އާއްމުންގެ ޒާތީ މައުލޫމާތުތަކެއް ވިއްކަމުން ދިޔަ ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

މިމައްސަލަ އާއި ގުޅޭ ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސޯޝަލް މީޑިއާގައި ފަރުދުންގެ ޒާތީ މަޢުލޫމާތު ވިއްކުމަށް މަސައްކަތްކުރަމުންދާ ގްރޫޕެއްގެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށާފައި ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޓެލެގްރާމް މެދުވެރިކޮށް ވިއްކަމުންދާ ޒާތީ މައުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި އަންހެން ކުދިންގެ މައުލޫމާތުތަކެވެ. އަންހެނުންނާއި އަންހެން ކުދިންގެ ފޯނު ނަމްބަރުތަކާއި ސްނެޕްއައިޑީ ފަދަ ޒާތީ މައުލޫމާތުތައް ވިއްކަމުންދާ ކަމަށް ވެއެވެ. އަދި ބައެއް މީހުންގެ ފޮޓޯ ވެސް ވިއްކަމުން ދާކަމަށް ވެއެވެ.

ޒާތީ މައުލޫމާތުތަކެއް ވިއްކަމުންދާ ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަން ފެށިއިރު އަންހެނުންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ އާއްމުކުރާ އެތައް ގްރޫޕެއް ވެސް ޓެލެގްރާމް މެދުވެރިކޮށް ދިވެހިން ހިންގަމުން ގެންދެއެވެ. އެފަދަ ގްރޫޕްތަކުން ވެސް އެކި ގޮތްގޮތުން ފައިސާ ހޯދަމުން ގެންދެއެވެ.

މިފަދަ ގްރޫޕްތަކުގެ މައްސަލަ މީޑިއާތަކުން ވެސް ރިޕޯޓް ކޮށްފައި ވެއެވެ. އަދި އެފަދަ ގްރޫޕެއްގެ އެޑްމިން ވެސް ހިމެނޭ ގޮތައް ހުރިހާ މެންބަރުންގެ މައުލޫމާތުތަކެއް ލީކް ވެސް ވެފައިވެއެވެ. ނަމަވެސް އެމައްސަލަ ފުލުހުން ބެލި ކަމެއް އެނގިފައެއް ނުވެއެވެ.

ބްލެކްމެއިލް ކުރުމުގެ މައްސަލަތައް ވެސް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ބްލެކްމެއިލް ކުރުމުގެ ބައެއް މައްސަލަތަކަށް އިންސާފު ނުލިބިގެން އެފަދަ ބައެއް މައްސަލަތަކުގެ ވާހަކަތައް މީސް މީޑިއާގައި ވެސް ދެކެވިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނިޒާމު

    ތިޔައީ ވާނީ،ދޮގަކައްހެންހީވަނީ އެއީ މަބުރޫކުމެން ދެދެއް ނުހަދާނެކަމައް ގިނަބަޔަކުބިނާތީ..

    13
    2
    • ދޮންބެ

      ޢާންމުން ރައްޔިތުންގެ ޒާތީ މުޢާމަލާތްތައް އަޑުއަހާ ޒާތީ މުޢާމަލާތްތަކުގެ ބޭނުން ނަހަމަ ގޮތުގަ މިރާއްޖޭގެ ސަރުކާރުން ކުރާލެއް ވަކި މަދެއްނޫން! ފުލުހުންނާއި ސިފައިން އެމީހުން ބޭނުންވާ ކޮންމެ ފަރާތެއްގެ ފޯންކޯލްތައް އަޑުއަހަމުންދަނީ އެއްވެސް ސުމާރެއްނެތި! މިއީ އަބަދުމެހެން ރައްޔިތުންގެ އޮންނަ ކަންބޮޑުވުމެއް އަދި ކުރާ ތުހުމަތެއް! މިކަން ކުރަން އޮންނަނީ ކޯޓް އަމުރަކާއެކު ނަމަވެސް އެކަން ނުކޮށް ފޯނުތައް އަޑުއަހަމުންދާކަށްވަނީ! ކޯޓް ކޭސްއަކަށްދާންވީމަ ދެން ލީގަލްކޮށްލަންވެގެން އަމުރުތައް ނުނަގާ ވާހަކައެއްނޫން! އެކިއެކި އޯޑިއޯ ކްލިޕްތަކަކީ މިހެން އަޑުއަހާބަޔަކު އަޑުއަހާފަ ލީކްކޮށްލަފައި ހުންނަ އެއްޗެހިކަމަށްވެސް ތުހުމަތުކުރޭ! އެއީ ސިޔާސީ ބޭނުމަށްޓަކައި “ބްލެކްމެއިލް ކުރުން” ކުރާކަމެއް! ޢާންމުކޮށް ސިޔާސީ ހުރިހާ ފަރާތްތަކާއި އެމީހުންގެ އާއިލާގެ މެމްބަރުން އަދި ގުޅުން އޮންނަ ފަރާތްތަކުގެ ވަނަވަރު (ފޯން ނަމްބަރުތައް، ޓްވިޓަރ، ފޭސްބުކް، އިންސްޓަގުރާމް އަދި ވައިބަރ އެކައުންޓް ފަދަ) ހޯދާ މިއެއްޗެހި މޮނީޓަރަމުންދާކަމަށްވޭ! އަދި މިހާރު މިކަން މާބޮޑަށް ފުޅާކޮށްފި! އެއީ ސަރުކަރުގެ މުހިންމު މުއައްސަސާތަކުގެ (ކޯޓްތައް، ފުލުހުން، ސިފައިން،) ހުރިހާ މުވައްޒަފުންގެވެސް މިދެންނެވި މަޢުލޫމާތުތައް އެއްކޮށް ސޯޝަލް މީޑިޔާގައި ކުރާ ކޮމެންޓްތަކާއި މިފަދަ އެތައްކަމެއްބަލާ މިތަންތަނުގެ މުވައްޒަފުންނަށް އެކިއެކި އިންޒާރުތައްވެސް ދެމުންދާކަމަށް ބައެއް ފަރާތްތަކުން ބުނާތީ އަޑުއިވޭ!! ރާއްޖޭގެ ރައްޔިތުންގެ ހުރިހާ ވަނަވަރެއް ހިމެނޭހެން އިންޑިޔާގެ އެންބަސީގައި ސޮފްޓް ކޮޕީ ގެންގުޅެކަމަށް މީހަކު ބުނީތީ އަޑުއެހިން!! މިހުންނަނީ ބަޔަކު ގައުމަކަށް ޣައްދާރުވާނެ އެންމެބޮޑަށް ޣައްދާރުވެފަ! ގައިމު ކޮންމެވެސް މީހަކު ނުވަތަ ބަޔަކު މިމަޢުލޫމާތުދޭނީ!! އެމީހުން ގެންގުޅޭކަމަށްވޭ މިރާއްޖޭގައި ސިޔާސީ ފަރާތްތަށް އުޅޭ އެޑްރެހާ ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުގެ މައުލޫމާތާ މުޢާމަލާތްތައްވެސް! އައްޑޫ ސިޓީގައި ދިރިއުޅޭ ސިޔާސީ ފަރާތްތަކުގެ މަޢުލޫމާތާ އުޅޭ ތަންތަނުގެ މަޢުލޫމާތުވެސް އެއްކުރަމުންދާކަމަށްވަނީ!! މިހުންނަނީ ކަންބޮޑުވުންތައް! މިދެންނެވި ބީދައިން ސަރުކާރުތެރެއިންނާ އިންޑިޔާގެ އެންބަސީން ކަންކން ކުރާނަމަ މިއީ ވަރަަށް ނުރައްކާތެރި އަދި ގާނޫނުތަކަވެސް ޚިލާފު ކަންކަން ނޫންތޯ؟

  2. ރ

    މިއީ ތެދު ވާހަކައެއް.