ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކުގެ ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގެ ވޯޓު ދިން ގޮތް ލީކުވި މައްސަލައެއް ބަލަން ފަށާފައިވާއިރު އެއީ ގަވާއިދުން ސިއްރު ކުރަން ތަންދޭ ފަދަ މައްސަލައެއް ނޫން ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވެއްޖެއެވެ.
ދާދި ފަހުން ބޭއްވި އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުމެއް ސިއްރު ކުރިއިރު، އެ ބައްދަލުވުމުގެ އެޖެންޑާގައި ވަނީ މަޖިލީހުގެ އިމްތިޔާޒުތަކަށް ޑިފެންސް މިނިސްޓްރީގެ ނައިބު އަހުމަދު ޒަމީލް އަރައިގަތް ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އެ މައްސަލަ މަޖިލީހުން ބޭރުކޮށްލީ އެމްޑީޕީ ހަތަރު މެންބަރެއްގެ ވެސް ވޯޓާ އެކުގައެވެ. މި ސިއްރު ބައްދަލުވުމުގައި ވޯޓް ދިން ގޮތް ލީކްކޮށްލުމުން އެ މައްސަލަ ވެސް އިމްތިޔާޒު ކޮމިޓީން ދަނީ ބަލަމުންނެވެ.
އިމްތިޔާޒު ކޮމިޓީގެ އެ ނިންމުމަށް ފާޑުވިދާޅުވެ އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކޮމިޓީގެ އެޖެންޑާގައި އޮތް މައްސަލައަކީ ވެސް މަޖިލީހުގެ ގަވާއިދުން ކޮމިޓީ ސިއްރު ކުރަން ތަންދޭ މައްސަލައެއް ނޫން ކަމަށެވެ.
ސިއްރު ކުރުމަށް މަޖިިލިސް ޤަވާޢިދު އެންމެ ފުރަތަ މައިނުން ވެސް ތަން ނުދޭ މައްސަލައެއްގައި ސިއްރު ބައްދަލުވުމަކަށް ހެއްދެވީ ކީއްވެބާ؟ https://t.co/5sRhgmUOeX
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) June 9, 2021
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއް ސިއްރު ކުރުމުގެ ފުރުސަތު އެ ކޮމިޓީއެއްގެ މެންބަރުންނަށް ލިބެއެވެ. އެ ގޮތަށް ސިއްރު ކުރަން ޖެހޭނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ މެދުގައި ވޯޓެއް ނަގައިގެނެވެ.
ކޮމިޓީ ބައްދަލުވުންތައް ސިއްރު ކުރެވޭނެ ނޫނީ ސިއްރު ކުރަން ޖެހޭނެ ހާލަތްތަކެއް ވެސް މަޖިލީހުގެ ގަވާއިދުގައިވެއެވެ. މި ގޮތުން އޮންނަނީ މައިގަނޑު ދެ ހާލަތެކެވެ.
ގައުމީ ރައްކާތެރިކަމާއި ގައުމީ ސަލާމަތާ ގުޅޭ މައުލޫމާތެއް ނަމަ ކޮމިޓީއަށް ސިއްރު ކުރެވޭނެއެވެ. އަދި ބަލަމުންދާ މައްސަލައެއްގައި އަދި ކުށް ކުރިކަން ސާބިތުނުވާ މައްސަލައެއްގައި މީހެއްގެ އަބުރަށް އުނިކަން ލިބޭ ފަދަ މައުލޫމާތުތައް ހިމެނޭނަމަ ސިއްރު ކުރެވޭނެއެވެ.
ޒަމީލްގެ މައްސަލަ އިމްތިޔާޒު ކޮމިޓީން ބޭރުކޮށްލުމުން އެމްޑީޕީގެ އެތެރޭގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެ، ރައީސް ނަޝީދުގެ ސަޕޯޓަރުންނާއި އެމަނިކުފާނުގެ އަރިސް މެންބަރުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރިއެވެ.
މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަތް ކަމުގެ ތުހުމަތު ޒަމީލްގެ މައްޗަށް ކުރީ، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހިންގާ އިންކުއަރީއަކަށް ވަކިވަކި ސިފައިން ހާޒިރުނުކުރެވޭނެ ކަމަށް އަންގައި މަޖިލީހަށް ފޮނުވި ލިޔުމުގައި އޭނާގެ ސޮއި އޮވެގެންނެވެ.
މިހާރު އެ ކޮމިޓީއަށް ވަކިވަކި ސިފައިން ވެސް ހާޒިރު ކުރަން ފަށާފައިވާއިރު، އެ ކޮމިޓީއިން ކުރިއަށް ގެންދަނީ ރައީސް ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް ހިންގާ އިންކުއަރީއެކެވެ.
ގައުމު މިފަދަ ނާޒުކު ދަނޑިވަޅެއްގަ އޮތް އިރުވެސް އިންތިމެން އަބަދުވެސް އިސްކަންދެނީ އަމިއްލަ މަސްލަހަތުގެ ކަންކަމައް. މިނޫން ކަމަކާ މީނަ އުޅޭތަނެއް ނުފެނޭ. ދެން ކިހިނެއް ކަލޭމެން ލޮލައް ނިކަމެތި ރައްޔިތަކު ފެންނާނީ.
ވަރަށް ތެދު ވާހަކައެއްތީ. އިންތިއަކީ ރައްޔިތުންގެ ކަމަކާ އުޅޭ މީހެއް ނޫން.
ލަދު ހަޔާތްކުޑަ ފިރިހެނެއް
މަގޭ ވެއްޖެއްޔޭ އޯކޭ!
ކަލޭ ވެއްޖެއްޔޭ ސަކަރާތް!
މީ ކޮންވައްތަރު އިންސާފު...
ހުދުމުޚުތާރު އިންސާފު! އެމް.ޑީ.ޕީ ގެ ނިމުން ކައިރިވަނީ.... ޚުދުމުޚުތާރުކަން ދައްކައިގެން އެމް.ޑީ.ޕީ ފުނޑެނީ.. ޒިންމާ ނަގަންޖެހޭނީ އަންނި، އީވާ، ހަސަން ލަތީފް، އިންތި، އާޒިމް.....
އިމްތިޔާޒު ކޮމިޓީއަކީ އިންތިގެ އަމިއްލަ ކޮމިޓީއެއް އޭނަ ބޭނުންގޮތަކަށް ކަންކުރާނީ. މުޅިގައުމުގަ ޚުދުމުޚުތާރުކަން އިންތިހާއަށް ފައްކާ ޑިމޮކްރަސީ ހިންގާ ގައުމެއްމީ
ހުތްއަލިދީދީ އަށް ވެސް ތި ދަރިންތަކާހެދި ހުތުރުއަރާނެކަމާމެދު ޝައްކެތްނެތް. އެއީ މި ގައުމުގެ ކޮންފަދަ މާތްމީހެއް. ދެން މިމީހުންދޯ. ސުބުޙާނައްﷲ
ވަކިވަކި ސިފަ އިން ހާޒިރުކުރަން ގަވަ އިދު ތަންދޭތަ؟؟ ގަވަ އިދޭކިޔަ އިގެން މޮޅުވާހަކަ ދަ އްކަން ނޫޅެ އްޗޭ! ގަވަ އިދު ބާ އްވާފަ ބޭނުން ކަމެ އްކުރަމުން ތިދަނީ ކެނެރީ ބު އްޅަބެގެ އަ އުވާނުން!!
މި ދަނޑިވަޅަކީ ހިމާރުންގެ އަޑުން އަޑު ނެރެން ހަޅޭއްލަވަން އެކަށީގެންވާ ވަގުތެއް ނޫން. މިދަނޑިވަޅަކީ ގައުމުގެ އެތައް ބަޔަކު ހަނާވަމުންދާ ދަނޑިވަޅެއް.