އަލީފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އަކީ ކެރޭ ލީޑަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.
ފަޒްނާ މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ބިގޭ ދެއްކެވި ވާހަކަތަކަށް އިޝާރާތްކޮށް ފޭސްބުކުގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރާއްޖޭޓީވީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބިގޭ ވަނީ އޭނާ ޖަލުގައި އަހަރުތައް ހޭދަ ކުރި ގޮތުގެ ތަފްސީލް ހިއްސާ ކޮށްފައެވެ. އެގޮތުން ޖަލު ހަޔާތް ފެށުނީ 1990 ވަނަ އަހަރު ކަމަށާއި ދޫނިދޫ ޓިނު ގޮޅީގައި ހަ މަސް ދުވަސްވަންދެން އޮންނެވި ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ދޫނިދޫ ތިން ނަމްބަރު ކުޑަގޮޅީގައި ދެ ރޯދަ މަސް ހޭދަކުރެއްވި ކަމަށް ވެސް ބިގޭ ވަނީ ވިދާޅުވެފައެވެ.
އެކަމާއި ގުޅިގެން ބިގޭ އަށް ތައުރީފު ކުރައްވައި ފަޒްނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބިގޭ ވާހަކަ ދެއްކެވީ ސީދާ މައްސަލައަށް ކަމަށާއި، ވަކި މީހަކު މޮޅުކޮށް ދެރަކޮށް ނޫންކަން ފާހަގަކުރެވުނު ކަމަށެވެ. އަދި ނިންމުންތައް ނިންމުމުގައި އިސްކަން ދެނީ ވަގުތާއި ހާލަތަށް ބަލައި، އެ އިރަކު ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ވެސް ބިގޭ ފާހަގަކުރެއްވި ކަމަށް ފަޒްނާ ވިދާޅުވިއެވެ.
އަދި ކުޑައިރު ބިގޭގެ ބައްޕަ ނިޔާވުމާއި އެކު ބައްޕައެއްގެ ގޮތުގައި ބެލީ އޭނާގެ ދައްތަ ކައިވެނިކޮށްގެން އުޅޭ މީހާ ކަމަށާއި ބިގޭ އަކީ ކެރޭ ހީވާގީ ލީޑަރެއް ކަން ހާމަވެފައިވާ ކަމަށް ފަޒްނާ ވިދާޅުވިއެވެ.
"ބިގޭ އަކީ ވެސް ބަސްމަދު އަމަލު ގިނަ، ސިޔާސީ ތަޖުރިބާ ހުރި، ކެރޭ، ހީވާގި ލީޑަރެއްކަން ހާމަވެގެން ހިނގައްޖެއް" ފަޒްނާ ވިދާޅުވިއެވެ.
މެޑަމް ފާތުން ސިޔާސީ ކަންކަމާ ބެހޭ ކަމަށް ނަންވާނީ. މި ސިޔާސީ ކަންކަމާ ބެހުނީ. ސަކަރާތް މިކަން. އަނބިމީހާ ސިޔާސީ ކަންކަމާ ބެހުނީމަ ހުތުރު.
ހުދާ އާއި ބިގޭ އިނދެގެން އުޅެނީ. ފަޒުނާ ގެ އެއްބަނޑު އެއްބަފާ ކޮއްކޮ. އައްނި އެހީ ނުވި ނަމަ އިބޫ އަށް ރައީސްކަން ހުވަފެނުން ވެސް ނުފެނުނީސް ކަން ފަޒުނާ ހަނދާން ނައްޓާލާ، މިހާރު ސިޔާސި ކަންކަމާއި ބެހި 2023 އަށް އިބޫ ގެ ކެންޕޭޕން ފަޒްނާ ތިޔަ ފެއްޓީ.
އިބޫ އުޅެނީ ޅަގެރިހެދިގެން ނާޝިދު އާއި އައްނި ފޫބުޑުން. ޙަޤީގަތގައި ނާޝިދު އަށް ވުރެވެސް 5 އަހަރު ދޮށި މީހެއް އިބޫ އަކީ. ހިންނަވަރުން އުފަން ސެޓްފިކެޓް ހެދިއިރު ރަނގަޅަށް ހަދާނެތަ ؟ ރަށްރަށު ކުދިން މާލެއަށް ކިޔަވަން ގެންނައިރު އުފަން ސެޓްފިކެޓް ރަށުން ހައްދަނީ 10 އަހަރު ކަނޑާލާފަ. އެގޮތަށް ބަލާ ނަމަ އިބޫ އަށް 65 ވެދާނެ މިހާރު. ގާސިމް އާއި ގާތްގަނޑަކަށް އެއް ޢުމުރެއް.
ބަލަ ތިޔަ ބުނާ އަންނި މީހަކަށް ހަދަން މަސައްކަތް ކުރި މީހުން ކޮބައި މިހާރު؟ އެމްޑީޕީ މަތި ފަޑީގަ އަންނި ޖެހި ނުގަންނަނީ ކާކާ؟ އަންނި ބިރު ގަންނަނީ އެހެން މީހުން އަންނިޔަށް ނުވި ކަންތައްތައް ކޮށް ސިޔާސީގޮތުން ކުރިއަރަން ފެށީމަ. ހުދު ގާތް ރަހުމަތްތެރިޔާ މީނަޔަށްވުރެ ރަނގަޅަށް ވެރިކަން ކޮށްފާނެހެން ހީވީމަ ކެތްނުވީ. އިބޫ އެހެން ނޫނަސް ހޮވުނީ ޔާމީނު ބޭރު ކުރަން ބޭނުންވެފަ ތިބި ވަކިއަތަކަށް ނުޖެހޭ މީހުންނާ ދީނީ މީހުން ވޯޓު ލައިގެން. އަންނިޔަށް އޭނަގެ ސައިޒު މަޖިލިސް އިންތިހާބުން ފެނިފަ ދެން ވެރިކަމާ ގާތްނުވެވޭނެކަން ޔަގީންވީމަ އެތެޅެނީ
ކެކެކެ މަޖްލިސް އިންތިޙާބުންނޭ ތިބުނީ ކޯލިޝަން އޭ ބުނަން ދޯ. ކޯލިޝަން އެހެންވީ އިބޫ ވަޢުދު ނުފުއްދާތީ އެމް.ޑީ.ޕީ ދެކެ ރައްޔިތުން ފޫހިވީ.
ބަލަ މަޖުލިސް އިންތިހާބާ ވައުދާ ކޮންކަމެއް. އޭރު ވެރިކަން ފެށުނީ އަދި. އެހެންވެ ސުޕަރ މެޖޯރިޓީ ދިނީ. އޭރު ރައްޔިތުން ތިބީ ހެވިފަ. މަޖުލިސް އިންތިހާބުގަ އަންނި ސައިޒު ދެއްކީ ހެވިފަ ތިބެ. ވާނުވާ ނޭނގެންޏާ އަނގަ ނުކޮށްޕާނީ
މަޖްލިސް ކާމިޔާބު ކުރީ އެމް.ޑީ.ޕީ. ސްޕާރ މެޖޯރިޓީ ދިނީ ވަޢުދު ތަކެއް ވެގެން. ކެކެކެ.
ކިހާސަޅި
އަންނި ދެން ފަޒުނާއަށް ތޯއްޗެ އަންގާނީ އަގަ މަޑުން ލައިގެން ހުރުމަށް . އެހެން ނޫނީ ބޮޑު ދައިތަ ކައިރީ ބުނާނަމޭ
ބަލަ ފާތުމަމެން ވަރެއްނުވާނެ ނުކުޅެދިކަންހުރިކުދިން މުޖުތަމައްނެރެދީ ބަލިއެދުގާތިނިކުދިން ދުއްވާގޮޑިހޯދުމުގާ ރެޔާދުވާލު ކުދިންނައްއެހީވުމާއި މެޑަމުފާތުމަ ނިކަމެތިގެކުދިން ހިތާނުކުމުގާބެސްބެސްޓު ސިޔާސީނުވާނެފާޅުގައި އެވަރެއްނުވާނެ ފަޒުނާދެން ދޯ؟؟ނުފޫޡ؟؟؟
ދެން މިހާރު ކީއްވެޔޯ ނުކުރަނީ. އޭރު އަމިއްލަ ލާރީގަ ކުރިނަމަ މިހާރު ކީއްވެ ނުކުރަނީ. އޭރު ކުރީ ރައްޔިތުންގެ ލާރި ވަގަށް ނަގައިގެން ކަން އެހެންވީމަ އެބަ އެނގޭ ދޯ
ސިއްކަގޭ ބަޢާވަތް އެންމެ
ފަހުން ތިލަވަނީ
އަންނި އަމިއްލަޔަށް ދޯ ބުނީ ވެރިކަމާ މިހެން ދުރުގަ ހުންނަން އުނދަގުލޭ، ބަރުލަމާނީޔޭ. އިބޫ އެއްބަސް ނުވީމަ ދެން ފެށީ ކެރަފާގެ ބަގާވަތް. ބަލަ އަންނި އަމިއްލަޔަށޭ ކީ
100% ރަނގަޅު
ބަޔަކު ކުރީގައި މެޑަމް ފާތުންނަށް މަލާމާތްކުރި ކުރީގައި ކީހެންހީވި ސިޔާސީ ކަންކަމަކާއި ނުބެހޭނަމޭ. ހީވިގޮތެއް ތޯއްޗެ. ގޯހެއްނޫން. ފިރިމީހާގެ މަސައްކަތް ކަތުގައި އެހީތެރިވެދޭން ތިބޭނީ އަނބިން.
ނަސީދަކީ އޮސިފައޮތް ޗެޕްޓަރްއެއް ދެންެއް ތެޅިމަރުވިއަސް ރައިތުން ބަލަޔެއް ނުގަންނާނެ.
.އަންނި ގެ އެހީތެރިކަން ނެއްނަމަ ކޮންބިގޭ އެއް
ބިގޭ ކަހަލަ އެތައްބަޔަކު އެހީނުވިނަމަ ކޮން އަންނިޔެއް. މީ އަންނި އެކަނި ކުރި މަސައްކަތެއް ނޫން
ބިގޭ މިހާރު އެވީ ލީޑަރަކަށް.
ވަކި މީހެއްގެ އެހީތެރި ކަމޭ ބުނެވޭކަނެއް ވޯޓް ދެއްވި ހުރިހާ ރައްޔިތުންގެ އެހީތެރިކަން.
ފަޒުނާ އެކްޓިވް ކޮށް އުޅުއްވާތަން ދެކެން ބޭނުން ނުވާ ބަޔަކު ތިބޭނެ. އެއީ ޔަޤީން ކަމެއް. އެކަމާ އަޅާނުލައްވާ. ޤައުމުތަކުގެ އިޖުތިމާޢީ ކަންކަމުގަ ފަސްޓްލޭޑީންގެ ދައުރު އޮވޭ. ބައެއްފަހަރު ފިރިމީހާ (ރައީސް) ގެ ސިޔާސަތު ޙިމާޔަތް ކުރުމުގައި އުޅުއްވަން ޖެހިވަޑައިގަންނަވާނެ.
ތިޔައިން އެއްވެސް މީހަކަށް ނޭންގުނުދޯ ބިގޭއަށް މަޖިލިސްއަށް އާދެވުނީ މާތްﷲގެ އެހީތެރިކަމާއި މަދަދު ލިބިގެންކަން
މީހެއްގެ މޮޅުކަމަކުން ނޫން މަޖިލީހަށް ބިގޭ ހޮވުނީއަކީ ތިޔައުޅެނީ ނަޞާރާއިން ހެދިހެން ހަދަންދޯ
ބިގޭ ޖަލަށްލީ ބޮންހަދައިގެން........
މިހާރު މިޤައުމަށް ހިތުހުރިއެއްޗެއްހަދާބަޔަކީ ނަޝީދުގެ ބައިގަނޑު ވެރިއަކަށްނުބަލައި ފެނި ވިސްނޭމީހުން އެފުރުސަތެއްނުދޭނެ އެއީ ބިގޭބުނިވާހަކައަކީ އަންނި ކިހިނެއްތިހަދަނީ
ބިގޭ އަކީ ކެރޭ ލީޑަރެއް- ފަޒްނާ
15 ގަޑިއިރު ކުރިން ( ޖޫން 11, 2021 )
އަންނީގެ ކޮންވައުދެއްތަ ފުއްދިފައޮތީ؟
ލެޕްޓޮޕަކާ ދެރިސޯޓުންތަ އަނި ރާއްޖެ ހިންގީ؟
އަޑޫގަ ހިންގި އަލިފާނުގެ މަސްރޫއިން 200 މިލިޔަނަށް ވުރެ ބޮޑުގެއްލުމެއް ނޫންތަ ލިބުނީ؟
ކޮންވެންސަރ ސެންޓަރަށް މާލީޤާނޫނާ ޚިލާފަށް 600 މިލިއަން ޚަރަދެއްނުކުރޭތަ؟
އަދިވެސް އަދިވެސް .