މިހާރު ކޮވިޑް-19ގެ ގިނަ ވޭދަނަތަކެއް ފެންނަމުންދާ ގދ. ގައްދޫ އާއި އެ އަތަޅު ތިނަދޫން އެ ބަލި ކޮންޓްރޯލް ކުރުމަށް ފުރަބަންދަކަށް ދާން ޖެހޭކަމަށް ގދ. އަތޮޅު ކައުންސިލް ރައީސް ހަސަން ފައިހަތް ގުދުރަތުﷲ ވިދާޅުވެއްޖެއެވެ.

ފައިހަތް މިގޮތަށް ވިދާޅުވެފައިވާއިރު، އެ ދެރަށުގައިވެސް ހަލުވިކަމާއެކު ދަނީ ކޮވިޑް ފެތުރެމުންނެވެ. އެގޮތުން ތިނަދޫން އިއްޔެ އެކަނިވެސް 10 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި ގައްދޫން އިއްޔެ އެކަނިވެސް 13 މީހަކު ކޮވިޑަށް ފައްސިވިއެވެ.

ފައިހަތް ވިދާޅުވީ، މި ދެރަށުންވެސް ކޮވިޑް ކޮންޓްރޯލް ވާން އޮތީ އެއްކޮށް ފުރަބަންދު ކޮށްގެން ކަމަށެވެ.

"ފުރަބަންދު ކުރުމުގެ ބޭނުމަކީ މޮމެންޓްސް ހުއްޓުވުން، ފުރަބަންދަކަށް ދިއުން އެއީ ފަސޭހަކަމެއް ނޫންކަންވެސް އެނގޭ، ވާން ޖެހޭ ތައްޔާރީތައް ހުރިކަންވެސް ފާހަގަ ކުރަން". ފައިހަތު ވިދާޅުވިއެވެ.

ފައިހަތު މިގޮތަށް ވިދާޅުވެފައިވާއިރު، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް އިން އޯތޮޕެޑިކްސް އެންޑް އިންޗަރޖް އޮފް މެޑިކަލް ޑިޕާރޓްމަންޓް ޑރ. އާޒިމް ވަނީ، ވަނީ ތިނަދޫން ކޮވިޑް ކޮންޓްރޯލް ކުރެވޭނީ ފުރަބަންދަކަށް ގޮސްގެން ކަމަށް ވިދާޅުވެފައެވެ.

ޑރ. އާޒިމް ވިދާޅުވީ، ތިނަދޫގައި ކޮވިޑްގެ ވޭދަނަތައް އިތުވެ، ގާތުން އެއްތާވި މީހުން ހޯދަން ކުރާ މަސައްކަތަކުގެ ބޭނުން ގެއްލޭ ހިސާބަށް ދާން އުޅޭ ހެން ހީވާ ކަމަށެވެ. އަދި މިހާރު މި ދާ ރޭޓުން ދާނަމަ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައިވެސް އެރަށުން މި ބަލި ކޮންޓްރޯލް ވެދާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.

އިތުރަށް ފައިހަތު ވަނީ ގދ. އަތޮޅަށް އާ ޕީސީއާރް މެޝިނެއް ގެނެސް، ޓެސްޓިންގ ކެޕޭސިޓީ އިތުރު ކުރަން ޖެހޭ ހާލަތަށް ގޮސްފައިވާ ކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ޓެސްޓުގެ ނަތީޖާ ލިބުން ލަސްވުން އެއީ ބަލި ފެތުރެން ދިމާވާ އެއް ސަބަބު ކަމަށް ދެކޭ ކަމަށެވެ.

އިއްޔެ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން އާއްމު ކުރި މައުލޫމާތަށް ބަލާއިރު، 135 ސުންކެއްގެ ނަތީޖާ ނުލިބެއެވެ. އަދި އެރަށުން މިހާރު 302 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، ގައްދޫން ޖުމްލަ 68 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އަންނި

  ތިކަން ކުރާނަން ބޮއްސުން ލުމުން.

 2. މިތުރު

  އާ ޕީސީއާރް މެޝިނެއް؟؟؟ މިހާރު އެބަހުރިތަ މެޝިނެއް. އަތޮޅު ކައުންސިލް ރައީސްވެސް ވާނުވާގަތޯ؟؟ މިސަރުކާރުންކޮންއިރަކު ގެނައި މެޝިނެއްގެ ވާހަތޯ ތިވިދާޅުވަނީ. މިހާރުހުރީ ހެޕަޓައިޓިސްބީ ޓެސްޓް މެޝިނެއް. އެއަށްމިކިޔަނީ ޕީސީއާރު މެޝިން. ކޮވިޑް ކޮންޓްރޯލް ކުރަންބޭނުންނަމަ އަވަހަށް ނަތީޖާ ލިބޭނެ ގޮތްހަަންވީ. ޑރ. އާޒިމަކަށްވެސް މިހެން ބުނާކަށް ނުކެރޭ. ފިތިގެން ކަންތައްތަކެއްނުކުރެވޭނެ. އަނގަހުޅުވައިގެން ކަންތައްތައްވާނީ.

  • ******

   އާދެ، އެބަހުރި ޕީސީ އާރު މެޝިނެއް، އޭގެއިން ނުކަތާ ވާހަކަ އެބުނީ!!

   ވާނުވާގަ ހުރީ ކާކުކަން އޮޅިއްޖެ!ނޭނގޭ ވާހަކަ ނުދެއްކުން ވ މުހިއްމު

 3. ާއަޅާ

  ތެނަދޫހޮސްޕިޓަލުހުއްޓޫޓީބީޓެސްޓުކެރަނެޖީންއެކްސްޕާރޓްމެޝިނެކެ

  2
  1
 4. ހަސަންބެ / ތިނަދޫ

  ފައިހަތުގެ ވާހަކަ ރަގަނޅު . މިހާރު ހުރީ ޕީސާއާރު މެޝިނެއް ނޫން ، މިވަގުތު އިމަޖެންސީ ޓެސްޓް ހަދަމުންދަނީ ހޮސްޕިޓަލްގަ ހުރި މެޝިނުން ، ޕީސާއާރު މެޝިނެއް ހޯދަން އެބަޖެހޭ . ސަރުކާރުން ކޮވިޑަށް އެތައް ބިލިޔަން ހަރަދު ކުރިއިރު އަތޮޅުތެރޭގައި ޓެސްޓް ހެދޭނެ ގޮތެއް ނުހޯދުނު....