ގެއްލިގެން އުޅޭ މީހަކު ހޯދަން، ފުލުހުން، ފާރިސް މައުމޫނުގެ ގެޔަށް ވަދެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހުން ފާރިސްގެ ގެޔަށް ވަދެފައިވަނީ ޑްރަގް ކޯޓުން ބަލާ މައްސަލައަކާ ގުޅިގެން، ފިލައިގެން އުޅޭ މީހަކު ހޯދުމަށެވެ.
ފާރިސްގެ ގާނޫނީ ވަކީލެއް ކަމަށްވާ ހުސައިން ޝަމީމް މީޑިޔާއަކަށް މައުލޫމާތު ދެމުން ވިދާޅުވީ ފުލުހުން ހޯދަމުންދާ ކަމަށް ބުނާ މީހާ ހުރީ ސްނޯރޯޒުގައި ފާރިސް އުޅޭ އެޕާޓުމެންޓުގައި ކަމަށް ބުނެ އެ އެޕާޓުމެންޓަށް ވެސް ފުލުހުން ވަން ކަމަށެވެ. ޝަމީމް ވިދާޅުވީ އެމީހާ ހޯދަން ފުލުހުން ފާރިސްގެ އެޕާޓުމެންޓަށް ވަން ނަމަވެސް އެއީ އެ އެޕާޓުމެންޓުގައި އުޅޭ މީހެއް ވެސް ނޫން ކަމަށެވެ.
ކްރިމިނަލް ކޯޓުން ފާރިސް ބަންދުން ދޫކޮށްލަން ކުރި އަމުރާއި ގުޅިގެން ފާރިސް ބަންދުން ދޫކޮށްލުމަށްފަހު އަނެއްކާ ވެސް ހައްޔަރުކޮށްފައިވަނީ މި މަހުގެ އަށް ވަނަ ދުވަހުއެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ފާރިސް ގެންދަވަނީ ބަންދުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރައްވަމުންނެވެ.
ފާރިސްގެ މައްޗަށް މެންބަރުންނަށް ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރާ އިރު ދެ މައްސަލައެއްގައި ދަނީ ޖިނާއީ ދައުވާ ވެސް ކުރަމުންނެވެ.
އިންޑިޔާ އެމްބަސީ ބަލާ ފުރަތަމަ!
މިއީ ހޭޅިމަތަ؟
މިހާރު ބަޑިއާ ކަޅު ފޮށިގެ އިތުރުން މީހުން ވެސް ފެންނަނީތަ؟؟؟؟؟؟؟
؟؟؟؟؟؟ އަނެއްކާ އަނެއްކަންތަށް...ޑްރަގްމީހުނެއް ނުފޮރުވާނެ.
މައުމޫނަށްގުޅައިގެން ފާރިސް އިންޑިޔާ އެމްބަސީޔަށް ވަންނަން ފުރުސަތުއޮތްވާހަކަ އަންގާފަ އޮތީ! އެކަމަކު މައުމޫނުގެ ބަހެެއްނުލިބިގެން އެކަން ނުވެފަ އޮތީ!
ޔަގީނޭ ތިޔަ މީހާ އޮންނާނީ އެގޭ ގޮދަޑި ދޮށުގަ.