ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނައަށް ވުރެ ބަޔެއްގެ ޅިޔަނުންގެ އަބުރުފުޅުގެ އަގު މަތިވެއްޖެ ކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް މަޖިލީހުގައި ފެށި އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުވާން ދެކޮޅު ހެދި ހިސާބުން އެމްޑީޕީގެ އެތެރޭގެ މަސްރަހު ވަނީ ހޫނުވެފައެވެ.

ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތަކެއް އިތުރަށް ރައްދުވާން ފެށީ، ރޭ ބޭއްވި ގައުމީ މަޖިލީހުގައި ނަޝީދަށް ހަމަލާ ދިން މައްސަލާގައި އެއްވެސް ވަޒީރަކު ވާހަކަ ނުދެއްކެވުމުންނެވެ.

މި ކަމާ ގުޅިގެން ފުރަތަމަ ފަހަރަށް ދެ ފެކްޝަންގެ މެންބަރުން ވެސް ވަނީ އާންމު ތަންތަނުގައި އެމްޑީޕީ މިހާރު ދެބައިވެފައިވާ ކަން އެއްބަސްވެވަަޑައިގަންނަވާ ވާހަކަ ދައްކަވަން ފަށްޓަވައިފައެވެ.

މިކަމާ ގުޅިގެން ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ދެބައިވާން ޖެހުނު ސަބަބަކީ ރައީސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް ހަރަކާތްތެރިވި ފަރާތްތައް "ރުއްސަން" މި ސަރުކާރުގެ އެމްޑީޕީގެ އިސް ބޭފުޅުން މަސައްކަތް ކުރެއްވި ހިސާބުންނެވެ.

"އެމްޑީޕީ ދެބައިވީ ވެރިކަން ލިބުމާއެކު ބަޣާވާތް ކުރި މީހުން ރުއްސަން، އެމްޑީޕީގެ ހުރިހާ އުސޫލުތަކާއި، އެމްޑީޕީ ވިއްކި ސިޔާސަތުތައް ބޮލާލައި ޖެހި ހިސާބުން،" ވައްޑެ ކުރެއްވި ޓްވީޓެއްގައިވެއެވެ.

ވައްޑެ އިޝާރާތް ކުރެއްވި ކަމަކީ ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައި ދުވަހު ހަރަކާތްތެރިވި އަދި މިހާރު ސަރުކާރުގެ ބައެއް ބައިވެރިންނަށެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި އެމްއާރުއެމްގެ އިސް ބޭފުޅުން ވެސް ހިމެނެއެވެ.

ވައްޑެ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ މިހާރު ފެންނަނީ ބޮމުގެ ހަމަލާގެ މައްސަލާގައި ނުބަލާން ދައްކާ ކޮންމެ ބަހަނާއެއް ސަރުކާރުގެ ތެރެއިން ބައެއް މީހުން ދިފާއު ކުރައްވަން މަސައްކަތް ކުރައްވާ މަންޒަރެވެ

"މިހާރު ވެސް ފެންނަނީ ރައީސް ނަޝީދުގެ ފުރާނައިގެ އަގަށްވުރެ ޅިޔަނުންގެ އަބުރުފުޅުގެ އަގުމަތި ކުރާން އުޅޭ ތަން." ވައްޑެ ލިޔުއްވާފައިވެއެވެ.

ވައްޑެ އިޝާރާތް ކުރެއްވީ ރައީސް ނަޝީދުގެ ހުށަހެޅުއްވުމެއް މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ބޭރުކޮށްލަން ރައީސް ސޯލިހްގެ ޅިޔަނު، އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެމްޑީޕީގެ މެންބަރުންތަކަކަށް ލޮބީ ކުރެއްވި ކުރެއްވުމަށެވެ.

އެއަށް ފަހު ރައީސް ނަޝީދުގެ ސަޕޯޓަރުންނާއި އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުންގެ ބަހުގެ ހަމަލާތަކެއް ބިގޭއަށް ރައްދު ކުރެއްވިއިރު، ބިގޭ ވަނީ މިއަދު ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައިފައެވެ.

ބިގޭ މި ވާހަކަ ރައީސް ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ތައުރީފް ކުރެއްވުމުން، އެމްޑީޕީގެ އެތެރޭގެ މަސްރަހު އިތުރަށް ހޫނުވެ ދެ ރައީސުންނަށް ވެސް ތާއީދު ކުރައްވާ މެންބަރުން ވަނީ ޓްވީޓާގައި ވާހަކަ ދައްކަވަން ފަށްޓަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ....

    ފުރާނަ ނެތަސް އަބުރު ދިރި ހުންނާނެ...އަބުރު ނެތިއްޔާ ދިރި ހުރުމުގެ އަގެއް ކޮބައިތޯ....؟ ނަޝީދު ވީމަ ވަކިން ހާއްސަވާ އުސޫލު ކަޑައޭ ދިވެހިން އެ ކިޔަނީ....ނަޝީދުގެ ފުރާނައިގެ ހައގުގަ އަނެކުންގެ އަބުރެު ކަތިލުންވެސް ބަލައެއް ނުގަނެވޭނެެ...އަބުރެއްގެ ހައްގުގައި ފުރާނަ އެއް ދުއްވާލުން ވެސް ބަލައެއް ނުގަނެވޭނެ

    63
  2. ހެހެހެ

    މުޅި ޤައުމުގެ މަސްލަޙަތާއި އެންމެ ފަރުދެއްގެ މަސްލަހަތުތަ ކަލެއަށް ފެންނަނީ..

    80
    1
  3. މުހަންމަދު

    މާތްﷲ ގެ ހެޔޮރަހްމަތް ފުޅުން މިފަހަރު ހަލާކުވާނީ އަމިއްލަޔަށް..އަދި ވޯޓު ފޮށި ވާހަކަ ވެސް ނުކުންނާނެ.

    82
    1
  4. މަބޭ

    ބަލިމަޑުކަމުގަ 180 އައްވުރެގިނަ ފުރާނަނެތިގޮސްފި އަދި އިހުމާލުން އެތައްކުދިންނެއްއުފަންވުމުގެތެރޭ މަެުވެއްޖެ ކަލޭމެންގެކަމަކީ ނަސީދުގެ ދިފާއުގަ މަޖުލިސްތެރޭ ޗަރުކޭސްކުޅުން

    15
  5. އެމްޑީޕީ ހާރޑުކޯ

    ވައްޑެ އެވިދާޅުވީ ވ. ތެދު ވާހަކަފުޅެއް! ބާގީ ވަހީދައް ހުވާލައިދިން ބާގީ ޝާހިދު އެހެރީ ފޮރިން މިނިސްޓަރަކަށް ލައިފާ. ހުރިހާ ބާގީންތައް ސަރުކާރުން ބޭރުކުރޭ!

    4
    7
  6. ހައްޕު

    ޢެމްޑީޕީ ފެޅެން ފެށީ ބޮޑުވަޒީރުކަމުގެ އެދުން ބޮލުމެދުގައި ގޮއްޖެހުނީމާ.

    13
  7. ޢައިސް

    މި ކަލޭގެ މަޖުލިހަށް ހޮވި ބަޔަކަށް ވަރަށް ސަލާމް

    14
  8. ބިގޭ

    ތިޔަ ނަޝީދަކީ ފަހެ ކޮންތާކުން ފައިބާހުރި މީހެއް

    12
  9. ކޮއްޕަން

    ޖމރ އަށް އެއަރޕޯޓް ދިންފަހުން އަހަރެންނަކަށް ތި މޑޕ ތިއީ މާކަމުދާ ބައެއްނޫން.
    އަތްޖަހަން ތިބިމީހުންނަކަށް ވާނުވާވެސް ނެގިއޮއްވައި ދިވެހިން އެއަރޕޯޓް ވަޒީފަތކުން ބޭރުކޮށް އިންޑިއާ މީހުންނަށް ޔޭސް ސަރ ކިޔަން މަޖްބޫރުކުރުވި ޕާޓީ ތިޢީ.

    11
  10. ނަޝީދު

    ހޭބައްޔާ މިޤައުމުގަ ނަޝީ ދު ނޫން މީހަކު ވެރިކަން ކުރަން ނުޖެހެނީތަ މީ އޭނަގެ އަމާ ބަފާގެ އަމިއްލަ ތަރިކައެއްތަ މިޤައުމު މިބައިގަނޑު ހަލާކު ކޮށްފި...

    11
  11. ބޭބެ

    ވަހީދު، ތިޔަ އުޅުއްވަނީ ފިތުނަ އުފައްދަން.... ނަފްރަތު އުފެދޭ ވާހަކަ ދައްކައިގެން ސަރުކާރު ބައިބައި ކުރުން ރަނގަޅެއް ނޫން!

  12. ދިރާސާވެރިޔާ

    ރާއްޖޭގެ ސިޔާސީ މަސްރަޙް މ ދަނީ ރައްޔިތުން ވިސްނާ ފިކުރު ކުރަން ޖެހޭފަ ދަ ހާލަތަކަށް.. އެމް. ޑީ. ޕީ ވެރިކަން އޮވެ ރައްޔިތުންގެ އުއްމީ ދދާއި މުސްތަގުބަލާއި ގުޅުންހުރި ކަމެއް ނުކުރެވި އިޤްތިސާ ދު އަޑިއަޅާފައިމިވާ ދަނޑިވަޅުގައި ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވާން ފެށުމުން މިހާރު ރާއްޖޭގައި ވެރިކަން ކުރަނީ އެމް. ޑީ. ޕީ ނޫން ކަމަށް ރައްޔިތުންނަށް ދައްކައި ރައްޔިތުންގެ ލޮލުގައި އަނ ދުން އަޅުވައި ބައިތިއްބައި މިކުޅޭ ސިޔާސީ ކުޅިވަރަށް ރައްޔިތުން ހޭލާ ތިބޭތި..

  13. ސައީދު

    މިއީ ހާދަ ތާކުން ތާކު ނުޖެހޭ ވާހަކަދައްކާ މީހެކޭ.. މީނާ މަޖިލީހަށް ހޮވީ ކޮންބައެއްބާ އޭ ހިތަށް އަރާ.. ހަމަ އެއްގޮތަަށްވެސް ތަޞައްރަފެއް ނުފުދޭ.. ކަނޑުކޮހުންވެސް ޤައުމުގައި އުޅޭކަން މި އެނގެނީ

  14. ޣަލަތު

    ބާޣީންނާއި ގުޅިގެން ނޫންތަ ވެރިކަން ހޯދީ! މިހާރު ހަނދާން ނެތުނީތޯ! ވެރިކަމަށް އާދެވުނީ ހަމައެކަނި އެމް ޑީ ޕީ ގެ މީހުންގެ ވޯޓަކުން ނޫންކަން ޔަޤީނުންވެސް އިބްރާހިމް މުޙައްމަދު ޞޯލިޙަށް އެނގިވަޑައިގަންނަވާ. ވަކި މީހަކު އެއީ ހުރިހައި އެންމެންގެ މަޞްލަޙަތަށްވުރެ މާ މަތިވެރި މާބޮޑު އެއްޗަކަށް ހަދައިގެން އެމީހަކު ވަށައިގެން ޠަވާފު ކޮށްކޮށް ތިބޭ މީހުންގެ ލަދު ހަޔާތެއްވެސް ހަމަނެތީ.

  15. ޑަބިޔަަ

    ނަސީސުގެ ހަމަލާއަށް ވުރެ ގެއްލިފައިވާ މީހުން ހޯދުން މާލަސްވެއްޖެ

  16. Anonymous

    ނަޝީދު ދެން މިގައުމައް ގެންނާނެ ކަމެއްނެތް.

    9
    1
  17. ސޫއޫދު

    މީދެންކާކު އިރުއިރުކޮޅާ ކޮއްމެސްއެއްޗެކޭ ކިޔާނެ 200 ވަރަކައް ވޯޓުން މަގާމެއްލިބޭއިރައް މިމީހުނައް ހީވަނީ މުޅިރާއްޖެ ރައްޔިތުން މިމީހުނައް ވޯޓްދިންހެން ތެޅިބާލަނީ ރާއްޖޭގެ މުޅިރައްޔިތުން ވޯޓްލީ ރައީސަކާ ނާއިބަކައް ތިންމީހަކު ނުކުމެ ނަޝީދުއައް ވެރިކަން ދޭން އުޅުނަސް ނުވާނެކަން ރިޔާސީ ދެދައުރު ނިމިދިއަ އިރުވެސް ނޭގެނީތަ ދިވެހިންބަލައެއްނުގަނޭ މިހާރު ވަރައްސާފު ނިމިދިއަ އިންތިހާބު ސަރުކާރުން އުޅެގެންވެސް އިތުރައްލިބުނީ2ވޯޓް އާމުރައްޔިތަކާ ވާދަކޮއް މުަޅިދައުލަތްބޭނުން ކުރީމަވީވަރު މަޖިލީސް ގޮނޑިއަކައް .

    15
    1
  18. ރަދީފް

    ނާއްޓެ އިޒް ޕާސްޓް.ވައްޑެ ކަލޭގެ ލަދު ކޮބާ؟

    17
    1
  19. ޜަނާ

    ކަލޭމެންވެސް ތިޔައުޅެނީ ގައުމުގެ އެތައްބަޔެއްގެ ފުރާނަ ދިޔައިރު ވެސް ހަމަ ރޫޙާނީ ލީޑަރގެ ކަންތަކުގަ. ﷲ ގެ ރަޙްމަތްފުޅުން އޭނާ ސަލާމަތް ވެފަ ވަނީ. އެކަމަކުވެސް ރައްޔިތުންގެ މަން ދޫބުންނޭ ކިޔައިގެން ވަކިމީހެއްގެ ފަހަތުން އެމީހާގެ ކަންތައް ފުރިހަމަ ނުވެގެން އުޅޭތަން ފެންނަނީ ރައްޔި ތުންނަށް ފައި ދާވާ ކަމެއް ކުރާތަނެއް ނުފެނޭ. ކޮބާތަފާތަކީ

    16
  20. ޤާދިރު

    އެއީ އަގެއްހުރި އެއްޗެއްތަ؟

  21. ލޯބިވާ ވަޠަން

    ކަލޭމެންނަށް މިގައުމުގެ ފަސް ލައްކަ މީހުންނަށްވުރެ ތިކިޔާ މީހެއްގެ މުހިއްމުކަން ބޮޑެއް ނުން

  22. Anonymous

    މާތްﷲ މިކެރެފާ ނަސީދުގެ ކިބައިން މިގައުމާއި ރައްޔިތުން ސަލާމަތް ކޮއްދެއްވާށި.އާމީން އަދި މިވައްޑެގެ ދުލުގެ ގޮއް ބާރުކޮށް ދެއްވާށި. އާމީން

  23. ޢަހު

    މަޖިލިސްތެރޭ ޑްރމާ ކުޅެގެން މޮޅުވާނީ ކޮންބައެއްތޯ

  24. ޢަހު

    އެދުވަހު ނަޝީދު ސަލާމަތްވީ އެމަނިކުފާން ޝަހާދަތް ކިޔުމުން އެކަން އެމަނިކުފާން ގަބޫލުފުޅު ކުރައްވާތޯ؟

  25. ސޔސ މީހާ

    މިކަލޭގެ މީކާކުތަ؟ ނަޟީދު އަކީ މިގައުމުގެ ހަލާކު. ކަލޭމެންނަކީ އެކަމުގެ ބައިވެރިން. ކަލޭމެން ނަށް ވޯޓުދީ ތިމަގާމު ހަވާލު ކުރި ރައްޔިތުންނަށް ހަމަ ބުއްދި ދެއްވާ އެމީހުނަށް ތެދުމަގު ދައްކާ، މުސްތަގުބަލުގަ މިކަހަލަ ޕަޕެޓުންނަށް ވޯޓުދިނުން ހުއްޓާލާ. އިންޑިއާ މީހުން ކޮރޯނާ ވައިރަސް އަށް އަޅުކަން ކުރާހެން މިބާއިގަޑު ކެނެރީގޭ އަލެކުސް އަށް އަޅުކަން ކުރަން ފަށާތަން ފެންނާނީ. ކަލޭމެންގެ ފާފަ ފުއްސަވާ ދެއްވާންދޭވެ.

  26. ދިމާނުވޭހެން ހީވޭ

    ޅިޔަނަކަށްވީ ގޮތަކީ ކޮބާ؟