އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ހުޅުވުމުގައި މައްސަލައެއް އޮތް ކަމަށް ނުދެކޭ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރަން ނިންމީ އެ ގައުމުގެ ސަރުކާރުގެ ކެބިނެޓުންނެވެ. އެ ހުށަހެޅުން ދިވެހި ސަރުކާރާ ހިއްސާކޮށްފައިވާއިރު، މި ކަމުގައި ދިވެހި ސަރުކާރުން އަދި ވަކި ގޮތެއް ނުނިންމައެވެ

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުން މުހިއްމު ކަން ފާހަގަކުރައްވައި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވިދާޅުވަނީ އެއީ އައްޑޫ ބައިނަލް އަގްވާމީ ދުނިޔެއަށް ހުޅުވާލައި ވިޔަފާރިތައް އައްޑޫގައި ފުޅާ ކުރުމަށް މުހިއްމު މަސައްކަތެއް ކަމަށެވެ.

އެކަމަކު، އައްޑޫއަށް އުފަން ބައެއް އިލްމުވެރި ޒުވާނުން ވެސް ހިމެނޭހެން ގިނަ ބަޔަކު ވަނީ އައްޑޫގައި އިންޑިއާގެ މާ ގިނަ ބަޔަކު ނޫޅޭއިރު އެ ގައުމުގެ ކޮންސިއުލޭޓެއް ގާއިމް ކުރުމުން އެ ސަރަހައްދުގެ ހިމާޔަތާ މެދު އުފެދިދާނެ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ.

އެ ވާހަކަތައް އޮތީ އިންޑިއާއާ ހަަމައަށްވެސް ގޮސްފައެވެ. މިއަދު އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޗާނަލް އެފެއާޒް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާތަކުގައި، އިންޑިއާގެ ކޮންސިއުލޭޓް އެޅުމާއި ބެހޭ ގޮތުން ދެކެވޭ ވާހަކަތަކާއި ގުޅޭ ގޮތުން ނޫސްވެެރިޔަކު ސުވާލު ކުރިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އެކްސްޗާނަލް މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ވިދާޅުވީ، މިޑިއާގައި ދެކެވޭމުންދާ ވާހަކަތަކާއި ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅުވާން ބޭނުންނުވާ ކަމަށެވެ. އެކަމަކު ކޮންސިއުލޭޓް ހުޅުވުމުގައި މައްސަލައެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އެކަމުގެ ތަފްސީލެއްވެސް ނުދެއްވައެވެ.

އެހެން ގައުމެއްގައި ކޮންސިއުލޭޓްއެއް ގާއިމްކުރަނީ އެގައުމާއެކު މަޝްވަރާއާ ހިޔާލު ހޯދުމަށް ފަހުކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮންސިއުލޭޓް އެޅުމާއި ގުޅޭ ގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަގުތު" އިން ސުވާލުކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައި އޮތްކަން އެނގިވަޑައިގަންނަވާ ކަމަށާއި، ކޮންސިއުލޭޓް އެޅުމާ ގުޅޭ ގޮތުން އިތުރަށް ވިސްނަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެ ކަމާ މެދު ސަރުކާރުގެ ތެރޭގައި އިތުރަށް މަޝްވަރާ ކުރައްވާނެ ކަމަށާއި އެ ކަމުގައި ވަކި ގޮތެއް ސަރުކާރުން ނިންމަވާނީ ވަރަށް ބޮޑަށް ވިސްނަވާފައި ކަމަށެވެ.

"އަޅުގަނޑުމެން ޖެހޭ އެކަމާ މެދު މަޝްވަރާ ކުރަން. އަދި މިހާތަނަށް ވަކި ގޮތެއް ނުނިންމަން،" ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، މި ކަމުގައި ގޮތެއް ނިންމުމުގައި ސަރުކާރުން ރައްޔިތުންގެ ވިސްނުމަށާއި ދޭދޭ ގައުމުތަކާ މެދު ރާއްޖޭން ބާއްވާ ގުޅުމަށް ރިއާޔަތް ކުރައްވާނެއެވެ.

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމް ކުރުމުގެ ނިންމުމެއް އެ ގައުމުގެ ސަރުކާރުން ނިންމާފައި މި ވަނީ، އިންޑިއާއިން ރާއްޖެއަށް "އަތް ގަދަ ކުރަން" އުޅޭ ކަމުގެ ތުހުމަތު އަމާޒުވެފައި ވަނިކޮށެވެ. މި ކަން އިންޑިއާ އާއި ދިވެހި ސަރުކާރުން ވެސް ދޮގު ކުރެއެވެ.

މިކަމާއި ދެކޮޅަށް "ސޭވް އައްޑޫ، އިންޑިއާ އައުޓް" ގެ ނަމުގައި މީސް މީޑިއާގައި ބޮޑު ކެމްޕޭނެއް ވެސް ވަނީ ފަށައިފައެވެ. މި ކެމްޕޭންގައި އައްޑޫއަށް އުފަން ގިނަ ޒުވާނުން ވެސް ބައިވެރިވެއެވެ. ދާދި ފަހަކުން މި ކަމާ ގުޅޭ ގޮތުން އަޑު އުފުލުމަށް ޕެނަލް ޑިސްކަޝަނެއް ވެސް ބޭއްވިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި އައްޑޫއަށް އުފަން އެމްއެންޑީއެފްގެ ކުރީގެ އާމަރީ ކޮމާންޑަރު އަލީ އިހުސާނާއި އައްޑޫއަށް އުފަން ކޮމްޕިއުޓާ ސައިންސާއި ހިސާބު އިލްމުގެ ޕްރޮފެސަރު ހަސަން އުގައިލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އައްޑޫއަށް އުފަން މިފަދަ ބައެއް އިލްމުވެރި ބޭފުޅުން އެކަމާ ދެކޮޅު އިރު އައްޑޫގެ މޭޔަރު އަލީ ނިޒާރާއި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އައްޑޫގެ ދާއިރާތައް ތަމްސީލް ކުރައްވާ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި ކަމަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

49 ކޮމެންޓް

  1. ބީލާ. ނޭޕާލު

    އިންޑިޔާ އިން ވެސް ރާ އްޖެ އިން ވެސް ތެދެ އް ނުހަދަ އެވެ. ކޮންމެ ކަމެ އްގަ އި ވެސް އިސްކުރާތަން ފެންނަނީ ހީލަތްތެރި ކަމެވެ. ސިޔާސީ ދޮގެވެ.

    83
    1
    • ބޭބެ

      އިންޑިޔާއައުޓް#

  2. ސައިފް ބިން ޒީއަޒަން

    ބަހުސެއް ނުކުރާނަން ތިޔަކަމުން ލިބޭނެ މަންފާއެއް ބުނެދެވެން ނެތީމަ ސުވާލު އުފެދެނީ

    80
    1
    • Anonymous

      އިންޑިޔާގެ ރައްޔިތުންނަށް އައްޑޫއިން ބިންދީ އެތާނގަ ދަނޑުވެރިކަން ކުރަންށާއި، އައްޑޫ މީހުންނާ ކައިވެނިކޮށް އައްޑޫ ރައްޔިތުންނަށްވުރެ އިންޑިޔާގެ އާބާދީ އިތުރުކޮށް، ވަކިވެގަތުމަށް ތަޅާފޮޅާ އެންމެފަހުން، ސްރީލަންކާގައި ހިނގި ޓަމަޅައިންނާއި ސިންގަޅައިންގެ ހަނގުރާމަފަދަ ހަނގުރާމައެއް ބޮޑުގައުމުން ހަތިޔާރާ މަދަދު ދީގެން ހިންގާ މުޅިއައްޑޫ ގަޑުބަޑުކޮށް ނިންމާލުން އެންޑް ގޭމަކީ..

      28
  3. ސސ

    ބަލަ ކަލޭމެންގެ މައްސަލަ ނެއްކަން އެގެޔޭ، އަހަރުމެން ދިވެހި އައްޑޫ މީހުންނޭ ތިކަމާއި މައްސަލަ ޖައްސަނީ، ކެމްޕޭނަ ލާރި ދީގެން ކަލޭމެނަށް އެމްޑީޕީ ބައިގަޑު ދިން ހަދިޔާއެއްތީ !

    82
    1
  4. ސައިފް ބިން ޒީއަޒަން

    މައްސަލަ އުފެދެނީ ސުވާލު އުފެދެނީ ކުރިން ކަންކޮށްފަވާގޮތުން

    64
    3
  5. ހުސޭނުބޭ

    އަޅުވެތިކުރަންވީމާ ނިކަން ބަސްމަގު ރީތިވާނެ! ކޮން ކޮންސިއުލޭޓަރެއް! މިއުޅެނީ ކޮވިޑުގެ ފުރަތަމަ ޑޯޒް ޖަހާފައި ދެވަނަ ޑޯޒް ޖަހަން ނުދީގެން. ތިވަރު ބަޔަކަށް ކޮން ތަރައްޤީއެއް ކުރެވޭނީ!

    75
    1
  6. ލލ

    ކަލޭމެން ޝާހިދުއަށް އދ ގޮޑި ހޯދަދިނީވެސް ތިޔަޑީލް ހަދާފަ ނުންތޯ ؟

    74
    1
  7. ލޫޓުވާ

    އެމީހުންނަށް މައްސަލައަކަށް ނުވިޔަސް އައްޑޫ މީހުންނަށް މައްސަލައެއް. އަހަރަމެން ބޭނުންނުވާ ކަމެއް ގަދަކަމުން ކުރަން ތިއުޅެނީ ކޮންމެވެސް ނުބައެއް އޮތީމަތާ. ހުޅުމާލޭގައި ކޮންސިއުލޭޓެއް ހުޅުވިނަމަ ތިބުނާ ބަހުގެ ތެދުކަން އިނގޭނީ. ތަރައްޤީ ބޭނުންވަނީ ހުޅުމާލެއަށް.

    62
    1
    • އަމީތާބް ބައްޗަން

      އައްޑޫ ސިޓީ އަށްވުރެ ހުޅުމާލޭ މިހާރު ވެސް މާ ތަރައްގީ! އޭގެ އެންމެ ބޮޑު އެއް ހެއްކަކީ ދިވެހިރާއްޖޭގެ ވެރިރަށުގެ ޝަރަފް ކުރިއަށް އޮތް ތަނުގައި ހުޅުމާލޭ އަށް ދޭން ތައްޔާރުވަމުން ދިއުން. މިހާރު ވެސް މިހާރު މާލޭގައި ހުރި ގައުމުތަކުގެ އެމްބަސީތައް ހުޅުމާލޭ އަށް ބަދަލުކުރުމުގެ މަސައްކަތް ކުރޭ ! އަހަންނަކީ ވެސް އައްޑޫ ސިޓީ އަށް އުފަން އެ ރަށުގައި މިހާރު ވެސް ދިރިއުޅެމުންދާ މީހެއް! އަހަރެންނަށް ވަރަށް ބޮޑަށް އައްޑޫ ސިޓީގެ ރައްޔިތުންގެ ގޮތް އެނގޭ! އަމިއްލަ ރަށުގެ ރައްޔިތުންނަށް ވިޔަސް ހިތާމަ އާއި އެކު ބުނެލަން ޖެހެނީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ރަނގަޅުކޮށް އެއްކަމެއް ވެސް ނުކުރެވޭނޭ! ސަބަބަކީ ބޮޑާ ކަމާއި ކިބުރުވެރިކަމާއި އަދި ގޮތްދޫނުކުރުމާއި އަދި މަކަރުވެރިކަމަކީ އަޅުނގަޑުމެން އައްޑޫ ސިޓީގެ ރައްޔިތުންގެ ގައިގައި ހަރުލާފައި ހުންނާތީ!

      9
      13
  8. ޢަހުމަދު

    މިއީ އަހަރެމެން ގެ ޤައުމު.. އަހަރެމެންނަށް މައްސަލަ އެބަ އޮތޭ...

    79
    1
  9. ބޭޗާރާ

    ބޮޑު މައްސަލަ ހުންނަނީ. އިންޑިޔާްގެ އެއްވެސް ޑިޕްލޮމޭޓަކުވެސް މިގައުމަކަށް މިހާރު ބޭނުމެއް ނޫން. އިންޑިޔާ އެމްބަސީ ހުރެގެން މިގައުމުގެ ކަމެއް ރަނގަޅުވާނަމަ މާލޭގައި މީހުން މިހާލުގައި ގެދޮރު ނުލިބިގެން ނޫޅޭނެ. އެމްބަސީ ދޮށުގައި މުނާޖާ ކޮނޑުއަޅައިގެން ވިސާ ހޯދަން ގޮސް ތިބޭކަށް ނުޖެހޭނެ. މިގައުމުގެ ކުށްވެރިން އެމްބަސީ ތެރެއަށް ވައްދައިގެން ފޮރުވައިގެން ނޫޅޭނެ. މި ގައުމުގެ މުވައްސަސާތަކަށް ހުއްދަ ނުހޯދައި ނުވަންނާނެ. އަމުދުން އިންޑިޔާގެ މިލިޓްރީ އެއްވެސް މީހަކު މި ގައުމުގައި ހުރެގެން ނުވާނެ. ހެލިކޮޕްޓަރުވެސް ހިފައިގެން އަވަހަށް ދާންވީ ތިޔައީ މަކަރުވެރި ހިޔަޅު ދޮގު ވާހަކަތަކެއް.

    70
    1
  10. ފުތާބެއްޔާ

    މައްސަލަ ނިންމާނީ ދިވެހިން. ކަލޭމެން ބާބުރީ މިސްކިތް ތަޅާލިހެން އަހަރުން ނުކުމެ ތި ކޮންސިއުލޭޓު ތަޅާލާނަށް. މިގައުމަށް އަތްގަދަ ކުރަން ނޫޅޭތި. ދިވެހިން ގޮތް އަދި ނޭގިގެން ތިއުޅެނީ.

    66
    1
  11. އަސީ

    މަކަމުގަ ދިވެހިސަރުކާރުންހަދަނީދޮގު މަސައްކަތްކުރަނީ ރަެްޔިތުންނައް އޮޅުވާލަން

    57
  12. އަބްދޫ

    ތަންދޮރު ދަންނަ ދިނީ އިލްމު ވެރިންނާއި ދުނިޔޭގެ ސިޔާސީ މަސްރަހް ދަންނަ އެކަކުވެސް އައްޑޫގަ ކޮންސިއުލޭޓެއް ހުޅުވަން ތާއީދެއްނުކުރާނެ. އަދި އައްޑޫގަ އެއްވެސް މިލިޓްރީ ބަޔަކު ތިބުމަށް ވެސް ތާއީދެއްނުކުރާނެ.ދިވެހިރާއްޖޭގެ ގަނޫނުއަސަސީ ބުނާގޮތުން ބޭރުގެ އެއްވެސް މިލިޓްރީ ބަޔަކަށޤ ރާއްޖޭގަ ނުތިބެވޭނެ. ގާނޫނުއަސަސީގެ 251 ވަނަ މާއްދާއަށް ބަލާއިރު ބޭރުގެ އަސްކަރިއްޔާގެ ހިމެނޭ އެއްވެސް ބަޔަކު ރާއްޖޭގަ ނުބޭތިއްބޭން. ބޭރުގެ އަސްކަރީ ބަޔަކު ރާއްޖޭގަ ބޭތިއްބޭނީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާމެމްބަރުން އިއްތިފާގުވެގެން ނެގޭވޯޓެއްގަ މަޖިލީހުގަ ހިމެނޭ ހުރިހާމެމްބަރުންއެކަމަށް ވޯޓްދީފިނަމަ. މިފހާރު ބައިތިއްބާފަތިބި އިންޑިޔާ ސިފައިން އެތިބެނީ ގާނޫނުއަސަސީގެ 251 ވަނަ މާއްދާގެ މަފްހޫމާ ހިލާވެގެން ކަމަށް ބުރަވެވޭ.

    61
  13. ޕައުންޑާ ކޮބއި

    މިހާރު މިއޮތް މޑޕ ޚާއިނުންގެ ސަރުކާރަކަށް އިތުބާރު ނުކުރެވޭ! އަމިއްލަ އެދުމުން ފުރިފަތިބި ބައެއް.
    ޢިންޑިއާ ސަރުކާރަކީވެސް ހަމަ ޕޮލިޓިކަލް ޓެރޮރިޒަމް ހިންގާ ބައެއް، މާދަމާ ހަކުރާ، ހަނޑުލާ، އަލުވި، ފިޔާ، ސުޓޫޑެންޓު ވިސާ، މެޑިކަލް ވިސާ،، ވާނެ ގޮތެއްނޭގޭ، ދިވެހި ގައުމުން ކަލޭމެން ފާބައިގެން ދާނެތަނަކަށް ދޭ!

    58
    1
  14. ދޮންދީނި

    އައްޑޫގައި އިންޑިޔާ އެންބަސީއެއް ހުޅުވުމަކީ އައްޑުއާއި އެކު ދިވެހި ޤައުމުގެ މައްޗަށް އިންޑިޔާއިން ވެރިވެގަތުމެވެ. މަލިކުގެ ރައްޔިތުން އެއުޅޭ ޙާލު އެނގޭ ބަޔަކު މިކަމަށް ހިތްވަރެއް ނުދޭނެއެވެ.

    59
    2
  15. ކާފަބޭ2020

    ކައިނިމެނިކޮށް ގޭދޮރުމައްޗަށްއެރި ބުޅަލަކަށް ބާކީހުރިބަތްކޮޅު ދިއްކޮށްލުންއެއީ މައްސަލައަކަށްނުވާނެ! އެކަމަކު އެބަތްކޮޅަށް ވިހަލާފަދިނީމަ އެކަންމައްސަލައަކަށްވާނެ! ޙަޤީޤަތަކީ އިޒުރޭލުން ފަލަސްތީނުގެބިންބައްކުރަމުންދާބީދައިން ދިވެހިޣައްދާރުންތަކެއް މިދިވެހިބިން އިންޑިއާއަށްބައްކުރަންދޭން ނިވާނުވާވަރަށް އަރުވާޖަހައިގެންތިބިކަން! އެބަޔަކަށް ރުފިޔާފައިސާ ބޯކޮށްލިބޭތީ ތާލިޔާތާލިޔާގޮވަންތިބިކަން!

    45
    1
  16. ޖާބެ

    މިތަނުގެ ދިދަ ބާލާފަ އިންޑިޔާގެ ދިދަ ނެގުންވެސް މައްސަލަޔަކައްނުވާނެ ، ކޮންމެ ޤަޢުމަކުންވެސް ޤައްދާރުން ނިކުންނާނެ

    46
  17. ވިސްނާލުމަށް އެދެމޭ

    ކަލޭމެންނަކަށް ނޫނޭ މަ އްސަ އޮތީ..މަ އްސަލަ އޮތީ ދިވެހިންނަ....ކަލޭމެންނަ މަ އްސަލަ އޮންނާނީ ކަލޭމެން ކުރަންތި އުޅޭކަންތަ އްތަ ނުކުރެވުނީމަ... މިގަ އުމު އަޅުވެތިކުރަން ތިޖަހާ މަކަރުވެރި މަޅިފަތި ދިވެހިންނަ އެބަފެނޭ...ކަލޭމެން ލާރިދީގެން ގަނެގެން އުޅޭ ހަ އެ އްކަ ގަ އްދާރުން ކަލޭމެންބޭނުންހާކަމެ ކުރަން އާބަސްބުނެގެންތި އްބަސް މެޖޯރިޓީ ދިވެހިން މިބުނަނީ ނޫނެކޭ އިންޑިޔާ އަށް... އިންޑިޔާ ސިފަ އިން ބޭރުކުރޭ.. އިންޑިޔާ އަ އުޓް... އަހަރެމެންގެ މަލިކު އަހަރެމެންނަ ދީބަލަ....ކަލޭމެންގެ ގަ އުމުދެކެ ކަލޭމެން ލޯބިވާވަރަށް އަހަރެމެންވެސް ލޯބިވޭ އަހަރެމެންގެ ގަ އުމުދެކެ..

    46
    1
  18. އުގުރި

    ކަލެޔަށް މަ އްސަލަޔަކަ އް ނުވާނެކަން ޔަޤީން. އެކަމަކު އަހަރުމެން ދިވެހީންގެ ބޭނުމެ އްނުވެ އޭ.

    50
    1
  19. ބޭރުމީހާ

    އިންޑިޔާ ސަރުކާރުން ނޫސްބަޔާނެއް ނުދިނަސް އައްޑޫގައި އިންޑިއާއިން އަޅަންބޭނުންވާ ކޮންމެތަނެއް އަޅާނެކަން އަޅުގަނޑުމެންނަށް އެބައެނގެއެވެ. އައްޑޫ ނޫންއެހެން ތަނެއްގައިވެސް އިންޑިއާއިން ކުރަންބޭނުންވާ ކޮންމެކަމެއް މިގައުމުގައި އެއުރެން ކުރާނެއެވެ. މިހެން ބުނަން އެނގެނީ މިރާއްޖެމިވަނީ އެހާވަރަށް އިންޑިއާއިން ދަރަންޏާއި ފައިސާހޯދައި އިންޑިއާގެ ދަށުވެފައެވެ. އިންޑިއާއިން އެކުރާ ކަމަކީ ސިއްރުސިއްރުން މަޑުމަޑުން މިގައުމުގެ މައްޗަށް އަތްގަދަކުރުމެވެ. އިންޑިއާ ކަނޑުގައި ވާ ޖަޒީރާ ތަކުގެތެރެއިން އިންޑިއާގެ ބާރުގެ ދަށުގައިނެތް ތަނަކީ މިގައުމެވެ. މިއަދު އެއުރެން އެކުރާކަމަކީ “ކުޑަކުއްޖަކަށް ކެއުފަތްކޮޅެއް ދީފައި ހައްލުވާލާ” ފަދައިން މިގައުމުގެ ވެރިންނަށް ތިބިބަޔަކަށް “ނޫނެކޭ ނުބުނެވޭ ވަރަށް” ލާރިގަނޑެއްގެ ދަޅަ ދައްކާލާފައި މިގައުމުގެ މިނިވަންކަމާއި ސިޔާދަތުގެ މައްޗަށް އަތްގަދަ ކުރަނީއެވެ! ސުބުޙާނައްﷲ! ކުރިމަތިވާ އަޅުވެތި ކަމެއްގެ ބޮޑުކަމާއެވެ!

    42
    2
  20. Anonymous

    ބަލަ ދިވެހި ރައްޔިތުންނަށް މައްސަލައެކޭ! އަދި މިގައުމު ނުހިފަމެއްނު. އެކަމަށް ފައިނަގައިގެން ތިބުމަކީ އިންޑިޔާއިން ބޭނުން ކުޅިއއްް މިތާކުޅެވޭނެ ހުއްޖަތެއްނޫން.

    43
  21. Anonymous

    ފުރަތަމައަށް އެހެން ގައުމުތަކުގައި އިމާތްތަކާއި ކޮންސިއުލޭޓްތައް ނަހަދާ އެހެންގައުމުތައް ތަރައްގީ ކުރަން ނުއުޒލެ ތިމަންނަމެންގެ ގައުމުގައިހުރި މައްސަލަތައް ފަގީރު ހާލުގައި ޖެހިފަތިބި އެތައްމިލިޔަން ރައްޔިތުންނަށް ބޯހިޔާހިކަމާއި ސާފުބޯފެނާއި ކސރަންޓް އަދި ކާނާއާއި ތައުލީމު ފަދަ އަސާސީ ޚިދުމަތެއް ނިލިބިތިބި ކިތައް މިލިޔަން ރައްޔިތުން ތިޔަ އިންޑިއާގައި އެތިބީ!!! ޥީެިރު އެހެންގައުމަކަށް ކޮންތަރައްގީތަކާއި ކޮންސިއުލޭޓްތަށް ގާއިމުކުރަން އުޅެނީ؟؟މިއޮޅުވާލުމުގެ ފަހަތުގައި އަމިއްލަ އެދުންބޮޑު ޖަރީމާއެއްވާނެކަން ޝައްކެއްވެސް ނެތެވެ.

    41
  22. ......

    ދިވެއްސަކު ނޫޅެޔޭ އިންޑިޔާ ސަރުކާރަށް މައްސަލަ އެއް އޮތްތޯ ބަލާކަށް...އިންޑިޔާ ސަރުކާރަށް މައްސަލަ އެއް ނެތަސް ދިވެހިންނަށް އެއީ މައްސަލަ އަކަށް ވެގެނޭ މިއުޅެނީ...ގަމާރުންތަ އެތާ އެތިބީ

    47
  23. Anonymous

    ކަލެޭ ދިވެހިބިމައް ދަހިވެތިނުވެ އިންޑިއަާ ރއްޔަތުންގެ ދިރިުޅުން ތަރައްގިީކުރަން މަސައްކތް ކުރެޭ

    47
  24. ޙަސަނުލް

    ކަޝްމީރީންގެ ބޮލަށް ބޮން އަޅާފަވެސް ކަލޯމެން ބުނަނީ ތިހެން ! ޔާﷲ ޤަޒްވާއޭ ހިންދް ގައި މުސްލިމުންނަށް ނަޞްރް މިންވަރު ކޮށްދެއްވާނދޭވެ އާމީން

    40
  25. އިލްޔާސް ވަހީދު

    މިހާރު މަޖިލިސްގަތިބިއެއްވެސް މެންބަރަކު އިރާދަކުރެވިޔާ މިގައުމެގެ އެއްވެސް ޕޮލިޓިކަލް މަގާމެއް ނުފުރޭވަރުވެއްޖެ މެންބަރުންގެ ޖާހިލުކަންވެސްފެނިއްޖެ

    47
  26. ނާދިރ

    ޢުމުރުން މިހާރު 50 އަހަރު ވެއްޖެ.. މިވީ 50 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އަޅުވެތިވެދާނެ ކަމުގެ ބިރު އިހުސާސް މިކުރެވުނީ. މި ސަރުކާރު ގެންނަން ވޯޓް ދެވުނީތީ ހިތާމަ ކުރަން.

    17
    1
  27. ޟމ

    ކަލެއަށް މައްސަލައެއް ނެތަސް މި ޤައުމުގެ މީހުންނަށް އެއީ ވަރަށް ބޮޑު މައްސަލައެއް

    17
    1
  28. Anonymous

    ހެލިކޮޕްޓަރު ގެންދާށޭ ބުނީމަ ނުގެންދިޔަ މީހުން ބުނާ ގޮތް ހެދުމަކީ ރަނގަޅު ކަމެއް ނޫން ، މިހާރުވެސް ފާހަނަ ސާފުކޮއް މަޖޫރީ ކުރާމީހުންނަށް މާ ބޮޑު އެނގުމެއް މިކަމުން ނުވިޔަސް މި އުޅޭ މަތީ ފަންތީގެ މީހުންނާ ވިޔަފާރިވެރިންނާ އެމްޑީޕީ އަށް ނިސްބަތްވާ ސިޔާސީ މީހުންގެ ދިރިއުޅުމަށް ވާނެ ގޮތަކާ ދޭތެރޭ ޝައްކު .

    13
    1
  29. ހިޔާލު 57

    ކުރިން ސަރުކާރުން އިންޑިއާ ސިފައިން ފައިބައިގެންދާން ބުނުމުން ވަރައް ފަސޭހައިން ހިނގައްޖެވިއްޔާ
    އިންޑިއާ ސަރުކާރުން ދައްކާވާހަކަ އެއްގޮތަކައްވެސް ބަލައެއްނުގަންނަން

    15
    1
  30. ޑެރަ

    ޢަހަރެމެންގެ މައްސަލައެބައޮތޭ

    18
    1
  31. އައިސް

    އައްޑޫ ރައްޔިތުން ހޯހޯ ގޮވަގޮވާ ތިއްބަ ތި ތަނުގައި އިންޑިޔާ އިން ބޭނުންވާތީ ފައްޅިވެސް އަޅާނެތާދޯ... އިންޑިޔާ މީހުންގެ ވާހަކަ ހުންނަގޮތުން ހީވަނީ އައްޑޫއަކީ މިހާރުވެސް އެމީހުންގެ ތަނެއްހެން... އިބޫއަށް ވަރަށް ސަލާމް. ބޮޑުދޮގުވެރި ކައްޒާބެއްކަން ދިވެހިރައްޔިތުން ހަނދާން ބަހައްޓާތި.

    20
    1
  32. Anonymous

    އައްޑޫއަކީ މިހާރު އިންޑިޔާތަނެއްކަން ދޭހަވާގޮތަށް އިންޑިޔާގެ ޗައްޑާވާލާމެންގެ ވާހަކަ އެހުރީ!!!

    18
    1
  33. މަގޭ

    ކަލޭމެންނައް މައްސަލައަކައް ނުވިއަސް މިގައުމުގަ ކަލޭމެންއުޅުމަކީ މިހާރު މިގައުމައް ދިމާވެގެންމިއުޅޭ ބަލާމުސީބާއް އެޖެންޑާ19ޔައްވުރެ ނުރައްކާބޮޑުބައެއް

    19
    1
  34. ވައިކިންގ

    މިއީ އަހަރެމެން ގެ ޤައުމު.. އަހަރެމެންނަށް މައްސަލަ އެބަ އޮތޭ. އިންޑިޔާ އައުޓު.

    23
    1
  35. ސައްލި

    ޓުރިވެންޑްރަމް ގައި ދިވެހިރާއްޖޭގެ ކޮންސިއުލޭޓެއް ހުރުމަކީ ހުއްޖަތެއްވެސް ނޫން އިންޑިޔާގެ ކޮންސިއުލޭޓެއް އައްޑޫގައި ހެދުމަތް، ކޮންސިއުލޭޓަކީ ބައިނަލް އަޤުވާމީ ވަކި ހަމަތަކުން ކުރެވޭ އެރަށެއްގެ ޤައުމީ މަސްލަހަތާއި ގުޅޭ ކަންކަން ކަމައްވާތީ !ބަކަރި މައްސަލަނެތީ އަހަރެން މައްސަލަނެތީ ބުނާ ބީިދައިން ކުރެވޭ ކަމެއްވެސް ނޫން !

  36. މޫސާފުތާ

    މަކަރާވާލާ ކަލޭ މެމންގެ މައްސަލައެއްނޫނޭ މީ މީދިވެހިރައްޔިތުންނާގުޅިފަހުރި މައްސަލަކޭ!!! މިރާއްޖޭގެ ކޮއް މެރަށަކަށް ކޮންސިއުލޭޓެއް ހަދަންވެސް ކަލޭ މެންގެ މައްސަލައެއްނެތްކަން އަހަރެ މެންނަށްއެގޭ!!!!

  37. އަލީ

    އިންޑިޔާ އައުޓް މިހާރު ނުވިސްނާ ވަގުތު ފާއިތުވުމުން ލިބޭނެ ދެރައާއި ހިއްދަތިކަން ވިސްނުމަށަ ދިވެހި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރަން.

  38. ދާމޫ

    މިއީ ވެރިވެގަތުމެވެ. އަޅުވެތިކަމުގެ އާ ފެށުމެކެވެ. މިކަމަށް ފުރުޞަތު ނުދެއްވާށެވެ.

  39. ފަރު

    އިންޑިއާ ފަރަށް ދޭބަލަ

  40. ދަސްްއ

    ބާރުވެރިކަމުގައި ތިބި 10 ވަރަކަށް މީހުންނަށް އައްޑޫގެ މުސްތަގުބަލު، އެތަނުގައި ދިރި އުޅޭ މީހުންނާއި ދެކޮޅަށް ނިގުޅައިނުގަނެވޭނެ.
    ތިނިންމުން ބަދަލުކުރާނެ ގޮތްވެސް އަހަރުމެންނަށް އިނގޭ.
    މޑޕ އޭ މިކިޔާ ބައިގަނޑަށް ވޯޓެއް ނުދޭނަން، ޔާމީން ވެރިކަމަށް ގެންނަން ވޯޓްދީ ރޔ ގެ ވެރިކަމެއްގައި ކަލޭމެން ބޭރުކުރާނަން.

  41. ބީލާ

    މިކަލޭގެ އަވަހަށް ގެރި މޯދީގެ ކައިރިއަށްފޮނުވާލާ މިނައަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ހުރި ބޮޑު ބިރެއް، ރާއްޖެއަށް ވެރިވެގަނެ މިކަން ކުރުމުގެ ޖާގަ ދީފިނަމަ އިންޑިޔާގެ އިސްތިއުމާރީ ދަށުގައި ވާނެ

  42. ރައްޔިތެއް

    ކަލޭމެން މިތަން ހިފަން އުޅޭމީހުންނަށް ނުވާނެ ދޯ މައްސަލަޔަކަށް. ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ނުކެރޭ ބައެއްތީ. މާތާހިރުވާނެ އިންޑިއާގެ ފަގީރުންނަށް އެހީވެބަލަ

  43. ނާޅި

    ހުވަދޫ ކަޑާއި އައްޑޫ ކަންޑުގައި ޖާސޫސު ކުރަން ހުޅުވާ ޖާސޫސީ އިދާރާއެއްތީ ކޮންސިއުލޭޓްގެ ނަމުގައި !

  44. ހުސޭނޭ

    މީނައަވަހަށް މިގައުމުން ބޭރުކުރަން ފެނޭ އެހެން ނޫނީ ބުއްޅަބެޔާ މީނައާވެގެން މިގައުމު އިސްތިއުމާރު ކޮށް ޖައްމޫކަސްމީރާއި ފަލަސްތީނަށްވެގެން ދިޔާގޮވާނީ މިކަހަލަ އިސްތިއުމާރީ ހިގަނީ ބުއްޅަބެކަހަލަ ގައުމަ ގައްދާރުން ގިނަވުމުން މަޖުލީހުގައި ތިބިކަމަށް ބުނާ އައްޑޫ މީހުންނަކީވެސް ގައްދާރުން

  45. ދިވެހި_ލޭހިގާ_ރައްޔިތުން

    ތިބުނާ އެއްޗެއް އެގެޔޭ..".އަހަރެމެންގެ ސްޓޭޓަކުން އެކަމާ ރުހުނަސް ނުރުހުނަސް ކުރާކަނެއް ކުރާނަމޭ."...އޯކޭ ޔޭ. ކޮށްފަ ބަހައްޓާ. އަންނާނެ ދުވަހެއް މި ގައުމުގެ ރައްޔިތުން ނިކުމެ "އިންޑިއާގެ އިސްތިއުމާރު" ނެރެ ކަނޑު ފައްތާނެ ދުވަސް. މިތަން މަލިކސކަށް ނުހެދޭނެ ކަން ދިވެހިން ދައްކާނެ! އެދުވަސް އޮތީ ވަރަށް ކައިރީގަ. ބަލަން ތިބޭ!!!!

  46. ދަންޑެހެލު

    ކަލޭމެން ވަނީ މި ގައުމުގެ ބަޔަކަށް ރިޝްވަތު ގޮތުގައި އެތައް މިލިޔަން ޑޮލަރެއް ހަދިޔާކޮށްފަ. ޥެރިކަމެއް ވެސް ހަދިޔާ ކޮށްދީފަ. އދ ގެ ޖެނެރަލް އެސެމްބްލީގެ ޗެއަރމަންކަންވެސް ހަދިޔާކޮށްދީފަ. ބަދަލު ތިޔަ ހޯދަނީ މި ގައުމުގެ ދެކުނާ އުތުރާ މެދުގަ އަސްކަރީ މަރުކަޒުތައް ގާއިމްކޮށްގެން. ކޮށްފަ ބަހައްޓާ!!!! ދިވެހި ރައްޔިތުން ނިކުމެ ބޭރު ކުރާނަން.!!! އިންޑިއާގެ އިސްތިއުމާރީ ސިފައިންނަކަށް މި ގައުމުގެ ބިމުން ޖާގައެއް ނުލިބޭނެ!!!!