ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އަދި ކުރީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުޅުމާލޭގެ މަސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.
ޝުޖާއު ހުޅުމާލެ ދާއިރާގެ ކައުންސިލަރަކަށް ހޮވިވަޑައިގެންނެވި ފަހުން، އޭނާ ގެންދަވަަނީ ދާއިރާގެ ރައްޔިތުންނާއި ގުޅުން ހުރި ގިނަ ކަންކަން ހައްލުކޮށްދެވޭތޯ މަސައްކަތް ކުރައްވަމުންނެވެ. އަދި ކުރިން ވެވަޑައިގެންނެވި ވައުދުތައް ފުއްދޭތޯ މަސައްކަތް ކުރައްވަން އޭނާ ވަނީ ފައްޓަވަފާއެވެ.
ޝުޖާއު މިއަދު މަސްވެރިންނާއި ބައްދަލުކުރައްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހުޅުމާލެ މަސްވެރިންނަށް ވީ ވައުދުތައް ފުއްދުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މިއަދު އޭނާ މަސްވެރިންނާ ބައްދަލުކޮށްފައިވާނެ ކަމަށެވެ.
"އެދުނު ކަންކަން ލިޔެވި ތަރުތީބު ކުރެވިފައިވާ ގޮތައް ތަންފީޒު ކުރެވޭތޯ މަސްކަތްކޮށް ދޭނެ ކަމުގެ ޔަޤީންކަން ހުރިހާ މަސްވެރިންނަށް އަރުވަން.". ޝުޖާއު ކުރެއްވި ޓްވީޓްގައި ވެއެވެ.
ޝުޖާއު ވިދާޅުވީ، މަސްވެރިންގެ އުޅަނދުތައް އެހެލައި މަރާމާތު ކުރެވޭނެ ވަގުތީ ހައްލަކާއި، ހުޅުމާލެ މަސްވެރިންނަށް މަސްމާރުކޭޓެއްގެ އިތުރުން ސެކުރިޓީ ބެލެހެއްޓޭނެ ގޮތެއް ހޯދުމަށް އެޗްޑީސީގައި އޭނާ އެދިވަޑައިގެންނަވާނެ ކަމަށެވެ.
"ހައްލުވަންދެން މަސްވެރިންނާއި އެކުގައި ކައުންސިލަރ ހުންނާނަން." ޝުޖާއުގެ ޓްވީޓްގައި ވެއެވެ.
ސާބަހޭ އަ ދުގެ އުއްމީ ދީ ޑެޕިޔުޓީ މޭޔަރ..،
ސަޅި
ހަބޭސް އުފާވެއްޖެ މިސަރުކާރުންވެސް ކުރިކަމެއްނޫންތީ.
ބެޔަސް ނުބެޔަސް ދޭން ވައުދުވީތޯ ؟؟؟؟؟