ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަކީ ވެސް ރާއްޖެއަށް ޑިމޮކްރަސީ ގެންނަން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ފެށި އިސްލާހީ ހަރަކާތްތަކުގެ މުހިއްމު ބައިވެރިއެކެވެ. އެމްޑީޕީގެ އެތެރެއިން މިހާރު ބިގޭއަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން މިއަދު ބިގޭ ވަނީ އޭނާގެ ސިޔާސީ ހަރަކާތްތަކުގެ ކޮންމެވެސް ވަރެއްގެ ތަފްސީލެއް ދެއްވާފައެވެ.

ބިގޭ ވިދާޅުވީ އޭނާގެ "ޖަލު ހަޔާތް" ފެށުނީ 1990 ވަނަ އަހަރު ކަމަށެވެ. އެހައިހިސާބުން ފެށިގެން ޖަލު ބަންދާއި އަދި އަރުވާލާފައި ހުރި މުއްދަތު ހަމަކޮށް މިނިވަންވީ 1999 ވަނަ އަހަރު ކަމަށް ބިގޭ ވިދާޅުވިއެވެ.

"އަނިޔާތަކުގެ ތެރޭގައި ދޫނިދޫ ޓިނު ގޮޅީގައި އަޅުގަނޑު ވެސް ހަމަސް ދުވަހު އޮތިން. އޭގެ އިތުރުން ދޫނިދޫ ތިން ނަމްބަރު ކުޑަގޮޅީގައި އޮތިން ދެރަމަޟާން މަސް ދިޔައިރު ވެސް. އަޅުގަނޑު އަތުން ކާންދީގެން ހެނދުނު ލިބޭ ރޮށިކޮޅު އުކާ ފިއޮއް ބޮޑުކޮށް އޭގެ ދަރިންނަށް ދަރިން ލިބި، އޭގެ ދަރިންނަށް ދަރިން ލިބި އެހުރިހާ ކަމެއް ވެގެން ދިޔައިރު ވެސް އޮތީ ދޫނިދޫ ތިން ނަމްބަރު ކުޑަގޮޅީގައި އަޅުގަނޑު އޮތިން. ޖަލުގައި އަޅުގަނޑު ހޭދަކުރިން ފަސްއަހަރާއި ބައިވަރު" ބިގޭ ވިދާޅުވިއެވެ.

ބިގޭ ވިދާޅުވީ ހުކުމުގެ ބާކީ ބައި ތަންފީޒު ކުރަން އެއް އަހަރު ދުވަހު ހޯރަފުށީގައި ހޭދަކުރި ކަމަށެވެ. އެއަށްފަހު ދެން ބާކީ އޮތް މުއްދަތު ހަމަކުރީ ރ.އަތޮޅު އަލިފުށީގައި ހުންނަވައިގެން ކަމަށް ބިގޭ ވިދާޅުވިއެވެ.

"އޭރުއްސުރެ އިސްލާހީ މަސައްކަތުގައި ކުރިއަށް މިދަނީ. އިރާދަކުރެއްވިއްޔާ އަދިވެސް ކުރިއަށް ދަނީ އެމަސައްކަތުގައި." ބިގޭ ވިދާޅުވިއެވެ.

ބިގޭ އަކީ އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީގެ އެންމެ އިސް ސަފުގައި މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ. 2012 ވަނަ އަހަރު ރައީސް ވަހީދު ވެރިކަމަށް ވަޑައިގެންނެވިއިރު ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސެއިން އަކީ ބިގޭގެ އެއްބަނޑު އެއްބަފާ ދައްތައެވެ. ނަމަވެސް ވަހީދުގެ ސަރުކާރާއި ދެކޮޅަށް އެމްޑީޕީން ކުރި ވަރުގަދަ ހުރިހާ މުޒާހަރާއެއްގެ އެންމެ ކުރީ ސަފުގައި ވެސް ބިގޭ ހުންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ކޮމެޓީއަށް ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައެއް ބޭރުކޮށްލުމުން އެކަން ކޮށްފައި ވަނީ ބިގޭ އިސްވެ ހުންނަވައިގެން ކަމަށް ބުނެ އޭނާ އަށް އެމްޑީޕީގެ އެތެރެއިން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ނަމަވެސް ބިގޭ މިއަދު ވެސް ވަނީ އެތުހުމަތުތައް ދޮގު ކުރައްވާ އިމްތިޔާޒް ކޮމެޓީގެ އެއްވެސް މެންބަރަކަށް އޭނާ ގުޅުއްވާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ކިމްބާރލީ

  އޯކޭ ބިގޭ.... ކަމަކާނުލާ ހަމަ އަހާހިތްވޭއެބަ.... ކޮންކަމެއްބާ ވާންމިއުޅެނީ.....

  18
 2. ކޮއްޕަން

  ކޮން ސިޔާސީ މަސައްކަތެް ކުރެވޭނީ ޖަލު ބަންދުގައި ހުރެގެން.
  ޖަލަށްދާ ކޮއްމެ މީހަކަށް އެއިގެ ބަދަލުގެ ގޮތުގައި މަގާމުދިނީމާ ވާގޮތް އެނގުނު އަންނިގެ ވެރިކަމުގައި.
  ހުރިހާ ކަމެއް އިންޑިއާ ކުންފުނިތަކަށް އައުޓްސޯސްކޮށްލާފައި ސެލެބްރޭޓްކުރަމުން ނަށަމުން ފުމެމުން ދަނިކޮށް ވެރިކަމުގެ ބުރުންވެސް އަމިއްލައަށް ބޭރުވެވިއްޖެ.
  ދެން މިހާރު އުޅޭ ބައިގަނޑުވެސް ހަމަ ކުރާނެކަމެއް ހަދާނެގޮތެއް ނޭނގި އެތިބެނީ. ރޔ ހުރިނަމަ ރާއްޖޭއަކީ ދުނިޔެއަށް ކޮވިޑްގެ ނަމޫނާ ގައުމަކށް ހަދާނެ.

  32
  2
  • ބިހު ރޯޒް

   ހޯ ހޯ! ޔާމީނު ހުރީ ފައިސާގެ ދަހިވެތިކަމުގައި ބަގުޑި ބައްދަން! އަދި ހަނދާން ނެތޭހާ ދުވަސް ނުވޭ ކަލޯ! މިއީ ޔާމީނު ވެރިކަން ނަމަ މެޑަމް އޮފީހުން ތިބުނާ ވެކްސިންވެސް އޭރަށް ލިބޭނީ!

   2
   12
 3. ރައްޔިތުން

  އި މޮކްރަސީ އިސްލާހް ކުރާށޭ ނުކުތީ!!!! ހައް ހައް . މިހާރު ތިތިބީ ވެރިކަ މުގަ. ކޮން ކަ މެއް އިސްލާހް ވީ؟؟؟ ހުރިހާ ކަ މެއް ވެސް ދަނީ ގޯހުން ގޯހައް. ތީ ހަ މަ ރޯނު އެދުރުން ... ރައްޔަތުން ނައް މިހާރު އެނގޭ. ވަރައް ސަލާ މް

  40
  2
 4. ޖުހާ

  ހިނގާ ބިގޭއައް އައްޖަހާލަމާދޯ އެންމެން.

  5
  1
 5. އުގުރި

  މާތް ﷲ ހުގެ އަމުރުފުޅު ނުހިނގާ ތަނެއްގައި އެއްވެސް ހަމަޖެހުމެއް ނޯންނާނެ.
  ދެއް އަހަރުމެން އިންސާނުންނަށް ވަކި ކޮން މޮޅުކަމެއް ކުރެވޭނީ.

  13
 6. މުހައްމަދު

  ބާތިލް އެއްޗެއް ގެއްނަން ކުރި ބޭކާރު ބާތިލް މަސަތްކަތެއް

  13
 7. މުހައްމަދު ޝާހް، ރ.ވާދޫ

  ކޮންތާކުއޮތް ޑިމޮކްރަސީއެއް ގެންނަން؟ މިގައުމަށް ބަލާވެރިކަން ގެނެސް ގައުގެ އެއްބައިވަންތަކަން ނަގާލާ، ގައުމު ބައިބައިކުރަން ތެޅުނު ބައިގަނޑެއްތީ!

  16
 8. ޘުލާ

  .ތީއީ އެއްވެސް ވާހަކައެއް ނޫން މަގުބޫލް ކަންހޯދަން ދައްކާކައް.. ޢެގޮތައްވޯޓުގެ ކަންތައް ނުކު ރާކަމަކައްނުވާނެ

 9. ދޮން ބެއް ޔ

  ޕާޓީން އެބަޖެހޭ މިކަހަލަ މީހުންނަށް ފިޔަވަޅު އެޅު މުގެ ކުރީން މެންޓެލް ޓެސްޓެއް ހައްދަން

  2
  2
 10. ކިނބޫ

  އޭނ ކީކޭ! ސަރުކާރު ވަޒީފާގަ ހުރެ، ދައުލަތުގެ ތަކެތި ބޭނުން ކޮށްގެން ބޮން ހަދައި އެ ބޮން ދައުލަތުގެ އޮޑިދޯނިފަހަރުގަ ރައްކާ ކޮށްގެން ގެންގުޅެ ބޮން ގޮއްވާ ހަދައިގެން ބަންދުގަ ހުރީމަ އެވެސް ޑިމޮކްރަސީ ގެންނަން؟ ވާއު! ހުމާމު ވެސްތަ؟ ވަގުތު ނޫހެއް ކަމަކު އަހަރުމެން ދުލުގަ ހިފާ ނުދަމާ! މިހާރުގެ ކުދިންނަށް އޮޅުވާލެވޭނީ! ތި ބިގޭއަކު ފިޝަރީޒް މިނިސްޓްރީ ވަޒީފާގަ ހުރެ ގަނޑު ގަތްއިރު އެތާ އުޅުނު މީހުން މަ ނޫނަސް އެބައުޅޭ! ބައެއް މީހުން މިހާރުވެސް އެތާ އެބައުޅޭ! ކީކޭ ކިޔާނަމޭ ހިތައިތަ ތިއުޅެނީ! ރުޅި އަރުވަން ނޫޅެއްޗޭ!

  8
  1
 11. ދޮގެއް؟

  ބޮން ގޮއްވައިގެން އަމާ ރަށަށް އަރުވާލީމަ އެރަށުން މީކާ އިނދެ ދަރިން ލިބުނު ފަހުން ބާޣީންނަށް ވެރިކަން ލިބި މިނިވަންވީމަ އެރަށުން އަންނަންވީމަ އެމީހާ ވަރިކޮށް ދަރިން ދޫކޮށްފަ އައީވެސް ޑިމޮކްރަސީއަށްޓަކާ؟ ތިހެން ތިބޭ ނުބައި ނުލަފާ މީހުން ދޮންކޮށް ފުއް ޖައްސާ އޮމާންކުރަން އުޅޭނެ ކަމެއް ނެތް!

  10
 12. އަހުމަދު

  މިމީހުން ނަޝީދު ދެކެ މިހާ ރުޅިއެއް އަންނަނީ ވައްކަން ކުރަން މަޖިލީހުން ޖާގަ ނުދޭތީ. އަޑުތަށް އިވޭގޮތުގަ މީނަގެ ނުފޫޒާ ހެދިޔޯ ވެންޓިލޭޓަރ މައްސަލަވެސް ނުބެލިގެން މިއުޅެނީ އެއީ ތެދެއްބާ؟

  3
  7
 13. ކައްޕި

  ޑިމޮކްރަސީ ތިޔައީ މިދުނިޔެ ހަލާކު ކުރަމުންދާ ނިޒާމެއް. ހަމައެއް ލަމައެއް ނެތް ސިސްޓަމެއް. މީހުން އަވައިގަ ޖެއްސުމާ، ދޮގުހެދުމާ، ފާހިޝް ކަންތައްތަކަށް ފްރީޑޮމް ދިނުމާ... މިއަށް ސަޕޯޓް ކުރާމީހުން ބުނާނެ މި އިސްލާހު ކުރަނީއޭ.. އެކަމު އަސްލު އެމީހުން އެ މުޖުތަޢު ކޮރަޕްޓު ކުރަނީ... ބޯހަލާކު!!

  12
 14. ޓ

  ބޮންހަދައިގެން...ތަންތާ ހުޅުޖަހައިގެން...
  ޙުކުމް ކު ރީ....ރެކޯޑް ތަކުން އެހެ ރީ ފެންނަން...އެއީ އިސްލަހީ ހަރަކާތެއް ނުން...ޓެ ރަރަރަ ރިޒަމް

  10
 15. ޖާޑި

  ބަލަ ޖަލައްދާންޖެހުނީ ގާނޫނުއަސާސީއާ ޚިލާފައް ޑިމޮކުރަސީ ގެންނަންއުޅެގެންދޯ ނިހާރު ގާނޫނުއަސާސީން އެހުރިހާބާރެއްލިބިފައޮތްއިރުވެސް މިގެންގުޅެނީ ދުލުގަ ތަޅުއަޅުވައިގެން ދެން ކޮންކަމެއް ކަލޭމެންނައް އިސްލާހް ކުރެވުނީ

 16. ޙހހހ

  ޢެމްޑީޕީގައި ނުހުންނާނެ ކުށްކުށުގައި ޖަލުގޮޅީގައި ނޫޅޭމީހެއް ، އެކަމަކު އެމީހުން ޤަބޫލުކުރާގޮތުގައި އެމީހުންކުށްނުކުރަނީސް ޖަލަށްލީ ، މި ސިޔާސަތު މިއަދު މުޖުތަމައުއަށް ފެތުރި ކިޔަމަންތެރި ރައްޔިތުން ވަރަށްމަދު ، ކުރީގައި ގެންގުޅުނު އަދަބު އަހްލާޤު ރަނގަޅުކަން މިހާރު ގިނަ މީހުންވެސް ޤަބޫލުކުރާނެ

 17. އަހްމަދު

  ޑިމޮކްރަސީ ގެނެސްގެން ވީ އަދި ވާނޭ އިސްލާހެއް ނޯންނާނެއެވެ.

 18. ހަސަނާ

  ބިގޭމެންގުރޫޕުމީ މައުމޫނުވެރިކަމުގަވެސް ބޮންގޮއްވިގުރޫ އިސްލާހީ މަސައްކަތުގަ ބޮންގޮއްވާލީ......މިފަހަރުވެސްމީ އަނެއްކާ އެކަހަލަ ކަމެއްބާ...

 19. އަހުމަދު

  ތިޔަ ޑިމޮކްރަސީ މި ޤައުމުން ނައްތާލަން މަސައްކަތްކޮށް ޖަލަށް ވަންނަން ބޭނުންވާ މީހެއް ހަމަ ނެތީތަ މި އިސްލާމީ ޤައުމުގައި؟

 20. ޖާނޭ

  ބިގޭ ޖަލުގައި ހު ރީ ސަލްޓަންޕާކުގައި ބޮންގޮއްވައިގެން. އެކަމަކު އަންނިއަށްވު ރެން ގިނަދުވަހު އޭނަ ޖަލުގައިހު ރި. އަންނިއަށް ހުކުން ކުރިޔަސް ޖަލުގައި އޭނަ ނުހުރޭ.

 21. ގެރި

  ޑިމޮކްރައީސް އަކީ އަންނި، އަންނިއާ ޚިޔާލް ތަފާތު ޥެއްޖިއްޔާމު ދެން އެމީހަކީ ބާޢީއެއް!

 22. ގިރާވަރު

  އޮޅިގެންތިގެނެވުނީ އެހެންއެއްޗެއް