ގދ. ގައްދޫން އިތުރު 13 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެރަށުން 13 މީހަކު ކޮވިޑަށް ފައްސިވުމާއެކު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 68 އަށް އަރާފައެވެ. އޭގެ ތެރެއިން ނުވަ މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އެރަށުން މިހާރު ބަލި ޖެހިފައި ތިބީ 57 މީހެކެވެ.

ކޮވިޑްގެ ވޭދަނަތައް ފެނި ގައްދޫއަށް އަރާ ފޭބުން މަނާކޮށްފައި ވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުއެގެ. އޭގެ ފަހުން އެރަށުން ވޭދަނަތައް ދިޔައީ ފެންނަމުންނެވެ.

އަދި މިވަގުތު އުސޫލުގައިވާ ގޮތުގެ މަތިން ރޭގަނޑޫ 21:00 އިން ފެށިގެން ފަތިހު 4 އަކަށް އެރަށުގައި އަންނަނީ ކާފިއު ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަބުޅިއަޅާކަލޯ

    މީގެ 2 ރޭ ކުރިން ގައްދޫގެ ބޮޑު މަގަށްހުރި ފިހާރައެއްގެ ދޮރު ހަލާކު ކޮށްލައިގެން (ފިހާރަ ފަޅާލާ) ވައްކަންކުރި.
    އެރޭވެސް އުސޫލުގައިވާ ގޮތުގެ މަތިން ރޭގަނޑު 21:00 އިން ފެށިގެން ފަތިހު 4:00 އަށް މިރަށުގައި އައީ ކާފިއު ހިންގަމުން.

  2. ގައްދޫ މީހާ

    ގައްދޫގައި ކޮވިޑް ފެތުރެން މަގުފަހިކުރުވި މީހުން ޤާނޫނުގައިވާ ގޮތުގެ މަތިން ހިފާ ހައްޔަރުކޮށް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލަން. ދެން ކޮންމެވެސް ގޮތަކުން ކައުންސިލަށް ވެސް އައިސް ތިތިބަ މީހުންނަށް ބުނެލަން އޮތީ އާއިލާ މީހުން ސަލާންޖަހައިގެން ނަމަވެސް މިހާރު ދެން ތިއޮތީ ތިކަންވެސް ވެފައޭ. އެހެންވީމާ މުސާރަނަގައިގެން ހަމަ އެކަނި ފިނިބުރުޖަހާ ބަޔަކަށް ނުވެ ކިޔަވާށޭ. ތަންދޮރު ދަނެގަންނާށޭ. އެއަށްފަހު ރަށު މީހުން ހޭލުންތެރިކުރުވާ ތަންކޮޅެއް ތަހުޒީބީ މުޖުތަމަޢެއް ބިނާކުރަން އުޅޭށޭ. އަންހެން ވެރިން ގައިގަ ދަވާލުލައިގެން ބޮލުގައި ފޮތިކޮޅެއް އެޅިޔަސް އަދި ފެޝަނެއް ނޫން އެއީ. ފިރިހެންވެރިން ބޯ ދިގުކޮށްގެން އަރިއަކަށް ބޯ އެލުވާލައިގެން ޔޯވެފަ ޖީއެންގައި ބުރުޖެހިޔަސް ޒަމާނީއެއް ނުވޭ އިނގޭތޯ. އަތުގައި އައިފޯނެއް އޮތަސް ޓެކް ވީކީ ނޫން. މިހެން ގޮސް ވަރަށް ވާހަކަ ދެއްކިދާނެ. ވިސްނާ ފިކުރު ކުރާ މީހުންނަށް އިނގޭނެ މިދައްކާ ވާހަކައިގެ ޙިކުމަތް. ގިނަ މީހުންނަކަށް ނޭނގޭނެ. ސަބަބަކީ ގިނަވާނީ މިބުނިވައްތަރު މީހުން. ވ.ވެދުން.