އަތޮޅުތެރޭގެ ރަށް ރަށުގެ ތެރެއިން ކޮވިޑްގެ ވޭދަނަތައް އެންމެ ބޮޑަށް ފެތުރި، ރަށުގެ އާބާދީގެ ބޮޑު ބައެއް ކަރަންޓީން ކުރަން ޖެހުމުން ލިބުނު މާލީ ދަތިކަމުގެ ތެރެއިން ވެސް ނައިފަރުގެ ރައްޔިތުންގެ ފަރާތުން އެއް ލައްކަ ރުފިޔާ ފަލަސްތީނަށް ފޮނުވައިފިއެވެ.

ޔަހޫދީން ފަލަސްތީނުގައި ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކަކީ ނައިފަރުގެ ރައްޔިތުން ބަލައިނުގަންނަ އަމަލުތަކެއް ކަމަށް ބުނެ މި ފައިސާ ހޯދުމުގެ މަސައްކަތް ފެށީ އެ ރަށުގެ ޒުވާނުންތަކެއްގެ އިސްނެގުމާއެކުއެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމުގައި އިސްވެ އުޅުނު ޒުވާނެއް "ވަގުތު" އަށް ބުނީ މެއި 23 އިން ފެށިގެން ޖޫން 4 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތަށް ގިނަ ބައެއްގެ އެެއްބާރުލުން ލިބިފައިވާ ކަމަށެވެ. އަދި އެ ރަށުގައި ހުކުރު ނަމާދު ކުރާ ތިން މިސްކިތެއްގައި އާއި، ރަށުގެ ހަ ސަރަހައްދެއްގެ އިތުރުން ބޮޑު ފަސް ފިހާރާއެއްގައި މި ފޮށިތައް ބެހެއްޓި ކަމަށް އޭނާ ބުންޏެވެ.

ޕަލަސްތީނަށް އެހީވުމަށްޓަަކައި ކުރިއަށް ގެންދިޔަ ފަންޑްރައިޒް ހަރަކާތުގެ ތެރެއިން---

މި ހަރަކާތް އިންތިޒާމް ކުރުމުގައި ނައިފަރުގެ ޒުވާން ފުޓުބޯޅަ ޓީމެއް ކަމުގައިވާ ކޭކޭޑީޑީ ގެ އެހީތެރިކަން ލިބިފައިވާ ކަން އޭނާ ފާހަގަކުރިއެވެ. އަދި ފަލަސްތީނަށް ކުރާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅަށް ތިބިކަން އެންގުމަށްޓަކައި މީސްމީޑިޔާގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތަށް ދިދަ ފޯރުކޮށްދިނުމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މަޝްހޫރު މޮޑެލް، ކައިޒީންގެ އެހީތެރިކަން ލިބިފައިވާކަން ފާހަގަކުރިއެވެ.

ނައިފަރުގެ އިތުރުންވެސް ރާއްޖޭގެ ގިނަ ރަށްތަކުން ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި މީސްމީޑިޔާގައި ފަލަސްތީނާއި އެކުގައި ތިބިކަން ހާމަކުރުމަށް ކެމްޕެއިންކޮށް ޝުއޫރުވެސް ފާޅުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. اکف

    ނައިސް

    13
    1
  2. ސާމް

    ޝުކުރިއްޔާ ނައިފަރު ކައުންސިލް ރައީސް މުޙައްމަދު

    12
    5
  3. ރަތުނާ

    ކައުންސިލް ރައީސް މޯޑުގެ ހިތްވަރު. ސާބަސް ސާބަސް

    13
    3
  4. ސާބަސްދޭ

    ފަލަޞްޠީނު ގެ މުސްލިމް އަޚުން އުޚުތުންނާ ، ރޫޙީ ގޮތުންނާ މަޢުނަވީ ގޮތުންނާ މާލީ ގޮތުން ނައިފަރު ރަޢިއްޔަތުން ބައިވެރިވުމަކީ އުފާކުރާ ކަމެއް. މިކަމުގެ މުޙައްރިކުންނަށާއި އެހީތެރިވެދެއްވެވި ހުރިހާ ބޭފުޅުންނަށް ޝުކުރުވެރިވަމުން އައްސަރިބަހާއި ސާބަސް ދަންނަވަން.

    5
    1
  5. ނިޒާރު ކަތީބު

    ޔާސީރު ކަލޭ އަމިއްލަ އެދުން ބޮޑުވަރު ނިކަން ދެކިބަލަ. ކިތަށް ކުދިން ތިފަންޑު ފޮށި ހިފާގެން ޢުޅުނު. ކަލޭ މަސްޙޫރުވާން ތިމާ ވަރުގެ މީހެއް ނެތިގެން ތިމާގެ ފޮޓޯ ޖަހާގެން .. ފެއިލްވެފައި ހުރި މީހެއް ތީ.ދެންލަލަލ

    1
    2
    • 😠😡

      ޔާސިރެއްނޫން ކާރިމު. ޔާސިރަކީ ވަރަށް ހިތް ހެޔޮ ރަނގަޅު މީހެއް މާޝާﷲ

  6. ޗަކޮއި...

    ނައިފަރުގެ ފުޓް ބޯޅަ ޓީ މުގެ ވާހަކަ އައި އިރުގަ.. މިހާތަނަށް، ރަށު ފެނަވަރުގަޔާއި، އަތޮޅު ފެންވަރުގަޔާ، ޒޯން މުބާރާތް ތަކުގަވެސް ކުޅެ އެކި ފަހަރު މަތިން ރަށަށް ރީތި ނަން ހޯދައިދިން ގޯސީ ޓީ މުގެ މެންބަރުން ވެސް، ފަލަސްތީނަށް އެހީތރިވު މުގެ ގޮތުން،ކުރި މަސައްކަތަށް ،އައްސަރިބަހާ ސާބަސް... 👏👏

  7. އަލީ

    ތި ރުފިޔާ މި ރާއްޖޭގައި ތިބި ހާލުގައި ޖެހިފައިވާ މީހުންނަށް ދިންނަމަ މާ ރަނގަޅުވީސް. ކޮވިޑުގެ ސަބަބުން ހާލުގަ އުޅޭ މީހުން އެބަތިބި.

  8. ޜޔ

    ތޭންކްސް ނައިފަރު ކުދިންނަށް

  9. ބުރަކި

    ލާރިގިނަވެގެން އުޅޭ ބައެއްތަ މި ދިވެހިން މީ؟ ފަލަސްތީނަކާ ކަލޭމެންނަކާ ކޮން ބެހޭ ކަމެއް؟ އޭގެ މީހަކު ކަލޭމެންނަށް ހެޔޮ އެދިގެން ޗުއްޕުވެސް ބުނެފިތަ މިހާތަނަށް