ވަޒީރަކު ސަސްޕެންޑުކުރުމަކީ ޤާނޫނު އަސާސީގެ އެއްވެސް މާއްދާއަކުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރެއް ނޫން ކަމަށް ތަޖުރިބާކާރު ގާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ލިބުނުކަން ތަހްގީގަށް ސާބިތުވުމުން އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވުމާއިއެކު މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް ސަސްޕެންޑް ކޮށްފައި ވަނިކޮށެވެ.

ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަޒީރަކު ވަކިނުކޮށް ޤާނޫނު އަސާސީ އިން ވަޒީރަށް މަތިކުރާ ދުސްތޫރީ ޒިންމާތަކުން ދުކުރުކުރުމަކީ ޤާނޫނު އަސާސީ އާއި ޚިލާފު ކަމެއް ކަމަށެވެ.

"ވަޒީރަކު ސަސްޕެންޑް ކުރިޔަސް ޤާނޫނު އަސާސީ ބުނާގޮތުން މަޖިލީހަށް ޖަވާބުދާރީވާންޖެހެނީ އޭނާ. ވަޒީރަކު ސަސްޕެންޑުކުރުމަކީ ޤާނޫނު އަސާސީގެ އެއްވެސް މާއްދާއަކުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއް ނޫން. ވަޒީރަކު ވަކިނުކޮށް ޤާނޫނު އަސާސީ އިން ވަޒީރަށް މަތިކުރާ ދުސްތޫރީ ޒިންމާތަކުން ދުކުރުކުރުމަކީ ޤާނޫނު އަސާސީ އާއި ޚިލާފު ކަމެއް." ޖަމީލް ވިދާޅުވިއެވެ.

ވަޒީރުންނާއި ގުޅޭ ކަންކަން ބަޔާންކޮށްފައި ވަނީ ޤާނޫނު އަސާސީގެ ފަސްވަނަ ބާބުގައެވެ. ޤާނޫނު އަސާސީގެ 129 ވަނަ މާއްދާ އިން ފެށިގެން 140 ވަނަ މާއްދާ އާއި ހަމައަށް ވަޒީރުންނާއި ގުޅޭ އެކިއެކި ކަންކަން ބަޔާންކޮށްފައި ވެއެވެ. ނަމަވެސް އެއިން އެއްވެސް މާއްދާއެއްގައި ވަޒީރަކު މަގާމުން ސަސްޕެންޑް ކުރުން ނުވަތަ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ބެހެއްޓިދާނެ ކަމަށް ބުނެފައެއް ނޯވެއެވެ.

ނަމަވެސް މީގެ ކުރިން ވެސް ރައީސް ސޯލިހް ވަނީ މަހްލޫފް ސަސްޕެންޑް ކޮށްފައެވެ.

މަހްލޫފްގެ މައްޗަށް ދެދައުވާއެއް ކޮށްދިނުމަށް އޭސީސީ އިން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އަރިހުން އެދިފައެވެ. އެއީ 33000 ޑޮލަރު (-/511000 ރުފިޔާ)ގެ ރިޝްވަތެއް ހިފާފައި ވާތީ ރިޝްވަތު ހިފުމުގެ ދައުވާއަކާއި ތަހްގީގަށް ދޮގު މައުލޫމާތު ދީފައި ވާތީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ.

މަހްލޫފްގެ މައްޗަށް ދައުވާ އުފުލަން ފޮނުވުމުން ގިނަ ބަޔަކު އަންނަނީ އޭނާގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ބޯހަލާކު

  މިސޮރު ހާދަވަރެއްމިވަނީ. ގާނޫނުގަ އޮތް އެއްޗެއް އެނގިގެން ތިއުުޅެނީ އަދި ކިރިޔާދޯ.

  • Anonymous

   ނޫނޭ، ވަރަށް ކުރިންވެސް އެވާހަކަ ދަ އްކަމުން އަންނަނީ، އެކަމަކު ކަންފަތް ބީރު ކަމަށް ހެދިގެން އުޅޭ ބަޔަކަށް ނޭނގޭނެ ދޯ

  • ކޮވިޑް

   އެސޮރައްވާ ވާރު އަދި ކުޑަ، ބޯހަލާކު ނެމަށް ނޭންގުނަސް ކަން ކަން އެނގޭ މީހުން ދޯ ވާހަކަ ދައްކާނީ؟ މިހާރު މުޅި މި ޤައުމުގަ ހިންގަނީ ސަދޫމް އަށް ވުރެ ނުބައި ކޮށް ސަރީޢަތް ތައް، ހެޔޮނިޔަތުގަ ކޮށްފިއްޔާ އެވީ ކަމަށް ދޭހަވާ ގޮތަށް މިޤައުމުގެ ޕީޖީ ގެ ވާހަކަ ތައްހުރީ، ދެން ބޯހަލާކު ވެގެން މޮޔަ ގޮވިޔަސް ހަޤީގަތް ވާނީ ހަޤީގަތައް.

 2. ދުންމާރި

  ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ހުވާގައި ޤާނޫނުއަސާސީއަށް ހުރުމަތްތެރިކޮށްހިތުމަށް މިހެން ޢިބާރާތް އޮންނަ ނަމަ މިހާރު ރައީސްލްޖުމްހޫރިއްޔާ އެވަނީ ޤަނޫނު އަސާސީއާ ޚިލާފުވެފައިކަމާމެދަކުޝައްކެއްނެތް އެހެންކަމަށްވާނަމަ ހުވަޔާ ޚިލާފުވާ ހިސާބުން މަޤާމުގަ ދެމި ހުރެވޭނެކަމާމެދު ސުވާލު އުފެދޭ މިކަން ބަލާނީ ކޮން މުއައްސަސާއަކުންބާ؟ ސްޕްރީމް ކޯޓު އެއޮތީ ޙާއްސަ އެހީއަށް ބޭނުންވާ ތަނެއްގެ ގޮތުގަ (ވާގި ނައްތާލާފަ) ފަނޑިޔާރުންނަށް ލާފަތިބީ ކުފޫ ހަމަނުވާ އެމްޑީޕީގެ އެކްޓިވިސްޓުން ދެން ޤާނޫނު އަސާސީ ހިންގާނެ ގޮތެއް ނުވިސްނޭ

 3. ޑައިވަރޭ

  ނައިބު ރައީސްކަން ހަވާލުކުރީމަ ބެންގަލޫރައް ބޭހަށޭ ކިޔާފައި ފިލައިގެންގޮސް ޔޫކޭގަ އޮވެ ވެރިކަން ވައްޓާލަން އުޅޭށޭ ގާނޫނު އަސާސީގައި އެބައޮތް ތޯ މީނަ ކާރިން މީހަކު އަހާބަލަ