ހދ. ހަނިމާދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ޑޮކްޓަރަކު ހިމެނޭހެން، އެރަށުން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެެވެ.

އެރަށުން މިފަހަކުން ކޮވިޑްގެ ވޭދަނަތައް ފެންނަން ފެށީ ބުދަ ދުވަހު އެވެ. އެ ދުވަހު ދެ މީހަކު އެރަށުން ކޮވިޑަށް ފައްސިވިއެވެ. އެއީ ސްކޫލް ދަރިވަރަކާއި،އެ ދަރިވަރު ދިރިއުޅޭ ގޭގެ މީހެެކެވެ. އެ މީހުން ކޮވިޑަށް ފައްސިވެފައި ވަނީ ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުންނެވެ.

އެ މީހުން ފައްސިވުމާއި ގުޅިގެން އެރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

އެރަށު ކައުންސިލް ރައީސް އަބްދުއްސަތާރް ހަސަން ވިދާޅުވީ، އެރަށުން އިއްޔެ އިތުރު ތިން މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށާއި، މިއާއެކު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ފަހަކަށް އެެެރީ ކަމަށެވެ.

އަދި އެރަށުން ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ކުރިން ދެ މީހުން ފައްސިވި ގޭގައި އުޅޭ އެކަކާއި، އެރަށު ސިއްހީ މަރުކަަޒުގައި މަސައްކަތް ކުރާ ޑޮކްޓަރެއްގެ އިތުރުން، އެރަށު ސެލޫނެއްގައި މަސައްކަތް ކުރާ ބިދޭސީއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު