ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި މަހުގެ 06 ވަނަ ދުވަހުގެ ރޭ ދިން ހަމަލާ އާއި ގުޅިގެން މާލޭ ޖަލާއި މާފުށީ ޖަލުގައި ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.
ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއާއި، އަދި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގަމުންދާ އޮޕަރޭޝަންނާ ގުޅިގެން މާލޭ ޖަލާއި މާފުށީ ޖަލުގައި ތިން މުވައްސަސާ ގުޅިގެން މިއަދު ދަނީ ހާއްސަ އޮޕަރޭޝަން އެއް ހިނގަމުން ކަމަށެވެ.
އޮޕަރޭޝަންގެ އިތުރު އެއްވެސް ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.
ނަޝީދަށް ދިން ހަމަލާއަށް ފަހު ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ކުރުމަށް މާލެ އާއި އައްޑޫގައި ވެސް މީގެ ކުރިން ވަނީ އޮޕަރޭޝަންތަކެއް ހިންގާފައެވެ. އެއޮޕަރޭޝަންތަކުގައި ވަނީ ގިނަ ބަޔަކު ހައްޔަރު ވެސް ކޮށްފައެވެ.
ނަޝީދަށް ދިން ހަމަލާއަށް ފަހު ސަރުކާރުގެ އެކި އިދާރާތަކުންނާއި އަދި ސަރުކާރުގެ ބައެއް ވެރިން ވެސް ވަނީ ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރަމުންދާކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.
ހަރުކަށި ފިކުރު ގެންގުޅޭ އެކި ފަރާތްތަކުން ތަފާތު މައްސަލަތަކުގައި ޖަލުގައި ބަންދުކުރާއިރު އެހެން ކުށްވެރިންނާއިއެކު ބޭތިއްބުމުން އެހެން ކުށްވެރިން ވެސް އެމީހުންގެ ވިސްނުމާއި ފިކުރަށް ލަންބުވާކަމަށް ވެއެވެ. އެއީ ސަރުކާރުގެ ރަސްމީ އިދާރާތަކަށް ކުރިން ވެސް އެނގޭ ކަމެކެވެ. ނަމަވެސް އެކަން ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅަމުންނެއް ނުގެންދެއެވެ.
ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެހަމަލާއަށް ފަހު ހައްޔަރުކުރި ހަރުކަށި ފިކުރުގެ މީހުންގެ ތެރެއިން އެކަކާއި ނަޝީދަށް ދިން ހަމަލާ އާއި ގުޅުން އޮތްކަން ވަނީ ފާހަގަ ކުރެވިފައެވެ.
ނަޝީދަށް ދިން ހަމަލާ އާއި ގުޅޭ ތަފްސީލްތަކެއް ވެސް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. އެހެންކަމުން އެހަމަލާ ރޭވި ގޮތާއި ހަމަލާ ދިނުމުގެ ފަހަތުގައި އިތުރު ބަޔަކު ތިބިކަން ނުވަތަ ނޫންކަން ފުލުހުންނަށް ހޯދިފައިވާކަމެއް އަދި ނޭނގެއެވެ.
ނަޝީދަށް ދިން ހަމަލާގެ ތަހްގީގު ލަސްވާތީ އާއި ހަމަލާގެ ފަހަތުގައި ތިބި މީހުން ނުހޯދޭކަމަށް ބުނެ އެމްޑީޕީގެ ބައެއް މެންބަރުން ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
ކާކުރުއްސަން ކުރާކަމެއް ބޮޑުވަޒީރުތަ ؟
ޢެއްވެސް މީހަކުދެން ލާދީނީއޭ ނުކިޔާތި
ކަށި މަޑު ކުދިން ކަށި ހަރު ކުދިން ހޯދަނީ !
މީތަ ކޮމިޝަނާ އޮފް ޕޮލިސް އަކީ؟؟ ލޮލްް.. ކުރިން ޓީވީ އައް އަރާ މީހާ އެއްނު. ހެހެ ކީކޭ ބުނާނީ....
މިނިސްޓަރު އިމުރާނުގެ ނާގާބިލު ކަމުގެ ހެކިތައް މިހާރު ތިފެންނަނީ ޖަލުތަކުގައި ތިފިކުރު ގިނަވާކައް އެގިހުރެ ދޫކޮށް ލާފައި ހުރުން. އިމުރާނައް މާރަގަޅަށް ވެސް އެގޭނެ . ޑޮޓު . ފިކުރުގެ މީހުން ނަކީ ދީނީގޮތުން ތަންދޮރު ދަންނަ ނޫއްކަ.
ސަރުކާރަށް ކަމެއް އެގެނީ އެކަމެއް ހަލާކުވުމުންތޯ؟ ޖަލުގައި އެއްތާކު ތަފާތު ކުއްވެރިން އެކުގައި ބޭތިއްބުމަކީ އަހިވަކަކާޖެހި އަހިބަކެއް އޮތުމުން ފާ ފަދައިން ގައިދީން އިތުރަށް ހަލާކުވާނެ ސަބަބެއްކަން އަބަދުވެސް އެގެންވާނެ ބޫންތޯ. ގައުމު ހަލާކުގެ ތެރެއަށް ހިގައިދާނެ އެއްވެސް ކަމަކަށް ފިރުސަތު ދެވިގެން ނުވާނެކަން ވެރިން އަބަދުވެސް ގަބޫލުކުރަންޖެހޭނެ ނޫންތޯ.
ޖަލުންވެސް މީހުން ހައްޔަރުކުރަނީތަ؟ އެތާ ތިބެނީ ހައްޔަރުކޮށްފަ ތިބި މީހުންކަމަށް އަހުރެން ހީކުރީ.
ނޫސްތަކުގެ ހެޱިން އަށް އަރަންވެގެން ތެޅޭ ދައްޔޫދެއް. އަނިޔާލިބުނު ނިކަމެތި މީހާ އަށް އެހީ ވާން ނޫސްތަކުންވެސް އުޅެބަލެ. އަހަރުމެނަކައް މުޅިގައުމު ފަސާދަ ކުރަމުން ދުވާ ެިބިލީހެއްގެ ވާހަކަ މުހިއްމެއްނީން
އަދި އިތުރުކޮށްލާނަން، ރީހެބިލިޓޭޝަން ސެންޓަރު ތަކުންވެސް ހަރުކަށި ފިކުރު ފަތުރާ، ޖަލު ގެ ޕޮރޮސެސް ނިމި ރީހެބައް ދިއުމުން ރީހެބުން ވެސް ހަމަ އެވިސްނުން ލާދެނީ ވަކިބަޔަކު.
ކުޑަކުދިންގެ ހިޔާވެސް ހިމަނާލިނަމަތާ ދެއްތޯ
ބުނަން.. ކޮންމެހެން ހަރުކަށި ފިކުރަށް ސަޕޯޓު ދޭކަށެއް ނޫން އެކަމު ތި މީހުންތައް އައްޑޫ އެއް މާލެ އެއް ކިޔަން ކީއްކުރަން މުޅި ރާއްޖޭގައި ތިބި އިރުވެސް ހައްޔަރު ކުރަން ފެނުނީ މިހާރުތަ؟ ހައްޔަރު ކުރާ ކޮންމެ ކޮންމެ މީހަކު ނުވެދާނެ ތި ކަމަކާއި ބެހޭ މީހަކަށް ނޫން ވެސް.. ހާއްސަ އޮޕަރޭޝަނެކޭ ކިޔާފައި ލޯ މަރައިގެން ތިބެ ޖެހުނު މީހެއް ހައްޔަރު ކުރާނެ ކަމެއް ނެތް
ނަޝީދު ޖަލައް ބަދަލްކުރަންތޯ އެތަން ތިވަރަކައް ތިބަލަހައްޓަނީ؟؟؟
ލޮލް