ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލަން ދިން ހަމަލާގައި ޒަހަމްވި އެމަނިކުފާނުގެ ބޮޑީގާޑުންގެ ހާލު ބައްލަވާލައްވާފައިވާ ކަމަށް އެމަނިކުފާނުގެ އެއްބަނޑު އެއްބަފާ ކޮއްކޮ ނާޒިމް ސައްތާރު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ހަމަލާގައި ޒަހަމްވި ބޮޑީގާޑުންގެ ހާލު ނުބައްލަވާ ކަމަށް ބުނެ، އެމަނިފާނަށް ވަނީ ބައެއް މީހުންގެ ފާޑުކިޔުންތައް އަަމާޒުވެފައެވެ. އެ ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުން އެމަނިކުފާނުގެ ގާނޫނީ ވަކީލް އަދި ކޮއްކޮ، ނާޒިމް ވިދާޅުވީ ހަމަލާގައި ޒަހަމްވި ދެ ބޮޑީގާޑުންގެ ހާލު ރައީސް ނަޝީދު ބައްލަވާފައިވާ ކަމަށެވެ.
އަދި ނަޝީދުގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކާ އިއްޔެ ދިމާވެފައިވާ ކަމަށާއި، އޭނާގެ ހާލު ބެއްލެވުމަށް ރައީސް ނަޝީދު ގުޅުއްވުމުން ވަރަށްް ހިތްހަމަ ޖެހިފައި ހުރި ކަމަށް ވިދާޅުވިއެވެ.
https://twitter.com/nazimsat/status/1402907576254169093
ނާޒިމް ވިދާޅުވި ގޮތުން އެމަނިކުފާނުގެ ސެކިއުރިޓީއާ ގުޅޭގޮތުން އެސްޕީޖީ ޓީމާއި އާއިލާއިން ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ނަޝީދުގެ ސެކިއުރިޓީ އަދި އެމަނިކުފާނުގެ އާއިލާ ދިރިއުޅުއްވާ ގ. ކެނެރީގޭގެ ސެކިއުރިޓީ ކަށަވަރުނުވާތީ އެކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށްވެއެވެ.
މި ބައްދަލުވުމުގައި އެސްޕީޖީގެ އާ ކޮމާންޑަރަކަށް މިދިޔަ މަހުގެ ފަހުކޮޅު ހަމަޖެއްސެވި ލެފްޓިނެންޓް ކާނަލް އަބްދުލް މުއިޒް މުސްތަފާވެސް ބައިވެރިވަޑައިގެންފައިވެއެވެ.
މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް މަޖިލީހުގައި ހިންގާ އިންކުއަރީއަށް އެމަނިކުފާނުގެ ބޮޑީގާޑުން މިއަދު ވަނީ ހާޒިރުކޮށްފައެވެ.
ރައީސް ނަޝީދުގެ ބައެއް ބޮޑީގާޑުން ހިމެނޭ ގޮތަށް ޕްރޮޓެކްޝަން ޓީމްގެ އޮފިސަރުން މިއަދު ކޮމިޓީއަށް ހާޒިރުކުރިއިރު އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާގައި ކައިރީގައި ތިއްބެވި ބައެއް ހަށިފާރަވެރިންނަށް ވެސް އަނިޔާ ލިބުނެެވެ. އެ ހަށިފާރަވެރިންގެ ހާލު މިހާރު ރަނގަޅެވެ.
މި ހަމަލާ ދިނީ އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީ މަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަތުމަށް ހިންގަވާފައި ވަޑައިގަންނަވަނިކޮށް އެސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން ބޮމެއް ގޮއްވާލައިގެންނެވެ. އެ މައްސަލައާ ގުޅިގެން ފަސް މީހަކު ހައްޔަރުކުރިއެވެ.
މި ހަމަލާގެ ގެއްލުން ބޮޑުކުރަން ބޮމުގެ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުއްތައް އެމަނިކުފާނުގެ ފުއްމާޕެމާއި ބަނޑާއި ފަޔަށް ވަދެގެން ދިޔައެވެ. ހަށިކޮޅަށް ވަދެފައި ހުރި އެ ރޭޒާ ފުއްތައް ނަގަން ހޭނައްތައިގެން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލްގައި ކުރިއެވެ. އަދި އިތުރު ފަރުވާ ހޯދުމަށް މިހާރު ހުންނެވީ ޖަރުމަނުގައެވެ.
ނަޝީދަށް ދިން ހަމަލައާ ގުޅިގެން ހަތަރު މީހުން ހައްޔަރު ކުރި އިރު، އެ އެންމެންނަކީ ވެސް ހަރުކަށި ފިކުރަށް ތަބާވާ ބައެއްކަން މިހާތަނަށް ރަސްމީ އިދާރާތަކުން އާއްމުކުރި މައުލޫމާތުތަކުން އެނގެއެވެ.
އެހުރިހާ ރޭޒާ ފުށް ތައް ބަނޑަށާ ގޮހޮރަށާއި ގޮއްސަ ހުރި އިރު މަގުމައްޗަށް އެންމެ ލޭތިއްކެއްވެސް ވެއްޓީފަނެތީ އެމަނިކުފާނުގެ ލޭ ހިކި ކުރަތްޕަކާ އެއްވަރުވިމަތޯ؟
ދެން ތި ނިމުނީތާ. ހަމަލާގެ ސަބަބުން ގެއްލުން ލިބުން މީހުންނަށް އަޅާލާ ކަމެއް ކޮށް ދޭނޭ މީހެއް ނެތް. ނަޝީދުގެ ހަތަރެސް ފައިގާ ދޫ ލާ މީހުންނަށް ހުރިހާ ފައިދާ އެއް. އޭނަ ގާތު އުޅޭ ހުރިހާ ބޮޑީ ގާޑުން ތިބޭނީ ރިޝްވަތު ނާގެން ޝައްކެއްވެސް ނެތް. ނަޝީދު އެމީހުން ކާރީ ބުނާށޭ ބުނާ އެއްޗެއް އެމީހުންގެ އަނގައިން ނުކުނާނީ.
ރައީސް ނަޝީދުގެ ހަމަލާގައި ޒަހަމްވި ބޮޑީގާޑުންގެ ހާލު ނުބައްލަވާ ކަމަށް ބުނެ، އެމަނިފާނަށް ވަނީ ބައެއް މީހުންގެ ފާޑުކިޔުންތައް އަަމާޒުވެފައެވެ. އެ ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުން އެމަނިކުފާނުގެ ގާނޫނީ ވަކީލް އަދި ކޮއްކޮ، ނާޒިމް ވިދާޅުވީ ހަމަލާގައި ޒަހަމްވި ދެ ބޮޑީގާޑުންގެ ހާލު ރައީސް ނަޝީދު ބައްލަވާފައިވާ ކަމަށެވެ.
ދެން ކޮންގޮތަކުން މިގައުމުން އިންސާފު ލިބޭނީ