ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން %69 މުވައްޒަފުން ކޮވިޑް-19 ގެ ދެ ޑޯޒް ފުރިހަމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަންގާރަ ދުވަހާ ހަމައަށް މުވައްޒަފުންގެ ތެރެއިން %69 މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވަނީ %96 މީހުންނެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ ރާއްޖެ އަންނަ ފަތުރުވެރިންނާ އެންމެ ގާތުން މަސައްކަތްކުރާ ބަޔަކަށްވުމުން ވެކްސިން ޕްރޮގްރާމް ފެށުމާއެކު އެމީހުންނަށް ވެކްސިން ދިނުމުގެ ހާއްސަ ޕްރޮގްރާމްތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުމުގެ ގައުމީ ޕްރޮގްރާމް ފެށިތާ، ތިން ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ދޭން ފެށިއެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުން ރަސްމީކޮށް ފެށީ މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުއެވެ.

ވެކްސިން ޖަހާފައިވާ ބަޔަކު އުޅޭ މަންޒިލަކަށް ރާއްޖެ ހެދުމަށް "އައިއޭމް ވެކްސިނޭޓެޑް" ނުވަތަ "އަހަރެން ވެކްސިން ޖަހައިފިން"ގެ ނަމުގައި ކެމްޕެއިނެއްވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ފަށައިފައެވެ. މިިިކެެމްޕެއިންގެ މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ މީހުންނަށް ވެކްސިން ޖަހައި މުޅި ދުނިޔޭން ވެސް އެންމެ ފުރަތަމަ "ފުލީ ވެކްސިނޭޓެޑް" ޓޫރިޒަމެއް ގާއިމްކުރާ ގައުމަށް ރާއްޖެ ހެދުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަޅުބެ

    ތިޔަޖެހި އިންޑިއާ ހުރިހާވެކުސިނަކީ ބޭކާރުއެއްޗެއް ދެވެކުސިން ފުރިހަމަކުރުމުންވެސްވީ ފައިދާއެއްނެތް ކޮވިޑު ޖެހޭ ބަލިފެތުރޭ ސަރުކާރުންވެސް ތިޔަކަށް އަޅައެއްނުލާ ރަށްރަށަށްވެސް ދާންޖެހެނީ ހަމަ 14 ދުވަހަށް ކަރަންޓީނަށް .