ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހްގީގަށް ވަގުތު ދިނުމަށް ރައްޔިތުން މަޖިލީހުގެ 241 ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމް އެދިވަޑައިގެންފިއެވެ.

އަސްލަމް މިކަމަށް އެދިވަޑައިގެންނެވީ މައްސަލައިގެ ތަހްގީގު ކުރިއަށްދާ ގޮތް ބެލުމަށް އެމްޑީޕީން "މެއި-06" ނަމުގައި ކޮމެޓީއެއް އުފައްދަން ގައުމީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ރޭ ބަހުސް ކުރައްވަމުންނެވެ.

އަސްލަމް ވިދާޅުވީ އިންކުއަރީގެ "ސްކޯޕް" އާއި "އޮބްޖެކްޓިވް"ގެ ތެރޭގައި ހިމެނޭ ހުރިހާ ކަމެއް ކޮމިޓީން ބަލަމުންދާނެ ކަމަށެވެ. މިތަހުގީގުގެ ކަންކަން ދާނީ ގާތުން ބަލަމުން ކަމަށާއި މިކަމާ ގުޅޭގޮތުން ފެންނަން ހުރި ހުރިހާ ކަމެއް ސާފުކޮށް އެނގޭގޮތަށް ކޮމިޓީން ރިޕޯޓެއް އެކުލަވާލާނެކަމުގެ ޔަގީންކަން އެމްޑީޕީގެ މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުންނަށް އަރުވާކަމަށެވެ.

"އަދި އަޅުގަނޑު އެދެން ތަހުގީގީ އިދާރާއަށް ފުރިހަމަ އެއްބާރުލުން ދެއްވާށޭ، ތަހުގީގީ އިދާރާއަށް ފުރިހަމައަށް ވަގުތު ދެއްވާށޭ. އަދި ހަމަ އެހެންމެ 241 ކޮމިޓީން ކުރަމުންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާށޭ. މިކަން ކުރަމުންދާނަމޭ." އަސްލަމް ވިދާޅުވިއެވެ.

ވިދާޅުވީ ހިނގަމުންދާ ތަހުގީގެއްގެ މައުލޫމާތު ހިފަހައްޓަން ޖެހޭ މިންގަނޑެއް އޮންނާނެ ކަމަށާއި އެކަން އެމްޑީޕީގެ މެންބަރުން ގަބޫލުކުރައްވަން ޖެހޭނެ ކަމަށެވެ. "އެކަން އަޅުގަނޑު ހަމަ ބޭނުންވޭ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ގައުމީ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވަން. އަދި އަޅުގަނޑަށް ހަމަ ޔަގީން ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ތަހުގީގުގެ މައުލޫމާތު އާންމުކުރެވެން މި އޮންނަނީ އާންމުކުރެވެން އޮންނަ މިންވަރަށްކަން. އަޅުގަނޑު ގަބޫލުކުރާ ގޮތުން އާންމުކުރެވެން އޮންނަ މިންވަރަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން އާންމު ކުރަމުން އެބަދޭ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިހަމަލާ އަމާޒުވެފައިވަނީ އެމްޑީޕީގެ ރައީސަށް ކަމަށްވީނަމަވެސް މިއީ ގައުމީ މައްސަލައެއް ކަމަށެވެ. މިއީ މި ގައުމުގެ ސަލާމަތާއި ޅިފައިވާ މައްސަލައެއްކަމަށް އަސްލަމް ވިދާޅުވިއެވެ. މި މައްސަލަ ބަލައި މިކަންކަން އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަޅަ ފުތާ

    މީނަ އާއި ގުޅިފާ އޮތީ އިބޫ ފެކުޝަނާއި ތަ؟

  2. ާައަހުމަދު

    ކޮޅުބަދަލު ވީމަ މިކަހަލަ ވާހަކަ ދައްކާނެ އެއީ ދުނިޔޭގެ އާދަ. ބައެއް މީހުންނަކީ އާހިރަތަށް ވުރެ ދުނިޔޭގެ އެދުން ބޮޑު ބައެއް.

  3. ޢައްޑު

    ޢަސްލމް ބު ރޯ. ޜަޓާ ގައުމުވިއްކާ ތިޔަކަމާގެންއުޅެ ގައުމު އެެހެންގައުމެއްގެ އަަޅުވެތިކަަމަށް ދާއި ރުވެސް ކެނެ ރީގޭ ސޮ ރު ހިމާޔަތް ނުކު ރެވިގެން. ޢެހިޔަޅު މާ.ދަމާވެސް ބަޗާނެ. ބުރ ރޯމެން ގެ ޖަނާޒާއަށްވެސް ނާ ރާނެ 5 އަހަ ރު މި ގައުމަށް ބޭކާ ރު. ބު ރޯގެ ޓާއިމްޕަާސް