އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތު ކުރެވޭ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިިންމާނީ އަންނަ ހަފްތާގައި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، ދައުވާކުރުމާއި ގުޅޭ ލިޔުންތައް ލިބިފައިވާ ކަމަށެވެ. އަދި އެ ލިޔުންތައް ދިރާސާ ކުރުމަށް ފަހު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ. އަންނަ ހަފުތާއަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމޭނެ ކަމުގައި އެ އޮފީހުން ވިދާޅުވެއެވެ.

މަހްލޫފްގެ މައްޗަށް ދައުވާއުފުލައި ދިނުމަށް އޭސީސީން ޕީޖީއަށް ފޮނުވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ދައުވާކުރަން ފޮނުވުމާއެކު، ޕީޖީ އޮފީހުން ވަކި ގޮތެއް ނިންމަން ދެން މަހްލޫފް މަގާމުން އެކަހެރިވެ ހުންނެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އަންގާފައެވެ.

އެސެޓް ރިކަވަރީގެ ރިޔާސީ ކޮމިޝަނުން އެކުލަވާލި ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ވެސް މަހްލޫފްގެ ނަން އޮތެވެ. މި ލިސްޓު ރައްޔިތުންގެ މަޖިލީހަށް ޚިއްސާ ކުރުމުން މަޖިލީހުން ވަނީ ކުރިން އާންމުކޮށްފައެވެ.

އެހެން ނަމަވެސް ޚިޔާނާތުގެ ފައިސާ ނުލިބޭ ކަމަށް މަހްލޫފް ގެންދެވީ ވިދާޅުވަމުންނެވެ. ޚިޔާނާތުގެ ދައުވާ އުފުލައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވެސް މީގެ ކުރިން އޭނާ ވިދާޅުވެފައިވެއެވެ.

ފުލުހުންނާއި، އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ޖޮއިންޓް ތަހުގީގަށް ފަހު އޭސީސީން މިއަދު ނެރުނު ބަޔާނުގައިވާ ގޮތުން ޕީޖީ އޮފީހަށް ފޮނުވީ މަހްލޫފްގެ މައްޗަށް ދެ ދައުވާއެއް އުފުލުމަށެވެ.

މަހްލޫފްގެ މައްޗަށް ކުރަން ފޮނުވި އެއް ދައުވާއަކީ ސަރުކާރުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެވެ. ދެވަނަ ދައުވާއަކީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ކުށުގެ ދައުވާއެވެ.

މަހްލޫފްގެ މައްޗަށް ދައުވާ އުފުލުމާ މެދު ޕީޖީ އޮފީހުން އަދި ވަކި ގޮތެއް ނުނިންމައެވެ.

ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ

އޭސީސީގެ ބަޔާނުގައިވާ ގޮތުން، މަހްލޫފްގެ މައްޗަށް ރިޝްވަތުގެ ދައުވާ ކުރަން ފޮނުވަން ނިންމީ ސަރުކާރާ އެއްކޮޅަށް މަޖިލީހުގައި ބިލެއް ފާސް ކުރުމަށް އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު އެސްއޯއެފް އެކައުންޓުން ޖަމާކޮށްފައިވާ ކަން ތަހުގީގަށް ފާހަގަވެގެނެވެ.

މި ފައިސާ މަހްލޫފްގެ އެކައުންޓަށް ޖަމާކުރިއިރު އޭނާ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަމުގައެވެ.

އޭސީސީގެ ބަޔާނުގައިވާ ގޮތުން، މަޖިލީހުގައި ނެގުނު ވޯޓަށް ފަހު ޚިޔާނާތުގެ މޭސްތިރިޔާ ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެމެދު ބަދަލުކޮށްފައިވާ މެސެޖްތަކުންނާއި މަހްލޫފްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ތާރީޚުން އެއީ ޚިޔާނާތުގެ ފައިސާ ކަން ތަހުގީގަށް ފާހަގަވާން އޮތް ކަމުގައެވެ.

މި ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ ގާތްގަނޑަކަށް ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ދޮގު ބަޔާން ދިން ކަމުގެ ކުށުގެ ދައުވާ

އޭސީސީގެ ބަޔާނުގައިވާ ގޮތުން، ދޮގު ބަޔާނެއް ނުވަތަ ދޮގު މައުލޫމާތެއް ދިން ކަމުގެ ކުށުގެ ދައުވާ މަހްލޫފްގެ މައްޗަށް ކުރަން ފޮނުވަން ނިންމީ އޭނާއަށް ލިބިފައިވާ ފައިސާގެ އަސްލު އޮޅުވާލުމުގެ ގޮތުން އެއީ އޭނާ ޑޮލަރު ގަތް މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށް ލިޔެކިއުންތަކެއް ހުށަހެޅުމުންނެވެ.

މި ގޮތުން އޭސީސީއަށް މަހްލޫފް ހުށަހަޅާފައިވާ "ޕޭމަންޓް ރިސީވްޑް" ލިޔުމަކާއި، އެ ޑޮލަރަށްވާ ފައިސާ ނަގުދު ފައިސާއިން އެސްއޯފްއާ ހަވާލުކޯށްފައިވާނެ ކަމަށް މަހްލޫފް އެ ކޮމިޝަނަށް ފޮނުވި ސިޓީއަކީ ހަގީގަތް އޮޅުވާލުމަށް ޓަކައި ކުރި ކަމެއް ކަން ތަހުގީގަށް ފެންނަން އޮތް ކަމުގައިވެއެވެ.

ރަސްމީ މަގާމެއްގައި ހުންނަވައިގެން ތަހުގީގީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ކުށުގެ ދައުވާ މަހްލޫފްގެ މައްޗަށް ކުރަން ފޮނުވިއިރު، ގާނޫނުލް އުގޫބާތުގައިވާ ގޮތުން މިއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ.

މި ކުށުގެ އަސާސީ އަދަބަކީ، ގާނޫނުލް އުގޫބާތުގައިވާ ގޮތުން، ހަ މަސް ދުވަހާއި އެއް އަހަރު ދުވަހާ ދެމެދެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޒަހޫ

    އުންސުރު ހަމައެއް ނުވާނެ. ސާބިތެއް ނުވާނެ

    19
    1
  2. ޖަޒީރާމަނިކު

    ތިޔަ ދިރާސާ ނިމޭނީ ދައުވާ ނުކުރާގޮތަށް.

    17
    1
  3. ކާފަބޭ2020

    ތިޔަދައުވާގައި އުންސުރެއްވެސްފަންސުރެއްވެސްހަމައެއްނުވާނެ ތިޔައީ މީހުންގެސަމާލުކަން އަނބުރާލަންހިންގާގޭސްގަޑެއް! ބޭނުމަކީ އަށްޑޫއާ ޔޫއެންގެގޮނޑި އިންޑިއާގެދަށަށްދިޔަވާހަކަ ބަދަލުކޮށްލުން ސޮރީބުރޯ އިންޑިއާގެދިދަ ބޮޑުކޯއްޓޭއަށް ނުނެގިއަސް ދިވެހިރާއްޖޭގެސިޔާދަތީބާރެއް މިހާރަކުނެތް ކަލޭމެނަށްމުހިންމީ ޤައުމަށްވުރެ މަޤާމާ ރުފިޔާފައިސާ އެކަންއެބަފުރިހަމަވޭ! ކޯޅޭޝަންގެވެރިންނަށް ނޭގުނަސްތިޔަ ޣައްދާރުންގެނިމުން ބާއްޖަވެރިއެއްނުވާނެ އިންޝާﷲ!

    14
  4. ޝިރޯ

    މަހުލޫފް ކޮށާ ކަޅައްދެނީދޯ އެމްޑީޕީ މީހުން މީ ހުތުރުކަން ބޮޑު ހުތުރެއް މަހޭއަށް ބުނަންއޮތީ
    އަގަ ފަޅަންޏާ ރަގަޅަށް ފަޅާތި ނޫނީ ހިމޭންނުން ހުރޭ ހައްޕުކިޔައިގެން ތިމަގާމު ލިބުނީ ވޯޓް އޮޅުވައިގެން ލިބު ސަރުކާރަކުން ބިރުދައްކަނީ ނުކެރޭ ކަނޑާލާކަށް ކެޑިޔަސް އިތުރު މަގާމެއް އިބޫ ދެއްވާނެ ވެއްޓިދާނެތީ ވަރަށް ހީކަރުވާ ބޭފުޅެއް އިބޫ މަހްލޫފަށް ދެރަގޮތެއް ނަހަދާނެ ނައިބުރައީސްގެ ކޮއްކޯފުޅާއި ކައިވެނި ބައްލަވައިގެން ހުންނަވާތީ ބިރުން އިބޫ ފިއްކެޑޭވަރުވޭ.

    11
    1
  5. ahmed

    ސާބިތެއްނުވާނެ މަހުލޫފުގެ އަގުތިވައްޓާލީ

    15
  6. ޑޮލަރޭ

    ބޭކާރު ވާހަކަ. ޔަގީން ޕީޖީގެ އުންސުރު ހަމަނުވާނެ. މުޅިންވެސް ރައްޔިތުން ލޯމަތީގައި އަދުން އެޅުވުމުގައި. މިވަރަކަށް ސަރުކާރެއް ވައްކަމާއި ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ވާނީ. ވަރަށް ސާފުކޮށް އޭސީސީ ރިޕޯޓުގައި އެއޮތީ ބުނެފަ، އެމްއެމްޕީއާރުސީގެ ފައިސާއިން މަހްލޫފް ސީދާ ރިޝްވަތު ނަގާފައިވާކަން ހެއްކާއި ޤަރީނާއިން އަދި ހެކިންގެ ބަހުން ސާބިތުވާކަން. އަދި ފައިސާގެ އަސްލު އޮޅުވާލަންވެގެން ޑޮލަރު ގަތްކަމަން ހަދަން ފޭކު ލިޔުން ހުށަހަޅާ ދޮގު ބަޔާން ދިނީ ކަމަށް. އެހެންވީމާ، ރިޝްވަތު ހިފުމުގެ ދައުވާ އެކަންޏެއް ނޫން މަހްލޫފްގެ މައްޗަށް ކުރަންވީ. ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތް ކޮށްފަ ވާތީ މަނީލޯންޑަރިންގ ދައުވާވެސް ކުރަންޖެހޭ. އަދި ތަހުގީގީ އިދާރާއަކަށް ފޭކު ލިޔުން ހުށަހަޅާ ދޮގު މައުލޫމާތުދީ އޮޅުވާލާފައިވާތީވެސް ދައުވާ ކުރަންޖެހޭ.

    14
    2
  7. މާމި

    ޚިއްވެ ނުކުރަން ވަނީ ؟ ކޮންގޮތެއް ނުނިމިގެން ތި އުޅެނީ ؟؟ ވަގުން ކަން އެއޮތީ ހާމަވެފަ ..

    7
    2
  8. އިންސާފް

    އެމްއެމްޕީއާރުސީން ނެގި ރިޝްވަތުގެ ފައިސާގެ އަސްލު އޮޅުވާލަން ފޭކު ލިޔުން ހައްދަން މިނިސްޓަރު މަހްލޫފަށް ލަފާދިނީ އޭސީސީގެ އޭރުގެ ނާއިބުރައީސް މުއައްވިޒު. އަދި އެލިޔުމަށް ބިނާކޮށް މަހްލޫފް ނެގި ރިޝްވަތުގެ ފައިސާއަކީ ޑޮލަރުގެ މުއާމަލާތުގެ ފައިސާކަމަށް އޭސީސީގެ އެހެން މެމްބަރުންނަށްވެސް އޮޅުވާލާފަ، މަހްލޫފްގެ މައްސަލައެއް ނެތް ކަމަށް ރައީސް އޮފީހަށް ސިޓީ ފޮނުވީ މުއައްވިޒް. ހަމަ އެގޮތަށް ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނުގެ ރިޝްވަތުގެ މައްސަލަ ބަލަމުންދަނިކޮށް އޭނަގެ މައްސަލައެއް ނެތްކަމަށް ރައީސް އޮފީހަށް ސިޓީ ފޮނުވީވެސް މުއައްވިޒު. ޚުދު މުއައްވިޒަކީވެސް އެމްއެމްޕީއާރުސީގެ ފައިސާއިން ރިޝްވަތު ނަގާފައިވާ މީހެއް އަދި އޭނައަށް ދައުވާ ނުކުރާނެ މަތިން ޑީލެއް ހަދައި ރައީސް ޔާމީނާ ދެކޮޅަށް ކޯޓުގއި ދޮގު ހެކިބަސް ދީފައިވާ މީހެއް.

    14
    1
  9. ޞިލާ

    .އ ވިސްނަން ޖެހެނެދޯ ނަ އިބު ރަ އިސް ކޮ އް ކޮގެ ފިރިމީހާދޯ..

    11
    2
  10. ޘިލް

    .ނުވާނެ ތިކަމެއް އަހަރެއް ވިޔަސް..ތިހިންގޮސް ދައުރުނިމޭނީ

    12
    2
  11. ސުޓޭ

    ސަލާމަތް ކޮށްދީފަ ހުދުކާފޫރަށް ހަދަދޭނެހެން ހީވަނީ

    18
    2
  12. ހުސޭނުބޭ

    މިހާރު އެ އުޅެނީ މަހުލޫފްދެކެ ބިރުން. ފިވަވަޅެއް އަޅަން ދިމާކުރިއްޔާ އެންމެން ބޭޒާރުކޮށްލާނެކަން ޔަޤީން

  13. މުހަންމަދު

    މަހުލޫފަކާ ކުޅޭކަށް ނުކުރޭނެ، އެގަޓެއް އެމް.ޑީޕީގައެއްނެތް....ދެން ލަލަލަާ...

  14. ސެންޗޯ

    ދެންނިކުމޭ ވެރިކަން ބަދަލު ކުރުމަށް މަގުމައްޗަށް ހަޅޭއް ލަވަން މިހާރު ހުންނާނީ ރާކަނިމަސް ކެވިފައި ދެން ލަލަލާ

  15. އޮޅުވާލި ވޯޓު

    ތިޔަދައުވާއެނުކުރާނެ އުސްސުރު ހަމަނުވާނެ ދައުވާކުރެވޭވަރައް ހެކިނުހުންނާނެ ތިއައީ ކުޅޭޑުރާމާއެ

  16. ޢބްދުއްﷲ

    މަހްލޫފަށް ދައުވާކުރަން ގޮތެއް ނިންމަނީ އަންނަ ހަފްތާގައި

    3 ގަޑިއިރު ކުރިން ( ޖޫން 10, 2021 )

    ގޮތްއޮތީނިމިފަ . ނުކެރޭނެ ދައުވާކުރާކަށް . ނުކެރޭނެ ދައުވާކުރާކަށް . ނުކެރޭނެ ދައުވާކުރާކަށް . ނުކެރޭނެ ދައުވާކުރާކަށް . ނުކެރޭނެ ދައުވާކުރާކަށް .

  17. ޟަރީފު

    ނާއިބު ރައީސްގެ ޅިޔަނޭ ތީ. ފާޑުފާޑަކަށް ނުކުޅެވޭނެ. ޢުންސުރު ހަމައެއް ނުވާނެ. އުންސުރު ހަމަވެއްޖިއްޔާ ދާމޫގަނޑު ލުހެލާނެ މަހޭ. ޥީޑިއޯ އެބަހުރި. އިބޫ މިހާރު ތުރުތުރުއަޅާނެ.