22:09

މިއަދު ކޮވިޑަށް ފައްސިވީ 295 މީހުން.

21:52

ގިނަ ބަޔަކު އެއްތަނަކަށް އެއްވެ، ޔޫރޯ ފުޓްބޯޅަ މުބާރާތް ބެލުމުގެ ފުރުސަތު ފުލުހުން ނުދޭނެ

21:42

ގދ. ތިނަދޫން އިތުރު ހަތަރު މީހަކު، އަދި އެ އަތޮޅު ގައްދޫން އިތުރު 14 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

19:33

މިހާރު ކޮވިޑް-19ގެ ގިނަ ވޭދަނަތަކެއް ފެންނަމުންދާ ގދ. ގައްދޫ އާއި އެ އަތަޅު ތިނަދޫން އެ ބަލި ކޮންޓްރޯލް ކުރުމަށް ފުރަބަންދަކަށް ދާން ޖެހޭކަމަށް ގދ. އަތޮޅު ކައުންސިލް ރައީސް ހަސަން ފައިހަތް ގުދުރަތުﷲ ވިދާޅުވެއްޖެ.

18:10

ހދ. ހަނިމާދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ޑޮކްޓަރަކު ހިމެނޭހެން، އެރަށުން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

15:39

މިހާރުގެ ހާލަތަށް ބަލާއިރު،ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައިވެސް ގދ. ތިނަދޫގައި ކޮވިޑް-19 ކޮންޓްރޯލް ވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް އެރަށަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. އަހުމަދު އާޒިމް އަބްދުލް ޝަކޫރު ވިދާޅުވެއްޖެ

10:47

ޕާކިސްތާނުގައި ވެކްސިން ނުޖަހާ މީހުންގެ ސިމްކާޑު ބްލޮކް ކުރަން ފަށައިފި.

09:04

ކޮވިޑް ޖެހިގެން އިތުރު އަންހެނަކު ނިޔާވެއްޖެ.

ކޮވިޑް-19 ގައި ރާއްޖެ އިން ފުރަތަމަ މީހަކު ނިޔާވިއިރު އޭނާ އަށް އެންމެ އަވަހަށް ފަރުވާ ދެވޭނެ ހޮސްޕިޓަލަކަށް ނުގެންދެވި، އެމަޖެންސީ ހާލަތުގައި ގުޅި ފޯން ކޯލަށް އެންމެ އަވަހަށް އިދާރާތަކުން ހަރަކާތްތެރިވެވިފައި ނެތްކަން ފާހަގަ ކުރެވުނެވެ. އޭގެ ފަހުން މިމަސް ފެށުނު އިރުވެސް އެމްބިއުލެންސް ލަސްވުމާއި، ހާލަތު ދެރަވެގެން އެޗްއީއޯސީ އަށް ގުޅުމުން ލިބެން ޖެހޭ ހުއްދަތައް ލިބުން ލަސްވުން ފަދަ އެތައް މައްސަލައެއް އައީ ކުރިމަތިވަމުންނެވެ. ނަމަވެސް މައްސަލަތަކަށް ކުޑަނަމވެސް ހައްލެއް އަންނަ މަންޒަރު އޮތީ ނުފެނިއެވެ.

އެންމެ ފަހުން އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކު ސީދާ ރަސްމީ އިދާރާތައް ހާއްސަކޮށް އެޗްއޯސީގެ އިހުމާލުން ނިޔާވެގެން ދިޔައީއެވެ. އޭގެ ގާތްގަނޑަކަށް ހަފްތާއެއް ފަހުން "ރަނގަޅު ކުރަނީ، އިސްލާހް ކުރަނީ، ފަށަނީީ،" އަށް ނިމުން އައިސް މިއަދު މިވަނީ އެމްބިއުލާންސް ހޯދުމަށް ހާއްސަ ނަމްބަރެއް ހަމަޖައްސާފައެވެ. އެއީ 100 އެވެ.

މިއަދު އެމްބިއުލާންސްގެ ހިދުމަތައް ގެނައި ބަދަލާއިއެކު އުއްމީދަކީ ސިއްހީ ފަރުވާ ލަސްވުމުގެ ޝަކުވާ ފާއިތުވި ދޮޅު އަހަރެއްހާ ދުވަހު ކުރަން ޖެހުނު ގޮތައް ދެން ކުރަން ނުޖެހުމެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް މަދުވަމުން ދިޔަ ނަމަވެސް ކޮވިޑްގެ ނުރައްކާ ކުޑައެއް ނުވެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބީރުމީހާ

    ފެއިލްވީމާ އިސްތިއުފާ ނުދެން ތަނުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންނަށް ތުރާތަށްކުރުމުގައި ދެން ކަކުލުގައި މުލިއްސެއް ޖެހިޔަސް ކޯލް ސެންޓަރަށް ސާބަހޭ މީދާތަކާއެކު މަސައްކަތްކުރަން މުސާރަ ނުދީ ތަޅުވަން މީހުންބައިތިއްބާ ދަރުބާރުގެ މީދާ ހާއްޔަކަށް ވެފައޮތްކަމެއް މިނިސްޓަރަށް ނޭގެނީތޯ ކުރިންވެސް ތިޔާގޮތަށް ކަންކުރެވުނީސް މިހާރު ކޮން100 އެއް މީދާ މިނިސްޓަރު

    5
    1
  2. ނާރު

    އަޅެ ހަމަ ތެދެއްތަ މީދާ އުޅޭތަ ތިޔަ ދަރުބާރުގޭގަ އޯ މަވާ ދެން ސަލާމް އެތަނަށް މައިމޫނާ ހަމަ ހިލާ ނޭގޭކަމަށް ހެދިގެން ހުންނަނީ މީދަލެއްގެ ސަބަބުން މުވައްޒަފަކަށް ކަމެއްވީމާ ތިބޭނެ 100 ން 1ދޭން

    4
    1
  3. ޙެ

    ބިރު ގަނެއްޖެ ! ތިތާ މީދާ އުޅޭތަ! މީދާދެކެ ވ ބިރު ގަނޭ...