މާލޭގައި މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއެއްގައި ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފައިގެ ކުޑަ ސާޖަރީއެއް ކޮށްފިއެވެ.

މިވަގުތު ޖަރުމަން ވިލާތުގައި ހުންނެވި ރައީސް ނަޝިދުގެ ފައިގެ ކުޑަ ސާޖަރީއެއް ކޮށްފައިވާކަން ހާމަކުރައްވާފައި ވަނީ އެމަނިކުފާނުގެ އާއިލާއިންނެވެ. އެމަނިކުފާނުގެ އާއިލާ ބައެއް ބޭފުޅުން ވަނީ މީސް މީޑިއާ މެދުވެރިކޮށް އެމަނިކުފާނުގެ ފަޔަށް ލިބިވަޑައިގެންނެވި ޒަހަމްތަކާއި ގުޅިގެން ކުޑަ ސާޖަރީއެއް ކޮށްފައިވާކަން ހާމަކުރައްވާފައެވެ. ނަމަވެސް އެ ސާޖަރީގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ސީރިއަސް އަނިޔާތަކަށް، ފަރުވާ ހޯއްދެވުމަށް ޖަރުމަނަށް ވަޑައިގެންނެވީ މެއި 13 ވަނަ ދުވަހު އެވެ.

ނަޝީދު ޖަރުމަނުވިލާތަށް ފުރާވަޑައިގެންނެވީ އޭޑީކޭގައި ހަފްތާއެއްހާ މުއްދަތަކަށް ފަރުވާ ހޯއްދެވުމަށް ފަހުއެވެ. އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއިން ސަލާމަތްވެވަޑައިގެންނެވީ ވަރަށް ހަނިގޮތަކަށެވެ. ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ސަބަބުން ގިނަ އަދަދެއްގެ ސާޖަރީތަކެއް ވެސް ހެއްދެވިއެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅިގެން މިހާތަނަށް ވަނީ ފަސް މީހަކު ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. މާކު

    މިނަގެ ސިކުޑީގެ ސާރޖަރީއެނު ހަދަން ވީ

    70
    1
    • ބިގޭ

      ރަގަޅު ވާހަކައެއް ތީ
      އެއީ މޮޔަ ގރ އެއް

      15
  2. Anonymous

    ބަސްމަ ދުކޮށް އާޚިރަތުން ބާއްޖަވެރިކަން ލިބޭތޯ މާތްﷲގެ ޙަޟުރަތުގައި ގިނަގިނައިން ދުޢާކުރޭ.

    54
    1
  3. ހުސޭނުބޭ

    މައިބަދަ ކޮބައިތޯ!

    53
    1
    • ބިގޭ

      މައިބަދަ އޮތީ މާރީ އަތްޕުޅުގަ

      13
  4. Anonymous

    ތިޔައީ ކަންނޭގެ ކުރި ހަމައެކަނި ސާޖަރީއަކީ ޖަރުމަނައް ތިޔަ ވަޑައިގެންނެވީ ތިކަން މިރާއްޖެއިން ވާންނެތިގެން ދެއްތޯ...؟؟؟

    14
  5. ހުދުހުދު

    ބޮން ގޮއްވާލައިގެން ކަލްޓް ގްރޫޕްގެ މަނިއްޕުޅުގެ ފައިންޕުޅުގެ އޮޕަރޭޝަންފުޅެއް ކުރައްވައިފި. ބޮން ގޮއްވާލައިގެން ނިކަމެތި ރައްޔިތު މީހާގެ ފައި ދުޅަވެ ހިނގައި ނުގަނެވިގެން ސަލާންޖަހަން ދުވަނީ.

    18
  6. އިބޫ

    ގޮނޑި ދުއްވަން ރެޑީ ވީ ހަހަހަހަ
    މި ކޮމެންޓް ހޭޓް ސުޕީޗައް ނުވާނެ ކަމައް 💯% ޔަގީންކަން ދެން

    18
  7. ކާސިމު

    ނިޔަފަތި ކަނޑާލީ ދެއްތޯ

    17
  8. ދޮގު

    ތިހެން ކުޅެލަކުޅެލަ ހުރޭ އަހަރުންނައް ރަނގަޅީ މިގައުމައް ނައްޔާ ދެން

    15
  9. ލޫޓުވާ

    ތީ ނުނިމުނު ސާޖަރީތަކެއްތަ؟؟؟ ކިހާ ފައިސާއެއް ޚަރަދުކުރާނަމޭ ހިތާ މީނަ މިއުޅެނީ. ތިބޮމުގެ ހަމަލަގައިި އަނިޔާ ލިބުނު ނިކަމެތި ރައްޔިތަކު އެބައުޅޭ ބޭސް ގުޅައެއް ހިސާބުވެސް ނުލިބިގެން މީނާ ޖަރުމަނުގަ. މީކިހިނެއް ހިނގާ ކަމެއްބާ؟؟؟؟؟

    35
    1
    • ޑޫރާމާ ގެރި

      ޑު ރާމާކުޅޭ ބީތާއެއް ފިތުނަ ފަސާދަ ވެ ރިއެއް

      12
  10. ނާސިމަސީ

    ނޫސްވެރިޔާ ކިހިނެއްތޯ ތިނެންމެވީ އެއީ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއެއްކަމަސް ފެނުނުމަންޒާރުން މީހަކަު މަރަން ދިން ހަމަލާއެއްކަމަށް ނިންމޭނެ އެއްވެސް ހަމައެއްނެތް ، ސައިކަލެއްގެ ފުރޮޅެއް ގޮވުމަކީ ކޮންމެ ވަގުތެއްގައިވެސް ހިގައިފާނެ ކަމެއް !

    14
  11. އައްދޯ މަގޭމައިބަދަ

    އަލޭ ! ފައިގެ ސަރޖަރީ ހެދި އިރު މައިބަދައިގެ ސަރޖަރީއެއްވެސް ހަދާލިނަމަ ޖޫރިމާ ބިލުން ތިހަރަދު ހަމަޖައްށަލެވޭނެ!

    15
  12. ފާތޭ

    ޢޭނަގެ ހުރިހާކަމެއް ފުރީޔޯ

    12
  13. މުރާސިލް

    ނަޝީދު ކިނބިއްސެއް އަޅާލިއަސް އެވާހަކަ އާއިލާއިން ނޫސްތަކުގައި އިސްތިހާރުކޮށް ރާއްޖޭގެ ހުރިހާ މީޑިއާއެއްގައި އެވާހަކަ ޖަހަންވާނެއެވެ. ކަމެއް ކުރެވުނު ކަމަށް ވާނީ އޭރުންނެވެ.

  14. ރައްޔިތު

    ސާޖަރީއާ ސޫލާޖަރީއާ ހަދަ ހަދާ ޗަހެންދާ ކައިރީ ތިތާ ހުރަބަލަ..! އޭރުން މިގައުމުގެ ރައްޔިތުންނަށް ހަމަ ނޭވާއެއް ލެވިދާނެ ގައިމުވެސް..!