ގދ. ތިނަދޫގައި ގެއްލިގެން ހޯދަމުންދިޔަ ކޮވިޑް-19 އަށް ފައްސިވި ބިދޭސީ މީހާ ފެނިއްޖެއެވެ.

ތިނަދޫ ކައުންސިލް ރައީސް ސައުދު އަލީ ވިދާޅުވީ، އެ މީހާއަކީ އެރަށު ތެރޭގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް ނެގި ސުންކަކުން ކޮވިޑަށް ފައްސިވި މީހެއް ކަމަށެވެ.

ސައުދު ވިދާޅުވީ، އޭނާ ކޮވިޑަށް ޓެސްޓުކޮށްފައި ވަނީ މީގެ ދެ ދުވަސް ކުރިން ކަމަށާއި، އޭނާގެ ޓެސްޓުގެ ނަތީޖާ ލިބުނުއިރު، އޭނާ ގޭގައި ނެތް ކަމަށެވެ.

"ނަތީޖާ ލިބުނުއިރު އޭނާ އުޅުނި ރަށު ތެރޭގައި، އޭނާއަށް އެނގުނީކަމެއް ނުވަތަ ނޫން ކަމެއް އަދި ކަށަވަރެއް ނޫން، ދެން ބަލައި ޗެކް ކުރިއިރު ގޭގައި ނެތް، ދެން ހޯދަމުން ދަނިކޮށް ފެނުނީ"، ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ، އެ މީހާ ދިރިއުޅޭ ގެއިން އިތުރު މީހަކުވެސް ވަނީ ކޮވިޑަށް ފައްސިވެފައެެވެ. އެ މީހާ ފައްސިވިއިރު ހުރީ މަގުމަތީގައި ކަން ފާހަގަކުރެއްވިއެވެ.

"ދެވަނަ މީހާ ހޯދުމުގައި ލަަސްތަކެއް މި ވަނީ، ހާއްސަކޮށް ކައުންސިލާއި ޕަބްލިކް ހެލްތުންވެސް މަސައްކަތް ކުރަމުން ދަނީ މީހުންނާއި ކޮންޓެކްޓް ނުވާނެ ގޮތަކަށް އަވަހަށް އެ މީހަކު ހޯދާފައި ކަރަންޓީން ކުރުން".ސައުދު ވިދާޅުވިއެވެ.

އެ މީހާ ދިރިއުޅެމުންގޭގައި އިތުރު ބަޔަކުވެސް އުޅެއެވެ. އެގޭގެ މީހުންވެސް ވަނީ ކަރަންޓީން ކޮށްފައެވެ.

ތިނަދޫން މިހާތަނަށް 302 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު