އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅުވައި އޭނާ އަށް ތުހުމަތު ކުރަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެ މަގާމުން ދުރު ކުރުމުގެ ބޭނުމުގައި ކަމަށާއި މި މައްސަލައިގައި ދެން އަނގަ ބަންދުކޮށްގެން ނުހުރެވޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.

މަހްލޫފް އެގޮތަށް ވިދާޅުވީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގައި، 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެގި މައްސަލައިގައި މަހްލޫފްގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ)އަށް ފޮނުވާފައި ވަނިކޮށެވެ. އެ މައްސަލަ ޕީޖީ އަށް ފޮނުވާފައި ވަނީ ފުލުހުންނާއި އެސެޓް ރިކަވަރީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕީޖީ އޮފީހުގެ ވެސް ބައިވެރިވުމާ އެކު ހިންގި ތަހުގީގަށް ފަހުއެވެ.

އޭނާގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕީޖީ އަށް ފޮނުވުމާ ގުޅިގެން އޭނާ މަގާމުން އެކަހެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ އަންގަވައިފައެވެ. މަހްލޫފް މިވަގުތު ހުންނެވީ އާއިލާއާއެކު ޗުއްޓީ ދަތުރެއްގައި ދުބާއީގައެވެ.

ދުބާއީގައި ހުންނަވައި މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފެށުނީއްސުރެ އެމްއެމްޕީއާރުސީގެ މައްސަލައިގައި އޭނާއާ މެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް، ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއްގެ ގޮތަށް ކަމަށެވެ. އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަން އެންމެ އިސް ވެރިންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި ބޭނުމަކީ އޭނާ ހުންނެވި މަގާމުން ވަކިކުރުން ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ ގާނޫނާއި ގަވައިދުގެ ތެރެއިން އަދި އެސެޓް ރިކަވަރީ ކޮމިޝަން، ފުލުހުން، ޕީޖީ އަދި އޭސީސީން އަމިއްލަ އަށް ހަދައިގެން ތިބި އުސޫލުތަކާ ވެސް އެއްގޮތަށް އޭނާއާ މެދު ތަފާތުނުކޮށް މައްސަލަ ގެންދާ ނަމަ، އެންމެ ދުވަހަކު ވެސް މަގާމުގައި ދެމިނުހުންނަވާނެ ކަމަށެވެ.

"ކަންބަޅިއެއްހެން ހަމައެކަނި އަޅުގަނޑު ކަތިލިޔަސް، އެ ހިސާބުން އެމްއެމްޕީއާރުސީގެ މައްސަލަ ނިމުނީ ކަމަށް ރައްޔިތުން ދެކޭނެ ކަމަށް ހީކުރުމަކީ ގޯހެއް. ވަރުބަލިވެއްޖެ. އަޅުގަނޑަށް ވެސް އަބަދު އަނގަ ބަންދުކޮށްގެން ނުހުރެވޭނެ،" މަހްލޫފް ވިދާޅުވިއެވެ.

"އަޅުގަނޑު މައްސަލަ ވެސް ހަމަ ބަލަންވީ. އެކަމަކު އެކަން ކުރަން ވާނީ ގާނޫނީ އިމުގެ ތެރެއިން ތަފާތު ނުކޮށް. ސިޔާސީ ނުފޫޒުން ބައެއް ނިންމުންތައް އުނިކުރުމަށް ފަހު ވެސް އެކުލަވާލާފައި އޮތް 300 މީހުންގެ ލިސްޓަކުން ވެސް ކޮމިޝަނަށް ތިން އަހަރުވީ އިރު ވެސް ފެނުނީ އަޅުގަނޑުގެ ނަން އެކަނިތޯ؟،" ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ކަން ވެސް ކުރެއްވި މަހްލޫފް ވިދާޅުވިއެވެ.

އޭސީސީން ނެރުނު ބަޔާނުގައި ވަނީ އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީ ލޯންޑްރިން ހިންގި ކުންފުނި އެސްއޯއެފުން މަހްލޫފަށް ޖަމާކޮށްދިން 33000 ޑޮލަރަކީ ސިޔާސީ ގޮތުން ބޭނުންވި ވަކި މަގްސަދުތަކެއް ހާސިލްކުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާއެއްކަން ތަހުގީގަށް އެނގިފައިވާ ކަަމަށެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕްޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލްގައި ލިބިފައިިވާ ފައިސާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އޭސީސީން ފާހަގަ ކުރާ ގޮތުގައި މެލޭޝިއާގައި ހުންނެވުމަށް ފަހު މަހްލޫފް ރާއްޖެ ވަޑައިގަތީ އެސްއީޒެޑް ބިލް ފާސްކުރަން އޮތް ދުވަހު ސީދާ ވޯޓަށެވެ. އެ ބިލް ފާސްކުރީ އޮގަސްޓް 27، 2014، ގައެވެ. މަހްލޫފަށް ޗެކަކުން ފައިސާ ޖަމާކުރެއްވީ ސަރުކާރާ އެއްކޮޅަށް އެ ބިލް ފާސްކުރަން ވޯޓު ދެއްވުމަށް ކަމަށް ތަހުގީގުން އެނގެން އޮތް ކަމަށް ވެސް އޭސީސީން އިއްޔެ ނެރުނު ބަޔާނުގައިވެއެވެ.

ކޮމިޝަންގެ ބަޔާނުގައިވާ ގޮތުން އެ ފައިސާ އަކީ ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތެއް ކަން ދެއްކުމުގެ ގޮތުން އެސްއޯއެފްގެ ނަމުގައި ތައްޔާރުކޮށްފައިވާ ޕޭމަންޓް ރިސީވްޑް ލިއުމެއް މަހްލޫފްގެ ފަރާތުން ހުށަހެޅި ނަމަވެސް އެ ފައިސާ އަކީ ޑޮލަރު ގަތުމަށް ދިން ފައިސާކަން އެނގެން ނެތެވެ.

މަހްލޫފް އޭސީސީއަށް ދީފައިވާ ސިޓީ އާއި ބަޔާނަކީ ޑޮލަރު ގަނެ ވިއްކުމުގެ މުއާލަމާތަކީ ސައްހަ މުއާމާލަތެއްކަން ދައްކައި އޮޅުވާލަން ދީފައިވާ ލިއުންތަކެއް ކަމަށް ބުނެ އޭނާގެ މައްޗަށް ވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާ މައްސަލައިގައި ވެސް ދައުވާ ކުރަން ފޮނުވައިފައެވެ.

ހިޔާނާތުގެ ތުހުމަތުކުރުމުން މަހްލޫފް ވިދާޅުވެފައިވާ ގޮތުގައި އެކައުންޓަށް 33،000 ޑޮލަރު ވަދެފައި އޮތީ ސައްހަ މުއާމަލާތަކުންނެވެ. މަހްލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި އޮތީ، "އެއީ އަޅުގަނޑުގެ އާއިލާއިން ދަ ޖީންސްގެ ނަމުގައި ފިހާރައެއް ހިންގި އިރު އަޅުގަނޑުގެ އެއްބަފާ ކޮއްކޮ އަލީ މުބީން ގ. ހާފްސީ މެދުވެރިވެގެން ކޮށްފައިވާ ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމަލާތެއް" ކަމަށެވެ.

ހިޔާނާތުގެ ފައިސާ ލިބުނު އެސްއޯއެފުން ޑޮލަރު ޖަމާކުރި ފަރާތްތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓު އޭސީސީން ކުރިން ނެރުނު އިރު އޭގައި މަހްލޫފްގެ ނަން ވެސް އޮތެވެ. އެ މައްސަލައިގައި ފެބްރުއަރީ 14، 2019 ގައި އޭނާ ސަސްޕެންޑުކުރިއެވެ. ނަމަވެސް އެކަމުގައި މަހްލޫފްގެ މައްސަލައެއް ނެތް ކަން ފާހަގަ ކުރެވުމާ ގުޅިގެން އޭނާގެ ސަސްޕެންޝަން އުވާލީ އޭގެ ދެ މަސް ފަހުން އޭޕްރީލް 16 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

53 ކޮމެންޓް

 1. Anonymous

  މަހުލޫފު އަވަހައް އިސްތިއުފާ ދީފައި ފަނަރަހާސްޑޮލަރު ދިންހުދުމުހ

  49
  3
  • ޞާރި

   ދަލުބޭރުން ޖެހުނު މީހުން ބޭރު ކުރޭ

   12
   3
  • ޙައްގުބަސް

   މިރާއްޖެ މިސަރުކާރުން އިންޑިޔާއާއި ގުޅިގެން މިގެންދަނީ ވަރަށް ނުބައި އަދި ނުރައްކާތެރި ވަޅުގަނޑަކާ ދިމާލަށް!! އެއްވެސް ތަނެއްދޮރެއް ނުދަންނަ މީހަކު ހުންގާނުގައި ބަހައްޓައިގެން ސިޔާސީގޮތުން ރޯފިލާފައިވާ ޚާރިޖީ ކަންކަންވެސް އެނގޭ ޝާހިދާ ގުޅިގެން އަންނިވެސް ބައިވެރިވުމާއެކު އިންޑިޔާ ބޭނުންވާ ކޮންމެކަމަކަށް މިގައުމު ތަންމިނަށް ހުޅުވާލާއިގެން މިއަދާ ހަމަޔަށް މިސަރުކާރުން ޢަމަލުކުރަމުން މިގެންދަނީ! ވެރިަކަމަށް އަންނަން ހެދީ ޑީލް!! ޝާހިދު އދ ގެ މަގާމަކަށް އަންނަންވެެސް އިނޑިޔާއޭކު ހެދީ ޑީލް! އެކަން ވަރަށް ރަހަނޅަށް ދިވެހިރައްޔިތުންނަށް އެނގޭނެ މިހާރު ޝާހިދުގެ ނައިބުކަން އިންޑިޔާ މީހަކަށް ދިނުމުންވެސް!! މިއީ ސީދާ ޕަޕެޓް ސަރުކާރެއް! މިރާއްޖޭގެ ނޫސްތަކަށް ފައިސާ އަޅައިގެން އިންޑިޔާއިން ޕްރޮޕެގެންޑާ އުފެއްދުމާ މިރާއްޖޭގެ ހިންގާ ޕްރޮޖެކްޓްތަށް އިންޑިޔާގެ ހައިކޮމިޝަނުން އިއުލާންކުރުން ހިމެނޭ! މީގެ މޮޅު ކަމަކީ އިންޑިޔާއިން ލޯނު މިދެނީ! ހިންގަންޖެހޭ ޕްރޮޖެކްޓާ ޕްރޮޖެކްޓް ހިންގާނެ ކުންފުނިތަކާ (އިންޑިޔާ ކުންފުނިތައް) ޕްރޮޖެކްޓް ހުރިހާކަމެއްވެސް މިކުރަނީ އިންޑިޔާއިން! މިއީ އަނބުރާ ދައްކަގޮތަށް ދޭ ލޯނުންވެސް ކަމެއްކުރުމުގެ ބާރެއް ބަހެއްބުނުމުގެ ބާރެއް ނެތްކަން އެނގޭ މިންވަރު!! މިސަރުކާރު މިފެންނަނީ އިންޑިޔާ ބޭނުންވާގޮތަށް ކުޑަކަކުލަށް ތިރިކޮށްފަ! މިއީ މިރާއްޖޭގެ ރައްޔިތުން ބޭނުންވާގޮތެއްނޫން!! ރައްޔިތުން ނިކުމެ މިކަން ވީހާވެސް އަވަހަށް ނިންމަންޖެހޭ!! ގައުމު އޮޔާމިދަނީ!

   14
   2
 2. މަހޭޝް

  މަހޭ އަކީ ކެރޭ ޒުވާނެއް، މަހޭގެ ސިޔާސީ ހަޔާތްފެށި ދޮރު އަބަދުވެސް ހުޅުވޭބެތާ. ފިނޑިވެ ވަރުބަލިވެ ދެރަވެ، ހުންނަނީ ކީީއްކުރަން. ސިޔާސީގޮތުން އުފާކުރާ ވަގުތާއި ދެރަވާ ވަގުތު އަންނާނެ. އިންޝާﷲ 2023 އަކީ ޕިންކީންގެ އަހަރު.
  އަވަހަށް ދަނޑުން ފާބާފަ ސިއްރުތައގޮވާލާ. މިއީ ޤައުމުގެ ހަލާކު. 2023 ގައި ޖަލުގެސިޔާސީ ދޮރޮތައް ހުޅުވޭނެ.

  83
  7
  • ނަޒޫ

   އެލާރި ޖަމާވިއިރު ތިޔަ އަނގަ އޮތީ ބަންދުވެފައި ނޫންތޯ؟ ޢެކަމުގެ ތަހުގީގު ފެށުނީމަތާ މިގޮވެންފެށީ ކަންބަޅިއޭ ކުއްތާއޭ....

   24
   1
 3. Anonymous

  މާބޮޑަށްވެސް ލަސްވެއްޖެ. ޢަބްދުﷲ ޝާހިދުގެ ވާހަކަ ދައްކާލަބަލަ. އޭނާ އަމިއްލަ ވަޒީފާއަކަށް ދިއުމަށް، ދިވެހި ދައުލަތުގެ/ރައްޔިތުންގެ ފައިސާއިން ކެމްޕޭނުކޮށް މަގާމަށް ހޮވިއްޖެ. އދ އިން މުސާރައާއި ހުންނާނެތަނާއި ކެއުމަށް ފައިސާ ދިނީމަ އެފައިސާ ޖީބައްލާފަ ދިވެހި ރައްޔިތުންގެ ފައިސާއިން މީނަ އެމެރިކާގެ ނިއުޔޯކުގައި ހުރުމަށް މަހަކު 2 ލައްކަ އަށްވުރެ ގިނަ ރުފިޔާ ނަގާކަމަށް ރައްޔިތުންނަށް ހާމަ ކޮށްދީބަލަ.
  މީގެ އިތުރަށް، މަހަކު އެއްފަހަރު ރާއްޖެއައުމާ ދިއުމަށް ފަސްޓް ކްލާސް ޓިކެޓާއި، ފޮރިން މިނިސްޓަރުގެ މުސާރައާއި ފޮރިން މިނިސްޓަރަށް ލިބޭ ހުރިހާ ބާރެއް ބޭނުން ކުރާނެ ކަން ދިވެހި ރައްޔިތުންނަށް އޮޅުން ފިލުވައިދީބަލަ.

  105
  5
 4. Anonymous

  ޝާހިދު ކަހަލަ މަކަރުވެރިންގެ ވާހަކަ މި ނޫސްތަކުން ރައްޔިތުންނަށް ސާފުކޮށް އެނގޭނެހެން އަންގައިދިނުން ވަރަށް ބޮޑަށް އެދި ދެންނެވިން.

  95
  3
 5. ރާޖާ

  ކަލޭ މަޑުންހުރެބަލަ މަށެއްކަލެޔަކައް ދެރަގޮތެއްވިޔަކަ ނުދޭނަން ކަލެޔައް ވަކިގޮތެއް އަނދުނޭއައް ވަކިގޮތެއް މިމީހުން ހަމަޔަކައްއަންނަންދެން މަމިހުންނަނީ މިއުޅެނީ ވަރައްޕްރެޝަރު ބޮޑުވެގެން

  54
  2
  • Anonymous

   ހާދިމްކު ސްލޯލިހް

   14
  • ޛިލް

   ޥަގުންގެ ފޮށި ބާރަ އް ބަންނާނެ

   13
   1
   • Anonymous

    ވަގެއްކަން ނުވަތަ ނޫންކަން ޘާބިތު ކުރާނީ ޝަރުޢީކޯޓުން. ކިތަންމެ ރުޅިއަޔަސް ތިމާ އަމިއްލަ ފޮތަށް ބަރުކުރަން މީހުންނަށް ވަގަށް ގޮވުން ހުއްޓާލަންވެއްޖެ. ވަރަށް އަޚްލާޤު ނުބައި ބާޒާރުމަތީ މީހެއްގެ ވައްތަރު ޖަހާކަމެއް އަނގަހުތުރުވުމަކީ.

    3
    1
 6. ޟމ

  އެއްވެސް އިރެއްގައި އަނގަ ބަންދު ކޮށްގެން ހުންނާކަށް ނުޖެހޭނެ އެކަމަކު ވާގޮތަކީ ތިމާ ބޭނުންވާ ގޮތަށް ކަންކަން ވަންޏާ ޙައްޤު ބަސް ބުނަންވެސް އެމީހަކު ހުންނަނީ ބިރުން އަދި ފަސްޖެހިފަ، އަބަދުވެސް ވާންވީ ޙައްޤު ބަސް ބުނަން ޖެހިލުން ނުވާ މީހަކަށް

  78
  2
 7. ޑީމަކްރަތީ

  މަހުލޫފު އަވަހައް އިސްތިއުފާދީފައި ނޭފަތުކަށިގަޑު އޮޕްރޭސަންކުރަންދިނޭބުނާ ތިރީސްއަހަރުގެ އެތައްބަޔަކަން ނުހައްގުންއަނިޔާދިން ހުދު މުހުތާރު މައުމޫނުގެ ޕާޓީ އެމް.ރު ނަސް އެން ޔުން އެން ފަސްރީ؟؟ ބަލަ މަހުލޫފު ޔާނީނައްކޮައްލިވަރު އީވާޔާގުޅިގެން މިހާރު ފިރިމީހާސާވޭކުރުންނިމެނީ އީވާގޮޑިވެސްނިމެނީ؟؟

  48
  1
 8. ޢަހޫ

  މަތީމަގާމުތަކުގަ ތިބޭމީހުން މަގާމުގެއްލުނީމަ ވަރަށް ބޮޑަށް އަނގަހުޅު ވޭނެ. ޢެހެންނޫންތޯ މަލީހް؟؟އޭރު ވެސް މެސެޖްނުކޮށް އަނގަހުޅުވިނަމަ ތިމެސެޖްތަކެއް ފެއްނާކަށް ނުހުންނާނެ.

  45
  3
 9. ނައުރާމް

  އަދިވެސް އިސްތި އުފާ ނުދޭތި!! މަ އްސަލަ ކޯޓަ އް ވަ އްދާފަ އި ހުކުމް ކުރިޔަސް ނުދޭތި! އިންޓަގްރިޓީގަ އި ގިރިޓީ ދަވާދުލަ އިގެންވިޔަސް ހުރެވޭތޯބަލާ!!

  42
  2
 10. ނަސީ

  މަހުލޫފު ވެސް އަމިއްލަ އެދުން ބޮޑީ

  54
  5
 11. ސަނީމާ

  ހަހަހަހާ، ކުޅިވަރު ފެށުނީ، ދެން ގޮވާނެ އެއްވަގު އަނެއް ވަގައް… ވަގޯ ވަގޯ..

  61
  1
 12. ކަހުރަބު

  ހިތްވަރެއް ހުރިއްޔާ ބުނެބަލަ އެމް ޑީ ޕީ އަށް ނިސްބަތްވާ ސިޔާސީ ބައެއްތޯ ނުވަަތަ ނޫންތޯ ހަނމަ ރަނގަޅަށް ވެސް ތިއޮތީ އަމިއްލައަށް އަނދަވަޅު ކޮނެ އެއަށް އެރެވިފަ ދޭ ު ޔޫސްޑް ޔޫ އޭސް އެެ ބެއިޓް

  47
  2
 13. ބީރުމީހާ

  ބީރު މަންމަނު މީހުންނަށް ފަހަރަކު ބެލޭނީ މައްސަލައެއް ދެރަނުވޭ ކަމެއްކުރެވުފައިވީނަމަ ތައުބާވޭ ﷲ އީ ފާފަ ފުއްސަވާ އެމީހެއްގެ އައިބުތައް ފޮރުއްވާ ފަރާތް މަހޭ ތައުބާވުން އަވަސްކުރޭ

  54
  1
 14. ޙައްވަ

  މަ އްސޫލި އްޔަތުން އެކަހެރިކުރަންވީ މަހުލޫފު އެކަންޏެ އްނޫން ހިޔާނާތުގެ ފަ އިސާގަޖެހުނު އެއ އްމެންވެސް އެކަހެރިކުރަންވީ އަދި މަޖިލިސްމެމްބަރުންވެސް އެހެރިކޮ އްގޮނޑިގެ އްލެންޖެހޭ އަދި ރަ އީސްޔާމީން ވަގުތުންމިނިވަންކުރަންޖެހޭ މަހުލޫފުގެމަ އްސަލަ އެ އްނެތްކަމަށްމީގެކުރިންނިންމާފަ މިހާރުމިކުރާކަމަކާދޭތެރޭގަ ރަ އްޔިތުންވިސްނަންޖެހޭ

  3
  1
 15. Anonymous

  ދުބާއީގަ ޗުއްޓީ 😂 އެކަމަމަކުވެސް ނުލިބޭ ދޯ އެފައިސާއެއް ؟

  17
  1
 16. ހުސޭނުބޭ

  ކަރަޕްޝަނޭ ކިޔައިގެން ޔާމީނު ގޭ ކުރިމައްޗަށް ޑޮ؛ލަރުތަކެއް ޕްރިންޓްކޮށްފައި އެޅި ދެ ކަންބަޅި ކޮބައި؟ މިހާރު އެ އުޅެނީ އެ ބުނާ ކަރަޕްޝަނާހުރެ އެ ދެ ކަންބަޅިއަށް ނޭވާނުލެވިގެން

 17. ހާށަވިޔަނި

  ޔާމީނަށް އެކަނި ދައުވާކޮށް ޖަލަށް ލީމަ މަހޭމެނަށް އޯކޭވާނެ. މިއޮތްދުވަހު ތިގޮތަށް ވާހަކަ ދައްކަން ނޭނގުނުދޯ. ޤާނޫނު އަރާހަމަކުރާނެ އަދި ފިލްމުުއޮތީ ކުރިޔަށް

 18. މުހަންމަދު

  އޭ މަހަލޫފޫ، ކަލެޔާ ކުޅޭނެ ގަޓެއް ތި އެމް.ޑީ.ޕީ އަކުނެތް...ރީތި ކޮންހުރޭ،މަގާމުން ވަކިކުރާކަށް ވެސް ނުކޭރޭނެ. ޔާމީނަށް އިތުރަށް ވަގަށް ގޮވާ....

  11
  2
 19. ާއަލީ

  މަހޭ ހާދަ ހުތުރު ބަދުނާމެކޭދޯ އެއެޅުވީ. މަހޭ އަކީ އަބަދުވެސް ރީލޯޑް ކޮށްގެން އުޅޭ މީހެއް

  16
 20. ޢަބްދުﷲރަޝީދު

  ޚިޔާނާތުގެ މަޅީގައި ރަނގަޅަށްބެދިކަރަށްދަންމަޅިބާރުވީމާ
  ދެން ޤާނޫނުގެ ދިގުއަތުން ސަލާމަތްނުވެވޭނެ

  13
 21. ވަގުކަލޭގެ

  ވަރަށް ސާފުކޮށް އޭސީސީ ރިޕޯޓުގައި އެއޮތީ ބުނެފަ، އެމްއެމްޕީއާރުސީގެ ފައިސާއިން މަހްލޫފް ސީދާ ރިޝްވަތު ނަގާފައިވާކަން ހެއްކާއި ޤަރީނާއިން އަދި ހެކިންގެ ބަހުން ސާބިތުވާކަން. އަދި ފައިސާގެ އަސްލު އޮޅުވާލަންވެގެން ޑޮލަރު ގަތްކަމަން ހަދަން ފޭކު ލިޔުން ހުށަހަޅާ ދޮގު ބަޔާން ދިނީ ކަމަށް. އެހެންވީމާ، ރިޝްވަތު ހިފުމުގެ ދައުވާ އެކަންޏެއް ނޫން މަހްލޫފްގެ މައްޗަށް ކުރަންވީ. ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތް ކޮށްފަ ވާތީ މަނީލޯންޑަރިންގ ދައުވާވެސް ކުރަންޖެހޭ. އަދި ތަހުގީގީ އިދާރާއަކަށް ފޭކު ލިޔުން ހުށަހަޅާ ދޮގު މައުލޫމާތުދީ އޮޅުވާލާފައިވާތީވެސް ދައުވާ ކުރަންޖެހޭ.

  4
  1
 22. ޢަހުމަދު

  ކޮބާ 5 މިލިޔަން ލިބުނު މީހާ ކޮބާ 8 މިލިޔަން ލިބުނު މީހާ ކޮބާ ދެން ލިސްޓް އިން އުނިވި ނަންތައް... ކޮބާ ދިޔާ އެއްވެހި އުފުލި މީހާގެ ވާހަކަ... އޭނާ އުފުލީ ޒަމް ޒަމް ވަޅު ފެން ކަމަށް މީހުން އެބަކިޔާ.

  2
  1
 23. ހަސަދު

  އަނެއް ތެދުވެރިބޭފުޅާ ނިކުންނެވީ!!!

  14
 24. އަފޭ

  ކޮންމެ މީހަކުވެސް ކެވިފަ ހުރިވަރުން ހުންނަން މަޖުބޫރު އަގަ ބަންދު ކޮއްގެން އެކަމަކު އަގަޔާ ހިސާބައް ގާނޫނު އަރާ ހަމަވީމަ ދެން އަގަ ހުޅުވޭނެ ސަލާމަތުގެ އައްސޭރި ފަށައް ދާާން ތެޅިގައްނާނެ ރަތްޔިތުންގެ ހައްގުތަކައް ނައަރާ އެކަކުވެސް ނެތީތަ ވަރައް ދެރަ

 25. ތިރިބެ

  ސިޔާސީ ކަންކަމުގަ އުޅެއްޏާ ވަރުނަލިވީމަ ހުއްތާލާނި ، ކަމަކާދިމާވާއިރައް އެކަމަކާކުރިމަތިލުން ބައެއްގަ ބޮލުގަނާޅުވާ ތިކަމުދަވެސް ކޯޓުގަސާބިތުކޮދީފަ އެއައްވުރެއް އިތުބާރުހޯދާ

 26. ޖާބެ

  ޢައްދެ އަގަފެޅީތަ

  11
 27. ބޯހަލާކު

  މަހުލޫފްގެ ޝަކުވާތަކުން ދޭހަވަނީ އެތަށް ބަޔަކު އެމްއެމްޕީއާރުސީގެ ފައިސާ ބަނޑުއަޅާފަ އޮވާ ހަމައެކަނި ތިމަންނާއާ އެކަނި އަޅައިގަނެގެން މިއުޅެނީ ކީއްވެހޭ ތިމަންނަ ކެއިވަރަށްވުރެ ގިނައިން ކެއިމީހުންވެސް އެތިބީނޫންހޭ އެމީހުން ފަހަތުން ނުދަނީ ކީއްވެހޭ

 28. ޝިރޯ

  މަހޭ އަވަހަށް މާރިޔާ ހެދިގޮތަށް އިންޑީޔާގެ އެހީތެރިކަމަށް އެދޭ އެއިރުން މަގާމުގައި ހުރެވޭނެ މީ އިންޑިއާއަށްޓަކައި ކުރަމުން ވެރިކަމެއް ރައްޔިތުންނަށް ކުރާވެރިކަމެއްނޫން އެކަން އެގޭތަ މަހޭ ޔަށް ވަރަށް ސާފް

  16
  1
 29. ސާލިހް

  ބޭނުމަކީ ނަޝީދާއި އިބޫއާއި ހާންދާނުގެ ރޭވުމުގެ ތެރެއިން ފައިސަލް ނަސީން ގުޑުވާލުން. ގޯހެއް ހައްދުވާގެން ނައިބް ރައީސް ކަން ގެއްލުވާލަން ރަނގަޅަށް ކިންގްޑަމް މިދިވެހިރާއްޖޭގައި އަލުން އަނބުރާ އިޔާދަކުރުން. މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިޔާ ސިފައިން އެކި ނަންނަމުގައި ވަކި ހިއްޕުވާފައި ހާންދާންގެ ވެރިކަން ދިފާއުކޮށް 500 އަހަރު ހިތުން ވެލިކަން ކުޅުން

 30. ހައިރާން

  ކަލޭ ކޮންތާކުން ހޯދި ލާރިއަކުން ޕެންޓަހައުސް ގަތީ ހާ ކިއްލިތަޅައިގެން 13 މިލިއަން ރުފިޔާ ދީފައި ގަތީ ނަރަކައި ގެދޮރުމަތީ ހުރެވެސް ބުނާނެ ތިހެން ކޮން ބުހުތާން ދޮގެއް ހަދާކަށް އަދިވެސް ތިމަސައްކަތް ކުރަނީ ތިކަހަލަ މީހުން ދުނިޔެ މަތީގައިވެސް ފަޟީހަތް ވާނެ އިންޝާﷲ

 31. މއާޒު

  މީނަ ކޮންމެ ސަރުކާރަކުން ބޭރުކުރާއިރައް އނގަ އުފަންވާނެ އެހެންނޫނީ ކަނުވާނެ ، މިޔައކިޔަނީ އަމިއްލަ ބަނޑުފުރެންޏާ ކަނުވެފަ ބީރުވެފަ މަންމަނުވުން . އެއީ އަމިއްލަ އެދުމުން ފުރިފަތިބޭ މީހުންގެ ސިފައެއްް ދެންދައްކާނީ ރައްޔިތުްނގެ ހައްޤޭ އެއީ މުނާފިޤުން ވާހަކަދައްކާގޮތް އަމިއްލަ މަންފާ ހޯދަން މިގޮތައް އަދި ސޭޙް އިމްރާން ނާ ޤާސިމާ މަޢުމޫންވެސް ނިކުންނާނެ

  14
  1
 32. ތުއްތުމަނިކެ

  ބަލަ މަޙުލޫފު ވަޒީކަމުންދުރުކުރަން މަޖިލީހުގެތެރޭވެސް އާޒިމުމެންކުރި ޒުވާބުއަޑުއެހިމީހުންމަދުތަ 300މީހުން ހިމެނޭލިސްޓަކުން މިހާރު ނިޔަތްސާފުމީހުން ނެތް ފެންނަބަޔަކަށްޙުކުންކޮށް ކަތިލަނީ

  12
 33. ދިދަ ދަނޑި

  އަނެއްކާ އަނެއް ވާހަކަ.. ކާކުތަ ތި އަނގަ ބަންދުކުރީ؟ މިއޮއް ހުރިހާ ދުވަހުވެސް ދައްކަން ބޭނުންވިހާ ވާހަކައެއް ދެއްކި.. މިހާރު ބަންދުވީ...

  15
 34. ނިހާނު ބޮސް..

  މަޑުމަޑުން، އެކަމަކު ލާދީނީ އޮޑި ދަތުރު ކުރަމުންދަނީ، ފަރާއި ދިމާލަށް، މަހޭމެންނަށް ވާނުވާ އެނގޭއިރު އޮންނާނީ އަނއެކާވެސް ޖަލުގަހެން ހާދަހީވެޔޭ،،،،،،ހައްހައް

 35. ސެންޗޯ

  ދެން މަގުމައްޗަށް ނިކުމެ ހަޅޭއް ލަވަމުން ދުވޭ މަށަކީ ވަގެކޭ ގޮވަމުން

 36. މިސްޓަރ މޮން

  ކޮންމެހެއްލުމަކީ ގެއްލުމެއް.. ފިލާވަޅެއް ލިބިދީފިކަމައް
  ގަބޫލުކޮށްފިނަމަ ރަނގަޅު. ޖާހާ މަގާމަކީ ތާއަބަދައް ދެމިއޮންނަކަމެއްނޫން . އެކަމަކު ކޮންމެމީހަކައްވެސް
  ދެގޮތެއްނުވެ އަބަދައް އެއްގޮތެއްގަ ދެމިހުރެވޭނެ. ދަނަންޖެހޭނެ ، ވިދާކޮންމެ އެއްޗަކީ ރަނެއްނޫންކަން. ރ ޔާމީން އެއީ އޭގެފުރިހަމަ މިސާލެއް. ރ ޔާމީން ހުންނަވާނީ ފިސާރިކެރޭ ހިތްވަރުގަދަ ދެގޮތެއްނުވާ އިޚްލާސްތެރި އެއްގެގޮތުގަ. މަހޭއަށް ބުނެލަން އޮތީ ހިތްވަރުހުރިއްޔާ ހަށިފޮޅާލާ އަޒުމާއެކު ކޮޅާތެދުވެ ހިންދެމިލާ ކުރިއަށް ދާށޭ...

 37. މިތުރާ

  މމ މަހޭ !އާއިލާ އެކީ ތިޢޮތި ގައުމުންބޭރުވެފަ ، އަބަދު މަހޭ އަށް ލަނޑު އަޅަނީ !ކޮބާތަ ރުފިޔާ ކާލި އެހެން މީހުން؟ އަލީވަހީދު ވަން ހޮހޮޅު ހުރީ ދޮރުހުޅުވާފަ ،ސިޔާސީ މީހުން ފިލަން ހުންނަތަނެއް އެއީ، ނުފޫސު ގަދަބަޔަކު އަޑީގަ ތިބެގެން މިބައިމީހުން ގެ އަޑުކަޑުވަން ގައު މުން ބޭރުކުރަނީ، އަހަރު މެން ދުވާލާ ރޭގަޑު މަސައްކަތް ކުރިއަސް ގައު މުންބޭރަށް ޗުއްޓީ އައްދެވޭވަރެއް ނުވޭ،،ދިރިއުޅު މުގެ ހާލަތު ދަނީ ދުވަހުން ދުވަހަށް ނިކަމެތިވެ ބިކަވަމ މުން، ، މުސްސަދިން މުސްސަދިވެ ނުވިތާކަށް ބިންވިއްކައިގެންވެސް މިބައި މީހުންގެ ޖީބުފުރެނީ، ރައްޔިތުން ހާނާވަނީ، ،

 38. އަލީ

  ޔާ މީން ކާރީހުރެފާ ކެވޭވަރު މަދުހެންހީވީ މާ ޔާ މީނަށް ވަގަށްގޮވަ މުން ހަޅޭލަވަ މުން ޑޮލަރު އުކަ މުން ދުވިހެންދުވެބަލަ!! އެދުވަހަކަށް އަހަރެ މެން މިއިންތިޒާރުކުރަނީ .

 39. އަލު

  ޔާ މީން ކާރީހުރެފާ ކެވޭވަރު މަދުހެންހީވީ މާ ޔާ މީނަށް ވަގަށްގޮވަ މުން ހަޅޭލަވަ މުން ޑޮލަރު އުކަ މުން ދުވިހެންދުވެބަލަ!! އެދުވަހަކަށް އަހަރެ މެން މިއިންތިޒާރުކުރަނީ .

 40. ދަރަނި ދަންތުރަ (ކުޑަ އެތި)

  އަދި ވެސް ޔާމިނަށް ވަގަށް ގޮވާތި ! މާ ތާހިރެއް ނު

 41. ކެޔޮޅު

  އެމީހަކު އިންދި އޮއްޓަރަކުން އެމީހަކު ގޮވާން ކަނޑާނެ!!

 42. ބިންގޯ

  އަންނި ދަސްނުވީމަ ލިބުނު ބޮނޑި އެއްތީ. އަންނިޢާދިމާލަށް ގޮވިއެއްޗިހީގެ ވީޑީއޯތައް އަމިއްލައަށްބަލާބަލަ
  ޔާމީނާ ދިމާލަށް ގޮވި އެއްޗިހިވެސް ބަލާބަލަ
  އަދިވެސްތިމާވަރުގެ މޮޅުމީހަކުނެތިންތެޅިއަރުވާތި.

 43. ބިންގޯ

  ތިޔައީ ސިޔާސީމީހެއް އެހެންވީމަ މަސްސަލަވެސްސިޔާސީވާނެ.
  އާންމު ދިރިއުޅުމުގަ ސިޔާސީ މީހާއަށްވީމަވަކިގޮތެއް.
  ސަރިއަތާހަމައަށް ދިޔާމަހަމަހަމަކަން.

 44. މޯޑު

  ސިޔާސީ ގޮތުން ބަލާއިރު ތިއީ ބާޒާރުގަ ވިކިފަ ހުރި މީހެއް ރިސްވަތުގެ މީހެއް ..މިހާރު ބާކީ ..

 45. ަަަަަަަަަައަބުދު

  ޙުއްދަ އެއްޗެއްގެ ގޮތްދައްކައިގެން މިނަގަމުންދާ ހައްދުފަހަނައްޅާފައިވާ ބޮޑު މުސާރަތަކަކީ ހުރިހާގޮތަކުން މިގައުމުގެ ހަލާކު ގާޒީ މުސާރަބޮޑުކަމުން ހައްގު ގޮތތުގަ ހުކުމް ނއިއްވި މިނިސްޓަރު ކަނު ބީރު މީހެއްގެގޮތުގައި މުސާރަބޮޑުކަމުން އިސްތިއުފާ ނުދެވި ކަނޑާލީމަ ހުރިހާމީހުންވެސް އަނގަހުޅުވާ.

 46. ސޯލިހުބޭ

  އެސޮރު ފަކިީރު މަޖުލީހުގެ މެންބަރަކަށް އިންދާ އެތަނުން ވެސް ކެންޑިގެން މިޅިސްތަޅަކަށް ހަދާފަ މިހެންހަދާކަށް ނުވާނެއެއްނުން..

 47. ޒުވާނާ

  ރިސްވަތުގެ ނުބާއިކަމާއެވެ ހަރާމެއް ހާލާލެއް ބެލުމެއްނެތި ޒުވާން އުމުރު ހޭދަނުކުރުރާށެވެ.