ހަމަ އެކަނި ކައުންސިލެއްގެ ހުއްދައަކަށް ރިއާޔަތްކޮށް ރުއްގަސް ނެގުމާއި ކޮނެގެން ނުނެގޭނެ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އީޕީއޭއިން ކުރި އިއުލާނެއްގައި ވިދާޅުވީ، މީހުން އާބާދުވެފައިވާ ރަށްރަށުން ގިނަ އަދަދެއްގެ ރުއްގަސް ނަގައި، ރިސޯޓުތަކާއި ހިއްކާފައިވާ ބިންތަކުގައި އިންދުމަށް އެކި ފަރާތްތަކުން އެއޭޖެންސީގައި އެދެމުން އަންނަ ކަމަށެވެ.

އެހެން ނަމަވެސް ހަމަ އެކަނި އެރަށެއްގެ ކައުންސިލްގެ ހުއްދައަކަށް ރިއާޔަތްކޮށް ގަވާއިދާއި ހިލާފަށް ގިނަ ބަޔަކު އެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ކުރެވޭނީ ކައުންސިލްގެ ހުއްދައިގެން އިތުރުން އެއޭޖެންސީގެ ހުއްދަ ލިބިގެން ކަމަށް އީޕީއޭއިން ވިދާޅުވިއެވެ.

އީޕީއޭއިން ވިދާޅުވީ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ 4/93 ދަށުން އެކުލަވާލާފައިވާ 'ރުއްގަސް ކެނޑުމާއި، ކޮނެގެން ނެގުން އަދި އެއްރަށުން އަނެއް ރަށަށް ގެންދިއުމާއި ބެހޭ ޤަވައިދިގެ 05 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކަން ކުރެވޭނީ އެ އޭޖެންސީގެ ހުއްދަ ލިބިގެން ކަމަށެވެ.

އެހެން ކަމުން އެ މަޝްރޫއަކަށް ދޫކޮށްފައިވާ އީއައިއޭ ޑިސިޝަން ސްޓޭޓްމަންޓް ނުވަތަ ރުއްގަސް ގަވައިދުގެދަށުން ދެވިފައިވާ ހުއްދަ ބޭނުންވާނެ ކަމަށާއި ދޫކުރެވިފައިވާ ހުއްދައިގެ ދަށުން ނެގުމަށް ހުއްދަ ދެވިފައިވާ ރުއްގަހުގެ އަދަދާއި ރުއްގަސް ނެގުުމަށް ހުއްދަ ދެވިފައިވާ ސަރަހައްދުގެ ބޮޑުމިނުގެ އިތުރުން ރުއްގަހާއި އެކު ރަށްރަށުން ކަޅު ފަސް ބޭރު ނުކުރުމަށް އީޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އީޕީއޭއިން ވިދާޅުވީ، އެ ހުއްދަތައް މަސައްކަތް ކުރާ ފަރާތްތަކުގެ އަތުގައި އަދި ރުއްގަސް އުފުލާ އުޅަނދު ފަހަރުގައި ހުންނަން ޖެހޭނެ ކަމަށާއި އެ ލިޔުންތައް މިގޮތަށް ފުރިހަމަ ނުކޮށް ރައްގަސް ކަނޑައި ނުވަތަ ނަގައި އެއްރަށުން އަނެއް ރަށަށް އުފުލާ ފަރާތްތައް ޤާނޫނާއި އެއްގޮތަށް ފިޔަވަޅު އަޅައި ހުއްޓުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮރަލް

    ދޫނިބިސް އަޅާ ފިނޮޅު އަދި ފަޅު ރައްތައް އެއްކޮށް ހަލާކު ކުރާ އިރު ފިޔަވަޅެއް ނޭލެ އެވެ.

  2. ނާޅި

    މި އިޕީއޭ ވެސް ހެދިގެން އުޅެނީ އެމެން އެއީ ވަކި ދައުލަތެއްކަމަށް ބަލަ ކައުންސެލްގެ އި ހުތިސާސުގެ ތެރޭގައި އެމީހުނަށްވެސް ކަންކަން ކުރެވޭނެ ގަސް އިންދާ ގަސްކެޑެން ވެސް ކެޑޭނެ އުފުރާވެސް ލެވޭނެ. ޢީޕީއޭ މީ ތަރައްޤީއަށް ހުރަސް އަޅާބައެއް ޖެއްސުން ކުރާބަޔެއް !

    2
    2
  3. މޫސަ

    ރުއްގަސް ނަގައި އެއިން ރައްޔިތުންނަށް މާލީ ފައި ދާލިބި އަ ދި އެތަކެތި އެހެން ތަނެއް ގައި އިން ދާ ހެއްދުމަށްވުރެ އީޕީ އޭ އަށް ރަނގަޅީ އެތަކެތި ފީ ކޮށް އަން ދާ އަޅިއަށް ހެ ދުން.

    2
    1