ސިޔާސީ މަގާމެއްގައި ހުރިހާ ދުވަހު ސަރުކާރު ދިފާއު ކުރާނެ ކަމަށް ވިދާޅުވެ ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލިމަނިކު (މޫކޭ) އޭނާ ހުރީ ސަރުކާރު ފަޅީގައިކަން ހާމަކޮށްފިއެވެ.

މޫކޭ އޭނާ ހުރީ ސަރުކާރާއިއެކުގައި ކަން ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހްގީގު ކުރިއަށްދާ ގޮތުންނާއި މަޖިލީހުގެ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުނުވާނެ ކަން ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޒަމީލް އެންގުމުން އޭނާގެ މައްސަލަ ބަލަން ނަޝީދު އެދިފައި ވަނިކޮށް އެމައްސަލަ އެމްޑީޕީގެ މެންބަރުން ވޯޓް ދީގެން ބޭރުކޮށްލި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

ނަޝީދު ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސޭން (ބިގޭ) އަންގަވައިގެން ކަމަށް ބުނެ އެމްޑީޕީގެ ގިނަ އާއްމު މެންބަރުންނާއި އަދި ބައެއް މަޖިލިސް މެންބަރުން ވަނީ ބިގޭއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ބިގޭއަށް އެމްޑީޕީގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް މޫކޭ ވަނީ ބިގޭގެ ދިފާއުގައި ނިކުމެފައެވެ.

މޫކޭ ކުރި ޓްވީޓެއްގައި ވިދާޅުވީ ބިގޭ އަކީ ރ.އަތޮޅުގައި އެމްޑީޕީގެ ދިދަ ވިހުރުވާލި ހިތްވަރު ގަދަ ޚިދުމަތްތެރިއެއް ކަމަށެވެ. "ބިގޭ އަކީ ރ.އަތޮޅުގެ ލޯތްބާއި އިޙްތިރާމް ހޯއްދަވައިގެން ހުންނެވި ކުޅަދާނަ މާލިމީ އެއް. ސިޔާސީ މައިދާނުގައި ދެ ގޮތެއް ނުވާ އެމްޑީޕީގެ މެމްބަރެއް. ގޯހެއް ނަހަދާނެ." މޫކޭ ވިދާޅުވިއެވެ.

މޫކޭ ހުރީ ސަރުކާރު ފަޅީގައިކަން ހާމަކުރުމަށް އޭނާ ކުރި ޓްވީޓްގައި ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރިހާ ހިނދަކު، ސަރުކާރަށް އަމާޒުކުރާ ހަމަލާތަކުގެ ދިފާއުގައި ބަސް ނުބުނާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އެހެންނޫނީ ސިޔާސީ މަގާމްތަކުގައި ތިބުުމުގެ މާނައެއް ނެތްކަމަށްވެސް މުކޭ ވިދާޅުވެފައިވެއެވެ.

https://twitter.com/VMookey/status/1402725596069720065

އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެފައި ވަނިކޮށް މިހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ ނަޝީދުގެ މައްސަލަ ރަނގަޅަށް ތަހްގީގު ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މައްސަލައިގެ ތަހްގީގުގެ އަމާޒު އެހެން ދިމާލަކަށް ގެންދިއުމުގެ މަސައްކަތް ހުއްޓާލުމަށް އެމަނިކުފާނު ގޮވާލައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަބްދުލްމުހައިމިން

    އިސްލާމީ އުއްމަތުގެ ރަންޒަމާނުގައި އުފެދުނު ޢައްބާސީ ދައުލަތް ދޮންވެ ފައްކާވުމަށްފަހު، ގަސްދޮށަށް ވެއްޓެން މެދުވެރިވި މައިގަނޑު އެއްސަބަބަކީ އެ ދައުލަތުގެ ތެރޭގައި އުފެދުނު ބައިބައިވުމާ ކޯޅުން. ހަމަ އެގޮތަށް މިއަދު އެމްޑީޕީ ތެރެވެސް މިވަނީ ބައިބައިވެފައި. އާޚިރު ނަތީޖާ އަކަށްވާނީ ހެދިފައިވާ ކުދިކުދި ބާކޮޅުތައް، އޭގެ އިންތިހާއަށް ބޮޑުވެ، ވެރިކަމަށް ދަހިވެތިވެފައިވާ ޕީޕީ ކުދިންކޮޅު އެބާތަކުން ވަދެގަނެ، އެމްޑިޕީ ގެ ވެރިކަން ނިމުމަކަށް ގެނައުން.

    10
    5
    • ޒައިކް

      ހަމަ ހޭގަ ހުރި އެކަކު ބެސް ތިޔަ ބުނާ ނަޝީދެއްގެ ފަޅިއަކަށް ނާރާނެ.. އެމްޑީޕީވެސް ތިޔަ ނަޝީދުގެ ވަކިތަކުން ސަލާމަތްކުރަން ޕާޓީގަ ތިބި ހަމަ މީހުން ނިކުންނަންވީ ވަގުތު މިއީ..

    • Anonymous

      ވެރިކަމަށް ދަހިވަތިވަނީ، ދިވެހިރައްޔިތުން. އަނިޔާވެރި ގައުމަށް ގައްދާރު މޑޕ މިގައުމުން ފައްސާ ނަގާލަން ދިވެހިރައްޔިތުން މިތިބީ ކެތް މަދުވެފައި.

  2. އާދަންބެ

    ދެން ނައިލޯން ފައިވާނުގަ ހުއްޓާ ތުންކޮޅު ހިމަ ބޫޓަށް އަރުވާފަ އިސްކޮޅަށްވުރެ އުސް މަގާމަކަށްލީމަ ތިއުމުރެގެ ކުއްޖަކަށް އެހެން ވެދާނެ.

    21
    4
  3. ާައަހުމަދު

    އަޑުތަށް އިވޭގޮތުގަ މީނަޔަކޫ ބުރޯގެ ބޯއީއެކޯ އެއީ ތެދެއްބާ؟

    15
    3
  4. ނަބާ

    މިދެން ކާކުތަ.. ކައުންޓް ވެސް ނުކުރާ މީހެއް..🤔💩

    12
    4
  5. ރަދީފް

    އެއްވެސް ކަހަލަ ކެލިބާއެއް ހުރި މީހެއް ނޫން މީނަމިއީ.ހުސްތަން ފުރަން ޖެހޭތީވެ ، ރޯޑް ކޮންސްޓްރަކްޝަނުން އަލިފްބާ ވެސް ނުޖަހާ ހުރި މީހަކާ އާރްޑީސީ ހަވާލުކުރުން އެއީ ރަނގަޅު ގޮތެއް ނޫން.ގާނޫނީ ވަކީލެއްގެ ގޮތުގަ ހުރި މީހަކު އާރްޑީސީއަށް އައިސް އެތަނުގެ ލޯގޯގެ ކުލަވެސް ރީނދޫ އަދި ކަޅުކުލައަށް ބަދަލުކޮށްފި.މިހިރީ މީނަގެ ފެންވަރު.ޓެކްނިކަލް މީހުން ގޭނިގެން ކުރާ މަސައްކަތުގެ ކްރެޑިޓް ކާލާ މެޑަލް ޖަހައިގެން ހުންނަ މީހެއް މީނަމިއީ.މޫކޭ އޯ ، ލޮލް.ވ.ވެދުން

    7
    1