަލުކޮށް އައްޑޫ އެކަށް އިންޑިޔާގެ ބާރުދަށަށް ގެންނާނެ. ޢެއަށްފަހު މުޅި ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން އިންޑިއާއަށް ލިބިގެންދާނެ. މުޅި އިންޑިއާ ކަނޑައި އަރަބި ކަނޑުގެ ކޮންޓްރޯލުނަގާނެ. ދިވިހި ރާއްޖޭގެ އެންމެ ދެކުނަށް އޮނާނީ ޏ އަތޮޅު. ޥ ސަލާމް

  13. ކައްބެ

    ވެރިކަމުގަހުރި ސުލޯލިހު ރާއްޖޭގެ ހުރިހާގާނޫނުތަކެއް މުގުރާސުންނާފަތިކޮށް ގައުމު އޮޔާލައިފި އެހެންވީމާ މީނަހަށްޔަރުކޮށް ރާއްޖޭގެ ގާނޫނުއަސާސީން ބުނޭދޭގޮތަށް މީނަ ޖަލަށްލާންޖެހޭ.