ހއ. ދިއްދޫ ރައްޔިތުންގެ ފަރާތުން ފަލަސްތީނު ރައްޔިތުންނަށް ހަދިޔާ ކުރުމުގެ ގޮތުން 156،067 ރުފިޔާ އެއްކޮށްފިއެެވެ.

މިދިޔަ މެއި މަހުގެ 25ން މި މަހުގެ 6ގެ ނިޔަލަަށް ދިއްދޫގެ ކްލަބެއް ކަމުގައިގާ މިޑިލް ސްޕޯޓްސް އިން އިސް ނަގައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތަށް ދިއްދޫގެ އާއްމު ރައްޔިތުންނާއި ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ވަނީ ލިބިގެން ގޮސްފައެވެ.

ދިއްދޫ މޮނީޓަރިންގައި ވަނިކޮށް ހިންގި މި ހަރަކާތް ހިންގާފައި ވަނީ ރަށުގެ 11 ސަރަހައްދެއްގައި ފަންޑުފޮށި ބަހައްޓައި، ފަލަސްތީނާއި އެކު ދިއްދޫ ރައްޔިތުން ވާކަން ދައްކުވައިދޭ ފޭސް މާސްކު ވިއްކައިގެންނެވެ. މިގޮތުން މިޑިލް ސްޕޯޓްސް ކްލަބުން ވަނީ 50ރުފިޔާ އަށް މިފަދަ 800 މާސްކު ވިއްކާފައިކަން ފާހަގަކޮށްލެވެއެވެ.

ހއ. ދިއްދޫ - ރޭގަނޑު މަތިން ފެންނަ ގޮތް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

”ދިއްދޫ ފަލަސްތީނާއި އެކު“ މި ނަމުގައި މިޑިލް އިން ކުރިއަށް ގެންދިޔަ މި ކެމްޕޭން ނިންމާލައި ދިއްދޫ އިން ލިބުނު ފައިސާ މިހާރު ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނަށް ޖަމާކޮށްފައެވެ.

މިޑިލް އިލް އިސް ނަގައިގެން މީގެ ކުރިން ވެސް އެކި ފަހަރުމަތިން ފަލަސްތީނަަށާއި ސީރިޔާގެ އިތުރުން އެނޫންވެސް ގައުމުތަކަށް އެހީވުމަށް މިފަދަ ފަންޑް ރެއިޒިންތައް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.