ބ. އޭދަފުށީ މެޖިސްޓްރޭޓު ކޯޓުގެ ގޯތިތެރެ ހުއްދަ ނުހޯދައި ކޮށްގެން ނުވާނެ ކަމެއް ކުރި ކަމަށް ބުނެ އެ އަތޮޅު ދަރަވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓަށް ފިޔަވަޅު އަޅަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ދަރަނަވަންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓު އަހުމަދު ލަތީފު، އޭދަފުށީ މެޖިސްޓްރޭޓު ކޯޓުގެ ގޯތިތެރެއަށް ވަދެވަޑައިގެން، ހުއްދަ ހޯދައިގެން ނޫނީ ކުރައްވައިގެން ނުވާނެ ކަމެއް ކުރައްވާފައިވާތީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެކޮމިޝަނުން ވަނީ އޭނާ އަށް ނަސޭހަތް ދިނުމާއެކު ތަމްރީނު ޕްރޮގްރާމެއް ހެދުމަށް އަންގާފައެވެ. އެގޮތަށް ނިންމީ މި މަހުގެ ދެވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ލަތީފު ވަނީ އޭދަފުށީ މެޖިސްޓްރޭޓު ކޯޓުގެ ގޯތިތެރެއަށް ހުއްދަ ނެތި ވަދެވަޑައިގެން، އެ ތަނަށް ފެން އަޅައިފައެވެ. އެގޮތަށް އެކަން ކޮށްފައިވަނީ އޭނާގެ މައްޗަށް ހަދާފައިވާ ސިހުރެއް ބާތިލު ކުރުމަށް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. 🤦‍♂️

    ކޮންތާކުން ތި ލަތީފު މަ ދަންނަން. އެ އުޅެނީ އަތޮޅުގެ އިސް މެޖިސްޓްރޭޓްކަން ނުލިބިގެން އެ ކިޔަވަނީ ރަނގަޅަށްވިއްޔާ

    6
    2
  2. ލލ

    ހިނި އަންނަ ޒާތުގެ ކަންކަން ކުރާ ބަޔެއް !

  3. ބަތްޕެން

    ހަބަރު ކިޔާ ނިންމާލި އިރުވެސް ނޭނގުނު މެޖިސްޓްރޭޓް އަކީ ކޮން ރަށެ އްގެ މީހެ އްކަމެ އް، އަސްލު އެ އީ ދަރަވަންދޫ ކޯޓް ހިންގުމާ ހަވާލުވެ ހުންނެވި ހަތަރު ކަށިމަތި އޭދަފުށި ބޭފުޅެ އް.

  4. ﷲ ގެއަޅާ

    އަދިވެސް ހަމަ އިތުރު ތަމްރީން ދޯ ދޭންވީ. ވަރަށްބަރާބަރު. މީ މިގޮތަށް މި މެޖިސްޓްރޭޓަރަށް ދޭ ކިތަށްވަނަ ތަމްރީންބާ. ބޮޑުވަރު ދެން މީ، ރައްޓެހި ގާތްމީހަކަސް މިހާވަރު ވީމަ ދެން އެއްޗެއް ބުނެވިދާނެ. އަމިއްލަޔަށް ވަކިވަން އެދުނީމަ ވަކިވެސް ކޮށްދެވޭ މީހެއްނޫން. ވަސީފާއިން އިސްތިޢުފާދީފަ މުސްކުޅީ އެއްގެ ގޮތުގަ ގޭގަ ހުންނަން އެދުމުން އެކަންވެސް ކުރަންފެންނަވަރަށް ވުރެ މުހިންމު ބޭފުޅެއް. ޝުކުރިއްޔާ. ބަހައްޓާލާ. ކަމެއް ނުކުރިޔަސް އޯކޭ ވާނެ