މިހާރުގެ ހާލަތަށް ބަލާއިރު،ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައިވެސް ގދ. ތިނަދޫގައި ކޮވިޑް-19 ކޮންޓްރޯލް ވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް އެރަށަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. އަހުމަދު އާޒިމް އަބްދުލް ޝަކޫރު ވިދާޅުވެއްޖެއެވެ.
ތިނަދޫގައި ހަލުވިކަމާއެކު ދަނީ ކޮވިޑް ފެތުރެމުންނެވެ. އެރަށުން މިފަހަކުން ކޮވިޑް ފެތުރެން ފެށި ފަހުން މިހާރު މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވީއެވެ. އެ ފަހުން އެރަށުން 302 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން މިހާރުވެސް 184 މީހަކު ބަލިން ރަނގަޅުވެފައެއް ނުވެއެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް އިން އޯތޮޕެޑިކްސް އެންޑް އިންޗަރޖް އޮފް މެޑިކަލް ޑިޕާރޓްމަންޓް ޑރ. އާޒިމް ވިދާޅުވީ، ތިނަދޫގައި ކޮވިޑްގެ ވޭދަނަތައް އިތުވެ، ގާތުން އެއްތާވި މީހުން ހޯދަން ކުރާ މަސައްކަތަކުގެ ބޭނުން ގެއްލޭ ހިސާބަށް ދާން އުޅޭ ހެން ހީވާ ކަމަށެވެ. އަދި މިހާރު މި ދާ ރޭޓުން ދާނަމަ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައިވެސް އެރަށުން މި ބަލި ކޮންޓްރޯލް ވެދާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.
"ފުލް ލޮކްޑައުންކޮށް ރަނގަޅަށް މޮނީޓަރ ކޮށްގެން ނޫނީ މިކަމެއް ނުވާނެ". އެރަށުގެ ކޮވިޑް ފެސިލިޓީއާ ހަވާލުވެގެން ހުންނަވާ ޑރ. އާޒިމް ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
އެރަށުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެން ފެށިފަހުން އެރަށުގައި ވަނީ ކާފިއުވެސް އިއުލާނުކޮށްފައެެވެ.
އެރަށުން އިއްޔެވެސް 10 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އެރަށުގައި ކޮވިޑް ފެތުރެން ފެށިފަހުން، ކޮންމެ ދުވަހެއް ކަހަލަ ގޮތަކަށް ވޭދަނަތައް ފެންނަމުން ދެއެވެ. އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން މިހާރުވެސް ތިން މީހަކަށް ފެސިލިޓީގައި ދަނީ ފަރުވާދެމުންނެވެ. އަދި އެރަށުން ކޮވިޑް ޖެހުނު މީހަކު ވަނީ އެ ބަލީގައި ނިޔާވެފައެވެ.
މާމިގިލީ ކޮވިޑް ކޮންޓްރޯލް ވެއްޖެ ތޯ. މިހާރު 3 މަސް ވަނީ.
1980 ގެ އަހަރު ތަކުގައި ފުރަތަމަ އޭޑުސް ބަލި ރާއްޖެއިން ފެނިގެންވެސް ޑޮކްޓަރުން ދެއްކީ މިޒާތުގެ ބިރުވެރިވާހަކަ ގިނަމީހުން ނަފުސާނީ ގޮތުންގޮސް ބިރުން ހަލާކުވެ މަރުވީ !
ކޮންޓްރޯލް ވާނެ! އަދި އެކަމަށް މަސައްކަތްނުކުރެވެނީ! ކަމާ ބޭހޭ މީހުންވެސް ބަލި ކޮންޓްރޯލްކުރުމުގެ ބަދަލުގައި އުޅެނީ ރައްޔިތުންނަށް ދުއްޕާންކުރަން!
ތިނަދޫއިން ކޮވިޑް ބަލީގަ މީހަކު މަރެއްނުވޭ. ދޮގުހެދުމާއި އޮޅުވާލުން ނޫންކަމެއް ނުކުރޭ. އެއީ ޕެރަލައިޒްވފައިވާ މީހެއް އެމީހާ ވެއްޓި ބޮލަށް ލޭއެޅިގެން މަރުވިކަން ހޮސްޕިޓަލުގެ އެންމެންދަނޭ. މިދުވަސްވަރު މާލެ ނުފޮނުވަންވެގެން ކޮވިޑަށް ފައްސިވިަކަމށްހެދީ.
ކަލޭމެނައް ނޭގެނީ އެއްނޫން އެކަން ކުރަން. އެއްމެން އުޅޭނެ ގޮތަކައް އުޅެން 14 ދުވަހައް ދޫކޮއްލާފަ ޖެހިގެން އަންނަ 14 ދުވަހު ލޮކްޑައުން ކޮއްލާ އޭރައް ތިބޭނީ ބަލިވާ ބަޔަކު ބަލިވެފަ ވާންޖެހޭއެއްޗެ ވެނިމިފަ
އެކި ކޮށިތައްވަކިވަކިން ކޮވިޑް ސާމްޕަލްތައްނަގާ މުޅިރަށް މަސްދުވަހުން ޓެސްޓް ކޮށް ލެވިއްޖެނަމަ 2 މަސްތެރޭ ތިނަދޫން ކޮވިޑް ފިލުވާލެވިދާނެ. ދުވާލަކަށް 300 ޓެސްޓް ސާމްޕަލް ނަންގަވާ .ދެކުނުންފަށައިގެންގޮސް އުތުރަށް ނިންމާލެވޭއިރު ރަށުގެ އެންމެން ޓެސްޓް ކުރެވިދާނެ ބަލިޖެހިފަ ތިބި މީހުން އުޅޭގޭގެ ކަރަންޓިނު ކުރެވިދާނެ. ޓެސްޓްކޮށް ނިމޭ މީހުންދިރިއުޅޭ ބަޔަށް ޓެސްޓް ނުކުރާ މީހުން ވަނުން މަނާކުރޭ އޭރުން 2 މަސްތެރޭ ތިނަދޫން ކޮވިޑް ނައްތާލެވިދާނެ.
ޝުކުރިއްޔާ! މައިމޫނާއާއިމައިމޫނާގެ ޚާއްޞަހުއްދައަށް! އިދިކޮޅަށް ޖައްސަންއުޅުނުކޮވިޑް! އެވަރަށްބުނެފަފޮނުވީ އިދިކޮޅުމީހަކާނޫނީކައިރިނުވާށޭ! އެކަމަކު ހިނދުކޮޅުގަހުރީމަ އެއެއްމިއެއްނުބަލާއުޅެވުނީ! ދެންމިއަދުހިތްވަރުކޮށްލާ!!!!!!
މިސަރުކާރުގެ ވެރިކަމުގަ ހައަހަރުދުވަހައްވެސް ތިކަން ދިގު ދަނމަފާނެ.