ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރީގެ ފަސްޓްލޭޑީ ނަސްރީނާ ކޮވިޑަށް ފައްސިވިކަން އެނގުނީ މިރޭގެ ވަގުތެއްގައެވެ. އެކަމަނާ ކޮވިޑަށް ފައްސިވި ނަމަވެސް އަދި އިންނެވީ ގޭގައި ކަމަށް މައުލޫމާތު ލިބެއެވެ.
ނަސްރީނާގެ އުމުރުފުޅުން މިހާރު 71 އަހަރެވެ. އެހެންކަމުން އެކަމަނާ އަކީ ކޮވިޑްގެ ހައިރިސްކް ކެޓަގަރީގައި ހިމެނޭ ބޭކަނބަލެކެވެ.
ރައީސް މައުމޫނާއި ނަސްރީނާ ވެސް ވަނީ ކޮވިޑް ވެކްސިން ފުރިހަމަ ކުރައްވާފައެވެ.
މީގެ ކުރިން ރައީސް މައުމޫން ވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ. ރައީސް މައުމޫން ކޮވިޑަށް ފައްސިވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުއެވެ. ތިން ހަފްތާ ދުވަހު އެމަނިކުފާނު ހޮސްޕިޓަލްގައި އޮންނެވިއެވެ.
ނަސްރީނާގެ އިތުރުން އާއިލާގެ އެހެން ބޭފުޅަކު ކޮވިޑަށް ފައްސިވިކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.
ޣޭގައި ފިލައިގެން އިންދާ ކިހިނެތަ ކޮވިޑު ޖެހުނީ.ޝަފާކަﷲ.
ހައިރސްކުވީމަ ފެސިލިޓީއަށް ގެންދަނީ ދެރަ ރައްޔިތު މީހާ. އާދޭސްކޮށްކޮށް ތިއްބަ. ނުބެލޭ ޙާލުގަވެސް އެތަނުގަ ބާއްވަނީ. ދެން އިވެނީ މަރުވި ހަބަރު. އާދއިގެ މީހެއްވީމާ ދަރުމަވަންތަޔާއަނެއް ވަންތައެއްގަ ނުހުރޭ އެނދެއް. ބޭފުޅުން ވީމާ ހުންނަނީ ތަފާތުޞިއްޙަތު ކޮޅެއް.
ބައިދަވޭ.މެޑަމް ނަސް އަށް އަވަސް ޝިފާއަކަށް އެދެން.
ތީ ވަރަށް ބޮޑު ހަބަރެއް. ރައްޔިތުން ސިއްސައިގެންދާ ވަރުގެ ހަބަރެއް.
އެކަމަނާއަށް އަވަސް ޝިފާއަށް އެދި ދުޢާކު ރަން!
ނަސްރީނާ އެޑްމިޓް ކުރަނީ ރައީސް ޔާމީން ތަރައްޤީ ކުރި ދަރުމަވަންތަ ހޮހޮޅާގައިތޯ؟
އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން.
ކީއްކުރާނީ ރައީސްޔާމީންހެދި ހާލިތަކުގަ ތިބެންޖެހިފަ މިމިސަރުުކާމިއޮތީ ކިތަންމެވަރަކައް ނުވަންނަން އުޅުނަސް ވަންނަންޖެހިފަމިއޮތީ ދެން ލަލަލާ
އެކަމަނާއަށް އަވަސް ޝިފާއަށް އެދި ދުޢާކު ރަން!
އަސްތާ ވަރަށް ދެރަ ވެއްޖެ. ނަޝްރީނާ އަކީ މީހުންނަށް ހެޔޮ ބޭފުޅެއް. ވަރަށް އަވަސް ޝިފާޢު އަކަށް އެދި ﷲ ޙަލުރަތު ގައި ދުޢާ ދަންނަވަން.
ނަސް ރީނާ މެޑަމް އަށްއަވަސް ށިފާއެއް މިންވަ ރުކު ރައައްވާށި އާމީން.
އަވަހަށްގެންދޭ ކޮށްކޯފުޅުހެއްދެވި ހޮހަޅަޔަށް އިންޝާﷲ އާލާސްކަންފުޅު ރަގަލުވުންއެދެން!
އަލްހަމްދު ލިއްލާހި.
އަލްހަމްދު ލިއްލާހި ޝުކުރު.
شفاها الله عاجلا ޒަމާނުގެ ކިބުރުވެރިކަމެއްނެތް ޒިންމާދާރު ފުރިހަމަ ފަސްޓްލޭޑީއެއް