ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ކުޅިވަރު ހަރަކާތްތައް ބެލުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ ޔޫރޯ ފުޓްބޯޅަ މުބާރާތް ފެށެން ތައްޔާރުވެފައި ވަނިކޮށް ދެންމެ ކުރި ޓްވީޓެއްގައެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތް ބެލުމަށް ގިނަ ބަޔަކު އަންނަނީ އެކި ތަންތަނުގައި ސްކްރީން ބަހައްޓަައިގެން ތައްޔާރީތައް ވަމުންނެވެ.

ފުލުހުން ވިދާޅުވީ ތަންތަނުގައި ބޮޑު ސްކްރީން ހަރުކޮށްގެން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ކުޅިވަރު މުބާރާތްތައް ބެލުމުގެ އިންތިޒާމުތައް ބައެއް ފަރާތްތަކުން ރާވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފައި ކަމަށެވެ.

"ކޮވިޑްގެ ސަބަބުން ހިތްދަތި އުނދަގޫ ދުވަސް ތަކަކަށް ފަހު، މިހާރު އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން މިހާރަށްވުރެ ފާގަތި ދުވަސް ތަކެއްގެ މަލަމަތި ފެންނަން ފަށައިފައިވާ މި ދަނޑިވަޅުގައި، ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ހިންގޭ ހަރަކާތްތަކަކީ، އެންމެންގެ ރައްކާތެރި ކަމަށްޓަކައި ކުރުން އެންމެ ރަނގަޅު ކަމެއް ކަމުގައި ނުދެކެން." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތައް މިފަދަ ކަންކަމަށް ތަންވެސް ނުދޭކަމަށެވެ.

މިއީ، އެންމެން އެކުގައި ކުރާ މަސައްކަތުން މި ހާލަތު ބަދަލުކޮށް، އިތުރު ލުއިތަކެއް ދެވޭނެ ހާލަތަކަށް ދިއުމަށްޓަކައި އެޗްޕީގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓަވަންވީ ވަގުތު ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ ފުލުހުންގެ ދުއާ އަކީ، މާތް ﷲ ގެ އިރާދަފުޅާއެކު ވީހާވެސް އަވަހަށް އާންމު ދިރިއުމަކަށް ދެވޭނޭ މަގު ތަނަވަސްވުމެވެ.

ކޮވިޑް-19 އާއި ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް ބުނާ ގޮތުން ތިން މީހުންނަށްވުރެ ގިނަ މީހުން އެއްތަނަކަށް އެއްވުމަކީ މަނާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮރަކަލި

    މިހާލަތުގައި މިބަލިމަޑު ކަމުން އަރައި ގަތުމަށް ހުރިހާއެންމެން ގުޅިގެން މިބަލިން އަރައިގަތުމަށް މަސައްކަތް ކުރުން ވަރަށް މުހިންމެވެ

  2. ހަސަން ލަތީޕް

    ސީރިޔަސްލީ.

  3. ގާދިރު

    އެހެންތަ މިހާރުވެސް ކެފޭ ތަކުގަ ބަރާބަރަށް ސަރވިސްދޭ ފުލުހުން ނަކަށްނޭގެ އެހެން ވީމަ ތި ފުޓްބޯޅަވެސް ބަލާނެ

  4. ޖާބެ

    ޓެކްސް ދެއްކުން މެދުކަނޑާލަންވި ކޮވިޑް ނިމެންދެން

  5. ލާހި

    ޔޫރަޕް މީހުން ކޮވިޑުން ސަލާމަތް ވެގެން ކުޅެ ނަޖާކުރާތަން ފަޤީރުން ބަލިމަޑުކަމުގައި ނުކާ ނުބޯ ތިބެގެން ވެސް ބަލަން މަގުފަހި ކޮށްދޭ ބަޔަކުވެސް އެބައުޅޭ ވިއްޔާ ބަލާނެތާ !

  6. އިންޑިއާ އައުޓް

    އަހަރެމެންް މެޗުބަލާނީ ފުލުހުން ފުރުސަތުދިނީމަ ނޫން އިނގޭތޯ އަހަރެމެންނާއެކު މެޗުބަލަން ގެއައްށް އައިހާބަޔަކަށް ފުރުސަތުދީގެން ސިޓިންރޫމް ފުލޮކޮށްގެން ތިބެ މެޗުބަލާނީ