ކުއްޖަކު އުފަންވާތާ ހަފުތާއެއްގެ ތެރޭގައި ރަޖިސްޓްރީ ވާން ހުށަނާޅައިފިނަމަ ޖޫރިމަނާވާ ގޮތަށް އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އަމާޒުވި ފާޑުކިއުންތަކާއެކު އެ އިސްލާހު ކުރާނެ ކަމަށް އެ ބިލު ހުށަހެޅުއްވި މެންބަރު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި އެ ބިލުގައިވާ ގޮތުން، ކުއްޖާ އުފަންވުމާ އެކު ރަޖިސްޓްރީ ވާން ދީފައި އޮތް އެއްހަފްތާ ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ހުށަނާޅައިފިނަމަ ކުއްޖާގެ މައިންބަފައިން ނުވަތަ ކުއްޖާގެ ބަލަދުވެރިޔާ 10،000 ރުފިޔާއިް ޖޫރިމަނާ ކުރެވޭނެއެވެ.

އެ ބިލު ހުށަހެޅުއްވި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ވިދާޅުވީ އެ ބިލު އަދި އޮތީ އެޓާނީ ޖެނެރަލްގެ އޮފީހުން ފޮނުވި ގޮތަށް ކަމަށާއި އެއީ އަދި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނީ އޮނިގަނޑެއް ނޫން ކަމަށެވެ.

"ބިލްގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި މާއްދާތަކަށް ކޮމިޓީ މަރުހަލާގައި ދިރާސާކުރެވި އިސްލާހު ހުށަހެޅިގެން ދާނެ،" މުއިއްޒު ލިޔުއްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަށް ފަހު ފުރަތަމަ އޮންނާނީ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާއެވެ. އެއަށް ފަހު، ބިލު ބަލައިގަތުމާ މެދު ތަޅުމުގައި ވޯޓަކަށް އަހާނެއެވެ.

ބިލު ބަލައިގެންފިނަމަ، ދެން ބިލު ދިރާސާ ކުރަން ކަމާ ގުޅޭ ދާއިމީ ކޮމިޓީއަށް ނުވަތަ ކޮމިޓީތަކަކަށް ފޮނުވާނެއެވެ. ކޮމިޓީ މަރުހަލާގައި ބިލަށް ގެންނާނެ އިސްލާހުތަކާ މެދު މަޝްވަރާ ކޮށް ބަދަލުތަކެއް ގެންނާނެއެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަށް މީގެ ކުރިން ވެސް ސަރުކާރުން ފޮނުވާ ބިލުތަކުގައި ހުންނަ ބައެއް މާއްދާތަކަށް ފާޑުކިއުން އަމާޒުވުމުން އެމްޑީޕީގެ މެންބަރުން ވިދާޅުވެފައި ވަނީ ކޮމިޓީ މަރުހަލާގައި އިސްލާހު ކުރާނެ ކަމެވެ. އަދި ކޮންމެ ވެސް ވަރަކަށް އިސްލާހު ވެސް ކުރެއެވެ.

މި ސަރުކާރުން ފަހުން ފޮނުވި ބިލުތަކުގައި ކުދި ކުދި އާންމު ކަންކަމަށް ޖޫރިމަނާ ކުރުމާއި ޓެކްސް ނެގުން ހިމަނާފައި އޮތުމުން ގިނަ ބަޔެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބިލް ހަބޭސް

    މިހާރު ކުއްޖެއް އުފަން ވީމަ އުފަން ދުވަހުގެ ސެޓުފިކެޓު ހަދަން ލީމަ މަހެއް ވާއިރު ވެސް ނުހެދޭ ! ޜުޅިގަދަވެގެން ކޮންމެ ދުވަހަކު ގުލީމަ މީވާވަރު !

    • ބެއްޔާ

      ރަޖިސްޓުރީ ހަދަން ލައިގެން 3 މަސް ވީއިރުވެސް ނުލިބުނު ، އެހެން ވީމާ މިމީހުންވެސް ޖޫރިމަނާ ކުރެވޭނެ ގޮތެއް އޮަންނަންވާނެތާ....

  2. Anonymous

    ޖޫރިމަނާ ކޮއްލާ ތަންކޮޅެއް ބޮޑު އެއްޗަކުން 10000 ނުވާނެ އެކައްޗަކައްވެސް ، އޭރައް ތިބިލް ރަނގަޅުވާނެ.

  3. ޢަނޭ

    މީނަޔަށް ނޭނގުނީތަ ރައްޔިތުންނަށް ފައިދާ ހުރި ބިލެއް ހުށަހަޅަން.

  4. ލލ

    ބަލަ ތިޔައީ މިހާރުވެސް އަމަލު ކުރަމުން އަންނަ ޤާނޫނެއް އާކަމެއްނޫން!

    3
    3
  5. ރައްޔިތުނ

    ރައްޔަތުން ފެލަނީ. މިސަރުކާރުން ރައްޔަތުން މާޔޫސްކޮއް ބިކަކޮއްފި.ހަލުގާ ޖައްސައިފި. ރޮއްވައިފި. ދެން އިތުރައް އަނިޔާ ނުކޮށް އިސްތިއުފާ ދީ

    11
  6. ގަނޑިޔަސަމްހާ ހިންނަވަރު

    މާ މަދު 10000، 50000 އަށް ކުރީމަ މިއުޅޭ މީހުންގަނޑު މައިތިރި ވާނީ... އަަޅާޅަ...

    3
    4
  7. ޙހހހ

    ރަނގަޅު އެއްޗެއް ހަދަންބއެނގޭތަ އެބަ ، އަބަދވެސް ރައްޔިތުން ފެލާލުން

  8. ދުނިދަނޑި

    ބަލަ މިއިންދަ ފެނމްނަ ޤަމާރާ ކަލެޔަށް އަހަރުމެން ވޯޓުލައިގެން ހޮވާފަ ތިޔައިނީ ރައްޔިތުން ފެލައިގެން ދައުލަތުގެ ބަޖެޓަށް ލާރިހޯދާދޭކަށްނޫން ރައްޔިތުންނަށް ޚިދުމަތްކުރާން ރައްޔިތުންގެ ލާބަޔާ މަންފާއަށް ކަންކަން ކުރާން އެޖެންޑާ19 ގެ ނުލަފާކަން ރައްޔިތުންނަށް ދައްކައި ރައްޔިތުން ނިކަމެތިކޮށް ރައްޔިތުން ފެލައި ރައްޔިތުންގެ ލޭކޮޅު ދަމައިގަންނާކަށްނޫން ކަލެޔަށް ވޯޓު ދިނީކީ

    11
  9. ހުސޭނުބޭ

    މިފަހަރުގެ އިސްލާހުގައި ޖެހޭނެ އުފަންވާ ދަރިފުޅުގެ މައިމީހާ 10000 ރުފިޔާއިން ޖޫރިމަނާކުރާ ގޮތް ހަދަން!

    17