ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ އުސޫލުތަކާއި ހިލާފުވެގެން މާލެ ސަރަހައްދުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 1،018 އަށްވުރެ ޖޫރިމަނާ ކޮށްފިއެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، ފާއިތުވި 24 ގަޑިއިރު ތެރޭގައި މާސްކު ނާޅައިގެން 253 މީހަކު ޖޫރިމަނާ ކޮށްފައިވާއިރު، ކާފިއު ވަގުތުގައި ހުއްދަނެތި ބޭރުގައި އުޅުމުގެ ސަބަބުން 615 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި އެ ވަގުތުތަކުގައި ވެހިކަލް ދުއްވައިގެން 150 މީހަކު ވެސް ޖޫރިމަނާ ކޮށްފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
މާސްކު ނާޅާ އުޅޭ މީހުންނާއި ކާފިއު ގަޑީގައި ބޭރުގައި އުޅޭ މީހުންނަށް އަޅާ ފިޔަވަޅަކީ ޖޫރިމަނާ ކުރުމެވެ. ފުރަތަމަ ފަހަރު ނަމަ ޖޫރިމަނާ ކުރަނީ 1،000 ރުފިޔާ އިންނެވެ.
އެހެން ކަމުން އިއްޔެ އެކަނި އެފަރާތްތަކުން ޖޫރިމަނާ ކޮށްގެން ދައުލަތަށް މިލިއަން ރުފިޔާ ލިބޭނެއެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، އެޗްޕީއޭއިން އަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ފިހާރަތަކާއި، ކެފޭތަކާއި ޖިމްތައް އަމަލު ކުރަމުންދޭތޯ ބެލުމަށް ކުރެވުނު މާސް އިންސްޕެކްޝަންގެ ތެރެއިން ޖުމްލަ 81 ތަނެއް އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން 80 ތަނެއް އުސޫލުތަކާއި އެއްގޮތަށް ހިންގަމުން ދިޔައިރު، އުސޫލުތަކާ ހިލާފުވި އެއް ފިހާރައަކަށް ނަސޭހަތްތެރި ވެފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
އިތުރު ތަފްސީލް އަންނަނީ...
މަރުހަބާ ރައްޔަތުން ފެލާ ސަރުކާރަށް.
ރައްޔިތުންގެ ކިޑްނީވެސް ޖަހައިގަނެގެން މި ބައިގަނޑު ވިއްކާނެ މިވަރުން ދަންޏާ.. ލޮކްޑައުންކޮށްގެންވެސް ބަލާވެރިކަން ޖައްސަނީ
ތި ލާތިތައް ފޮނުވާލާ ޝާހިދު ގޮނޑި ކާމިޔާބު ކުރުމުގެ އުފާ ފާޅު ކުރަން ޕާޓީ ބާއްވަން .
މިއީ މާލީހާލަތު ރަނގަޅު ކުރުމަށް ބޭނުންކުރާ މޮޅު އުކުޅެކެވެ.މިއީ މާލީ ވަޒީރުއަށް ލަފާދިނުމަށް ބޭރުގެ ތަޖުރިބާ ކާރުން ގެނައުމުން ދައުލަތަށް ލިބޭފައިދާއެވެ.މިއިން އޭނާ ކަހަލަ އެތައްބައެއްގެ ޚަރަދު ހަމަޖައްސާލެވޭނެއެވެ.ނަތިޖާއަކީ ރައްޔިތުން ހަނާވުމެވެ.
ޙަލާލް ގޮތުގައި ސަރުކާރަށް ފައިސާ ހޯދުމަށް ގޮވާލަން......
ތިފައިސާ ދައްކާނީ ހަމަ އެއް ބައެއް.. ނުދައްކާ ތިބި ޒުވާނުންކޮޅާއި ބިދޭސީންގެ ޖޫރިމަނާ އެންމެ ފަހު ވަގުތު މަޢާފުކޮށްދޭނެ.. މީ އަބަދުވެސް ވާގޮތް.. ދައްކާ އެއްބަޔަކު ދައްކާނީ..
ރަނގަޅު ކިތަންމެހާވެސް ކީއްކުރަން ގަވާއިދާ ޚިލާފުވަނީ ރަނގަޅަން އެހަދަނީ އަމަލު މިލާފަނުން ހުންނާނީ ތހިގޮތުގައި ހިފެހެށްޓިއްޖެ ނަމަ މިކަން ހައްލުވެދާނެ
ރައްޔިތުން ޖޫރިމަނާ ނުކުރާނެކަމަށް ވައުދުވެގެން އައި ބުހުތާނު ސަރުކާރު މި ފެންނަނީ ރައްޔިތުންގެ ފުންޕާމެއާއި ކިޑްނީ ފެލައިގެންވެސް ،ޖޫރިމަނާކޮށްގެންވެސް ބޮޑުން އަޗާތަޅާނެ ފައިސާ ހޯދަނީ.މާތްކަލާކޯ މި އޮތީ ވާސަރުކާރެއް.
ބޭރަށް ނުކުމެ އުޅުމަށް ހަދާފައިވާ ގަވާއިދާ އެއްގޮތަސް ނުކުމެ އުޅުނު އެއްވެސް މީހެއް ކުރިތޯ ؟ ސަރުކާރުން އަންގާ އެންގުންތަކަށް ބޯލެބުން ވެސް އެއީ އޮންނަން ޖެހޭ ކަމެއް؟ ކުއްކުރާ މީހުންނަށް އަދަބު ލިބެންޖެހޭނެ.