މިއަދު ރާއްޖެ އިން އިތުރު 295 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދަކީ އޭޕްރީލް މަހުގެ 25 ވަނަ ދުވަހަށް ފަހު އެންމެ މަދުއަަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު ކޮވިޑަށް މާލެ އިން ފައްސިވި މީހުންގެ އަދަދު ވަނީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވި މީހުންނަށްވުރެ މަދުވެފައެވެ. މިއަދު މާލެ އިން ފައްސިވީ 138 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 146 މީހުން ފައްސިވިއެވެ. ހިންގަމުންދާ ރިސޯޓްތަކުން މިއަދު 11 މީހުން ފައްސިވިއެވެ.

މިއަދު ކޮވިޑަށް 4736 މީހުން ޓެސްޓް ކުރިއެވެ. އެހެންކަމުން މިއަދު ކޮވިޑަށް ފައްސިވީ ޓެސްޓް ކުރި މީހުންގެ ތެރެއިން %6 މީހުންނެވެ. މިއަދަކީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހަށް ފަހު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ނިސްބަތުން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިހާރު ރާއްޖޭގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 13071 އަށް މަދުވެފައެވެ. މިއީ ކޮވިޑް ބަލި މީހުންގެ އަދަދު މެއި މަހުގެ 12 ވަނަ ދުވަހަށް ފަހު އެންމެ މަދުވި ދުވަހެވެ.

ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ތިބީ 111 މީހުންނެވެ. މިއަދަކީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހަށް ފަހު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ތިބި މީހުންގެ އަދަދު އެންމެ މަދުވި ދުވަހެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 1504 މީހަކު މިއަދު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިއަދު ކޮވިޑް ޖެހިގެން ރާއްޖެ އިން އެކަކު ވަނީ ނިޔާވެފައެވެ. ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 192 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު