ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވާ ކަމެއް ނުކޮށްފި މީހަކީ ބާޣީއެއް ކަމަށް ސިފަ ކުރައްވާނެ ކަމަށް މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އިބްރާ މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ދައްކަވާ ވާހަކަތަކަށް ނަޝީދު ރައްދު ދެއްވުމާއި ގުޅިގެންނެވެ.

އެގޮތުން ނަޝީދު ވަނީ އެހެން ބޭފުޅުން އެމަނިކުފާނާ މެދު ބަހައްޓަވާ ވަފާތެރިކަމާއި މަދަދުުގެ ވާހަކަ ބިގޭ ނުދެއްކެވުން ރަނގަޅު ކަމަށް ވިދާޅުވެފައެވެ.

ބިގޭގެ މައްސަލައިގައި އެމްޑީޕީ ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި އިބްރާ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ނަޝީދު ބޭނުންވާ ކޮންމެ ކަމެއް އެބޭނުންވާ ގޮތަށް ނުކޮށްފި ކޮންމެ މީހަކީ ގައްދާރެއް، ބާޣީއެއް، ވަގެއް ކަމަށާއި އެފަދަ ވާހަކަތައް އެގޮތަށް ދެއްކުން ހުއްޓާލަން ޖެހޭ ކަމަށެވެ.

އަދި މި ޤައުމުގައި އިސްލާހު އެދިގެން ނުކުތް ގިނަ މީހުން ތަކަކަށް މިކަމުން މިންޖު ނުވެގެން މަސައްކަތް ހުއްޓާލާފައިވާ ކަމަށާއި އެމީހުން ބޭނުންވަނީ ވެރިކަމެއް ނޫން ކަމަށް އިބްރާ ވިދާޅުވިއެވެ.

މީގެ އިތުރުން އިބްރާ ވިދާޅުވީ، އެމްޑީޕީގެ އިސް ސަފުގައި ތިބި މީހުން 'ބިގޭ މެން ބޭނުން ސަރުކާރޭ' ބުނީމަ އެކަމުން ސާފުކޮށް އެނގިގެން ދަނީ އެމީހުން މި ސަރުކާރު ބޭނުން ނުވާކަމަށެވެ.

"ދެން އެހެންނަމަ އިދިކޮޅު ޕާޓީއެއް ހަދައިގެން އެމްޑީޕީން ނުކުންނަންވީ. ނޫނީ މައިތިރިވެގެން، ރައްޔިތުންނަށް ހިދުމަތް ކުރަން ފަށަންވީ" އިބްރާ ވިދާޅުވިއެވެ.

އިބްރާގެ ޓުވިޓު ނިންމާލަމުން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހަކީހަމައެކަނި މެމްބަރުންގެ ތަނެއް ނޫން ކަމަށާއި އެތަނަކީ އެއީ ރައްޔިތުންގެ ވެސް ތަނެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ފަހު ނޭވާ

    ބަ ރ ބަރު ވާހަކަ އެއް@ މީނަ އަށް އެހެ ދުނީ އޮލުމަކުން ނަމަ ވެސް ވަރަށް ބޮޑު ތެ ދެއް

    23
  2. ބިގޭ

    ތިޔައީ އިބުރާ މި ގަރުނުގަވެސް ބުނި ހަމައެކަނި ތެދު

    26
  3. ދެރަކަމެއް

    ނަސީދަށް އޮޅިގެން ނޫޅޭ.. މިރާއްޖޭ މީހުން ވޯޓު ދިނީ ކޯލިޝަންގެ ރައީސަށް އަދި ކޯލިޝަން ވެރިކަމެއް ކުރަން.. ނަސީދު މަޖީލީހުގައި އަމަލުކުރަމުން ދާގޮތުން ދުވަހަކުވެސް ދެން ނަސީދުއަށް ތާއީދު ނުކުރާނަން.. ދީނާއި ޚިލާފު ގޮތްތައް ނެރެ ޒުވާނުން ހަލާކުކުރަން މަގުކޮށާ ދީނީ އިލްމުވެރިންގެ އަވުވެއްޓުން ނޫންކަމެއް ނަސީދު ނުކުރޭ.. ދެން މިހާރު ވެރިކަން ބޭނުން ވެގެން ބާގީންގެ ނަން މީހުންނަށް ކިޔަން ފެށީ… ރާއްޖޭން ބޭރުގައި އާއިލާ ގޮވައިގެން އުފަލުގައި އުޅެނިކޮށް ބަޔަކު ގުރުބާން ވެގެން ހޯދި ވެރިކަމެއްމީ..ނަސީދު އޭރު އޮތީ ކްރިސްޓިއަނުންނާއި ބައިއަތު ހިފައިގެން އިގަރޭސިވިލާތުގައި…
    ނަމަވެސް ފިޒިކަލް އަނިޔާއެއް އެއްވެސް މީހަކަށް ދިނުމާއި ވ ދެކޮޅު..
    ރައްޔިތުންނަށް ޚިދުމަތެއް ނުދެވިގެން މިއުޅެނީ ސީދާ ނަސީދުގެ ސަބަބުން..

    26
  4. ހުދުހުދު

    ތިޔަ ބުނީ ތެދެއް. ޚުދުމުޚުތާރު ޑިކްޓޭޓަރު ކަލޭގެ ބުނާ އެއްޗަކަށް އެންމެ ޖެހެނީ އާބަސް ބުނަން. އެހެން ނޫނީ އެމީހަކީ ބާޣީއެއް. ޣައްދާރެއް. ޖާހިލެއް. މިހެން ގޮސް ނުކިޔާ އެއްޗެއް ނޯންނާނެ. މިކަލޭގެއަށް ނޭނގިގެން އުޅެނީ އެމްޑީޕީ ދެމިއޮންނާނީ ސިއްކައާއެކުގައިކަން. ސިއްކަގެ އާރެއް ބާރެއް ނެތް ދުވަހަކުވެސް މިކަލޭގެއަށް އެމްޑީޕީއެއް ދެނެއް ނުލިބޭނެ.

    22
  5. އުގުރި

    މީގަ އޮއްނާނީ ކުރާ ޓުވިޓު، ކުރާ މެސެޖު، އަންނަ ފޯނުކޯލު، އޭނާ ދެކޭގޮތް، އޭނާ އެދޭގޮތް، އޭނާ ފިކުރު، އޭނާގެ ވިސްނުން، ދެއް މިހެންގޮސް މުޅި ގައުމުގައި އޭނަ ބޭނުންވާ ހުރިހާ ކަމެއް ވާންޖެހޭނެ.

    19
  6. ލޫޓުވާ

    އެބަ ރަނގަޅުވޭ. އިބުރާ އެމްޑީޕީގެ ރައީސްކަމަށް އަންނަށް މަގު ކޮށަނީ. މީ ރަނގަޅު ދަނޑިވަޅެއް. ރައީސް ހައްލާލަނިކޮށް ތިކަންވެދާނެ.

    25
    6
  7. ހުސޭނުބޭ

    އެބަ ރަގަޅުވޭ!
    ބުއްޅަބޭގެ ޚުދުމުޚުތާރުކަމަށް ކެތްނުވެގެން ބައެއް މީހުން ރޯންފަށައިފި!

    40
  8. ާއަޅާ

    ޢިބުރާއަށްތާއީދު

    19
  9. އަހުމަދު

    ގެއަށް ވަންނަވަރު މަދުވީމަ ރުޅިގަދަވާނެ، ސަރުކާރު ކޮންޓްރޯލް ކޮއްގެން މުޅި ދައުލަތް ކަހާލަން އުޅުނީ.

    9
    2
  10. ޖާބެ

    ކިހާވަ ރަކުން ދާނެބާ؟

    13
    1
  11. އެމްއީއެސްޖަރީމާ

    ކަލޭތީ ނަޝީދަށްވުރެ މާވިޔަނުދާ އަދި މިޤައުމަށާއި ރައްޔިތުންނަށް ހަރާންކޯރުވި މީހެއް. ބޯގަންވިލާއިން މުޅި ދައުލަތް ކޮޅާތީ ސަރުކާރު ކަމުގޮސްގެން އުޅޭމީހެއް. އަނެއްކާ ބާކީ ދައުލަތުގަ އޮތިއްޔާ އޮތް ލާރިއެއް އެމްއީއެސްގެ ނަމުގަ 50 މިލިއަން ރުފިޔާ ހަރާމަށް ކާން ތިޔައުޅެނީ ގައުމުދެކެ ލޯބިވާވަރުންދޯ؟ އިބުރާ އަކީ ކަކުކަން ނޭގޭ މިހެއް ނުހުންނާނެ! ނަޝީދޭ ކިޔައިގެން އިބުރާއަކަށް ނެތް އެއްވެސް އެއްޗެއް ކިޔޭކަށް. ނަޝީދަށް ކުރިމަތިވި އުދަގޫ ހާލަތުގެ އެޑްވާންޓޭޖް ނަގަން ވިސްނުމަކީ ކަލޭގެ މުޑުދާރުކަން. ގައުމުދެކެ ލޯބިވަންޏާ އެމްއީއެސްގެ ނަމުގަައި ތިޔަނަގާ ނުހައްގު ލާރިގަނޑު ދޫކޮށްލަންވީނުންތަ؟

    8
    4
  12. ފަސީހު

    އިބުރާއަކީ ތިޔަކަން ތަހައްމަލްކޮއް ތަޖުރިބާކޮއްފަ ހުރި މީހެއް. މުނައްވަރުވެސް ވަނީ އެކަން ތަޖުރިބާކޮއްފަ. އެމްޑީޕީއަކީ ހަމަ އަދިވެސް ޕާސަނަލިޓީ ކަލްޓެއްގެ ގޮތުގައި ނަޝީދު ބާއްވަންބޭނުންވަނީ. އޭނާއަކީ މުޅި އެމްޑީޕީގެ ހަލާކު.

    20
  13. މަސްއޫދު

    އެހެންވެއްކިއްޔާ ރައީސްދު ބުނިގޮތޮތް ނުހެއްދެވި މީހެއް އިބާރާއަކީވެސް މިއުސޫލުން ބަލޢަިރު އިބުރާއަކީވެސް ބާޣީއެއްތާ! އިބުރާ ކޮސްއަގަ ނުތަލައި މަޑުންހުރޭ!

    3
    11
  14. Anonymous

    އެއްވަރުގެ ލާދީނީ 2 އިބިލީސް

    4
    1
  15. ހައިލީ

    މިފަހަރު އިބުރާގެ ވާހަކަ އަށް ތާއީދުކުރެވޭ ، 100 ޕަސެންޓް ތެދުވާހަކައެއް ތިބުނީ

  16. ޙިޔާލު

    ތިބުނާ އައްނީގެ ވާހަކަތައް ހުންނަގޮތުން ވިސްނާމީހަކަށް އެނގޭނެ ޤައުމާއި، ދީންދެކެ ލޯބިން އުޅޭމީހެއްނޫންކަން އެއީ. އޭނަބަލަނީ މޮޅެތި ޑުރާމާ ޖައްސައިގެން ރައްޔެތުން ވާވައްދައިގެން ދީނާމީހުންދުރުކޮށް އޭނާބޭނުންވާ އެޖެންޑާ ފަތުރަން އަބަދުވެސް މަސައްކަތްކުރަނީ. އެކަމަށް އޭނާ ވަރަށްމޮޅު. ދެރައީ އަދިވެސް ގިނަމަޔަކަށް މިކަން ނުވިސްނޭތީ. އަސްލު މިގައުމުގެ ހަމަޖެހުމާ އެކުވެރިކަން ނަގާލި މީހަކީތީ. ރައްހެތުން މޮޔަ ހައްދައިގެން މަގުތަކަށް ނެރެގެން ޤައުމުހަލާކުކޮށްފި. ދެއަނގައިން ވާހަކަދެއްކުމާ ހަގީގަތާޚިލާފު ވާހަކަދެއްކުމަކީ އޭނާގެ އާދައެއް. ރީތިކޮށް ދިވެހިބަހުން ވާހަކަވެސް ދަށްކަން އެނގޭމީހެއްނޫންތީކީ. ދެރައީ ރައްޔެތުންގެ ތެރެއިން ބަޔަކަށް މިކަންކަން އަދިވެސް ނުވިސްނޭތީ. ދެން މިރާއްޖެ ސެކިއުލާ ޤައުމަކަށް ހެދުމަށް އެއްވެސް ފަރާތަކުން ހުރަހެއްނޭޅޭނޭއަޑުގަދަކޮށްފަ ބުނާމީހުން އެފެންނަނީ ކަމެއްވީމަ. މި މީހުނންގެ ހިތަކަށްނާރަ މިމީހުންނަށްވުރެ ބާރުގަދަ ފަރާތެއްވާކަމެއް. މިފަދަ މީހުންގެ ކިބައިން މިޤައުމު ސަލާމަތް ކުރައްށި. އާމީން!

  17. ހުޅުމާލޭ ކުޑަސޮރު

    އަދި ކިރިޔާތޯ ތިއެނގުނީ؟އަޅުގަނޑު އެއްކަލަދުވަހު ވަހީދު ފެމެލީ މީހަކު ކޮރު އިބުރާއޭ ގޮވައިގެން މައްސަލަޖެހިގެން އެމައްސަލަ ހައްލުކުރަން ނަސީދުގެ ނޯޓެއް ހިފައިގެން އިބްރާމެންގެއަށާ ވަހީދުމެންގެއަށް ދިޔަދުވަހު އަޅުގަނޑު ބުނީމެއްނު ނަސީދަކީ ދެފުއް ދެގޮތް މުނާފިގެކޭ!

  18. ާަެެައބދ

    ކަލޭ ބުނާވަރަކަށް ބަދަލޭކިޔައިގެން މިގައުމު ދަރުވާފަ ފައިސާދޭމީހާ އެއީ ކަލެޔަށް ރަނގަޅުމީުާ!!!!!!!!!! މިގައުމުގަ ދިރި އުޅެމުން މިދާ ގިނަ މީހުންނަކީ މިގައުމަށް ޣައްދާރުވާ ވާނުވާ ނޭނގޭވަރަށް އަމިއްލަ އެދުން ބޮޑު ދަށު ދަރަޖައަކަށް ވެއްޓިފައިވާ ބައެއް.