ސަރުކާރުން އެމްޑީޕީ އެއްކައިރިކޮށްލި ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ހެއްދެވީ އިތުރުފުޅެއް ކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވަނިކޮށް ހަސަން ލަތީފް ވިދާޅުވީ، ޕާޓީ ދެބައިވި މައިގަނޑު ސަބަބަކީ ޕާޓީގެ ވައުދުތައް ސަރުކާރުން ފުއްދަން ނޫޅުން ކަމަށެވެ. މަޖިލީހުގައި ހެންވޭރު ހުޅަނގު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ހަސަން ލަތީފް ވިދާޅުވި ގޮތުގައި އެމްޑީޕީއާއި ސަރުކާރާ ދެމެދު ގުޅުން ވަނީ ހީނަރުވެފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕަށް ރައީސް ނަޝީދުގެ އަރިސް ބޭފުޅެއް ކަމުގައިވާ، ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ވަނީ ހަސަންގެ ޓްވީޓްގެ ފޮޓޯއެއް ފޮނުވައިފައެވެ.

އެ ފޮޓޯއަށް ރިޕްލައިކޮށް ރޮޒައިނާ ފޮނުއްވި މެސެޖްގައި ލިޔުއްވާފައިވަނީ ހަސަން ލަތީފް އެ ވަރުގެ އިތުރުފުޅެއް ހެއްދެވުމުން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ މަސްރަހު ހޫނުވެގެން ދިޔައީ، ރައީސް ނަޝީދުގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް މަޖިލީހުގައި ހިންގާ އިންކުއަރީއަށް ވަކިވަކި ސިފައިން ފޮނުވަން ޑިފެންސް މިނިސްޓްރީން ދެކޮޅު ހެދި ހިސާބުންނެވެ.

ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލް ސޮއި ކުރައްވައި މި ގޮތަށް މަޖިލީހަށް ލިޔުން ފޮނުވުމާ ގުޅިގެން އިމްތިޔާޒު ކޮމިޓީއަށް ނަޝީދު ހުށަހެޅުއްވި މައްސަލައެއް ބޭރު ވެސް ކޮށްލިއެވެ.

މި މައްސަލަ ބޭރުކޮށްލީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަންގަވައިގެން އެމަނިކުފާނުގެ ޅިޔަނު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ލޮބީ ކުރައްވައިގެން ކަމަށް ނަޝީދުގެ ފެކްޝަނުން ބުނެއެވެ.

އެމްޑީޕީގެ އެތެރޭގެ މަސްރަހު ހޫނުވެފައިވަނިކޮށް، އިއްޔެ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ހުށަހެޅުނު ނަޝީދަށް ހަމަލާ ދިން މައްސަލައަށް ފާރަވެރިވުމުގެ ގަރާރަށް އެއްވެސް ވަޒީރަކު ވާހަކައެއް ނުދައްކަވައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އަލީ

  މިއުޅެނީ ދެބައެއްނޫން. ހިންގުންތެރިކަން ނެތުމުގެ ނަތީޖާ. ސަރުކާރާ އެމްޑީޕީ އަކީ އެކައްޗެއް. ރައްޔިތުންނަށް އޮޅުވާލަން ނޫޅުއްވާ!

 2. ޢިއްތިހާދު

  ތިޕާޓީގެ ރައީސަކީ ކާކުކަންނޭގޭ ޕާޓީއެއް ހަލާލް
  ޢެސާފުކުރަން ކޯޓްތަކައްވެސްނެއްދެވެން ޕާޓީ މައްމަވެސް ބޭރުކޮއްފި އާމައްމައެއްހުރީ އައްބާނަން ކޯޓްތަކައްވެސް އިބޫނިންދަވާފަ ބިއްލޫރީ ދިރުވާއާ ދެމީހުން މުޅިއެތިގަޑުބަޑުކޮއްފި ޕާޓީތެރޭ ތިބި އިސްމީހުން ދެންބޭރުކުރާނީ

 3. ފޭލި

  ރައިސްކަން ކުރައްވަނީ އެމް.ދީ.ޕީކަން އޮޅިއްޖެ އިބްރާހިމް މުޙައްމަދު ސޯލިޙް އަކީ ކޮންޕާތީ އެއްގެ ބޭފުޅެއްކަންވެސް މިހާރު ނޭގުނު

  4
  1
 4. ރިޔާޒުބެ

  އެމް ޑީ ޕީ / ރަނގަޅުވާނީ މަގުމަތީގަ ތެޅެން އެހެން އެއ އްވެސް ކަމަކަށް ތަސަ އްރަފަ ފުދޭބަ އެއް ނޫންތީ.

  8
  1
 5. ބާރު

  ރޮޒޭ ގަދަ، ރައްޔިތުން ވޯޓުދީގެން ހޮވީމަ މީހެއްގެ ކަނދުރާއަކަށް މޫނަކަށް ނުބަލާ ޙައްޤު ބަސް ބުނަން ކެރެންވާނެ…ރައްޔިތުންގެ ގިނަބަޔަކަށް ހުވަފެނުން ހޭލެވެން ފަށައިފި،އަބަދަކު އޮޅުވައެއް ނުލެވޭނެ…އެމްޑީޕީ އަކީ އެ ޕާޓީގެ މެންބަރުންގެ ޕާޓީއެއް،އެންމެ ބާރެއްނޫން…ރައްޔިތުންގެ ބާރު މާ ގަދަވާނެކަން ހަނދާނުގަ ބެހެއްޓުން ބުއްދިވެރި…

  4
  1
 6. އަހްމަދު

  ބަލަތިޔަބުނާ ނަޝީދަކީ ސޯލިހްވެރިކަންހޯދިއިރު ޔޫކޭގަގޮނޑިދުއވަންހުރިމީހެއްނޫންތަ؟ ދެންވެރިކަމަކާއޭނަޔަކާ ކީއްކީއްތަ؟ އޭނަކެމްޕޭނައްނުކުމެ މަޖިލިސްހޯދީމައޭނައެހެރީ ރައީސަކަށްލާފަ ދެންކޮބާތަ؟މައްސަލަޔަކީ ދެންމިނިސްޓްރީއެއްގެނައިބެއްގައިގައއލިގަނެގެން ކޮންކަމެއްތަ އެނގިދާނެތާ އޭނަޔަށްސޯލިހްގައިގާއަތްލެވޭތޯ އަހަރުމެންބަލަންތިބޭނަން

 7. މީދޫކައްލަބާ

  ރޮޒޭއަށް ވޯޓުދިން މީދޫކައްލާމެން އަތްޖަހާ!!!