ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ދައްކަވާ ވާހަކަތަކަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ރައީސް މުހައްމަދު ނަޝީދު މިއަދު ރައްދުދެއްވައިފިއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241) އަށް ވަކި ވަކިން ސިފައިން ހާޒިރުކޮށް ދޭން ޑިފެންސް މިނިސްޓްރީގައި އެދުމުން އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވެ މިނިސްޓްރީގެ ނައިބް ހަސަން ޒަމީލް ވަނީ ކޮމިޓީއަށް ސިޓީއެއް ފޮނުއްވައިފައެވެ. އެހެންވެ މަޖިލީހުގެ އިމްތިޔާޒަށް ޒަމީލް އަރައިގަތް ކަމުގެ ތުހުމަތުކޮށް އޭނާގެ މައްސަލަ ބަލައި ދައުވާކޮށް ދިނުމަށް ނަޝީދު އިމްތިޔާޒާއި ސުލޫކީ މައްސަލަ ބަލާ ކޮމިޓީއަށާއި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވަނީ ފޮނުވައިފައެވެ.
އިމްތިޔާޒް ކޮމިޓީން އެ މައްސަލަ ބަލަން ފެނޭތޯ ވޯޓަށް އެހުމުން މައްސަލަ ބޭރުކޮށްލީ އެމްޑީޕީގެ ހަތަރު މެމްބަރެއްގެ ވޯޓާއެކުގައެވެ. އެ މައްސަލަ ބޭރުކޮށްލާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެންގެވުމަށް ބިގޭ އެކަމަށް ލޮބީ ކުރައްވައިގެން ކަމަށް ތުހުމަތުކޮށް އޭނާ އަށް ބޮޑެތި ފާޑު ކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ބިގޭ އަށް ފާޑު ވިދާޅުވާ ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ މަޖިލިސް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.
މައްސަލަ ބޭރުކޮށްލުމުން އެކަމާ ނުރުހުން ފާޅުކުރައްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ފޮނުއްވި މެސެޖެއް ގައި ވިދާޅުވީ ބިގޭ ކޮމިޓީގެ އެހެން މެމްބަރުންނަށް ގުޅައިގެން މިކަން "ފަނިކުރަން ނުޖެހޭ" ކަމަށެވެ.
މަޖިލިހުގެ މެމްބަރު ކަމަށް ބިގޭ ހޮވިވަޑައިގެންނެވީ ނަޝީދުގެ ފޮޓޯ ބޭނުންކުރައްވައިގެން ކަމަށް ބުނެ ނަޝީދުގެ އާއިލާގެ ބައެއް މެންބަރުންގެ އިތުރުން އެމްޑިޕީގެ އާއްމު މެމްބަރުން ވެސް މީސް މީޑިއާގައި ބިގޭއާ ދިމާކޮށްލިއެވެ. އެއްކޮޅަށް ވޯޓު ދެއްވި އެމްޑީޕީ މެމްބަރުންގެ ހިތުގައި ނަޝީދާ މެދު ހަމްދަރުދީ އެއް ނެތް ކަމަށް ބުނެ އެ މެމްބަރުންގެ އިހުލާސްތެރިކަމާއި މެދު ވެސް މީސް މީޑީއާގައި ދަނީ ސުވާލު އުފައްދަމުންނެވެ.
އެވާހަކަތަކަށް އިއްޔެ ރައްދު ދެއްވައި އެމްޑީޕީގެ ވަޓްސް އެޕް ގްރޫޕްއަށް ފޮނުއްވި މެސެޖެއްގައި ބިގޭ ވިދާޅުވީ، "ތުތިމަހަށް ކޮށާ ކާޅަށް ކާން ދިނަސް ހައްގު ބަސް ބުނުމުގައި ފަހަތަކަށް ނުޖެހޭނަން" ކަމަށެވެ.
ފަހަތަށް ނުޖެހޭނެ މީހެއްކަން މާޒީގައި ދެއްކި ފަދައިން އުމުރުގެ ބާކީ އޮތް ތަންވެސް ހޭދަކުރާނީ ސާބިތުކަމާއި އެކު ކަމަށްވެސް ބިގޭ ވަނީ ވިދާޅުވެފައެވެ.
ބިގޭގެ ވާހަކަތައް ރައްދު ދެއްވަމުން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ފައިދާއަށްޓަކައި ބިގޭ، ކުރައްވާ ކަންތައްތައްތަކާއި ވިދާޅުވާ ބަސްފުޅުތައް ހުދު ބިގޭއަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ބިގޭގެ ނަން ނުގެންނެވި ނަމަވެސް އޭނާ ނިސްބަތްވެވަޑައިގަންނަވާ ދާއިރާގެ ނަން ގެންނަވައި ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެންމެ ރަނގަޅީ އެހެން ބޭފުޅުން އެމަނިކުފާނާ މެދު ބަހައްޓަވާ ވަފާތެރިކަމާއި މަދަދުުގެ ވާހަކަ ބިގޭ ނުދެއްކެވުން ކަމަށެވެ.
"އަޅުގަނޑަށް ރަނގަޅީ އެހެން ބޭފުޅުން އަޅުގަނޑަށް ބަހައްޓަވާ ވަފާތެރިކަމާއި މަދަދުގެ ވާހަކަ އެބޭފުޅާ (ބިގޭ) ނުދެއްކެވިއްޔާ" އެމްޑީޕީގެ ރައީސްކަން ކުރައްވާ ނަޝީދު ލިޔުއްވެވިއެވެ.
Alhugandu ge rahmaitheriya adhi Alifushee dhaairage member ah engivadaigannavaane ebeyfulha siyaasee faidha ah takai kuravva kankamaai vidhaalhuva basfulhuthah. Alhugandah rangalhee ehen beyfulhun alhugadah bahattaavane vafaatherikamai madhadhu ge vaahaka e beyfulha nudhekkeviyya
— Mohamed Nasheed (@MohamedNasheed) June 11, 2021
މިއަދު ހެނދުނު ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ބިގޭ ވިދާޅުވީ ނަޝީދަށް އިންސާފު ހޯދައިި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ނަޝީދަށް ބޮމުގެ ހަމަލާދީފައިވަނީ މިދިޔަ މަހުގެ ހަވަނަ ދުވަހުއެވެ. އެމަނިކުފާނު ދިރިއުޅުއްވާ ކެނެރީގެއިން ނިކުމެވަޑައިގެން ކާރަށް އަރައިވަޑައިގަންނަވަން ވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާއިން ނަޝީދު ސަލާމަތްވެވަޑައިގެންނެވީ ކިރިޔާއެވެ.
ބޮޑެތި ޒަހަމްތަކެއް ލިބި އޭޑީކޭގައި ފަރުވާ ހޯއްދެއްވުމަށް ފަހު ނަޝީދު ވަނީ ޖަރުމަނުގައިވެސް ފަރުވާ ހޯއްދަވާފައެވެ. މި ވަގުތުވެސް ހުންނެވީ ޖަރުމަނުގައެވެ.
އަބަދުވެސް ކޮންމެވެސް މީހަކާއި ޖެހިގަނެގެން ޒާތީ ވެގެން އުޅޭ މީހެއް މިއީ.
ނުބައިނުލަފާކަން ދެއްކުމާއި ޗާޓުން ބޭރުން ކަންކުރުމާއި ދޮގުހެދުމާއި މަކަރުހެދުމާއި މީހުންނަށް ވަނަން ކިޔުމާއި މީހުންނާ ޖެހިގަތުމާއި އަބުރާބެހުމާއި ނޭގޭ އެއްކަމެއް ނެތްކަމަށް ދެއްކުމާއި ފޮނިކަމާއި ބޮޑާކަމާއި ކިބުރުވެރިކަމާއި އަމިއްލަ އެދުމުގައި އަރާހުރި އެކަމުން ފޯވެފައިހުރި ފިތުނަ ފަސާދަ އުފެއްދުމުގެ ރޮނގުން ދިވެހިރާއްޖޭގެ 1 ވަނަ ފާސިގު، އަދި ޚުދުމުޚުތާރުކަމުގައި ހައްދުން ނެއްޓިފައިވާ މީހަކު އެހެން މީހުންނަށް ފާޑުކިޔަނީވެސް ލަދުހަޔާތްކުޑަކަމުން. ދުނިޔޭގައި ލެއްވިހައި ނުބައި ނުލަފާ ސިފައެއް ހުރި ދީނަށް ފުރައްސާރަކޮށް ވާހަކަދައްކާ މީހަކަށް ވަފާތެރިކަމާއި ލޯތްބާއި ކުލުނާއި ދުރޫސުލްއަޚުލާގުގެ ރިވެތި ސިފަތަކަކީ ކޮބައިކަން ނޭގޭނެ.
ވަފާތެރިކަމުގެ ވާހަކަ ސިޔާސީ އެކަކަށްވެސް ނެތް ދެއްކޭކަށް!! ކޮންމެ މީހަކުވެސް އެމީހަކަށް މޮޅުވާގޮތަށް ނުވަތަ ފައިދާއެއް ލިބޭގޮތަށް ފަހި ވާއިރަށް އެދިމާލަކަށް އެނބުރިގަނޭ! އެހެންނޫންނަމަ ރައިސް މައުމޫނު ރައިސް ނަޝީދަކާ ނުގުޅޭނެ އަދި ނަޝީދު މައުމޫނަކާ ނުގުޅޭނެ! ގާސިމްގެ ވާހަކަ ނުދައްކަމާ! ލާހޫރޭ މީހެއް އެއީ! ނަޝީދުގެ ވެރިކަމުގައި ކުރީގެ ޕީޕީއެމްގެ މަޖްލިސް މެމްބަރުންގެ ގޮތުގައިތިބި އަލީ ވަޙީދާ އަލްހާނު ފަހުމީމެން އެމްޑީޕީއަށް ބަދަލުނުވާނެ! ރައިސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމް މަޖްލިސް މެމްބަރުންގެ ގޮތުގައި ތިބި 10 މެމްބަރުން އޭރު ޕާޓީ ދޫކޮށް މިހާރު މިއޮތް ކޯލިޝަނާ ނުގުޅޭނެ!! މިއީ ހަމަ ކުޑަކުޑަ މިސާލެއް! ހަތްތާވެސް މިލިއަނުން ފައިސާގެ މުޢާމަލާތްތަކުގެތެރެއިން އަމިއްލަ ނަފުސު އިސްކުރީ އެންމެންވެސް! އެމްޑީޕީގެ މެމްބަރުންނަށްވުރެން ބޮޑަށް ޕީޕީއެމްގެ މެމްބަރުން ޕާޓީއަށާ އެމީހުން ހޮވި ރައްޔިތުންނަށް ހަރާންކޯރުވިލެތް މާޒީ ފެނުނު ގޮތުގައި ބޮޑުތަނުންވެސް ގިނަ!! އެންމެ ބޮޑަށް ޕާޓީއަށއ ބޭވަފާތެރިވީ ޕީޕީއެމްގެ މެމްބަރުން!! އެކަމުގެ ހިތިރަހަ މިއަދު ބައެއް މިނިސްޓަރުންނާ ބައެއް މެމްބަރުންގެ ކަރުބުޑާ ހަމަޔަށް މިއަދު މިވަނީ ފޯރާފަ!! އަދި މިއަދު ގައުމަށްވެސް މިވަނީ އެގިލަންވެރިކަންވެސް ކުރިމަތިވެފަ!! އެއީ ބަޔަކު އަމިއްލަ އެދުން އިސްކުރީތީ ގައުމަށްވުރެން ބޮޑަށް!!
ހޭބަލި ވެގެން ބީތާއެއް ގައުމުގެ މަސްލަހަތު ނަގާލާފަ ގޮސް އެއޮތީ ދިވެހި ރައްޔިތުން ނޫޅެ މިފަސާދަވެރިޔާ މިގައުމައް އްރުވާކައް
ބަރާ ބަރު! ބޮލު ގައި ވެސް އެއްޗެއް ނެތް ހާލަތު ގައި އޭނަ އުޅެނީ ސައިޒު އޮޅި ގެން
ބޮލަށް ބަލާއިރު ދެމީހުން އެއްވަރު، ބިގޭގެ ދޮންކަން އުޅެނީ މާ ކުރީގަ. އަމިއްލަ. ޢެ ދުން އަންނިގެ މާ ބޮޑު. ޑިމޮކްރަސީން ބިގޭއަށް 85 އަންނިއަށް 65، ހީލަތާއި މަކަރުން ބިގޭއަށް 70 އަންނިއަށް 70.
ބޮލުގަ އެއްޗެހި ހުރިމީހާ ރަގަޅެއްނޫންތަ އެންމެ ވަގުކޮޅަކަށްވެސް ހަމައިގަހުރީޔާ.
މިފަހަރު އެގޭނެ ސައިޒުވާ ބަޔަކު ތިދަނީ ގަދަހިފުމަކަށް.
މި އަންނިގެ ސައިޒު މާ ބޮޑަށް އޮޅިގެން ނޫޅެން އަންގަން އަދި ބިގޭއާ ގެޅިގަނެގެން ނޫޅެންވެސް އަންގަން.
މާ ބިގު ހެދިގެން އަންނި އާ ނުގެޅޭތި...ސައިޒު ގަ ތިބޭ....
ތިޔަ އަންނި އަކީ މިޤައު،ުގެ އެއްބައިވަންތަކަމާ އެއްބައެއްވަންތަކަން ނަގާލައި ގަޢޫމުގެ އިޖުތިމާއީފޭރާން ވީދާ ކުދިކުދިކޮށް ޤައުމުގެ މިނިވަންކަމާ އިސްތިޤުލލު ނަގާލައި ޤައުމު އަޅުވެތިކޮށް މުޅިޤައުމު ފުނޑާލި ޚާއިނެއް ވެރިކަމުގެ ދަހިވެތިކަމުގަ ހުރިހާކަމެއްކުރީ އަދިމިހާރު އެކުރަނީވެސް ވެރިކަމުގެ ދަހިވެތިކަމުގަ
ރައީސް ޔާމީނާ ދޭތެރޭ ގޭޓް ސުޕީޗް ސޯސަލް މީޑިޔާ ގަޔާ ޓީވީ ޕުރޮގް ރާމްތަކުގަ ދެއް ކިމީ ހުން ނައް ފިޔަވަޅު އަޅަން ނުކެރެނީތޯ. ނޫނީ އެކަން ހަމަ އޯކޭ ތޯ؟؟ނޫނީ ޢަދުލު އަދުލު އިންސާފަކީ ވަކި ބައެއް ގެ ހައްގެއްތޯ؟؟؟؟
މިޤައު މަކު ވަފާތެރިން ނުތިބޭ މުޅިންވެސް ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ތިބީ !
ނަޝީދު ސައިޒް ކޮށް ގެން މިގައުމު ސަލާމަތުގެ އައްސޭރިޔަކަށް ދެވޭނީ.....އެމްޑީޕީ މެމްބަރުން ނަކީ އަމިއްލަ ސިކުޑިން ވިސްނާބަޔަކަށް ވާންއެބަޖެހޭ.
ބޮލަށް ބަލާއިރު ދެމީހުން އެއްވަރު، ބިގޭގެ ދޮންކަން އުޅެނީ މާ ކުރީގަ. އަމިއްލަ. ޢެ ދުން އަންނިގެ މާ ބޮޑު. ޑިމޮކްރަސީން ބިގޭއަށް 85 އަންނިއަށް 65، ހީލަތާއި މަކަރުން ބިގޭއަށް 70 އަންނިއަށް 70.
މި ކެނެރީގޭ ނަޝީދު ދޫކޮށްލަބަލަ. މީނާގެ ކިބައިން މި ޤައުމު ސަލާމަތްވެބަލަ. އޭރުން އަޅުވެތިކަމުން ސަލާމަތްވާނީ.
ވަފާތެރިވާންވީ ގައުމައް އަންނިޔަކައްނޫން
ރާއްޖެ އިން ބޭރުގަ ބިރުން ފިލައިގެން އުޅޭމީހަކު އެބަ އުޅެ އެވެ. އެމީހާ ގެ ވާހަކަ ކޮންމެވެސް ބަޔަކު ދައްކަ ބަލާާށެވެ.
ތިތިބީވަރިފަށަށްއަރާފަ
ބިގޭގެ ވާހަކަ ވެސް އެހެން މީހެްްގެ ވަހަކަވެސް ނަސީދު ނުދައްކަވާ ނަސިދަކީ ދިވެހިގައުމު ދެކެ އިހްލާސްތެރިކަމުގެ ކަންފުޅެއްވެސް ހުރި ފަރާތެއްނޫން. މައިޓްކުންފުނީގެ ފައިސާ އިން ހިޔާނާތްވެ އެފައިސާއިން ކާންބޯންދީ ބޮޑުކޮށް ކިޔަވައިދީފަ ހުރި ނަސީދުގެ ކިބައިގަ އިހްލާސްތެރިކަން ހުންނާނީ ކިހިނެތް މީހުން އިހްލާސްެތެރިވަނީވެސް މީހާ ރަނގަޅު މީހަކަށް ވަނީވެސް ހަލާތު ތަކެތިން ކައިގެން ބޮޑެތިވާނަމަ. ނަސިދުގެ މަޒީއަކީ ވަރަށް ހުތުރު މާޒީއެއް އެވާހަކަ ތަފްސީލު ކޮށް ކިޔާދީފިނަމަ ނޫހަކު ނުޖަހާނެ.
އަޅުގަނޑަށް ހީވަނީ ހަމަ އެގޮތައް އަލިފުށީ ދާއިރާގެ ރަހުމަތްތެރިޔާއަށްވެސް އެނގޭނެހެން ނަޝީދު ސިޔާސީ ފައިދާހޯދުމަށްކުރާ ކަންކަމާއި ދަައްކާ ވާހަކަވެސް. އެކަމު އެވާހަކަ ނުދައްކަވާ މެމްބަރު އެހުންނަ ހުރުން އެއީ މެމްބަރުގެ އަޙުލާގު ރަނގަޅުވީމަ ހުންނަ ހުރުމެއް ކަމަށް ދެކެން.
އަނިއަކީ ފެއިލިއާއެއް އަބަދުވެސް ކޮންމެވެސް މީހަކާ ޖައްސާލައިގެން މީނައުލެނީ ރައިތުން މީނަ ގެ ގޮތުގަ ބަލައިނުގަތްމީހެއް މިފަހަރުވެސް އެމްޑީޕީ އެކަނީ ނިކުތްނަމަ ހަމައެއިލްޥީސް
ޢަސްލު ރަގަޅު ވާހަކައެއް..ބިގޭ އާއި ސަނީފުމެން ހީކުރަނީއެމީހުންނަކީ އެމް ޑީ ޕީ ގެވެރިން ކަމަ އް..އެހެންތާވާނީ މިހާރު ސަނީފު ކޮއްކޮވެސަ އެހެރީ ކުރީ ސަރުކާރުން ވަޒީފާއިން ވަކިކޮއްފަ ހުއްޓައަލުން އެވިއޭސަން ކޮމާންޑުން 2 މިލިޔަން ރުފިޔާ އެއްކޮއް ވަޒީފާ ދީފަ
ރ އަތޮޅު މެންބަރު އިސްމާލު އަދި ވައްޑެ ވަރައް ރަނގަޅައް އިގޭނެ ނަސީދު އަކީ ކިހާ ވަފާތެރި މީހެއްކަން. ކަންނެލި އޮޑި ނިމެނީ ގެންދަން ތައްޔާރުވަނީ ރ އަތޮޅު ދުވާފަރައް. ލާރި މަތިން ފެއިބީ އާޒިމް ދަބަހުގަ ފެންގެންދިޔަގޮތައް
މީނަ އަޅޭގެންފި މީހެއް ސަލާމަތެއްނުވާނެ
އެންމެން އަބަދު އެއްފޮޓޮޔަކައް ބަލަހައްޓައިގެން ތިބޭކައް ބޭނުމެއްނުވާނެ ދެވަނަ ފޮޓޮޔެއްވެސް ބޭނުންވާނެ