މަގުމައްޗަށް ޖަނަވާރުން ދޫކުރުން މަނާކޮށް، އެ އެއްޗެހި ގެންގުޅެން ފެސިލިޓީއެއް ގާއިމް ކުރަން ޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ހުށަހެޅުއްވި އެ ބިލުގެ މަގްސަދަކީ ރާއްޖެއަށް ޖަނަވާރުން ގެނައުމާއި، ޖަނަވާރަށް ހާއްސަ އުފެއްދުންތަކާއި، ބޭހާއި ކާނާއާއި އެނޫންވެސް ތަކެތި އިމްޕޯޓް ކުރުމާއި އެކްސްޕޯޓް ކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށެވެ. އަދި ޖަނަވާރުން ދިރުވާ އާލާކުރުމަށް ރައްކާތެރި މާހައުލެއް ކަނޑައަޅާ، ޖަނަވާރުންގެ ދުޅަހެޔޮކަމުގެ ހާލަތު ރަނގަޅުކުރުުމަށް އުސޫލުތަކެއް ކަނޑައެޅުމަށެވެ.

ޖަނަވާރުން ބޭރުކުރުމަށް ހުއްދަ ދޫކުރެވޭ ބަނދަރުތަކުގައި ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރަން ޖެހޭނެ ކަމަށް މި ބިލުގައިވެއެވެ. މި ގޮތުން މަގުމައްޗަށް ޕެޓް ޖަނަވާރު ދޫކުރުން މަނާކޮށް ކަރަންޓީނު ކުރާނެ އުސޫލުތަކެއް އޭގައިވެއެވެ.

ޖަނަވާރުގެ ސިއްހަތާ ގުޅޭ ކަންކަމުގައި އަމަލު ކުރަންވީ ގޮތް ކަނޑައަޅަން ބޭނުންވާ ގާނޫނީ އޮނިގަނޑު ވެސް މި ބިލުގައި ވެއެވެ.

ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާ ގުޅޭ އުސޫލުތަކާއި ޖަނަވާރު ނައްތާލެ ގޮތްތުގެ އިތުރުން ޖަނަވާރުތަކަށް ޖެހޭ ބަލި ކޮންޓްރޯލް ކުރުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާން ކޮށްފައިވެއެވެ.

އެ ބިލުގައިވާ ކަންކަން ތަންފީޒު ކުރުމުގައިހެލްތު މިނިސްޓްރީއާއި ކައުންސިލްތަކުގެ ދައުރާއި، ގާނޫނު ތަންފީޒީ ކުރާނެ ދާއިރާއާއި، ޖަނަވާރު ގެންގުޅޭ ތަންތަން ބަލައި ފާސް ކުރެވޭނެ އުސޫލާއި، ޖަނަވާރު އިމްޕޯޓް އަދި އެކްސްޕޯޓް ކުރެވޭނެ ފަރާތްތައް ކަނޑައަޅާފައިވެއެވެ.

މި ބިލް ފާސްވެ ގާނޫނަކަށް ވާ ހިސާބުން 2008 ވަނަ އަހަރު އެކުލަވާލި ދިރޭ ޖަނަވާރު އެތެރެ ކުރުމުގެ ގަވައިދަށާއި 2012 ވަނަ އަހަރު އެކުލަވާލި ދިވެހިރާއްޖެއަށް ދޫނި އެތެރެ ކުރުމާ ބެހޭ ގަވާއިދަށް ގާނޫނީ ބާރު ލިބިގެން ދާނެއެވެ.

ގާނޫނާ ހިލާފުވުމުން ފިޔަވަޅު އެޅޭނެ ގޮތްތަކާއި އަދަބެއްގެ ގޮތުގައި ޖޫރިމަނާކުރެވޭނެ ގޮތްތައް ވެސް މި ބިލުގައި ވަނީ ތަފްސީލުކުރައްވާފައެވެ. ގާނޫނާ ޚިލާފުވާ ފަރާތްތައް 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާގެ އަދަދު ކަނޑައެޅޭނެ ކަމަށް ބިލުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އައިޝާ

  ޓިި ވަރަށް ރަނގަޅު ކަމެއް.

 2. ހަކީމް

  ޖަނަވާރުން ބޭރުކުރުމަށް ހުއްދަ ދޫކުރެވޭ ބަނދަރުތަކުގައި ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރަން ޖެހޭނެ ކަމަށް މި ބިލުގައިވެއެވެ.
  މީ މުޅިދުނިޔެއައް ހުށަހެޅުނު ބިލެއްދޯ ސާބަސް އިންޑިޔާ އެކަންޏެއްނޫންދޯ ދިވެހިރާއްޖޭވެސް މިއޮތީ ހަމައެބައިގަ

 3. މިތުރާ

  ޖަނަވާރުންނަ ރަ އްކާތެރި މާހަ އުލެ އް ހޯދަދޭން ޖެހޭ.މަގުމަތީގަ ސަ އިކުވަށިތެރޭގަ އެސޮރުމެން އުޅެންޖެހެނީ. ކީ އްކުރާނީ !