ސަރުކާރު ހިންގާ މައި ޕާޓީ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕާޓީ ކަމުގައިވާ އެމްޑީޕީ ދެބައިވެގެން ދިޔައީ ސަރުކާރުގާއި ޕާޓީއާއި ދެމެދު އޮތް ގުޅުން ހީނަރު ކޮށްލުމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު، މަޖިލީހުގައި ފެށި އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުވާން ސިފައިން ދެކޮޅު ހެދި ހިސާބުން އެމްޑީޕީގެ އެތެރޭގެ މަސްރަހު ވަނީ ހޫނުވެފައެވެ.

މައްސަލަ އިތުރަށް ގޯސްވާން ފެށީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އެންގެވުމަކަށް އެމަނިކުފާނުގެ ޅިޔަނު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ލޮބީ ކުރައްވައިގެން ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައެއް އިމްތިޔާޒު ކޮމިޓީން ބޭރުކޮށްލުމުންނެވެ.

އެއީ ވަކިވަކި ސިފައިން ނުފޮނުވޭނެ ކަން އަންގައި މަޖިލީހަށް ފޮނުވި ލިޔުމުގައި ސޮއި އޮތް ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަތް ކަމުގެ ތުހުމަތުގައި ނަޝީދު ހުށަހެޅުއްވި މައްސަލައެކެވެ.

މީގެ ފަހުން ރޭގެ ވަގުތެއްގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ބޭއްވި ޖަލްސާގައި ރައީސް ނަޝީދުގެ ހަމަލާއާ ގުޅިގެން ހުށަހެޅުނު ގަރާރަށް ސަރުކާރުގެ އެއްވެސް ވަޒީރަކު އެއްޗަށް ވިދާޅުނުވުމުން މަސްރަހު އިތުރަށް ހޫނުވެގެން އައެވެ.

އެއާއެކީ އެމްޑީޕީގެ ދެބައިވެފައިވާ ވާހަކަތައް ޕާޓީގެ މެންބަރުން ދައްކަމުން ދަނިކޮށް ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީ ދެބައިވާން މެދުވެރިވާން ޖެހުނު މައިގަނޑު ސަބަބަކީ ޕާޓީ އެއްކައިރިކޮށް ސަރުކާރުން މަސައްކަތް ފެށުން ކަމަށެވެ.

"މަސައްކަތް ދެބައިވީ އެމްޑީޕީން ވައުދުވި ކަންކަން ކުރަން ސަރުކާރުން ބޭނުން ނުވާތީ، އެމްއެމްޕީއާރުސީއާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން ފޫގަޅަން ފެށުމުން،" މަޖިލީހުގައި ހެންވޭރު ހުޅަނގު ދާއިރާ ތަމްސީލް ކުރައްވާ ހަސަން ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި ސަރުކާރާއި އެމްޑީޕީގެ ގުޅުން ވަނީ ހީނަރުވެފައެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެމްޑީޕީއާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެއްކައިރިކޮށްގެން ކަމަށް ހަސަން ލަތީފް ލިޔުއްވާފައިވެއެވެ.

ރައީސް ނަޝީދުގެ ސަޕޯޓަރުންނާއި އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުންގެ ބަހުގެ ހަމަލާތަކެއް ބިގޭއަށް ރައްދު ކުރެއްވިއިރު، ބިގޭ ވަނީ މިއަދު ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައިފައެވެ.

ބިގޭގެ މި ވާހަކައަށް ތާއީދު ކުރައްވައި އޭނާގެ ދިފާއުގައި ރައީސް ސޯލިހްގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވެސް ވަނީ ވާހަކަ ދައްކަވައިފައެވެ. އަދި ބިގޭގެ ދިފާއުގައި ރައީސަށް ތާއީދު ކުރައްވާ މެންބަރުން ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ހަޖަމް

    މީނަ މިއުޅެނީ ހަޖަމް ނުވެގެން.

    21
    • ބޭބެ

      އަސްލު މިކޯލިޝަން ސަަރުކާރު ފެށިގެން އައީ ރަގަނޅަށް! ވަކި ހިސާބަކުން ގޯސްވީ! އެއީ މަޖްލީހހުގެ ސްޕަ މެޖޯރިޓީ ބޭނުންކޮށްގެން މަޖްލީހުގެ ރައިސް ޖަވާބުދާރީ ކުރުވުމުގެ ނަމުގެ ސަރުކާރަށް ދުއްޕާންކުރަން ފެށީމަ! މަޖްލީހުގެ ރައިސްއާ އޭނާއަށް މަރުދޭ ބަޔަކު ބޭނުންވީ ކޯލިޝަނުން އައިސްފައި ތިބި މިނިސްޓަރުން ވަކިކޮށް އެތަންތަނަށް އެމްޑީޕީގެ ބަޔަކު އައްޔަންކުރަން! އެކަންވެސް ކޮށްފި! ދެން ފެށީ ބަރުލަމާނީއެއްގެތެރެއިން ރައިސް އެއްފަރާތްކޮށް ބޮޑުވަޒީރަކަށްވުން! އެހިސާބުން ރައިސްވެސް ތަންކޮޅަށް ބޮޑަށް ވާންކޮށްލީ! ދެން ފެށުނީ ޖެއްސުންކުރުމާ ދުއްތުރާކުރަން ސަރުކާރަށް މަޖްލިސްތެރެއިން! އެއީ ދެބައިވި ގޮތަކީ! މަޖްލީހުގެ ރައިސް ވެރިކަމަށް ބޫތު ހިފާފައިވާލެއް ބޮޑުކަމުން ހުރިހާ ގޯހެއްވީ! ދެން އޮތީ ކޯލިޝަން ޕާޓްނަރުން!! އެމީހުންނަށް އޮތީ މަޖްބޫރީ ޙާލަތެއްގެތެރޭން އަނގަމަތީ ޓޭޕް އަޅައިގެން ތިބުން! އެއީ މާޒީގައި ހެދިފައިވާ ޖިނާޢީ ބޮޑެތި ގޯސްތަކެއްގެތެރެއިން ވަލުދޮރޯށިން ސަލާމަތްވެގެން ނިކުމެވެފަ ތިބީމަ! ޖެހިހާ ބެރަކަށް ނެށުން! މިސަރުކާރުގެތެރެއިން ބޮޑެތި ގޯސްތައް ހަދަމުން އަދި އިންޑިޔާއަށް ގައުމުގެ މިނިވަންކަމާ އިސްތިގުލާލު ލޯނު އުސޫލުން ދެމުންދާއިރު ހަމަ ޗުއްޕުވެސް ބުނަންނުކެރި އެތިބެނީ! ބައެއް މީހުން ދައްކަނީ ކޭތަ ހިފާ ވާހަކައާ ތަރިތައް ދަތުރުކުރާ ގޮތުގެ ވާހަކަ! ގައުމުގެ ހުރި ކަންބޮޑުވުންތަކަށް ނެތް އެއްޗެކޭ ބުނެވޭހާވަރުގެ ބާރުވެރިކަމެއްވެސް!

  2. އިބްރާ

    ﷲއިރާދަކުރެއްވިއްޔާ ރ ޔާމީނަށް ނުޙައްޤުން އަދަބުދޭހައިހިނދަކު ތިޔަ އެމްޑީޕީއަށް ހަމަޖެހުން ނުލިބޭނެ. އިތުރަށް ބައިބައިވެ ހަލާކުވާށި. އާމީން.

    24
    2
  3. އާދަމުގެދަރި

    ސަރުކާރު ހިނގަމުންދަނީ ރަނގަޅަށް. ސަރުކާރު ހިންގަން ހުރީ ސިޔާސީ ތަޖުރިބާހުރި ބޭފުޅެއް. ސަރުކާރުގެ ކަންކަން ކުރުމުގައި އާންމު މަސްލަހަތަށް އިސްކަންދީގެން ކެތްތެރިކަމާއި ފަރުވާތެރިކަމާއި މަޑުމައިތިރިކަމާއެކު ސަރުކާރު ހިންގަމުންދަނީ. ކެތްނުލަވައިގެން ފަޔަށް ހިނިއަރައިގެން ތެޅިފޮޅެނީ އެމްޑީޕީގައި އުޅޭ ކަލްޓް ގްރޫޕް. އެއީ އެއްވެސް ތަނެއްގައި ހަރުނުލާ ވަރުނުލާ ގޮއްރާޅުގަނޑެއްކަހަލަ ބައެއް. އެބައިގަނޑަށް ފެންނަނީ ދެއުޅިއެއްނުވާ ދޮގުވެރި މަކަރުވެރި ޚުދުމުޚުތާރު އެންމެ މީހެއް. އެމީހާގެ ވަށައިގެން އެނބުރޭ ރޮނގާލި ފައްޗަކަށް އެމްޑީޕީއޭ ބަޔަކު ނުކިޔާނެ. އެމްޑީޕީއަކީ ސިއްކަ. ސިއްކައާއެކު އެމްޑީޕީ އޮންނާނީ. ސިއްކަ ނެތިއްޔަކާ އެމްޑީޕީއެއް ނުވާނެ.

    8
    7
    • ހުސެންދެރި

      ސިއްކަ އަކީ ބޮޑު ބާޣީ އެއް.

  4. ޕާޕަ ޕާޕާ

    އަހަރުމެންނަށް ހެޔޮ.
    ކަލޭމެން ތި ސިޔާސީ މީހުންނަކީ ފައިސާއާއި މަގާމުގެ ދަހިވެތިކަމުގައި އުޅޭ މީހުން.
    ބޮޑެތި ވަގުން އެތިބީ ދޫކޮށްލާފައި ގޭގަ. ކީއްކުރާ ޖަލެއް ؟

    18
  5. Anonymous

    ނަޝީދު ނެއްތަން ފޫބައްދަން އުޅޭ މީހެއްމީ ، މިގައުމައް ފައިދާ އެއް ކޮއްދެވޭނެ މީހެއްނޫން ތީކީ ، ހުސް އަންގައެއް ތީ.

    19
    1
  6. އަސްލަމްބެ

    ރަނގަޅަށް ތިޔާހީކުރީ .. ކަލޭމެނަށް ރީނދޫ އޮޑި ފެންމަތީގައި އޮތްތަން ފެނުނަސް ރަށްޔިތުން އެއޮޑި ފެތިއްޖެ ކަމަށް ނިންމައިފި ދެން އެޔެއް ފުނެއް ނުކުރެވޭނެ.

    19
  7. ބަރަނި

    ބިގޭއަށ ހަމަސާބަސް ސިފައިންނަކީ ބަތްކަށްކާކުޅޭނެބައެއްްނޫން މަޖިލީހުގަތިބޭ ނަޝީދުގެޕާޓީ މީހުންމަޖިލީހުގަ ވެރިކަންކުރަންނޫޅޭށެވެ..

    17
  8. ރެފްރީ

    ސަރުކާރުގެފަހުބަސްބުނާމީހަކީ އަންނިކަމަށްނުވީމާތޯ ހުރިހާފުއްޕުމެއް ތިތިބަފުއްޕަނީ ؟؟

    19
  9. އޮއި ދުނި

    ބަލަ މިއިންދަ ބުރާންޗާ ރައީސްކަމަށް އިބުރާހިމް މުޙައްމަދު ޞޯލިޙު ހޮވީ އެމްޑީޕީ މީހުން އެކަނި ވޯޓު ލައިގެންތަ؟ ނުވަތަ ރައީސްލްޖުމްހޫރިއްޔާ ހޮވަނީ އެމްޑީޕީއަށް ވެރިކަން ކޮށްދޭންތަ؟ ދިވެހި ދައުލަތުގެ ވެރިއަކަށްހޮވާ މީހާއަކީ ރައްޔިތުންނަށް ވެރިކަން ކޮށްދޭން ރައްޔިތުންނަށް ޚިދުމަތްކުރާން ހޮވާ މީހެއްކަން ނޭނގެނީތަ؟ ލާދީނީ އެމްޑީޕީއަށް ވެރިކަން ކޮށްދޭން ހޮވާ މީހެއްނޫން އެމްޑީޕީއަށް ވެރިކަންކޮށްދޭ ހޮވާ ރައީސް އެމްޑީޕީން ވޯޓުލައިގެން ހޮވާފަ ނޫނީއްޔާ ރޫހާނީ ރައީސެއްގެ ގޮތުގަ ކަނޑައަޅާފަވަނީ އެމީހަކު ތިޔަ ބައިގަނޑަށް ވެރިކަން ކޮށްދޭނީ މިވަރު ނުދަންނަ މީހުން މަޖިލީހުގެ މެމްބަރުކަމަށްހޮވާފަ މިތިބެނީ ލަދުން ބޯހަލާކު

    15
  10. ބެރު

    ތީ ހަމަ ކުޅޭ ހުސްގޭމް 2023 އަށް ކުރިމަތިލާން ރާވާ މޮޅު ރޭވުން. ލޮބުވެތި ނިކަމެތި ރައްޔިތުންނޭ މި މަކަރުވެރި މަޅީގައި ނުޖެހޭތި މީ އިންޑިޔާ އިޑީގައި އޮވެގެން ކުޅޭ ކުޅިގަޑެއް ވިސްނާ އެމްޑީޕީގެ ފިކުރު ބަދަލު ނުވާނެ ވަރަށް ވިސްނާގައި ރޭވި މޮޅު ރޭވުމެއް ހޭއަރާ ހޭއަރާ ސިކުޑިތަކާއި ކުޅެނީ އިންތިޚާބަށް ތައްޔާރުވަނީ ވަރަށް ސަލާމް

    42
    2
  11. ޖުއްޅޭއި

    ވަގުތު ނޫހަށް ސާބަސް

    26
    1
  12. ަސދަސ

    މުހިއްމެއްނޫން

    16
  13. އަޙްމަދް

    ސަރުކާރު ހިންގާ މައި ޕާޓީ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕާޓީ ކަމުގައިވާ އެމްޑީޕީ ދެބައިވެގެން ދިޔައީ
    الحمدلله މިއޮތީ އުފާވެެރި ޚަބަރެއް.........

    45
  14. ހުސޭނުބޭ

    ހަތަރުކަށިމަތި މާލޭމީހާ ތި ދައްކަނީ ބުއްފުޅި ބޯކުދިން ދައްކާޒާތުގެ ވާހަކަ!
    އެމްޑީޕީގެ ސަރުކާރު، އެމްޑީޕީގެ މަޖިލިސް މެޖޯރިޓީ، އެމްޑީޕީގެ ކޯޓުތައް، އެމްޑީޕީގެ މިނިވަން މުއައްސަސާތައް، އެމްޑީޕީގެ ފާޚާނާތަށި...........
    ދެން ކިހިނެއް އެމްޑީޕީ އެއްފަރާތްކުރާނީ

    40
    1
  15. ރަބަރޭ

    މިއެމްޑީޕީ ބައިގަނޑަށް ވެރިކަން ލިބުނީމަ ހާ ދަ ކަމެކޭ މިފެންނަނީ

    40
    1
  16. ަަަަަަަަަައަބުދު

    ޜޯދޮގު އެމްޑީޕީގެ ވައްކަމާއި ޚިޔާނާތާއި ގައުމައް ގައްދާރުވުމާއި ނާގާބިލުކަން ނެތްކަމެއްކަމުގަހަދާފަ މީތިމަންނަމެންގެ ސަރުކާރެއް ނޫނޭ ކިޔާފަ ވައްކަމުގަ ދެމިތިބެ 23 އަށް މަލަމަތި ރީތި ވޭތޯބަލަނީ.

    15
  17. ޢިއްތިހާދު

    ކުރީފަހަރު މީނަމިސްޓަރް އަކައްހުރެ މިގޮތައް މީނައުޅެގެން ނަޝީދުގެ ވެރިކަންވެއްޓުނީ މިހާރު ސަރުކާރާ މަޖިލިސް ޕާޓީ ފަނިވީވެސް މީނަގެ ސަބަބުން އޭރު މީނަޓީވީތަކައް އަރާދެއްކި ވާހަކަ އަޑުއަހާލީމަ އެގޭނެ ހާއްސަކޮއް ބިއްލޫރިއަދިމީނަ މާލެރައްޔިތެއްކަން އަންގަދޭން ދެއްކިވާހަކަ މިމިހޫން އުޅޭތީ ވޯޓްދޭން ބޭނުން ނުވާކިތައްމީހުން ތިބޭނެ

    11
  18. ރައްޔިތުން

    ލާރިކޮޅު ރަ އްޓެހިންނަ އް ބަހާ ހުސްކޮ އް. ގަ އުމު ދަރުވާލާ. ސަރުކާރު ނުހިންގި ފޭލް ވެ. ވަ އުދު ނު ފު އްދޭނެ ކަންތަކުން ވީމަ. ޖަ އްސާ ސުޓަންޓެ އް. މީ ގޭމެ އް. މި އުޅުނީ .

    13
  19. ޙުސެން

    އުމުރައް ސަލާމް، އެމް ޑީ ޕީ އޭ ކަނޑިކިއޭ ކިޔާނެ ކަމެއް ނެތް

    12
  20. ވެރިން

    ހަސަންލަތީފް މެނަށް އެމްޑީޕީ އަކީ ކެނެ ރީގެ ނަޝީދު ކަމުގަ ވާނަމަ ހަސަން ވިދާޅު ތިވީ ރަގަ ނޅު ވާހަކަ އެއް، ސަ ރުކާ ރު ހިންގަން ބޭނުން ވަނީ ނަޝިދު އެއްކައި ރިކޮށްލާފަ. މިހާ ރަކު ގިނަމެމްބަ ރުން ނުދެކޭ އެމްޑީޕީ އަކީ ނަޝީދުކަމަށް

    14
  21. ރުއް

    މިހާރު ހާދަހީވެއޭ ހަމަލާ ތީ ރާވައިގެން ކުރި ކަމެއްހެން ވެރިކަމާ އުޅޭތީވެ މިހެން މިބުނީ

    10
  22. އަހްމަދު

    މިމާލޭމީހާޔައްހީވަނީ އަންނިއަކީއެމްޑީޕީ ކަމަށް މިހާރުއެކަންއެގޮތައްގަބޫލުކުރާމީހުންމަދު މިހާރުވެރިޔަކީ ސޯލިހް އެހެންވީމަ އެމްޑީޕީއަކީވެސް ސޯލިހް ސަރުކާރުގެކަންކަންކުރާނީ ސޯލިހަށް ފެންނަގޮތަކަށް އެއައް ނިޖެހޭ ނަޝީދު ދަނޑިބާނާކަށް

    11
  23. އަލީ

    މިފެންނަނީ އެމްޑީޕީގެ ނިމުން ގާތް ވެއްޖެ ކަމުގެ ނިޝާން. ދުވަސްކޮޅަކުން އެމްޑީޕީ ހިންގާނީ ރިޕަބްލިކް އޮފް އައްޑޫގެ ނަމުގައި.

  24. މަހެ

    ޙަސަނާ ދެފަޔަށް ހިނި އަރާގެން. ނޫޅެ. މަހއްދޭ އަނގަގަދަ ނުކޮށް . ގައުމުފުނޑާފަ ކަމެއްނުވީމަ ތެޅިބާލާނެ ކަމެއްނެތް . ކޮފީ ކަނުގަޢި ބޯލާގެން ރައްޔިތުންގުނބޯހައްދަން ނޫޅެ

    9
    1
  25. ދައިތަގެދަރި

    ސަރުކާރު ޚިދުމަތްދޭންޖެހޭނީ ރައްޔިތުންނަށް އެމްޑީޕީއަށްއެކަންޏެއްނޫންދޯ. ހަސަނާޤާނޫނުދަސްކުރޭ

  26. ޓަކިބެ

    ހޫނ. ތިގަންނަން އުޅޭ ގަނޑު އެނގެޔޭ. ބަރުލަމާނީ ނިޒާމަކަށް ވެރިކަން އަނބުރާލާ ބޮޑުވަޒީރަކަށް އަންނި ގެންނަން ހޭބޯނާރާ ކުރަމުންދާ މަސައްކަތް ތިއީ. އިބޫގެވެސް ބައިވެރިވުން ތިކަމުގަ އޮންނާނެ. ތިތިބީ ކޮންބައެއް.

  27. ބަރުގޮނު

    ލަތީފު ...އެމް.ޑީ.ޕީ އެކަހެރިކޮށްގެން ސަރުކާރު ހިންގަން ސަރުކާރުން ބޭނުންވީތޯ ، ތިމާ މީ މުޅި އެމް.ޑީ.ޕީ ކަމަށް ދެކޭ ހަމަ އެންމެ ފަރުދެއް ބުނާ ގޮތްގޮތަށް ކަންކަން ކުރުމުގައި ބައެއް ފަހަރު ސަރުކާރުގެ ޚިޔާލު ތަފާތުވީމާ ޕާޓީ ގެ މަދު ބަޔަކު ސަރުކާރުން އުޅެނީ ޕާޓީ އެކަހެރިކޮށްގެން ކަމަށް އަޑު ފަތުރަނީތޯ... ؟ ސަރުކާރުގެ ހުރިހާ އޮފީހެއްގެ އެންމެހާ މުއައްޒަފުން ތަންތަނަށް ގެންނަން ނަޝީދަށް ފެނުނަސް އެކަން އެގޮތަށް އެބަ ކުރަންޖެހޭ. އިންތިޚާބުތައްވެސް އޭނާ ބުނެފިއްޔާ ނުބާއްވާ ސަރުކާރު ހިންގާ ނިޒާމްވެސް އެނާ ބުނާ އިރަށް ބަދަލު ކުރަން ސަރުކާރަށް އޭނާ އެބަ އަންގާ. މިއީ ވަކި ޤާނޫނެއްގައި ކަޑައެޅިފައިވާ ގޮތަށްނޫނީ ކުރެވެން ނެތް ކަންކަމަށް ސަރުކާރުން ބުނެފިނަމަ .... މިބުނަނީ ސަރުކާރު ބޭނުންވަނީ އެމް.ޑީ.ޕީ އެކަހެރިކޮށްގެން ސަރުކާުރު ހިންގާށޭ.

  28. މާކު

    ބަލަހޭބަޔައްޔާ ދިވެރިރައިތުން ވޯތެއްނުދެޔޭ ނަޝީދަކައް ނޫނީ އެމްޑީޕީޔަކައް ، ތިބައިގަޑުބޭނުންވާހާގޮތައް ސަރުކާރުހިންގަން