މިއަދު ހިފާ އިރުކޭތަ ރާއްޖެއަށް ނުފެންނާނެ ކަމަށް ފަލަކީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

"ރިންގް އޮފް ފަޔާ" ނަމަކަށް ކިޔާ މި އިރުކޭތައާއި ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވަނީ ފަލަކީ މާހިރުން ބުނާގޮތުން މިއަދު ހިފާ އިރުކޭތަ ރާއްޖެއަށް ނުފެންނާނެ ކަމަށެވެ. އެ އިރުކޭތަ ފެންނާނީ އޭޝިޔާގެ އުތުރު ސަރަޙައްދަށާއި ޔޫރަޕް އަދި އެމެރިކާއަށް ކަން މައުމޫން ފާހަގަކުރައްވާފައިވެއެވެ.

މި ކޭތަ ހިފަންފަށާނީ ރާއްޖެ ގަޑިން މެންދުރު 13:12 ގައެވެ. ކޭތަ ފުރިހަމަވާނެ ކަމަށް ބެލެވެނީ 40 މިނެޓް ތެރޭގައި ކަމަށް ނާސާގެ ފަލަކީ މާހިރުން ބުނެއެވެ. އެއިދާރާއިން ބުނާ ގޮތުގައި އިރާއިދުނިޔެއާ ދެމެދަށް ވާގޮތަށް ހަނދާއި އެއްރޮނގަކަށް އަންނައިރު، ދުނިޔެއަށް ހަނދުގެ ވަށައިގެން އިރު ފެންނަން ހުންނާނީ އަނގޮޓިއެއްގެ ސިފައިގައެވެ.

އިސްލާމިކް މިނިސްޓްރީއިން "ވަގުތު" އަށް ވިދާޅުވީ މިއަހަރު ހިފާ އެއްވެސް ކޭތައެއް ރާއްޖެއަށް ނުފެންނާނެ ކަމަށެވެ. އެހެންކަމުން އެއްވެސް ކޭތަ ނަމާދެއް މިއަހަރު ރާއްޖޭގައި ނުކުރާނެ ކަމަށެވެ.

މިއީ މިއަހަރު ހިފާ އެންމެ ފުރަތަމަ އިރުކޭތައެވެ. ކޮންމެ އަހަރަކުވެސް 2 ފަހަރު އިރުކޭތަ ހިފައެވެ. އިރުކޭތަ ހިފާގޮތް ފަލަކީ އިލްމުވެރި މައިގަނޑު ތިން ގޮތަކަށް ބަހާލައެވެ. އެއީ ފުރިހަމަ ނޫން އިރުކޭތަ (ޕާޝަލް ސޯލާ އިކްލިޕްސް) އާއި އެނުލާ އިރުކޭތަ (ބޮޅު އިރުކޭތަ) އާއި ޓޯޓަލް ސޯލާ އިކްލިޕްސް ނުވަތަ ފުރިހަމަ އިރު ކޭތައެވެ.

ފުރިހަމަ އިރުކޭތައެއް ސީދާ ހަމަ ލޮލުން ބެލިޔަސް ލޮލަށް އެއްވެސް ގެއްލުމެއް ނުލިބޭނެއެވެ. ނަމަވެސް ސޯލާ އިކްލިޕްސް އަދި ފުރިހަމަނޫން އިރުކޭތައެއް ހަމަލޮލުން ބެލުމަކީ ލޮލުގެ ރެޓިނާ ހަލާކުވެދާނެ ކަމެކެވެ. ފެންގަނޑަކުން އިރުކޭތައިގެ ހިޔަނި ބެލިޔަސް އަދި އައިނަކުން ނުވަތަ ޓެލަސްކޯޕަކުން އިރުކޭތަ ބެލިޔަސް ލޮލަށް ގެއްލުމެއް ނުލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ހުސޭނުބޭ

  މައުމޫނަކީ ފަލަކީ ޢިލްމުވެރިއެއް ދޯ! ދީނީ ޢިލްމުވެރިއެއްކަމަށް ހެދިގެން އުޅެނީތަ؟ އަދިކިރިޔާ މި އެނގުނީ!

  17
  4
  • ކޮވިޑް

   ނޫނޭ 'ވެރި' މިލަފުޒު އައީމަ ހުންނާ ނީ ވެފަ، މި ހަނދުވެސް ފެންނާނީ ވެސް އަލިވާގެ އާ ދިމާއިން ބެލީމަ ހަމަ އެކަނި މައުމޫނަށް ކަމަށް ވަނީ. ވެރިކަމާ ހެދި ބޫތުކައިފަ،،،،،،

   13
   1
  • މއކ

   ފަލަކީ އިލްމެއްވެސް ނޫން. ނުޖޫމީ އިލްމު

 2. ނަސްރީނާ

  އެކަމު ވަގުތު އިން ބުނީ ފެންނާނެ އޭ!
  އޭރު ވެސް މައުމޫނު ގާތު އެހިނަމަ އެހެން ނުވީސް ދޯ! 😏😏😏😏

  12
  1
 3. މުހައްމަދު

  ކޭތަ ހިފުމުގެ ވާހަކަ މުހިއްމު ވޫދައިން މިޤައުމަށް ކުރިމަތިވާ އެއްވެސް ކަމެއގައި މަނިކުފާނުގެ ވިސްނުން ފުޅެއް ނެތީތޯ ހަމަ ދެއްވާނެ ނަސޭޙަތެއްވެސް ބެތީތޯ ؟

  13
 4. ޔާރާ

  ހަނދުކޭތަ، އިރުކޭތައާ ގުޅޭގޮތުން މަނިކުފާނު އެއްޗެއް ބުނެފިނަމަ، ތިޔަ ކަމުގައި ކޮންމެވެސް އެހެން ކަންތައް ގަނޑެއް ހިނގާނެ! އަނެއްކާ ކޮންކަހަލަ ކަމެއް ހިނގަންބާ އުޅެނީ....

 5. އާކާޝް

  މައުމޫނު އަކީ ފަލަކީ ޢިލްމުގެ ޢިލްމު ވެރިއެއް ނޫން، އެކަމަކު މީނާ ކުރާކަމެއްކަމަށް ބެލެވެނީ ޓައިމް އެންޑް ޑޭޓް ކިޔާ ސައިޓެއް ގައި މިހުރިހާ މަޢުލޫމާތު ހުންނާނެ، ކުރިއަށް އެންހާސް އަހަރުގެ ހަނދު ކޭތަ އާއި އިރުކޭތަ އާއި މޫސުމީ އެތަށް މަޢުލޫމާތު ވަކި ވަކިން ލިބެން ހުންނާނެ، ކޮންމެ ޤައުމެއްގެ ކޮންމެ ސަރަހައްދެއް ވަކިން އެގެން ހުންނާނެ، އިރާއި ހަނދު ގެ ދަތުރު ކުރާ ޕޮޒިޝަން ތަކާއި ހަނދާއި އިރާއި ދުނިޔެއާ ދެމެދު ހުރި ދުރުމިނާ، އިރު އަރާ އޮއްސޭނީ ކޮން ދިމާއަކަށް ކަން އެނގެން ހުންނާނެ އިނގިރޭސި ބަސް އެނގޭ ކޮންމެ މީހަކަށްވެސް އެސައިޓުން މަޢުލޫމާތު ނަގައިގެން މޮޅެތި ވާހަކަ ދެއްކިދާނެ، މައުމޫނު ކޮބާ ބޮޑު ކޭތަ އެއް ހިފަން ތައްޔާރު ނުވަތަ.

  5
  1
 6. ބޯހަލާކު

  މައުމޫނަށް ފަލަކީ ނޫން ވާހަކަ އެއް ނުދެއްކެވެނީތޯ؟ ގައުމު މި ފަނާވަނީ. ވަޒީފާ ގެއްލި. އަނގަޔާއި އަތާ ދިމާނުވެ، އެތައް ބަޔަކު މި ދަނީ. ގައުމުގެ އިގްތިސާދު ބިކަވަނީ. އިސްްތިގުލާލު ފުނޑެނީ. ސިޔާސީ ކޯޅުން ގަދަވަނީ. އެކަމަކު.... މަނިކުފާނު ހަމަ ކޭތަ ފެނޭތޯ؟ ވާނުވާގަތޯ؟

 7. ހ

  އޭ މިހިރަ ބޭބޭ..މި އަދު ހިފާނީ ހަދު ކޭތަ އެ އް ނޫން..ދެން ލަލަލާ..

 8. ހަލީމަ ދައިތަ

  ބޭކާރު ވާހަކަ ނުދައްކާ އަނބިމީހާ އާ ދަރިން ބުރުގާ އަޅުވާ ނިވާ ކޮއްބަލަ.. މާ ދީން އެނގޭ މީހަކަށްވެސް ވެގެން އުޅޭނެ.. އެކަން އެނގޭ އަނބިމީހާޔާ ދަރިން ތިބޭ ގޮތުން.

 9. ސސ

  ސިޔާސީ ކޭތައެއް ހިފަން އުޅެނީބާ؟، މަނިކުފާ މިބާވަތުގެ ފަލަކީ ނުޖޫ މީ ޢިލް މުގެ މާހިރެެއްތާ، ބަޔަކަށް ހިފިކަން ނޭގޭ ކޭތަވެސް މަނިކުފާނަށް އެބައެގޭ !

 10. މަސްއޫދު

  ފަލަކީ ޢިލްމުން ބަލައިދީބަލަ ކޮވިޑު ރަގަޅުވެ ހިއްނަވަރު އިބުރާހިމްގެ ވެރިކަން ވެއްޓެނެ ދުވަހެއް މިހިރަ ތިރީސްއަހަރާ