އެމްޑީޕީގެ އެތެރޭގެ މަސްރަހު ހޫނުވެ ދިމާވާ މައްސަލަތައް ދިމާވަނީ ޑިމޮކްރަސީއާއި މަޝްވަރާގެ ރިވެތި އުސޫލު ދޫކޮށް، "ފޯނު ކޯލަކުން" ކަންކަން ނިންމާ ހިސާބަށް ޕާޓީގެ އެތެރޭގެ ކަންކަން ދިއުމުން ކަމަށް، މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވާހަރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްޗަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގައި ފެށި އިންކުއަރީއަށް ފަހު ނަޝީދު ބޭނުންފުޅުވާ ގޮތަށް ނޫން ގޮތަކަށް ހިނގަން ފަށާއިރަށް އެމަނިކުފާނުގެ ސަޕޯޓަރުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެންމެ ފަހުން މަސްރަހު ގޯސްވެގެން ދިޔައީ ނަޝީދުގެ ހުށަހެޅުއްވުމެއް ބޭރުކޮށްލަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ޅިޔަނު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެމްޑީޕީގެ މެންބަރުންތަކަކަށް ލޮބީ ކުރެއްވުމުންނެވެ.

އެއަށްފަހު، ރޭގެ ވަގުތެއްގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ޕާޓީގެ ސްލޮޓްގައި ތިއްބެވި ބައެއް ވަޒީރުން ބައިވެރިވެވަޑައިނުގެންނެވިއިރު، ބައިވެރިވެވަޑައިގެންނެވި އެއްވެސް ވަޒީރަކު ވެސް ނަޝީދަށް ހަމަލާ ދިން މައްސަލަގައި އެއްވެސް އެއްޗެއް ވިދާޅުނުވެ ތިއްބެވިއެވެ.

ރޭގެ ބައްދަލުވުމުގައި ހިނގައިދިޔަ ކަންކަމަށް ފަހު ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެންބަރުންނާއި ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން މީސް މީޑިއާގައި އާންމުންނަށް ވެސް ފެންނާނެ ގޮތަށް މިހާރު ގެންދަވަނީ އެމްޑީޕީ ދެބައިވި ކަމުގެ ވާހަކަތައް ދައްކަވަމުންނެވެ.

މި ގޮތުން ބޮންޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަބަދުވެސް މީޑިއާގެ ކުރިމަތީގައި ހާމަކަންބޮޑު ގޮތެއްގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް ހިންގާނަމަ ރައްޔިތުންގެ މަސްލަހަތު އިސްކުރެވި އެއްވެސް މައްސަލައެއް ނުނުކުންނާނެ ކަމަށެވެ.

ބޮންޑެ ވިދާޅުވި ގޮތުގައި އެމްޑީޕީ އެތެރޭގައި ޚިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ވެސް އަމަލު ކުރެވޭ ގޮތަކީ ކޮންމެ ވެސް ބޭފުޅަކު ފޯނު ކޯލަކުން "ވިދާޅުވި" ކަމަށް ބުނެ ޕާޓީގެ އެތެރެއާއި މަޖިލީހާއި މަޖިލީހުގެ ކޮމިޓޫީގެ ކަންކަން "ނޮޅާލާއިރު" އެ ގޮތަށް އަމަލު ނުކުރާނަމަ މައްސަލައެއް ނާންނާނެ ކަމަށެވެ.

ފޯނު ކޯލެއް ކަމަށް ވިދާޅުވެ ބޮންޑެ އިޝާރާތް ކުރެއްވި ކަމަކީ ރައީސް ނަޝީދުގެ ހުށަހެޅުއްވުމެއް މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ބޭރު ކުރަން އެ ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ މެންބަރުންތަކަކަށް ގުޅުއްވައި ބިގޭ ލޮބީ ކުރެއްވުމަށެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީސް ފެށުނު ފަހުން އެމްޑީޕީގެ އެތެރޭގައި ޚިޔާލު ތަފާތުވާ އެތައް މައްސަލައެއް ފެނިގެން ދިޔައިރު، މިފަދަ ކޮންމެ ދަނޑިވަޅެއްގައި ވެސް ބޮންޑެ ވަކާލާތު ކުރައްވައި ގޮވާލައްވާ އެއް ކަމަކީ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުންތައް ލައިވް ކުރުމަށެވެ.

މީގެ ކުރީގައި ބޮންޑެ ވަނީ އެ ބައްދަލުވުންތައް ސިއްރުން ގެންދާތީ އެއީ "ޚުދުމުޚުތާރު" ކަމެއް ގޮތުގައި ސިފަ ކުރައްވައި ޕާޓީގެ ބައެއް ކަންކަމަށް ފާޑުވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ވި

    ޢެންމެ އިންސާފުވެރިވާނީ ލައިވްކުރުން. ސަބަބަކީ މަޖުލިހުގަތިބޭނީ ރައްޔިތުން ހޮވާފައިތިބިމީހުން ސިންރުން ދައްކަންޖެހޭވާހަކައެއް އޮވެގެންނުވާނެ ބިލެއް ފާސްކުރަން. ޅައިވް ކުރޭ، ލައިވް ކުރޭ....

  2. ހައްޕު

    ފޯނުކޯލަކަށް ފަހު ލާދީނީ ނަސީދު މަޖިލިހުގެ ރައީސްކަންވެސް ޤަބޫލުކުރީ. ބޮންޑާ ހަނދާންނެތީ ދޮތަ.

    7
    2
  3. ބިގޭ

    ކަލޭ ތީ ފަހެ ގަމާރެއްތަ؟

  4. ރިއަލް ފެ ކުޝަން

    މީނަ ކި ޔ އެއްޗެހި އަޑު ނައަހާތި@ މީ ސީދާ އަނެއް ފެކުޝަން ބޭކަލެއް

  5. .....

    ކޮންއިރަކުތޯ ފޯން ކޯލަކުން ނޫން ގޮތަކަށް މަޖްލިސްގެ ކަންކަން ނިންމަމުން އައީ....އެހެން ނަމަ ތި ކަހަލަ ނާގާބިލު މީހުން ނުތިބޭނެތާ މިނިސްޓަރ ުންނަށްވެސް.....

  6. އާދަމުގެދަރި

    ނޮޅެނީވެސް ނޮޅާލެވެނީވެސް ހާވާލެވެނީވެސް ތި ބައިގަނޑުގެ ކިބައިގައި އުރަތްޕެއް ނެތީމާ. އެމްޑީޕީއަކީ ސިއްކަ. ސިއްކަ ހުރި ފަޅިއެއްގައި އެމްޑީޕީ އޮންނާނީ. ދޮގުވެރި މަކަރުވެރި ޚުދުމުޚުތާރު މީހެއްގެ ފަހަތުގައި އުޅޭ ރޮނގާލި ފައްޗަކަށް ކަމުދަނިވި ބަޔަކު މީހުން އެމްޑީޕީއެކޭ ނުކިޔާނެ. އެބައިގަނޑަށް ރައްޔިތުން ކިޔައި އުޅެނީ ކަލްޓް ގްރޫޕް ނުވަތަ ޖާހިލު ގަބީލާ ގްރޫޕް.

  7. ހުސޭނުބޭ

    ރައްޔިތުންގެ މަސްލަހަތޭ!...........
    ބޭބޭ......... ދެލޯ ފުހެލާފަ ރަގަޅަށް ބަލާބަލަ! ކޮން އިރަކު ކަލޭމެން ރައްޔިތުންގެ މަސްލަހަތު އިސްކުރީ! ކަލޯމެން އުޅިންވެސް އުޅުނީ އަމިއްލަ އެދުމައިގެން! މިހާރު ތި ތިބީ ކަލޭމެންގެ ބޮޑުންނަށް ފައިސާކޮޅެއް ދިނީމާ އިންޑިޔާއަށް އައްޑު އަތޮޅު ވިއްކާލައިގެން!

    22
    2
  8. ޜަހށ

    ތާހި ރު ދި ރި އުޅުމެއް ނޫން ނުފެށިގެން
    ތި އުޅެނީ ނަޖިސް ދި ރިއުޅުމެއް . ނަޖިސް ތަކެތީގަ ހޭކޭ މީހަކުވެސް ހުންނާނީ ނަޖިސްވެފަ

  9. ނަންރީތި ހުސޭނު

    މޑޕއިން ރައްޔިތުންގެ މަސްލަހަތޭބުނީމަ ހަމަގިއްގެޅެންދެން ހެވެނީ!

  10. މުޖޫ

    ރައްޔިތުންނެއްނޫން. ސީދާ އަންނިގެ މަސްލަޙަތު އެކަނި.

    6
    1
  11. ޛުލޭޚާ

    މިކަލޭގެ މިއީ މަޖިލިސްކުރާ މާލަމުގައި ހުރި ދައުލަތުގެ މުދަލަށް ގެއްލުންދިން މީހާ.

    3
    1
  12. އަހްމަދު

    ބޮންޑޭ މިހާރު އެމްޑީޕީގަ ހިނގާނީ އަންނިއައްވުރެ ސިއްކަގެބާރު އޮޅިގެން ތިއުޅެނީ އަންނިއަކީމިހާރު ބްރޭންޑެއްނޫން ތިޔައުޅެނީއޮޅިގެން ޕާޓީން މީހުން ވަކިކުރުމަކީ އަންނިބޭނުންވީމަކުރެވޭނެކަމެއްނޫން ޕާޓީގަތިބެބޭނުމިއްޔާ ނުފުއްޕާތިބޭ ސޯލިހާދިމާކޮށްގެންމިހާރު ކުރިލިބޭނެކަމަށްހީކުރުމަކީ ގޯހެއް