ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މަސައްކަތް ކުރަމުން އަންނަ އަންހެން ދަރުމަވެރިއަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިި ވެއްޖެއެވެ.

މިފަދަ މައްސަލައެއް ބަލަމުން އަންނަ ކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ، އެފަދަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެކަން ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިކަމާއި ގުޅިގެން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ތަސްލީމާ އުސްމާން "ވަގުތު" އަށް ވިދާޅުވީ، މައްސަލަ ހުށަހެޅި ތާރީހުން ފެށިގެން އެ މައްސަލަ ކައިރިން ބަލާނެ ކަމަށެވެ.

"އެފަދަ މައްސަލަތައް އަޅުގަނޑުމެން ބަލާނަން. ދުލެއް ނުކޮށްލާނަން." ތަސްލީމާ ވިދާޅުވިއެވެ.

ތަސްލީމާ ވިދާޅުވީ، އެކަމާއި ގުޅިގެން އަދި އެއްވެސް މުވައްޒަފަކު ސަސްޕެންޑް ކުރި ކަމަށް މީސްމީޑީއާގައި ދައުރުވަމުން އަންނަ ދޮގު ވާހަކައެއް ކަމަށާއި މުވައްޒަފަކު ސަސްޕެންޑް ނުވަތަ އިތުރު ފިޔަވަޅެއް އަޅާނީ މައްސަލަ ބެލުމަށް ފަހު ކަމަށެވެ.

ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެޗްއީއޯސީއަކީ ދަރުބާރުގޭގައި ހިންގަމުން އަންނަ ތަނެކެވެ. އެތަނުގައި ގިނަ އަދަދަކަށް ވޮލެންޓިއަރުން މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަނބާ

    މިހާރު ދެން ރައްޔިތުން ކެކިއަރާން ފެށީމާ ތިޔަތާތެރޭ ހިނގަމުންދާ ކަންކަން ވަރަށް ވަރަށް ގާތުން ބަލާ ކަމަށް ރައްޔިތުން ގުނބޯ ހައްދަން ހަދާ ހެޑްލައިންތި. ތިޔަ އެޗްއީއޯސީ އެއް ހަދައިގެން ކޮވިޑް މައިތިރި ކުރާ ނަންބޯޑް އަޅުވައިގެން ކަމެއްނެތިތިބޭހުން ގިނަވެ ތިޔަކަހަލަ ސަކަރާތްޖަހާ މީހުން ތިޔަތާ ގިނައީ. ދެން ތިޔަ ކޮލިޓީ ކޮންޓްރޯލް ކުރން ހުންނާނީ ފޯނުން. އަބަދު ޓްވީޓްކޮށްލެވުނީމާ ސިއްހީޚިދުމަތުގެ ކޮލިޓި ހިފެހެއްޓިފަ. ދެން އެހެން މީހުންގެ ބޮލަށްކަނޑާލާފަ ކުށްހޯދުން. ވަރަށް ކުޅަދާނަވާނެ އޭނާ. އަނގައިން ހުރިހާކަމެއްގެ ކޮލިޓި ހިފަހައްޓާނެ.

  2. މަރަދޫ ފުތާ

    މީދޯ އެޗްއޯސީއޭ ކިޔައިގެން މި ގަންނަ ގަނޑަކީ.. އެމީހަކާ އެމީހެއް . ދެން ކޮން ބަލިމީހެއްގެ ކަންކަން ބެލޭނީ؟

  3. ނަގޫރޯޅި

    އެ ދުންވެރިކަމާ ލާރިއައް ބޫތު ކައިފައޮތް ސަރުކާރެއް. ބެލިކޮންމެ ދިމާލަކުން އެނޫން އަޑެއްނީވޭ.

    16
    1