ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ އިންކުއަރީއަށް ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ ކްލޯސް ޕްރޮޓެކްޝަން ޑިޕާޓްމެންޓްގެ ކޮމާންޑަރު، ސާޖެންޓް މޭޖާ އަލީ ޒާހިރު ހާޒިރުކޮށްފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލައާ ގުޅިގެން 241 ކޮމިޓީން ހިންގާ އިންކްއަރީ އަށް ޒާހިރު ހާޒިރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. މިއަދު މެންދުރުފަހު އެކެއް ޖަހާކަށް ހާއިރު ފެށި ކޮމިޓީއަށް ވެސް އެމްއެންޑީއެފުން އެމަނިކުފާނުގެ ސެކުއިރިޓީއަށް ކަނޑައަޅާފައިވާ "ކްލޯސް ޕްރޮޓެކްޝަން ޓީމް" ގެ ބައެއް ބޭފުޅުންނާއި ހަށިފާރަވެރިން ހާޒިރުކޮށްފައިވެއެވެ.

ރައީސް ނަޝީދުގެ ބައެއް ބޮޑީގާޑުން ހިމެނޭ ގޮތަށް ޕްރޮޓެކްޝަން ޓީމްގެ އޮފިސަރުން މިއަދު ކޮމިޓީއަށް ހާޒިރުކުރިއިރު އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާގައި ކައިރީގައި ތިއްބެވި ބައެއް ހަށިފާރަވެރިންނަށް ވެސް އަނިޔާ ލިބުނެެވެ. އެ ހަށިފާރަވެރިންގެ ބައެއް އޮފިސަރުންގެ ހާލު މިހާރު ރަނގަޅެވެ.

އެމްއެންޑީއެފްގެ ވަކިވަކި ސިފައިން ހާޒިރު ކުރުމުގައި ފުރަތަމަ ގާނޫނީ ސުވާލުތަކެއް އެ އިދާރާއިން އުފެއްދި ނަމަވެސް މިހާރު ދަނީ އެ ކޮމިޓީއަށް ވަކިވަކި ސިފައިން ވެސް ހާޒިރު ކުރަމުންނެވެ.

މި ގޮތުން ސިފައިންގެ ވެރިންނާއި ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ ވެރިންނާއި، ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ) ގެ ކޮމާންޑަރުން ވެސް ވަނީ މީގެ ކުރީ ދުވަސްތަކުގައި މި ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގެ އިސް އޮފިސަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި ފުލުހުންގެ އިންޓެލިޖެންސްގެ އޮފިސަރުން ވެސް ހާޒިރުކޮށްފައެވެ. މި އޮފިސަރުން ހާޒިރުކުރީ އިންޓެލިޖެންސަށް މައުލޫމާތު ލިބެމުން އައި ގޮތް ސާފު ކުރުމަށެވެ.

މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދާއި، ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އެއީ ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ ހުންނަ ނީލޯފަރުމަގު ހުސްކޮށް ޕާކް ނުކުރެވޭ ގޮތް ހެދުމާއި އެ ސަރަހައްދުގައި ހުންނަ ބިއްލޫރިޖެހިގޭގައި ޕާކިން ޒޯނެއް ހެދުމުގެ ކަންކަން ދިޔަ ގޮތުގެ މައުލޫމާތު ސާފުކުރުމަށެވެ.

ރައީސް ނަޝީދުގެ ސެކުއިރިޓީގެ މައްޗަށް 241 ކޮމިޓީން ހިންގާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ކުރަން ފުރަތަމަ ދެކޮޅު ހެދުމުން އެމްޑީޕީގެ އެތެރޭގެ މަސްރަހު ވެސް ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ.

މި ގޮތަށް ސޮއި ކުރައްވައި މަޖިލީހަށް ލިޔުން ފޮނުއްވި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އެ އޮފީހުން ވަނީ މައްސަލަ އަނބުރާ ފޮނުވާލައިފައެވެ. އަދި ފުލުހަށް މައްސަލަ ހުށަހަޅަން ލަފާ ދިނެވެ.

އިމްތިޔާޒާއި ސުލޫކުގެ ކޮމިޓީއަށް މައްސަލަ ހުށަހެޅުމުން އެމްޑީޕީ ހަތަރު މެންބަރެއްގެ ވެސް ވޯޓު ލިބިގެން އެ މައްސަލަ ބޭރުކޮށްލިއެވެ. އެކަމާ ގުޅިގެން ނަޝީދުގެ ސަޕޯޓަރުންނާއި އެމަނިކުފާނުގެ އަރިސް މެންބަރުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރިއެވެ.

އެ ހަމަލާއިން ރައީސް ނަޝީދުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކުން ފަސޭހަފުޅު ކުރެއްވުމަށް އޭޑީކޭގައި އޮޕަރޭޝަންތަކެއް ވެސް ކުރެއްވިއެވެ. އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެންނެވި ގޮތަށް އެމަނިކުފާނު ހުންނެވީ އެ ގައުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކޮރަލް

    ބިރު ގަންނަ ވަންކުރާ ކަމެކެވެ.

    10
    1
  2. މޮހޮދޭ

    އިންތިއާޒާ ސުލޫކީކޮމެޓީއިން ފާސްކޮށް ބޭރުކޮށްފައިވައިވާ މައްސަލައަކާ ޚިލާފަށްވެސް ކޮންމެސެސް އެއްޗެކޭކިޔައިގެން ސިފައިންގެންދާތީ ޙައިރާވެއި

    11
  3. އެމްޑީޕީ ބުރޯ

    ތިޔަ ޒާހިރު އަކީ ގޯނިބޭ! ތީނަ ނުހަދާނެ ތެދެއް!އަލީ ޒާހިރު( ގޯނިބޭ ) އަކީ ބަގާވާތް ކުރިމީހެއް! ތީނަޔައް އަވަހައް ފިޔަވަޅު އަޅާ

    2
    4
  4. ގަލަން ތުނޑު

    ހުރިހާކަމެއް އެކޮޅުކޮޅުން އޮންނަ ގައުމެއްމީ...މަޖްލިސް އަކީ ގާނޫނު ހަދާތަނެއްނޫންތަ؟ ތަހުގީގުކޮށް ހުކުމް ކަނޑައަޅަނީވެސް މި މމަޖްލީހުންތަ؟

    5
    1
  5. ނާހިދާ

    މަޖްލިސްގައި ކުރަންހުރި މަސައްކަތް މަދު ކަމުންނާއި އަދި ޤައުމުގަ މައްސަލަތައް ބަލާނެ އިތުރު އިދާރާއެއް ނެތުމުން ކޮންމެސް ކަމެއް ކުރާކަން ދަައްކަން އެބަޖެހޭ މުޅި ދުނިޔެއަށް ވެސް ދިވެހިރާއްޖެ ވަރެއްނެތޭ. ޢަދި އެވެސް ރައްޔިތުންގެ ލާރި ކައިގެން ރައްޔިތުންގެ ވޯޓު ފޭރިގަނެގެން ރައްޔިތުންނަށް ވަނީ ހަރާންކޯރު.

    6
    1
  6. އުގުރި

    މިހާރު މި ދިވެހިރާއްޖޭގައި އަންނިގެ ކަންތައް ފިޔަވާ ހަމަ އެއްވެސް ކަމެއް ނުހިގާނެ.

    10
    1
  7. ޖައްލޭ

    ރަނގަޅު އެންމެނާވެސް ސުވާލުކއްގެން ތަހުގީގު ކުރެވޭނީ،ދެއްތޯ...ނޫނީ ނުވާނެ ތަހުގީގަކައް...ދެރައީ ކޮމާންޑަރ މިވަގުތު ދުރުކުރީމަ ދެއްތޯ....މިތަހުގީގު ނިންމުމައްފަހު ދުރިކުރުންދޯ އިންސާފަކީ...

  8. މާމީ

    ބަޔަކައް ގައުމު ހެޔޮއަގުގަ ވިއްކާލި މީހންގެ މައްސަލަ ބަލާދުވްސްވެސް އަންނާނެ.